ކަލާ އައުމުން…!

ކިޔާފައިވާ ޢަދަދު: 3331

އާދަމް ނަޞީރު އިބްރާހީމް

ކަލާ އައުމުން ހިތަށް މި ލިބޭ އުފާ ކިހިނެއް ބަޔާން ކުރަނީ
           ބަލާން ހުއްޓައި ލޮލާ މާ ދުރުދުރަށް ނިދި ވެސް އެ ގޮސް އޮބަނީ
އަރާމުގެ ރީތި މަޑު ތަންމަތިތަކަށް ލެނބިފައިވި މޮޔަ ހިތް ވެސް
          ހަރާމޭ ބުނެ މި ހުރިހައި ވަހުމުތައް،   ވަގުތުން   ބަރީއަ ވަނީ

ރޯދަ ހަދިޔާ – ހަލީސާ (53)

ކިޔާފައިވާ ޢަދަދު: 3120

ރޯދަ ހަދިޔާ – ހަލީސާ (53)

ފާޠިމަތު ޒާރާ

ރޯސްކުރި ކުކުޅުގެ ބޮޑު ބައި

ރޭގަނޑު ކާން ތިބެފައި ދެމަފިރިންގެ ތެރެއިން އަންހެން މީހާ ބުންޏެވެ.

“އަހަރުމެން ކައިވެނިކޮށްގެން ފުރަތަމަ ދުވަސްކޮޅު ކާއިރު، ރޯސްކުރި ކުކުޅުގެ ބޮޑު ބައި އަހަންނަށް ދީފައި ކަލޭ ކަނީ އޭގެ ކުޑަ ބައި. އެކަމަކު މިހާރު އަހަންނަށް ދެނީ ކުޑަ އެތިކޮޅެއް، ބޮޑު ބައި ކައިލަނީ ކަލޭ. އޭގެ މާނައަކީ މިހާރު އަހަރެން ދެކެ ލޯބި ނުވަނިއްޔޭ.”

ރޯދަމަސް

ކިޔާފައިވާ ޢަދަދު: 3169
ކަނީރު ޢަބްދުއްރަޙީމް (ކަނީރު)
ރޯދަމަސް ގިނަގުނަ ވި ފައިދާ  ލިބި ދެއޭ ޝައްކެއް ނެތޭ
             ރޯދައިން ދީނީ ދުނިޔެވީ ގިނަ  ރަނގަޅުތައް     ހޯދެޔޭ

ސިއްހަތަށް ރޯދައިގެ ފައިދާ  ހާދަ ބޮޑު  ކަމުގައި  ވެގެން
             ސިއްހަތުގެ އެކި މާހިރުން އެކަމުގެ ސަބަބުތައް ނެރެ ދެޔޭ

ރަމަޟާން މަހުގެ ޚާއްޞަކަން

ކިޔާފައިވާ ޢަދަދު: 3290

ޢަބްދުއްރަޝީދު ޙުސައިން

ރޯދަޔަށް ރަމަޟާން މަހުގެ ވަކި ސިފަ ތަކެއް ލިބިފައި ވެޔޭ
     ހޯދި  މިންވަރަކަށް  މިކަން  ހިތުގައި   ވަޒަން   ކުރެވޭނެޔޭ

ފެންނަހެން  ކުރެވޭ ނަމާދާ  ދޭ  ޒަކާތާ   ޙައްޖުވުން
     ފެންނަ  ބޭރު ފުށުން  ކަމެއް ނެތި  ރޯދަ   ފުރިހަމަ ކުރެވެޔޭ

މުއްލާ ނަޞީރުއްދީނުގެ ވާހަކަ – 7

ކިޔާފައިވާ ޢަދަދު: 4273

މުއްލާ ނަޞީރުއްދީނުގެ ވާހަކަ – 7

ޢައްބާސް އިބްރާހީމް
(9 ޖުލައި 2014 (ބުދަ) ދުވަހު ޝާއިޢުކުރި ބަޔާ ގުޅޭ)

ފަހު ފުރުޞަތު (1)

މުއްލާ ނަޞީރުއްދީނު އޭނާގެ ހިމާރު ދުއްވަމުން އައިސް ވަރަށް ގިނަ މީހުންތިބި ކާއެއްޗެތިވިއްކާ ފިހާރައެއްގެ  ކައިރިއަށް އާދެވިއްޖެއެވެ. އޭނާ އެތަނަށްވަދެ ހަމަޖެހިލައިގެން އިށީނދެލައިފިއެވެ. އަދި އޭނާ ބޭނުންވާ ކާއެއްޗެއްސަށް އޯޑަރުދީފިއެވެ.

ރޯދަ ހަދިޔާ – ހަލީސާ (52)

ކިޔާފައިވާ ޢަދަދު: 3117

ރޯދަ ހަދިޔާ – ހަލީސާ (52)

ފާޠިމަތު ޒާރާ

ޒަހަރުލީ ކޮފީ

އަންހެނެއްގެ މައްޗަށް އޭނާގެ ފިރިމީހާއަށް ޒަހަރުދީ މަރައިލިކަމުގެ ދަޢުވާ ކުރެވުނެވެ. ޝަރީޢަތުގައި އެ އަންހެން މީހާގެ ދިފާޢީ ވަކީލު ސުވާލު ކުރިއެވެ.

“ފިރިމީހާގެ ކޮފީ ތަށްޓަށް ޒަހަރުލުމަށްފަހު އޭނާ ހެނދުނުގެ ނާސްތާ ކުރަން އިށީންނަ މޭޒުދޮށުގައި، އޭނާ އެ ކޮފީ ތަށި ބޯތަން ބަލަން އިންއިރު، ކަލޭގެ ހިތުގައި އޭނާއާ މެދު ކުޑަނަމަވެސް ޙަމްދަރުދީއެއް ނުއުފެދޭތަ؟”

ފަހު ދިހަ

ކިޔާފައިވާ ޢަދަދު: 2661
ރޯނުގޭ ޙަސަން މަނިކު
ކުރިއަށް އޮތީ ރަމަޟާންމަހުގެ މާތް ފަހުދިހައިގެ ދުވަސްތަކޭ
             ކުރިމަތިލަނީ އެ ދިހައިގެ ހެޔޮކަން ހޯދުމަށް އޮތް  ރޭތަކޭ

އަޅުކަމުގެ މައްސަރުގައި ވަކީން މާ ޚާއްސަކޮށް ފަހުދިހައަކީ
             ފަޅުކަންފިލައި ހިތްތައް ދިރުން ލިބި ހަމަޖެހޭ މާތް ރޭތަކޭ

ރޯދަ ހަދިޔާ – 51

ކިޔާފައިވާ ޢަދަދު: 3270

ރޯދަ ހަދިޔާ – 51

ފާޠިމަތު ޒާރާ

ރަނގަޅު މޫސުން

ޖަލުގައި އޮތް ގައިދީއަކަށް އޭނާގެ އަންހެނުން ފޮނުވި ސިޓީއެއް ލިބުނެވެ. އޭގައި ލިޔެފައިވެއެވެ. ”ގޯތީގެ ފުރަގަހުގައި އޮތް ހުސްބިމުގައި ތަރުކާރީ އިންދަން އަހަރެން ގަސްދުކުރަމެވެ. ތަރުކާރީ އިންދަން އެންމެ ރަނގަޅުވާނީ ކޮން ދުވަސްވަރެއް ހެއްޔެވެ؟”

މިދީނުގައި ސާބިތުވެގެން ތިބޭށެވެ.

ކިޔާފައިވާ ޢަދަދު: 4406
ހަސަން ޝާކިރު މުޙައްމަދު
މަތިވެރި މިދީނުގައި މާތް ސާބިތުވެގެން ތިބޭށޭ!
          ތެދުވެރިކަމާއެކީގައި ދީނުގެ މަގުން ހިނގާށޭ!
                      ***
ނެތްކަން އެހެން އިލާހެއްދަންނާށެ ސާފުހިތަކުން
          ހެތްކާ ދަލީލު މި ކަމަށް ވާކަން  ޔަޤީން ކުރާށޭ!

ރޯދަ ހަދިޔާ – ހަލީސާ (50)

ކިޔާފައިވާ ޢަދަދު: 3255

ރޯދަ ހަދިޔާ – ހަލީސާ (50)

ފާޠިމަތު ޒާރާ

ފޮނި ކެނޑުން

އަހަރެންގެ ދަރިން ދުނިޔޭގެ އެތައް މިތަނަށް ކުރާ ދަތުރުތަކުގެ ފޮނިކަނޑަމުން އޮފީސް ސައިކޮޓަރިތެރޭގައި ތިބި އަހަރެންގެ އެކުވެރިން ގާތު އަހަރެން ކިޔައިދިނީމެވެ. “އަހަރެންގެ ދެ ފިރިހެން ދަރީންކުރެ އެކަކު ހުރީ ބޮލީވިއާގައި. އޭނާ އެތަނުގައި ކިޔަވައިދެނީ. އަނެއް ދަރިފުޅު މަސައްކަތް ކުރަނީ އިޓަލީގައި. އަންހެން ދަރިފުޅު ވީ އިންޑިއާގައި އެއް އަހަރު ދުވަހުގެ ދިރާސާ މަޝްރޫޢެއްގެ މަސައްކަތުގައި.”