ރޯދަ ހަދިޔާ – ހަލީސާ (48)

ކިޔާފައިވާ ޢަދަދު: 3152

ރޯދަ ހަދިޔާ – ހަލީސާ (48)

ފާޠިމަތު ޒާރާ

އަހަރެން މިއީ ކާކުކަން އެނގޭތަ؟

މޮޔައިންގެ މަރުކަޒުގެ ކަންތައްތައް ހުރި ނެތްގޮތެއް ބަލައިލުމަށް ވަޒީރު އެ މަރުކަޒަށް ޒިޔާރަތް ކުރިއެވެ. މަރުކަޒުގެ މުޢާއިނާ ކުރުމަށްފަހު ކޮންމެވެސް ތަނަކަށް ފޯނެއް ކުރަން ވަޒީރު ބޭނުން ވިއެވެ. ނަމަވެސް ނަންބަރު ނޭނގޭތީ ޑައިރެކްޓްރީ އެންކުއަރީޒް އަށް ގުޅިއެވެ.

ރޯދަ ހަދިޔާ – ހަލީސާ (47)

ކިޔާފައިވާ ޢަދަދު: 3179

ރޯދަ ހަދިޔާ – ހަލީސާ (47)

ފާޠިމަތު ޒާރާ

ކަންބޮޑުވުން

މީހަކު ކޮންމެ ރެއަކު އޭނާގެ ރައްޓެހިންނާއެކު ތާސް ކުޅެން ހުރެފައި ގަޑިން އެގާރަ ޖެހުމާއެކު ގެއަށް ދެއެވެ. ރައްޓެހިން ކިތަންމެ ވަރަކަށް ވާހަކަ ދައްކައި އާދޭސް ކުރިޔަސް އެގާރަ ޖެހުމަށްފަހު މަޑެއް ނުކުރެއެވެ. އަންހެނުން ރުޅި އަންނާނެއޭ ކިޔާފައި ދަނީއެވެ. އެއްރެއަކު ރައްޓެހިންގެ ތެރެއިން އެކަކު ސުވާލުކޮށްލިއެވެ.

ބަދުރުގެ މައިދާނުގައި

ކިޔާފައިވާ ޢަދަދު: 3096

ރާަގަކީ: ކަރުޗަލޭ ހަމް ފިދާ

އާދަމް ނަޞީރު އިބްރާހީމް

މަރުދެމުން ޝައުޤުގާ އެތުރިލީ ބަދުރުގާ 

                  ޙުރުމަތާއެކު ނަބިއްޔާގެ މާތް އަރިހުގާ
ލަޝްކަރުގެ ބިިޔަކަމާ މެދު ކިބުރުވެރި ވެފާ
    ޢަސްކަރުގެ ބާރު ހުރި ވަރު ހިތަށް ސިފަވެފާ
         މުޝްރިކުން ސަފުހަދައިލީ  ފަޚުރުވެރިވެފާ
              “މުސްލިމުންކޮޅު”  ހަނާ ވާނެޔޭ   ހީވެފާ 
                     މުސްލިމުން ދަރުސެކޭ އާ ދިނީ  ބަދަލުގާ
                          ޙުރުމަތާއެކު ނަބިއްޔާގެ މާތް   އަރިހުގާ

ޔާ ރައްބު!

ކިޔާފައިވާ ޢަދަދު: 3424
ކަނީރު ޢަބްދުއްރަޙީމް (ކަނީރު)
ސާފު ހިތަކައިގެން ދެވޭތޯ ހިތް ޚަލާޞްކޮށް ލޮބުވަތައި
               ސާފުމާތްދީނުގެ  ސަލާމަތް  މަގު  ހިފޭތޯ އެދި އަދައި

ހާދަ ކަންނެތް ލޮޑުކަމެއް އިހުސާސު ކުރެވޭ ވަގުތު ގައި
               ހާދަގަދަ ހިތްވަރު ލެވޭފަދަ ހިންމެވުން  މިންވަރު އަދައި

ހެޔޮ ބަހެއް

ކިޔާފައިވާ ޢަދަދު: 1943
ޢަބްދުއްރަޝީދު ޙުސައިން
ފުރާނަ މި ހަށިގަނޑާ ވަކިވާނެކަން ހަމަ އެންމެނަށް އެނގެޔޭ
          މަރާ ބައްދަލު ވެވޭ ވަގުތެއް އެނގޭ ހަމަ އެކަކުވެސް  ނުވެޔޭ

ޚިޔާލާ ޝައުޤު ކުރިޔަށްލައި ނިޔާފުޅު ހަނދުމަނެތިކޮށްލައި،
          ހިޔާ އަނިޔާގެ ހޯދައިލައި،   އުޅޭ މީހުން  ވަރަށް   ގިނަޔޭ

ރޯދަ ހަދިޔާ – ހަލީސާ (45)

ކިޔާފައިވާ ޢަދަދު: 3180

ރޯދަ ހަދިޔާ – ހަލީސާ (45)

ފާޠިމަތު ޒާރާ

އެކްސިޑެންޓް

ދާރުލްއާޘާރުގައި ބަހައްޓާފައި ހުރި މިސުރުގެ މަމީ (ގަދީމީ މިސުރުގައި މީހުން މަރުވުމުން، ކުނިނުވާގޮތަށް ބޭސްގަނޑަކާއެކު ވަށައިގެން ފޮތި އޮޅާފައި އޮންނަ ގަބުރު) އަކާ ދިމާއަށް ދެމީހަކު ބަލަން ތިބެފައި އެތަނުން އެކަކު ބުންޏެވެ.

ރޯދައިގެ ބަސް

ކިޔާފައިވާ ޢަދަދު: 2354
ރޯނުގޭ ޙަސަން މަނިކު
ރަޙުމަތުގެ އަލިގަދަ ނޫރުތައް މުޅިދޭހުގައި ފަތުރައިދިނިން
            ރަޙުމަތް އިތުރުވާނޭ އެތައް ގިނަ މަގުތަކެއް ދައްކައިދިނިން

އަހަރުގެތެރޭގައި އައި މިއީ މަތިވެރިވި މައްސަރަކަށް ވުމުން
           އަހަރެންގެ ވަޢުޟާ ދަރުސުތައް ހައިކޮށްނުލައި އަންގައިހެދިން

ރޯދަ ހަދިޔާ – ހަލީސާ (44)

ކިޔާފައިވާ ޢަދަދު: 3105

ރޯދަ ހަދިޔާ – ހަލީސާ (44)

ފާޠިމަތު ޒާރާ

ކާވެނީގެ ސެޓުފިކެޓު

މީހަކު އޭނާގެ ކައިވެނީގެ ސެޓުފިކެޓު ނަގައިގެން އޭގެ އެފުށްމިފުށް ބަލަނީއެވެ. މިތަން ބަލަން ހުރެފައި އޭނާގެ އަންހެނުން ސުވާލުކުރިއެވެ. ”މިހާއިރުވަންދެން ތިޔައިން ކޮން އެއްޗެއްތަ ތިޔަ ބަލަނީ؟”
ފިރިމީހާ ޖަވާބު ދިނެވެ. ”މުއްދަތު ހަމަވާ ތާރީޚު ހޯދަނީ.”

ތައުބާވަމާ ހިނގާ!

ކިޔާފައިވާ ޢަދަދު: 4723

ޙަސަން ޝާކިރު މުޙައްމަދު

ފާފައިން ވެވޭ ތައުބާ ވަމާ ހިނގާ!
            ހޯދަން އަމާން އެކީ އެކުގައި ދުނިޔޭގެ ލާބަޔާ
                     ***

ދޮރުތައްވަނީ މިތާނގައިއެދޭހާ ހުޅުވާލެވޭނޭތެދޭ
                  ޢަޒުމާއެކީ ދަމާ ތައުބާވަމާ  ހިނގާ!