އެމް. ޕީ. ޑީ

ކިޔާފައިވާ ޢަދަދު: 2840

ލިޔުނީ: ޢާއިޝަތު ނާޖީ

“މަންމާ އައިމާ ވާ އުފާ ބުނެދޭން އަހަރެން ބޭނުންވޭ”  މި ލަވަ ފާތިމާގެ ހިތްގައިމު ރީތި އަޑުން ފޯރިއާއެކު ކިޔަމުން ކޮޓަރިތެރޭ ފޮޅައި ސާފު ކުރުމުގެ މަސައްކަތް ކުރަމުން ގެންދަނީ އެވެ. ބޭސްފަރުވާއަކަށް މާލެ ދިޔަ އޭނާގެ މަންމަ އެނބުރި މާދަމާ ރަށަށް އަންނާތީ އެވެ.

ދިޔަރެސް (22)

ކިޔާފައިވާ ޢަދަދު: 4306
 
މޫސާ ޞާޢިދު
(16 ޖޫން 2014 (ހޯމަ) ދުވަހު ޝާއިޢުކުރި ބަޔާ ގުޅޭ)

މިފަދަ ކަންތައްތަކަކީ މިހާރުވެސް މަދުން ނަމަވެސް، ރާއްޖޭގެ އެކިކަންކޮޅުތަކުގައި ހިނގަމުންދާ ކަންތައްތަކެކެވެ.

“ސީދާ ޢާއިލާ ނައްތާލަން ކޮށްފައިވާ ކަމެއް މީ…..” ކޮނެގެން ފުރަތަމަ ފެނުނު ލޯފޮތި ދޮވެ ބަލައިލުމަށްފަހު ޢަލިމަނިކު ބުންޏެވެ.

“ކިރިޔާއެއްނު އަހަންނާ ދަރިފުޅު ސަލާމަތްވީ؟” ހުރިހާ ދިމާއަކުން ވެސް ލޯފޮތިތައް ނަގައި، އެ ހިލިހިލާއިން ގެ ސަލާމަތްކޮށް ނިމި ހިންދެމިލަމުން ވަސީމް ބުންޏެވެ.

ސާހިބާ (19)

ކިޔާފައިވާ ޢަދަދު: 3980
ފާޠިމަތު ނަހުލާ
(15 ޖޫން 2014 (އާދީއްތަ) ދުވަހު ޝާއިޢު ކުރި ބަޔާ ގުޅޭ)
މީނާގެ ފިނި އަދި ހޫނު ބީހުމެއްގެ އިޙްސާސް ޝަހުދަށް ކުރެވުމާއެކު، ބޭއިޚްތިޔާރުގައި ޝަހުދަށް މީނާ އޭނާގެ ހަށިގަނޑު އޭނާގެ އަތުތެރޭގައި ބާރުކޮށްލެވުނެވެ. މީނާގެ އެޙަރަކާތްތަކަށް ޖަވާބުނުދީ ޝަހުދަށް މަޑުން ހުރެވުނީ މަދު ސިކުންތުކޮޅަކުއެވެ. މީނާގެ ލޯބިވެތި ޙަރަކާތްތަކުން ޝަހުދުގެ ނިދާފައިވާ ޖަޒުބާތުތައް ހޭލައްވާލައިފިއެވެ. މީނާއާ އެކުގައި ޝަހުދުވެސް ޖަޒުބާތުގެ އޮއިވަރެއްގައި ބެހެމުން ދާން ފަށައިފިއެވެ.

ހަނދުމަވަނީ (2)

ކިޔާފައިވާ ޢަދަދު: 2740
އަޙުމަދު ރަޝީދު، ރިކާޒު، ލ. ފޮނަދޫ
(16 ޖޫން 2014 (ހޯމަ) ދުވަހު ޝާއިޢުކުރި ބަޔާ ގުޅޭ)
އާފާޤްގެ ކޮއްކޮ، އާފިޤްގެ އެއްވެސް ހިލަމެއް ނުވިއެވެ. އާފާޤް އަނެއްކާވެސް އޭނާގެ ކޮއްކޮއަށް ގޮވަންފެށިއެވެ. ކުރިއަށްވުރެން ބާރަށެވެ. އާފިޤްގެ ހިލަމެއް ނުވުމުން، އާފާޤް ކަނޑުތެރެއަށް ފީނާލިއެވެ. އެ އަނދިރި ކަނޑުގެ ތެރެއިން އޭނާގެ ކޮއްކޮގެ ހިލަމެއްވޭތޯ އެވެ.

ކުދިވާހަކަ (53)

ކިޔާފައިވާ ޢަދަދު: 4164

އެތަނާއި މިތަނުން

ކުދިވާހަކަ (53)

ބުއްދިވެރި ޖަވާބު

ޢައްބާސް އިބްރާހީމް
އެއްދުވަހަކު މުއްލާ ނަޞްރުއްދީނު މުއްލާ ނަޞްރުއްދީނު އޭނާގެ ދައްތައަކަށް ގޮވާލަންދާން ވެގެން ދިޔައެވެ. ދައްތަ އިންނަނީ އެހެން ވިލެޖެއްގައިކަމުން އޭނާ ދަތުރު ކުރަމުން ދިޔައީ ވަލުތެރޭގައި އޮތްމަގަކުން ލާފައެވެ. މިގޮތަށް ނަޞްރުއްދީނު ދަނިކޮށް ވަލުތެރޭން ނުކުތް ފޭރޭ މީހުންގެ ބައަކާ ދިމާވެއްޖެއެވެ.

ހަލާކުވެފައިވާ ހިތެއްގައި އެހެން ލޯތްބެއް (28)

ކިޔާފައިވާ ޢަދަދު: 3182

ޢަލީ ޝަރީފު، ހ. ފިލިގަސްދޮށުގެ

(11 ޖޫން 2014 (ބުދަ) ދުވަހު ޝާއިޢުކުރި ބަޔާ ގުޅޭ)

އަހަރެމެންގެ ކައިވެނީގައި ބްރައިޑްސް މެއިޑް އަކަށް ވާން ބެރީ ޤަބޫލުވާނު ހެއްޔެވެ؟” ބެރީ ހީގެންފައި ބުންޏެވެ. “ވަރަށް ޗާލު ބްރައިޑްސް މެއިޑްއަކަށް އަހަރެން ވެދާނަމެވެ. އަދި ކީއްހެއްޔެވެ؟ އަހަރެންގެ ކުއްޖާ އޭނާގެ އަންހެނުން ގޮވައިގެން ގެއަށް އަންނަ ތަން ފެނުމަކީ އަހަންނަށް ލިބޭ ހާދަ ބޮޑު އުފަލަކަށް ވާނެއެވެ.”
ބެރީގެ މި ޖުމްލަ އިވުމާއެކު ބްރައިނީ އޭނާގެ ލޯ މަރާލާފައި ޚިޔާލުގެ ދުނިޔެއަށް އެ ދުވަސް ގެންނަމުން “އެ ދުވަސް ވާނީ އަހަރެންގެ ޙަޔާތުގައި ވެސް ހާދަ ބޮޑު ދުވަހަކަށެވެ.” ވަރަށް މަޑުމަޑުން ބުނެލައިފިއެވެ. އެއަޑު ބެރީ އަށް އިވުނީ ހަމަ ކިރިޔާއެވެ. ބުނިލެއް މަޑު ކަމުންނެވެ.

އެއް ހާސް އަހަރު (ނުވަ ވަނަ ބައި)

ކިޔާފައިވާ ޢަދަދު: 2931
އަޙުމަދު ރަޝީދު، ރިކާޒް، ލ. ފޮނަދޫ
(10 ޖޫން 2014 (އަންގާރަ) ދުވަހު ޝާއިޢުކުރި ބަޔާ ގުޅޭ)

ކޮންތާކަށް އަހަރެން ތި ގެންދަނީ؟” މާނޭވާ ލަމުން ބިޝާރާ ސުވާލުކުރިއެވެ. ޔަރަސް އަޅާވެސް ނުލައެވެ. ރުއްގަނޑުތެރެއިން ބިޝާރާ ދަމަމުން ދިޔައީ ރުއްގަނޑުތެރެއިން ގަމުގެ މުުކުރިމަގާ ވީކޮޅަށެވެ. ވަކި ހިސާބަކަށް ދެވުމުން މަޑުކޮށްލިއެވެ. ފަސްއެނބުރި ބިޝާރާއަށް ބަލައިލިއެވެ. ބިޝާރާ މާނޭވާ ލަމުން ދިޔައެވެ.

“ޕްލީޒް ބުނެބަލަ އަހަރެން ތި ގެންދާ ތަނެއް؟” ކުރިއަށްވުރެން ބޮޑަށް މާނޭވާލަމުން އަނެއްކާ ވެސް ބިޝާރާ ސުވާލުކުރިއެވެ.

ޚާއްޞަ ނަން އަރަތަކަށް ވެއްޖެ

ކިޔާފައިވާ ޢަދަދު: 6181
عبدالعزيزجمال أبوبكر
ވަރަށް ހިތާމަހުރި ކަމެކެވެ. ކިޔަވައިދެއްވާ އެދުރުންނަށް ޚާއްޞަނަމާއި ޢާއްމުނަން ވަކިކުރެއްވުމުގައި އޮޅުން އެރުމަކީ ކުޑަ މައްސަލައެއް ނޫނެވެ. އެކަމަކު އެކި ބޭބޭފުޅުން ދޭތެރެދޭތެރެއިން އަޅުގަނޑާ ވެސް އެ ސުވާލު އެބަކުރައްވައެވެ. އޮޅުންފިލުވައިދިނީމާ ބައެއް ބޭފުޅުން ގަބޫލުކުރައްވައެވެ. އަނެއް ބައެއް ބޭފުޅުން ގޮތެއް ދުލެއް ނުކުރައްވައެވެ.
ދިވެހި ކިޔަވައިދެއްވުމުގެ މަސައްކަތުގައި އުޅުއްވާ ބައެއް ބޭފުޅުން އަދި ވެސް މުރަނގަތޮޅި އާއި ފިނިފެންމަލާ ބަނބުކެޔޮ ފަދަ ނަންނަން އެއީ ޚާއްޞަ ނަންކަމުގައި ވަކާލާތުކުރައްވަނީ އެވެ. މިއީ އަރަތަކަށް ވެއްޖެ އެވެ. އެކަމަކު އިނގިރޭސިބަސް ކިޔަވައިދެއްވާ ބޭފުޅުންނަށް “ޕްރޮޕަރ ނައުން” އާއި “ކޮމަން ނައުން” އޮޅިވަޑައިގެނެއް ނޫޅުއްވައެވެ. މިކަން އަރަތަކަށް ވަނީ ވެސް އެހެންވީމައެވެ.

ދިޔަރެސް (21)

ކިޔާފައިވާ ޢަދަދު: 3918
މޫސާ ޞާޢިދު
(9 ޖޫން 2014 (ހޯމަ) ދުވަހު ޝާއިޢުކުރި ބަޔާ ގުޅޭ)

ވަސީމް އޭނާގެ ރަޙްމަތްތެރިޔާ ޢަލިމަނިކާއެކު އައިސް އެތަނަށް ވަނީ ޑޮކްޓަރުވެސް އިތުރަށް ވާހަކަ ދެއްކޭތޯ މަސައްކަތް ކުރުމަށް އަސްޢަދަށް ބާރުލައިދީފައި ދިޔަތަނާހެނެވެ. ޢަލިމަނިކު ފެނުމާއެކު، ސުދާ ތުރުތުރުއަޅައިގަތެވެ. އޭނާ އަވަސްއަވަހަށް އެތަނުން ދުރަށް ޖެހިލިއެވެ. ޢަލިމަނިކަށް އޭނާގެ ވަސް އިޙްސާސް ނުކުރެވޭނެހާ ދުރަށެވެ.
އެތާ ނުހުރެ ތެޅިތެޅި އޮތް ހިތަކާއެކު ސުދާ ދިޔައީ ގެޔަށެވެ. ޢަލިމަނިކަށް ނުފެންނާނެހެން މަންމަ ވެސް ގޮވައިގެނެވެ. އޭރު ވެސް ހޮސްޕިޓަލްގައި ވަރަށްގިނަ އެހީތެރިން އަސްޢަދަށް އެހީތެރިވުމަށްޓަކައި ތިއްބެވެ.

ހަނދުމަވަނީ (1)

ކިޔާފައިވާ ޢަދަދު: 2676
އަޙްމަދު ރަޝީދު، ރިކާޒު، ލ. ފޮނަދޫ


ފެށުން

ހަނދުމަވަނީ’ މިއީ ޚިޔާލީ ވާހަކައެކެވެ. މި ވާހަކައިގައިވާ މީހުންނާއި، އެންމެހައި ޙާދިސާތަކާއި، ކަންކަމަކީ ޚިޔާލަށް އުފައްދާފައިވާ މީހުންނާއި، ކަންކަމާއި، ޙާދިސާއެވެ. މިއިން މީހަކާއި މިހާރު ދިރިހުރި ނުވަތަ ކުރިން ދިރިއުޅުނު މީހަކާ ނުވަތަ ޙާދިސާއަކާ ގުޅުމެއް ވާނަމަ، އަދި މީގައިވާ އެއްވެސް ކަމަކާއި މިހާރު ހިނގަމުންދާ ނުވަތަ ހިނގާފައިވާ ކަމަކާ ގުޅުމެއް ވާނަމަ ވެސް އެއީ އިއްތިފާޤުން ދިމާވެފައިވާ ގޮތެކެވެ.


މި ވާހަކަ ލިޔުމުގައި، އުރުދޫ ބަހުން ލިޔެފައިވާ ވާހަކައެއްގެ ޚިޔާލާއި، ބައެއް އިނގިރޭސި ފިލްމުތަކުން ނަގައިފައިވާ ޚިޔާލުތައް ހުންނާނެއެވެ.