ބަހާބެހޭ ބަހެއް: ވެރިފައިކުރުން

ކިޔާފައިވާ ޢަދަދު: 6492
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
 

ބަހާބެހޭ ބަހެއް:

ވެރިފައިކުރުން

ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު

ދިވެހިބަހުގެ ލަފުޒުތަކަށް ބަލާއިރު “ވެރިފައި” މިއީ “ވެރުން” މި މަސްދަރުން އުފެދިފައިވާ ކަމެކެވެ. މި މަސްދަރު ނިމުނު ކަމަކަށް ބަދަލުވީމާ އޮންނާނީ “ވެރިއްޖެ” މިހެންނެވެ. ނިމިނިމުނު ކަމަކަށް ބަދަލުވެގެން ދާއިރު “ވެރުނު” މި ގޮތަށް ބޭނުން ކުރެވެއެވެ. އެހެންވީމާ “ވެރިފައި” އަކީ “ވެރުން” މި މަސްދަރުން އުފެދުނު ކަމެއް، ވެފައި އޮތް ޙާލަތު އަނގައިދިނުމުގައި ބޭނުންކުރާ ލަފުޒެކެވެ. މިސާލަކަށް: އެ ގަސްދޮށަށް ވަރަށް ގިނަ ފަތް ވެރިފައި އެބަހުއްޓެވެ.

ދީނީ ލިޔުންތަކުގައި ހުންނަ ޢިބާރާތްތައް އަނގަބަހުގެ ޢިބާރާތަށް ބަދަލުކުރުން

ކިޔާފައިވާ ޢަދަދު: 8146
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު

ދިވެހިބަހުގެ ޚާއްޞަ އެއް ސިފައަކީ، އަނގަބަހުން ހުށައަޅާ ލިޔުންތައް ފިޔަވައި ލިޔުމުން ހުށައަޅާ ލިޔުންތަކުގެ ޖުމުލަތައް، “އެވެ” މި އަކުރުން ނިމިފައިވުމެވެ. “އެވެ” އަކީ ލިޔުމުން ހުންނަ ޢިބާރާތްތަކުގެ ޖުމުލަތައް ނިންމުމަށް އެކަނި ބޭނުންކުރާ އަކުރެކެވެ.

ބަހުގެ ބަހުސް

ކިޔާފައިވާ ޢަދަދު: 6271
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

ބަހުގެ ބަހުސް

ކަނީރު ޢަބްދުއްރަޙީމް (ކަނީރު)

    ބަހުގެ ވާހަކަ ދައްކާއިރު ކޮބައިބާ ބަހަކީ؟  ބަހޭ މިކިޔަނީ ކޮންކަހަލަ ކޮން ބޭނުމެއް ކުރެވޭ ކިހާމުހިންމު އެއްޗަކަށްތޯ ބަލަމާހިނގާ ބަލަ!
    ބަހަކީ އެކަކުއަނެކަކާ ވާހަކަދައްކަން ބޭނުންކުރާ ވަސީލަތް، ނުވަތަ ގޮތް. އެއީ ދެން މާ މުހިންމު މާމޮޅުއެއްޗަކަށް ހަދައިގެން ނަންކޮށްގެން އުޅެނީ.

ރައީސަކު އިންތިޚާބުކުރުން އަދި ލިސްޓުގައި ސޮއިކުރުން

ކިޔާފައިވާ ޢަދަދު: 3294
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

ޢަލީ ނަޢީމް، ރާޝިދާމަންޒިލް، ރ. މީދޫ
ދިވެހިބަހުގައި ބޭނުންކުރާ ބައެއް ލަފުޒުތަކަކީ އެ ލަފުޒުތަކުގެ ފަހަތަށް ލަފުޒެއް އިތުރުކުރުމުން އުފެދޭ ލަފުޒުތަކެކެވެ. މި ގޮތުން “ނަން” ދޭހަކޮށްދޭ ލަފުޒުތަކުގެ ފަހަތަށް “ކުރުން” އިތުރުކުރުމުން އެ ލަފުޒު “ކަން” ދޭހަކޮށްދޭ ލަފުޒަކަށް ބަދަލުވެއެވެ. މިސާލަކަށް “އިންތިޚާބު” މިއީ ނަމަކަށް ވާއިރު މި ނަމުގެ ފަހަތަށް “ކުރުން” އިތުރުކުރުމުން “އިންތިޚާބުކުރުން” މި ލަފުޒު އުފަންވެއެވެ.

ބަރަކް އޮބާމާ އާއި ބައްޝާރުލް އަސަދު

ކިޔާފައިވާ ޢަދަދު: 3206
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ޢަލީ ނަޢީމް، ރާޝިދާމަންޒިލް، ރ. މީދޫ

ދިވެހިބަހުގައި “އަދި” މި ލަފުޒު ބޭނުންކުރެވޭ ދެތިން ގޮތެއް އޮވެއެވެ. މީގެ ތެރެއިން މި ލަފުޒު އެންމެ އާންމުކޮށް ބޭނުންކުރަނީ އެއް ލަފުޒު އަނެއް ލަފުޒާ ގުޅުވުމަށެވެ. ނުވަތަ ގުޅުވަމުން ގެންދިއުމަށެވެ. އިނގިރޭސިބަހުގައި ބޭނުންކުރާ and ގެ މާނައިގައެވެ. އަދި މި ލަފުޒު ބޭނުންކުރަންޖެހޭ ތަފާތު މަޙައްލުތަކުގައި މި ލަފުޒު ބޭނުންކުރުމަކީ ކިރިޔާ ވެސް ދިވެހިބަހުން ލިޔެކިޔައި އުޅޭ މީހަކަށް އުނދަގޫކަމެއް ނޫނެވެ.

الله، إلـه، ربّ، މާތްރަސްކަލާނގެ، ރަސްކަލާނގެ، މާތްކަލާނގެ، އިނބަރަސްކަލާނގެ، އިނބަސުވާމީންގެ

ކިޔާފައިވާ ޢަދަދު: 8709
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
 
ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު

މި މަޒުމޫނުގެ މައިގަނޑުނަން ފެނިވަޑައިގަތުމުން މިއީ ދީނީ މަޒުމޫނެއްކަމަށް ހީފުޅުވެދާނެ އެވެ. މަޢާފުކުރެއްވުން އެދެމެވެ. މިއީ ހަމަ އަދަބީ މަޒުމޫނެކެވެ. ވީމާ މި ނުކުތާއަށް ސަމާލުކަންދެއްވައިގެން މި މަޒުމޫނު ވިދާޅުވެދެއްވުން އެދެމެވެ.

އިޢާދަ ނުކުރެވޭވަރުގެ ގެއްލުމެކޭތޯ އެވެ؟

ކިޔާފައިވާ ޢަދަދު: 8655
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
އަޙްމަދް ސަމީރު ޢަލީ

އަޅުގަނޑުމެންގެ ތެރޭގައި ތިއްބެވި ޤާނޫނީ ބޭބޭފުޅުންނާ ޙަވާލާދީ،  ފަހަކަށް އައިސް އަޅުގަނޑުމެނަށް އިވެން ފެށީ “އިއާދަ ނުކުރެވޭވަރުގެ ގެއްލުމެއްގެ” ވާހަކަ އެވެ.

“ދުވަންތޯ؟ ދުވާއިރު ފަޔަށް ތަދުވޭތޯ؟………………”

ކިޔާފައިވާ ޢަދަދު: 9360
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު

ކޮންމެ ބަހެއްގައި ވެސް އަދަބުވެރިކޮށް ވާހަކަދައްކާ އުޞޫލެއް ހަމަޖެހިފައި އޮވެ އެވެ. އެކި ބަސްބަހުގައި އެކި ގޮތަށެވެ. ބައެއް ބަސްބަހުގައި ވަކި ލަފުޒެއް އިތުރުކޮށްލައިގެން ނެވެ. ނުވަތަ ވަކިވައްތަރެއްގެ ލަފުޒެއް ބަދަލުކޮށްލައިގެންނެވެ. އަދަބުވެރިކޮށް ވާހަކަދެއްކުމުގެ އުޞޫލަކީ ކޮންމެވެސް ހަމައެއްގެ މަތީން އޮންނަ ކަމެކެވެ. އެކި ދަރަޖައިގެ އެކި ފަންތީގެ އެކި ގިންތީގެ މީހުންނަށް އެކި މިންވަރަށް އިޙުތިރާމްކުރުމަކީ ހުރިހާ ބަހެއްގައި ވެސް އޮންނަ ކަމެކެވެ. ބައެއް މީހުން ތުހުމަތުކުރާހެން އެއީ ހަމަ އެކަނި ދިވެހިބަހަށް ޚާއްޞަ ކަމެއް ނޫނެވެ. އަދަބުވެރިކޮށް ވާހަކަދެއްކުމަށް ބޭނުންކުރާ އުޞޫލު އެކި ބަސްބަހުގައި ތަފާތުވުމަކީ އަދި އެހެންކަމެކެވެ.

“ދެކަނބަލުން”ނަކީ ދެމަފިރިކަނބަލުންހެއްޔެވެ؟

ކިޔާފައިވާ ޢަދަދު: 9273
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު
“އަޅުގަނޑު މި ގުޅައިލީ ކުޑަ އެއްޗެއް ސާފުކޮށްލާން ވެގެންނެވެ.” އިއްޔެ (12 ޖެނުއަރީ 2013 ވީ ހޮނިހިރު ދުވަހު) އަޅުގަނޑާ ފޯނުން ގުޅައިލި ރައްޓެއްސަކު (ކުރީގެ ދަރިވަރަކު) ބުންޏެވެ. “ކޮން އެއްޗެއްހެއްޔެވެ؟ އަހާބަލާށެވެ! އެނގޭ އެއްޗެއްވިއްޔާ ބުނާނަމެވެ.” އަޅުގަނޑު ޖަވާބުދިނީމެވެ.

ހީގަތުމާއި ހީނގަތުން

ކިޔާފައިވާ ޢަދަދު: 8808
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

ހުސްނޫނުގެ ސަބަބުން ކިޔާ ގޮތް ބަދަލުވުމުގެ އިތުރުން މާނައަށް ވެސް ބަދަލު އަތުވެދާނެ އެވެ.

ޢަބުދުލްޢަޒީޒު ޖަމާލް އަބޫބަކުރު

ހުސްނޫނަކީ ދިވެހިބަހުގައި ވަރަށް މުހިއްމު ދައުރެއް އަދާކުރާ އެއްޗެކެވެ. ހުސްނޫނު އިހުމާލުކޮށްލެވުމުން ހަމައެކަނި ބަދަލުވަނީ ލަފުޒު ކިޔާ ގޮތެއް ނޫނެވެ. ލަފުޒު ވެސް ބަދަލުވަނީ އެވެ. މާނަ ވެސް ބަދަލުވަނީ އެވެ. މި ޞަފުހާގައި މިއަދު އަޅުގަނޑު މި ބަލައިލަނީ މި ފަދަ ދެ ލަފުޒެއްގެ މާނައިގެ މައްޗަށެވެ.