އަލްމަރުޙޫމު މައުލަވީ މުޙައްމަދު ނަސީމު،

ކިޔާފައިވާ ޢަދަދު: 3507
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
 

(ހުޅުދޫ މާލިމީގޭ މުޙައްމަދު ދީދީ)

ހަސަން މާހިރު، ހުޅުދޫ                      

ނެތިފަނާވެ، ﷲ ތަޢާލާގެ ރަހުމަތައް ދަތުރުކުރައްވައިފައިވާ ރަނގަޅު ބޭބޭފުޅުންގެ ޒިކުރާ އާކޮށް، އެ ބޭބޭފުޅުން، ފަހަށް ދޫކުރެއްވި ރަނގަޅު ކަންކަމުގެ މައްޗަށް ދިރިތިބީން ޢިބްރަތް ހާސިލް ކުރުމަކީ އެންމެ ބޯދާ އަން ޒަމާނުއްސުރެ، ދިވެހި އުއްމަތުގެ ތެރޭގައްޔާއި އަދި ޣައިރު މުސްލިމު އުއްމަތްތަކުގެ ތެރޭގައި ވެސް، މިއަދާ ހަމައަށް ހިނގަމުން އަންނަ މުހިއްމު ވަރުގަދަ އާދައެކެވެ.
 

ހަނދާނުން ފޮހެލުން ދަތި ޝަޚްޞިއްޔަތެއް.

ކިޔާފައިވާ ޢަދަދު: 4218
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ޙަސަން ސަޢީދު، ޗަމްޕާޕޫލްމާގެ، ސ.ހިތަދޫ.
އަލްމަރްޙޫމް ގަނޑުވަރު ޢަލިދީދީ އަކީ ސ.ހިތަދޫ ޅެންވެރިކަމުގެ ގުލްޒާރުގައި ފޮޅުނު މާތަކުގެ ތެރެއިން އެންމެ މީރުވަސްދުވާ އެއްމަލެވެ. ޅެން، ފަރިހި، ހެއްދެވުމުގެ އިތުރުން އޭނާ އެންމެ އިސް ކަމެއް ދެއްވީ  ރައިވަރު ހެއްދެވުމަށެވެ. އެޔާއި ނުލައި ޅެންވެރިކަމުގެ ގުލްޒާރު ފުރިހަމަ ނުވާކަމަށް ބައްލަވައިގެން އެ ތަރަހަ މަތީގައި ހުންނަވައިގެން އޭނާ ހައްދަވައިފައިވާ ޜައިވަރަކީ އޭގެ އަދަބިއްޔާތާއި ފެންވަރަށް ބައްލަވައިފި ނަމަ ފާހަގަކުރެވޭ ފަދަ މޮޅު ރައިވަރުތަކެކެވެ. ފަހަތުގައި އަޅުގަނޑު މި ލިޔަނީ އޭގެ ތެރެއިން 2 ރައިވަރެވެ. ކިޔުންތެރިންނަށް އޭގެ މޮޅު ދެރަ ވަޒަންކުރުމަށް ފުރުޞަތު ދެމުންނެވެ.

ނައިފަރު، ތަންހަޅިގޭ الفاضل عبدالله على (رحمه الله)

ކިޔާފައިވާ ޢަދަދު: 6285
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
 
تعليمى دائرةއަށް ގިނަގުނަ خدمةތަކެއް ކޮށްދެއްވާފައިވާ

ޅ.ނައިފަރު، ތަންހަޅިގޭ الفاضل عبدالله على (رحمه الله)

އަވަހާރަވެއްޖެ

އަދަބީ މުރާސިލު
“ދާދިއަވަހަށް ނެތިފަނާވިޔަކަސް އަގެއްނެތް جسم ތައް
               ތާއަބަދު ދެމިހުންނަ ހެޔޮ ذكرى އަކަށް ނިމުމެއްނެތޭ”

ޅ. ނައިފަރު، ތަންހަޅިގޭ އަލްފާޟިލް ޢަބްދުﷲ ޢަލީއަކީ، ރާއްޖޭގެ ތަޢުލީމީ ދާއިރާގެ އުސްތަނބެކެވެ. މަޑުމައިތިރި ޚުލްޤުހެޔޮ ބޭފުޅެކެވެ. އަތޮޅުތަކުގެ ތަޢުލީމުގެ އެންމެ ފާހަގަކޮށްލެވޭ މުއައްސަސާކަމުގައި ނައިފަރު މަދްރަސަތުލް އިފްތިތާޙްގައި އެންމެ ގިނަދުވަހު ޚިދުމަތްކުރެއްވި ޚިދުމަތްތެރިޔާއެވެ. މި މުހިންމު ޝަޚްޞިއްޔަތު އިއްޔެ، 26 ރަބީޢުލްއާޚިރު 1434 (9 މާރިޗު 2013) ވީ ހުކުރު ދުވަހު ހެނދުނު 11 ޖެހިއިރު އޮޅުދޫކަރައިގެ ކޮޅުނބުގެ ލަންކާ ހޮސްޕިޓަލުގައި އަވަހާރަ ވެއްޖެއެވެ. إنالله وإناإليه راجعون.

ލިޔުންތެރިޔެއްގެ ލިޔުންތެރިޔެއް

ކިޔާފައިވާ ޢަދަދު: 3263
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

މޮޅު ލިޔުންތެރިޔެކެވެ. ކުޅަދާނަ ވާހަކަދެއްކުންތެރިޔެކެވެ. ދަރިވަރުންގެ ލޯބި ހޯއްދަވައިފައިވާ މުދައްރިސެކެވެ.

ލިޔުނީ: ޙަސަން ޝާކިރު މުޙައްމަދު
     ޢަބްދުﷲ ނަޢީމު އިބްރާހީމް

ބައެއް މީހުން ލިޔުންތެރިންނަށް ވަނީ ވަޒީފާއެއް އަދާކުރުމުގެ ތެރެއިންނެވެ. އަނެއް ބަޔަކު ލިޔުންތެރިންނަށް ވަނީ ކުޑައިރުއްސުރެ ލިޔާހިތުން ކުރަމުން ގެންދާ މަސައްކަތްތަކެއްގެ ސަބަބުންނެވެ. ލިޔާ ހިތްވާން ތަފާތު ސަބަބުތައް މެދުވެރި ވެއެވެ. އޭގެ ތެރެއިން އެއް ސަބަބަކަށް ވަނީ ގޭތެރެއިން ލިޔުމުގެ އަސަރު ފާޅުވެ، އެފަދަ ކަމެއްގެ ތެރޭގައި އުޅެން ޖެހުމެވެ.

އިހުގެ ފަތްފުށްތަކުން.(5)

ކިޔާފައިވާ ޢަދަދު: 3354
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

އޭނާގެ ފިހާރައިން ސައިބުއި އެންމެނަށް 30 ސަމުސަލުގެ ލޮއި ނުބޮވޭކަމަކަށް ނުވާނެ!

އަލްފާޟިލް ނައިވާދޫ ކުޑަ ޙުސައިން


މިއީ، 1970 ގެ އަހަރުތަކުގައި ރާއްޖޭގައި އެންމެ މަޝްހޫރުކޮށް ހިނގި ދުވަހު ނޫސް “މޫންލައިޓް”ގެ “މޮޅުކަރުދާސް” ސަފުހާއިން ނަކަލުކޮށްފައިވާ ލިޔުމެކެވެ. އަޅުގަނޑުމެންނަށް ލިބުނު މިސަފުހާގައި ތާރީޚެއް ނެތެވެ. ނަމަވެސް “މޫންލައިޓް”ގައި “މޮޅުކަރުދާސް” ޝާއިޢު ކުރަންފަށާފައިވަނީ، 1978 ގެތެރޭގައެވެ. 

ނުވަސަތޭކަ އެތައް ރުފިޔާއަކަށް ވިއްކި ބައިސްކަލެއް ހުސްވަކިލާރި ދީގެން މީހަކުގަތް ވާހަކަ ތަންކޮޅެއްކުރީގައި ވަރަށް ގިނަމީހުން ދައްކައި އުޅުނެވެ. އެކަންކުރީ ދެވަން ފުރައިގެ މީހެކެވެ. އެއީ މުޅި މާލެއަށް މަޝްހޫރު އަލްފާޟިލް ނައިވާދު ކުޑަ ޙުސައިނެވެ. އެ ބައިސްކަލު ގަނެދިނީ އޭނާގެ ދަރިފުޅު ކޯފީގޭ އިބްރާހީމް ރަޝާދަށެވެ. އެދުވަހު ބައިސްކަލު ގަތުމަށް އޭނާ ގެންދިޔައީ މުޅިން ވެސް ވަކިލާރިއެވެ.

އައްޑުއަތޮޅުގެ ޢިލްމީ ޝަޚުޞިއްޔަތެއް

ކިޔާފައިވާ ޢަދަދު: 5592
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

ހަވޮއްޑޭ މޭނާ ކަލޭގެފާނު

ޢަބުދުﷲ ޙިލްމީ

ހަވޮއްޑޭ މޭނާ ކަލޭގެފާނުގެ ނަމުން މަޝްހޫރުވެފައިވާ ބޭފުޅަކީ ހަވޮއްޑޭ ތިރުގޭ އަޙުމަދު ކަލޭގެފާނުގެ ޙައްވާ ކަނބުލޭގެފާނާ ކައިވެނިކުރައްވައިގެން އެ ރަށުގައި ވެސް ހުންނެވި މީދޫ ޝަމްސުއްދީން  ބޮޑު ފަނޑިޔާރު ތަކުރުފާނުގެ ދަރިކަނބަލުން އަލްޙާފިޡާ ބޮޑު ފާތުމާ ބީފާނުގެ، މޫސާ ކުޑަ ބަނޑޭރި ތަކުރުފާނުގެ، ޙަސަން ތައްޚާނުގެ، ޙުސައިން ތައްޚާނުގެ، އާމިނާފާނުގެ، ޢަލިތައްޚާނު (މޭނާ ކަލޭގެފާނު) އެވެ.

ޝަޚްޞިއްޔަތުންގެ ލިސްޓުން(1)

ކިޔާފައިވާ ޢަދަދު: 3646
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

މުޙައްމަދު ނިޒާރު (ރަތްނިޒާރު)   

ކަށިމާ އަޙްމަދު ޝާކިރު

“ވަޅުކައްޓަފުޅި ދާންޏަކަށް ނުސިހޭނެ”

“ވަޅުކައްޓަފުޅި ދާންޏަކަށް ނުސިހޭނެ” މިއީ، ރަތް ނިޒާރުގެ އަތްމަތީ ބަހެކެވެ. އެއީ ކީއްވެގެން ވިދާޅުވާ އެއްޗެއްބާވައެވެ! އަޅުގަނޑުގެ ހިތުގައިވެސް އެސުވާލު އުފެދުނެވެ. ނަމަވެސް އޭނާގެ ޙަޔާތުނާމާ ކިޔައިލުމުން އެ ވިދާޅުވަނީ ކީކޭކަން އަޅުގަނޑަށް އެނގިއްޖެ އެވެ. ވީމާ، އަޅުގަނޑު ވެސް ކުރިމަރާކަށް ނެތީމެވެ. ރަތްނިޒާރާ ބެހޭ ގޮތުން އަޅުގަނޑު މިލިޔާ ޞަފުޙާތައް ވިދާޅުވެ ނިންމަވާ އިރު އެ ވިދާޅުވާ ވާހަކަފުޅެއް އެނގިވަޑައިގަންނަވާނެ އެވެ.

ލާމަސީލު ލިޔުންތެރިއެއްގެ ހިތްވަރު

ކިޔާފައިވާ ޢަދަދު: 9265
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
އަޙްމަދް ސަމީރު ޢަލީ
ފަރަންސޭސި ވިލާތުގެ ވެރިރަށް ޕެރިހުގެ މަޝްހޫރު ހޮސްޕިޓަލެއްގައި، އެންމެ ބޮޑަށް އަޅައިލުން ބޭނުންވާ މީހުންގެ ކޮޓަރީގައި ފަރުވާދެވެމުން އެދާ އެކަކީ  އުމުރުން 43 އަހަރުގެ ޖާން ޑޮމިނިކް ބޯބީ (Jean-Dominique Bauby) އެވެ. ދެތިން ދުވަސް ކުރިން، އެއް ތާކު ދެފައި ނުޖަހައި އަވަދި ނެތި އުޅުނު ލިޔުންތެރިއެކެވެ. މުޅި ދުނިޔެއަށް މަޝްހޫރު ފެޝަން  މަޖައްލާ އެލް (Elle) ގެ އެޑިޓަރެވެ! 

އުރުދޫބަހުން ފެއްޓެވި ލިޔުންތެރިކަން ދިވެހިއަދަބިއްޔާތުގެ އެންމެ ފުނަށް

ކިޔާފައިވާ ޢަދަދު: 10378
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

ބަސްދީގަތުން އަދި ރިޕޯޓް: ޢަބްދުﷲ ނަޢީމް އިބްރާހީމް
 ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު
                 ޙަސަން ޝާކިރު މުޙައްމަދު 
ލިޔުންތެރިކަމަކީ ވަކި ޢުމުރަކަށް ޚާއްޞަ ކަމެއް ނޫނެވެ.  ޅަފަތުއްސުރެ ޙަޔާތުގެ ބައްތި ނިވެންދެން ގަލަން ދޫކޮށްނުލާ ލިޔުންތެރީން ނަކީ މަދުބަޔެކެވެ. އެހެން ނަމަވެސް އެއީ އެމީހެއްގެ ޠަބީޢަތާއި ޝަޚުޞިއްޔަތުގައި ލިޔުންތެރިކަން އަށަގެންފައި ވާ މީހުންނެވެ. މި ފަދަ ލިޔުންތެރިން ދިވެހި ޖައްވުން ފެންނަ ކަމީ އަޅުގަނޑުމެން ފަޚުރުވެރިވާ ކަމެކެވެ. މި ފަދަ އެއް ލިޔުންތެރިޔަކީ މއ. މާންދޫވިލާ އަންނަބީލާ ޙަބީބާ ޙުސައިން ޙަބީބު ނ.ދ.ޝ.ޢ. އެވެ.

ފުވައްމުލަކުގެ ޢިލްމީ އުދަރެހުން(1):

ކިޔާފައިވާ ޢަދަދު: 7658
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

ޢަލީ މުޞްޠަފާ 

ޢަބުދުﷲ ޙިލްމީ

“މަޖީދިއްޔާގައި އޭނާއަކީ އެންމެމޮޅު ޅެންވެރިޔާއަށް ވީފަދައިން ފަހަކަށްއައިސް ދިވެހިރާއްޖޭގައިވެސް “ހިޒާރު” (ޢަލީ މުޞްޠަފާ) އަކީ އޭނާއާއި ވާދަކުރުން ދަތި ޠަބީޢީ ޅެންވެރިއެކެވެ. ޤައުމީ މުބާރާތްތަކުގައި އެތައް ފަހަރެއްގެ މަތިން ހޮވުނު އެއްވަނަ ޅެންވެރިޔާއެވެ.”   – “މަލަސް”53 –