އެކަށައެޅުން، ކަނޑައެޅުން، ހުށަހެޅުން؟

ކިޔާފައިވާ ޢަދަދު: 5966
ޢަބްދުﷲ ޞާދިޤް
އާދޭހެވެ! އެކަށައަޅަނީއެވެ. ކަނޑައަޅަނީ އެވެ. ނަމަވެސް ހުށަހަޅަނީއެވެ. ނުވަތަ ހުރަހަޅަނީއެވެ.  މިއީ ޙަޤީޤަތެއްތޯ ބަލައިލަން އެބަޖެހެއެވެ. ބައެއް ފަހަރު، އެކަށައަޅަން އުޅެގެން އެކަށައެއް ނޭޅެއެވެ. 

ރައީސް އޮފީހުން ބުނާ ނަމަ، އެއީ ވަރަށް ބޮޑު ކުށެކެވެ.

ކިޔާފައިވާ ޢަދަދު: 6268
އާދަމް ނަޞީރު އިބްރާހީމް (2012)
ދިވެހިބަހުގެ އާންމު ހަމަތައް ނިޔާ ކުރާގޮތުން މާތްކުރަނީ މީހުންނެވެ. ތަންތަނެއް ނޫނެވެ. ވަޒީރުގެ ކާރުކޮޅޭ ރަސްގެފާނުގެ ދާންމަތިކޮޅޭ ބުނުމުން އެ މާތް ކުރެވެނީ ކާރާއި އެނދެއް ނޫނެވެ. އަދި ކިއެއްތަ އެ މާތް ކުރެވެނީ ނުވަތަ ދަރަޖަ ދެވެނީ ރަސްގެފާނަށެވެ. ވަޒީރަށެވެ. 

ދިވެހިބަހުގައި ނަފީކުރުމުގެ މައިގަނޑު އުޞޫލުތައް

ކިޔާފައިވާ ޢަދަދު: 445

ޢަބްދުލް ޢަޒީޒު ޖަމާލު އަބޫބަކުރު (2010

ނަފީކުރުމަކީ ވެސް ދިވެހިބަހުގައި އޮންނަ، ވަރަށް މުހިއްމު ހަމައެކެވެ. ބޭނުންތެރި ހަމައެކެވެ. ބަހުގެ ހަމަތަކާ އެއް ގޮތަށް ނަފީކުރުމުގެ އުޞޫލުތަކަށް ސަމާލުކަން ނުދޭނަމަ ގެއްލުންތަކެއް ލިބޭނެ ހަމައެކެވެ. ނަމަވެސް މިއީވެސް ވަރަށް ގިނަ ބަޔަކަށް ނޭނގޭ އަދި އިހުމާލުކޮށްލެވިފައިވާ ހަމައެކެވެ. ފަހެ ނަފީކުރުމަކީ ކޮބައިތޯއެވެ؟

“ކަތިލާ، ކޮށާ، ނޮޅާ، ހަވާދުލައި ބޮނޑިބަތާއެކު ޑެލިވަރީކޮށްދެމެވެ.”

ކިޔާފައިވާ ޢަދަދު: 10939

ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު
އެހެން މީހުން ކަންބޮޑު ނުވާ ކަމެއްގައި އަޅުގަނޑަށް  މިހާ ސީރިއަސްވެގެން މި އުޅެވެނީ ކީއްވެގެންބާވައެވެ؟ މި ސުވާލަށް ދޭނެ ޖަވާބެއް ޚުދު އަޅުގަނޑަކަށް ވެސް ނޭނގެ އެވެ. އެކަމަކު އެނގޭ ކަމަކީ މިއީ އަޅުގަނޑުގެ ކަންބޮޑުވުމެއް ކަމެވެ.

ހުސްނޫނުގެ ބޭނުމަކީ ކޮބާ؟

ކިޔާފައިވާ ޢަދަދު: 10795

ޢަބުދުލްޢަޒީޒު ޖަމާލު އަބޫބަކުރު (2011)
ދިވެހިބަހުގެ އަކުރުތަކާއި ފިލިތަކުގެ ޙަޤީޤީ ބޭނުމަކީ ބަހުގެ އަޑުތަކާއި އަޑު ނެރެންވީ ގޮތް ފާހަގަކޮށްދިނުމެވެ. އަކުރުތަކަކީ އަޑުތަކުގެ ނިޝާނެވެ. ފިލިތަކުގެ ވަޒީފާއަކީ، އެ އަޑުތައް “އިއްވަން” ވީ ގޮތް އަންގައިދިނުމެވެ. ވީމާ، އަޑެއް ރަމްޒުކޮށްދޭ އަކުރާއި އަޑުނެރެންވީ ގޮތް އަންގައިދޭ ނިޝާންކަމަށްވާ ފިލި، ހަމަޔަށް ނެތް ނަމަ، އެ އަޑު ފުރިހަމަޔަށް “ނެރެވޭނޭ” ގޮތެއް ނޯންނާނެއެވެ.

ބަހާބެހޭބަހެއް: ބާޣީންނާއި ޣާޒީން

ކިޔާފައިވާ ޢަދަދު: 5067
އާމިނަތު ޙުސައިން
ސުރުޚީ ވިދާޅުވުމުން މިއީ ސިޔާސީ ލިޔުމެއް ކަމަށް ހީފުޅުވެދާނެ އެވެ. ނަމަވެސް ބަހަށް ޚިދުމަތްކުރާ ބަޔަކު ބަހުގައި އުފެދެމުންދާ އޮޅުންބޮޅުންތައް ފިލުވައިނުދޭނަމަ އަންނަން އޮތް ޖީލުތަކަށް ލަފުޒުތަކުގެ މާނަ އޮޅިގެން ހިނގައިދާނެތީ މި މަޢުޟޫޢަށް ލިޔެލަން އަޅުގަނޑުގެ ޟަމީރު މަޖުބޫރުކުރީ އެވެ. އަދަބީ އަދި އިޖުތިމާޢީ ނަޒަރަކުން ވިސްނައިވަޑައިގެން މި ލިޔުން “ލިޔުންތެރިޔާ” ގައި ނުވަތަ ވެބްސައިޓްގައި ޝާއިޢުކޮށްދެއްވުން ވަރަށް ބޮޑަށް އެދެމެވެ.

ދިވެހިބަސް ތާނައިން ލިޔާއިރު ލަފުޒު ވަކިކޮށް ލިޔުމުގެ އުޞޫލު

ކިޔާފައިވާ ޢަދަދު: 14810

ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު

ފެށުން:

ދިވެހިބަހުން މަތީ ތަޢުލީމުގެ ކޯސްތައް ފުރިހަމަކުރާ ދަރިވަރުންނާ، ކޯހުން ޙަވާލުކުރެވޭ އެންމެ ގިނަ އެއް މަސައްކަތަކަށް ވާނީ ތަފާތު ދިރާސާތައް ކޮށް އެ ފަދަ ދިރާސަތަކުގެ ރިޕޯޓް އެކުލަވައިލުމެވެ. ނުވަތަ ދިރާސި މަޒުމޫނެއް ލިޔެލުމެވެ. މި ފަދަ މަސައްކަތްތަކުގެ މިން  ކަނޑައެޅިފައި ގިނަ ފަހަރަށް ހުންނަނީ ލަފުޒުންނެވެ. މިސާލަކަށް 2500 އާއި 3000 ލަފުޒާ ދެމެދުގެ މިންވަރަކަށް ނުވަތަ އެ ނޫން ވެސް މިންވަރަކަށް ލަފުޒުން ދިގުމިން ކަނޑައެޅޭ ގޮތަކަށެވެ. މި ފަދަ ޙާލަތްތަކުގައި ބައެއް ދަރިވަރުންގެ ކިބައިން އިވޭ ޝަކުވާއަކީ ދިވެހިބަހުގައި ލަފުޒު ދުރުކުރާނޭ ވަކި ގަވާއިދެއް އުޞޫލެއް ނޯންނަ ކަމުގެ ޝަކުވާ އެވެ.