ޖުމުލައިން ޙާޞިލުވާން ބޭނުންވާ މަޤްޞަދަށް ބަލައިގެން ޖުމުލައިގެ ލަފުޒުތައް ތަރުތީބުކުރުން

ކިޔާފައިވާ ޢަދަދު: 519

ޖުމުލައިން ޙާޞިލުވާން ބޭނުންވާ މަޤްޞަދަށް ބަލައިގެން ޖުމުލައިގެ ލަފުޒުތައް ތަރުތީބުކުރުން ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު (މާވަށުއަޒީ) ޖުމުލައެއްގައި ހަމަ އެއް ލަފުޒުތަކެއް ބޭނުންކުރިޔަސް ޖުމުލައިގައި ލަފުޒުތައް ތަރުތީބު ކުރާ ގޮތުން ޖުމުލައިގެ މާނައަށް ބަދަލު އާދެއެވެ. ޖުމުލައެއް ލިޔާއިރު ނުވަތަ ބުނާއިރު އެ ޖުމުލައެއްގައި ހިމެނޭ ލަފުޒުތަކުގެ ތަރުތީބަށް ބަދަލު ގެނައުމުން ނުވަތަ ތަފާތު ގޮތް ގޮތަށް ބޭނުން ކުރުމުން އެ ޖުމުލައަކުން ދޭހަވާ މާނަ ތަފާތުވެދެއެވެ. އެހެންވީމާ ޖުމުލައެއްގައި ލަފުޒު ތަރުތީބު ކުރާ ގޮތަށް ސަމާލުވުމަކީ…

ބަރަބޯ ބޯކިބަލާއި ބޯތަށި

ކިޔާފައިވާ ޢަދަދު: 241

ބަރަބޯ ބޯކިބަލާއި ބޯތަށި ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު (މާޒީ) ކޮންމެ ޤައުމެއްގައިވެސް އެބަޔަކު ވާހަކަދައްކާ މަދަރީ ބަހުގެ އަދަބީ ބަހުރުވައެއް އޮވެއެވެ. އަދަބީ ބަހުރުވަ ނުވަތަ ޢާއްމު ބަހުރުވައަކީ، ރަސްމީ ނުވަތަ ނުރަސްމީ ޢާއްމު މުއާމަލާތުތަކުގައި ބޭނުންކޮށް އުޅޭ ބަހުރުވައެވެ. މިއީ ދުނިޔޭގެ ހުރިހައި ބަހެއްގައި ވެސް މިކަން އޮތްގޮތެވެ. މި ކުޑަކުޑަ ދިވެހިރާއްޖޭގެ މަދު މީސްކޮޅު ވާހަކަދައްކައި އުޅޭ ދިވެހި ބަހުގައިވެސް މިކަން މިގޮތަށް އެބައޮތެވެ. ޢާއްމު ބަހުރުވައުގައި އިތުރުން ކޮންމެ ބަހެއްގައި ވެސް ތަފާތު…

ދިވެހިބަހުގެ ހަރުދަނާ ހަމަތަކުގެ ތެރެއިން... : ވާހަކަދެއްކުމުގައި އެއްބާރުލުމުގެ އުސޫލުތައް

ކިޔާފައިވާ ޢަދަދު: 557

ދިވެހިބަހުގެ ހަރުދަނާ ހަމަތަކުގެ ތެރެއިން… ވާހަކަދެއްކުމުގައި އެއްބާރުލުމުގެ އުސޫލުތައް ވާހަކަދެއްކުމުން މުވާސަލާތުކުރުމަކީ އިޖުތިމާއީ ކަމަކަށްވާތީ މިކަމުގައި މިންގަނޑުތަކެއް ކަނޑައެޅިފައިވެއެވެ. ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު ވާހަކަދެއްކުމަކީ އިޖުތިމާއީ ކަމަކަށްވާތީ ވާހަކަދެއްކުމަކުން ދެމީހެއްގެ ދެމެދުގައި ނުވަތަ ބައެއްގެ މެދުގައި މުވާސަލާތުކުރެވޭނީ ވަކި ހަމަތަކާއި އުސޫލުތަކެއްގައި ހިފަހައްޓައިގެންނެވެ. އެހެންނޫނީ އެ ދައްކާވާހަކައަކުން ނުކުތުމަށް އުއްމީދުކުރާ ނަތީޖާ ނުފެނި ހިނގައިދާނެއެވެ. އަދި ބޭނުންނުވާ އެހެން ނަތީޖާއެއް ނުކުތުމަކީ ވެސް އެކަށީގެންވާކަމެކެއެވެ. މަޝްހޫރު ބަސްވާރު އެޑްވެޑް ފިނެގެން (1999) ބަޔާންކުރައްވާ ގޮތުގައި ވާހަކަދެއްކުމުގައި ވާހަކަދައްކާ…

ދިވެހިބަހުގެ ހަރުދަނާ ހަމަތަކުގެތެރެއިން...: އަޅުގަނޑުމެން ފާޅުކުރާ ކޮންމެ ޝުޢޫރަކުންވެސް ތަފާތު އެތައް މާނައެއް ދޭހަވެއެވެ. ހެޔޮބަހެއް ނޫނީ ނުބުނަމުން އިސްލާމު ދީނުގައި އަންގަވައިފައިވަނީ ވަރަށް މަތިވެރި ޙިކުމަތަކަށްޓަކައެވެ.

ކިޔާފައިވާ ޢަދަދު: 302

ދިވެހިބަހުގެ ހަރުދަނާ ހަމަތަކުގެތެރެއިން… އަޅުގަނޑުމެން ފާޅުކުރާ ކޮންމެ ޝުޢޫރަކުން ވެސް ތަފާތު އެތައް މާނައެއް ދޭހަވެއެވެ. ހެޔޮބަހެއް ނޫނީ ނުބުނުމަށް އިސްލާމު ދީނުގައި އަންގަވައިފައިވަނީ ވަރަށް މަތިވެރި ޙިކުމަތަކަށް ޓަކައެވެ. ޢަބަދުލްޢަޒީޒު ޖަމާލު އަބޫބަކުރު ހެޔޮ ބަހެއް ނޫނީ ނުބުނުމަށާއި ހެޔޮ ބަހެއް ނުބުނާނަމަ ހަނުހުރުމަށް އިސްލާމުދީނުގައި އަންގަވާފައިވަނީ ވަރަށް މަތިވެރި ޙިކުމަތްތަކަކަށް ޓަކައިކަން ކަށަވަރެވެ. އެހެނީ އަޅުގަނޑުމެން ބުނާ ކޮންމެ ބުނުމެއްގައި ހިމެނޭ ޖުމުލަތަކުން ދޭހަވަނީ ހަމައެކަނި އޭގެ ބޭރުފުށުގެ މާނައެއް ނޫނެވެ. އެއީ އެޔަށްވުރެ…

ހީނގަތުމާއި ހީގަތުން: ތަފާތު ދެ ލަފުޒެއް، ތަފާތު ދެ މާނައެއް

ކިޔާފައިވާ ޢަދަދު: 274

ހީނގަތުމާއި ހީގަތުން: ތަފާތު ދެ ލަފުޒެއް، ތަފާތު ދެ މާނައެއް ހުސްނޫނުގެ ސަބަބުން ކިޔާ ގޮތް ބަދަލުވުމުގެ އިތުރުން މާނަވެސް ބަދަލު އަތުވެދާނެއެވެ. ޢަބްދުލްޢަޒީޒު ޖަމާލް އަބޫބަކުރު ހުސްނޫނަކީ ދިވެހި ބަހުގައި ވަރަށް މުހިއްމު މާނައެއް އަދާކުރާ އެއްޗެކެވެ. ހުސްނޫނު އިހުމާލުކޮށްލެވުމުން ހަމައެކަނި ބަދަލުވަނީ ލަފުޒު ކިޔާގޮތެއް ނޫނެވެ. ލަފުޒުވެސް ބަދަލުވަނީއެވެ. މާނަވެސް ބަދަލުވަނީއެވެ. މި ޞަފުހާގައި މިއަދު އަޅުގަނޑު މި ބަލައިލަނީ މި ފަދަ ދެ ލަފުޒެއްގެ މާނައިގެ މައްޗަށެވެ. ހީގަތުމަކީ ކޮބައިތޯއެވެ. އެއީ ހިނިއައުންތޯއެވެ.…

ހުސް ނޫނުގެ ބޭނުމަކީ ކޮބާ؟

ކިޔާފައިވާ ޢަދަދު: 316

ހުސް ނޫނުގެ ބޭނުމަކީ ކޮބާ؟ ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު (މާވަށު އަޒީ) ދިވެހިބަހުގެ އަކުރުތަކާއި ފިލިތަކުގެ ޙަޤީޤީ ބޭނުމަކީ ބަހުގެ އަޑުތަކާއި އަޑު ނެރެންވީ ގޮތް ފާހަގަކޮށްދިނުމެވެ. އަކުރުތަކަކީ އަޑުތަކުގެ ނިޝާނެވެ. ފިލިތަކަކީ އެ އަޑުތައް “އިއްވާން” ވީ ގޮތް އަންގައިދޭން ބޭނުންކުރާ ނިޝާނެކެވެ. ވީމާ، އަޑެއް ރަމްޒުކޮށްދޭ އަކުރާއި އަޑުނެރެންވީ ގޮތް އަންގައިދޭ ނިޝާންކަމަށްވާ ފިލި ހަމަޔަށް ނެތް ނަމަ އެ އަޑު ފުރިހަމަޔަށް “ނެރެވޭނޭ” ގޮތެއް ނޯންނާނެއެވެ. ދިވެހިބަހުގެ ބަސްކޮށާރުގައި ހިމެނޭ ލަފުޒުތަކުގެ ލިސްޓްގައި…

އައިބައިފިއްޔާމެދު ވެވޭ އިހުމާލު އަދިވެސް ދަނީ ބޮޑުވަމުންނެވެ.

ކިޔާފައިވާ ޢަދަދު: 374

އައިބައިފިއްޔާމެދު ވެވޭ އިހުމާލު އަދިވެސް ދަނީ ބޮޑުވަމުންނެވެ. ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު (މާވަށު އަޒީ) އައިބައިފިއްޔަކީ ދިވެހިބަހުގައި ބޭނުންކުރެވޭ ވަކިވަކި 11 ފިލީގެ އިތުރަށް އަބަފިއްޔަކާއި އަލިފު އިބިފިއްޔާ ގުޅިގެން އުފެދޭ ވަކި ފިއްޔެކެވެ. އަބަފިއްޔެއްގެ ފަހަތަށް އަލިފު އިބިފިއްޔެއް އައުމުން އެއީ ވަކި ދެފިފިލި ކަމުގައި ބެލިގެން ނުވާނެއެވެ. އެ ޙާލަތުގައި އެއީ ދެފިލި އެކުލެވިގެން އުފެދިފައިވާ ވަކި ޚާއްޞަ ފިއްޔެކެވެ. އައިބައިފިއްޔާއި އާބާފިލި އޮޅޭ ގޮތް ދިމާވަނީ އެއީ ވަކިވަކި ދެފިލި ކަމަށް ބެލެވޭތީއެވެ.…

ބައްޕާފުޅާއި މަންމާފުޅު: އަޅުގަނޑުގެ އިޚުލާޞްތެރި ޚިޔާލު

ކިޔާފައިވާ ޢަދަދު: 658

ބައްޕާފުޅާއި މަންމާފުޅު: އަޅުގަނޑުގެ އިޚުލާޞްތެރި ޚިޔާލު ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު (މާޒީ) ތަހުޒީބު ކޮންމެ މުޖުތަމައެއްގައި ވެސް އަދަބު އިޙުތިރާމަކީ އޮންނަ އަދި އޮންނަންވާނެ އެއްޗެކެވެ. އެ ބަޔަކު މޮށެ އުޅޭ ބަހަކުން މުއާމަލާތުކޮށް ވާހަކަދެއްކުމުގައި ވެސް އަދަބުތަކެއް ހުރެއެވެ. ވާހަކަދެއްކުމުގެ އަދަބުތަކެވެ. ދިވެހިބަހުގައި ވެސް ވާހަކަދެއްކުމުގެ އަދަބުތަކެއް ހުރެއެވެ. ވާހަކަދެއްކުމުގެ އަދަބުތަކަކީ ބަސްމޮށެ އުޅުމުގައި ބޭނުންކުރާ ތަފާތު ގޮތްތަކެކެވެ. ދިވެހިބަހުގައި މި ގޮތްތައް ބިނާވެފައިވަނީ ދަރަޖަތަކެއްގެ މައްޗަށެވެ. މި ދަރަޖަތައް އެކި ޒަމާނުގައި ބޭނުންކޮށް އުޅެނީ…

ބަހުގެ ބާރާއި ބަހުގެ ގަވާއިދު

ކިޔާފައިވާ ޢަދަދު: 1091

މަޝްހޫރު ލިޔުންތެރިޔާ އަލްފާޟިލް މަޑުލު މުޙައްމަދު ވަޙީދު މި ލިޔުއްވުން ނަކަލުކޮށްފައި މިވަނީ [ފަތްތޫރަ]އިގެ 123 (ޖޫން 1989) ގެ އަދަދުންނެވެ. —————————————- ބަހުގެ ގަވާއިދުގެ ބޭނުމަކީ ކޮބައިތޯ އެވެ؟ ބަހުގެ ގަވާއިދަކީ ލިޔެކިޔުމުގައި ބަސްތައް ބޭނުންކުރާނެ ތަރުތީބު އަންގައިދޭ އެއްޗެކެވެ. ގަވާއިދު ނޭނގޭނަމަ، ބަސްތައް ބޭނުންކުރަންވާނެ ކަަމަށް ޢާންމުކޮށް ޤަބޫލުކުރާ ގޮތާ ޚިލާފަށް ބަސްބޭނުންކުރި ކަމުގެކުށް އެމީހެއްގެ ބޮލުގައި އެޅޭނެއެވެ. ތެެދެކެވެ. ބަހަކީ ޢަމަލީ އެއްޗެކެވެ. ބަހަކީ ދިރިހުރި އެއްޗެކެވެ. ބަދަލުވަމުން ދިރެމުންދާ އެއްޗެކެވެ. އެއްއިރެއްގައި…

ޕްރޮގްރާމް މަރުޙަބާ! މިތާނގެ ޚިދުމަތަށް މަރުޙަބާ!

ކިޔާފައިވާ ޢަދަދު: 736

“އައްސަލާމް ޢަލައިކުމް! އުފެއްދުންތެރިކަމުގެ އާ ޕްރޮގްރާމަކަށް މަރުޙަބާ!” “މިފިހާރައިގެ އާ ޚިދްމަތަށް މަރުހަބާ!” މިބާވަތުގެ ޢިބާރާތްތައް މިހާރަކަށް އައިސް ގިނައިން އެބައިވެއެވެ. މިއީ ދިވެހިބަހާ ވަރަށް ބީރައްޓެހި ޢިބާރާތެއް ކަމަށް އަޅުގަނޑަށް ފެނެއެވެ. މިދެންނެވީ ޕްރޮގްރާމް ހަދާ ބަޔަކު އެ ޕްރޮގްރާމަށް މަރުޙަބާ ކިޔާ ވާހަކައެވެ. ޚިދްމަތްދޭ ފަރާތުން އަމިއްލައަށް ޚިދުމަތަށް މަރުޙަބާ ކިޔާ ވާހަކައެވެ. ވީމާ އެހެން ބަޔަކާ ނުބެހި އެކަން އެނިމުނީއެވެ. މިއީ އަޅުގަނޑަށް ހީވާ ގޮތެވެ. އަޅުގަނޑުމެން ދިވެހީންގެ އާދަކާދަ ހުންނަ ގޮތުން…