ހަލާކުވެފައިވާ ހިތެއްގައި އެހެން ލޯތްބެއް (21)

ކިޔާފައިވާ ޢަދަދު: 3044
ޢަލީ ޝަރީފު، ހ. ފިލިގަސްދޮށުގެ
(7 އޭޕްރީލް 2014 (ހޯމަ) ދުވަހު ޝާއިޢުކުރި ބަޔާ ގުޅޭ)

މި ޚަބަރު އިވުމާއެކު ބްރައިނީ ގެ ކުރިމަތީގައި އުޑާ ބިން ހަނދާއި ތަރި ތައް އެކުވެއްޖެއެވެ. ކުރި އަސަރެއްގެ ބޮޑުކަމުން އެތައް އިރެއްގައި ހިމޭނުން ހުރެއްޖެއެވެ. ނޭވާ ކުރުވެ ހިތުގެ  ވިންދު އަވަސްވެފައިވާ ޙާލެއްގައި “އޭތް ބެރީއެވެ.”  ހާސް ވެފައިވާ އަޑަކުން ބްރައިނީ ވާހަކަ ދައްކަން ފެށިއެވެ.” ހަމަ ތެދެއްހެއްޔެވެ؟ ޙަޤީޤަތުގައި އޭނާ އަހަންނަށް ބޭނުންވީ ހެއްޔެވެ؟ އަދި އެއްފަހަރު އެހެން ބުނެބަލާށެވެ.”

ކުދިވާހަކަ (45)

ކިޔާފައިވާ ޢަދަދު: 4254

އެތަނާއި މިތަނުން

ކުދިވާހަކަ (45)

ދަރިފުޅަށް ބައްޕަގެ ނަންދިނުން

ޢައްބާސް އިބްރާހީމް

ދެމަފިރިއަކަށް ލިބުނު ފުރަތަމަ ދަރިފުޅަށް ނަން ކިޔަން ޖެހިއްޖެއެވެ. އެދަރިފުޅަށް ކިޔާނޭ ނަމަކާބެހޭ ގޮތުން ދެމަފިރިންގެ ދެމެދުގައި ދެބަސްވުން އުފެދި އަރައިރުމަކަށްވާ ހިސާބަށް ހިނގައްޖެއެވެ.
 

ޝެކްސްޕިޔަރުގެ 450 ވަނަ އަހަރު މަތިފުޅު ދުވަސް

ކިޔާފައިވާ ޢަދަދު: 5677
 

އިނގިރޭސިބަހުގެ ދުވަސް

އަޙްމަދް ސަމީރު ޢަލީ

އެކުވެރި ދައުލަތްތަކުގެ (އދ) ގެ ހީވާގި ތަފާތު ޖަމިއްޔާތަކުގެ ތެރެއިން ތައުލީމާއި އިލްމީ ހޯދުންތަކާއި ސަގާފަތަށް ޚިދުމަތްކުރާ ޖަމިއްޔާއިން، މިއަދަކީ (23 އެޕްރީލަކީ ) އިނގިރޭސި ބަހުގެ ދުވަސް ކަމުގައި 2010 ވަނަ އަހަރު ނިންމިއެވެ. ޔުނެސްކޯއިން  އިނގިރޭސި ބަހުގެ ދުވަސް ކަމުގައި އެޕްރީލް މަހުގެ 23 ވަނަ ދުވަސް ފާހަގަ ކުރަން ނިންމީ، އެ ދުވަހަކީ އިނގިރޭސި އަދީބުންގެ ރަސް އަދީބު ވިލިޔަމް ޝެކްސްޕިއަރގެ އުފަން ދުވަސް ކަމުގައި ވީތީއެވެ! ޝެކްސްޕޔަރގެ އުފަންދުވަހާއި ދިމާކޮށް، މުޅި ދުނިޔޭގެ ފެންވަރުގައި އިނގިރޭސިބަހުގެ ދުވަސް ޔުނެސްކޯއިން ފާހަގަ ކުރާތާ މިއީ 5 ވަނަ އަހަރެވެ!

ސާހިބާ (10)

ކިޔާފައިވާ ޢަދަދު: 3813
ފާޠިމަތު ނަހުލާ

(17 އޭޕްރިލް 2014 (ބުރާސްފަތި) ދުވަހު ޝާއިޢުކުރި ބަޔާ ގުޅޭ)

ފިޔާޒާގެ އޮޕަރޭޝަން ކާމިޔާބު ވެއްޖެނަމަ، ޝަހުދުގެ ދިރިހުރުމުގެ އެއް މަޤްޞަދު ކާމިޔާބުވީއެވެ. ދެން އޮތީ ޝަހުދުގެ އަމިއްލަ ދިރިއުޅުމާ ދޭތެރޭގައި ވިސްނުމެވެ. ކުރިއަށް ދެން ވެސް އޮތީ ގޮތް ނޭނގޭ އަނދިރި ރާސްތާއެކެވެ.

ދިޔަރެސް (13)

ކިޔާފައިވާ ޢަދަދު: 4702
މޫސާ ޞާޢިދު

( 5 އޭޕްރިލް 2014 (ހޮނިހިރު) ދުވަހު ޝާއިޢުކުރި ބަޔާ ގުޅޭ)

“ދަރިފުޅާ އިހަށް އަރާމުކޮށްލާ.” ޒަކީ މުޢާޒުގެ ބޮލުގައި އަތް ކާއްތައިލިއެވެ. މުޢާޒު ވަށައިގެން ހޯދައިލިއެވެ. ފެނުނީ ވަށައިގެންވާ ކަނޑެވެ. އޮވެވުނީ ދޯނިމަތީގައިކަން އޭނާއަށް އެނގުނީ ދެނެވެ.
“މާ އަވަހަށް ދަތުރު ނިންމައިލަނީތަ؟” މުޢާޒު ތެދުވަން އުޅުނެވެ.

ދަންތުރަ

ކިޔާފައިވާ ޢަދަދު: 3223
ލިޔުނީ: ޢާއިޝަތު ނާޖީ
ތަނަކީ މާލޭގެ ލޯކަލް މާރުކޭޓު ސަރަހައްދެވެ. ބަނޑުހައި ހޫނުކަމުގެ ހާންތީގައި ދުވާރުމަތީގައި އޮށޯވެލައިގެން އޮތީ ހިރިލާނެވަރު ވެސް ނެތީމައެވެ. ކައިރީގައި ތިބި ކުޑަކުޑަ ތިން ކުދިން ރޮއި ހޭރެނީއެވެ. އެކަމަކު އެއިން ކުއްޖަކާ އަޅައިލާނެހާ ހިތްވަރެއް ވެސް ނެތެވެ. ވަށައިގެން ކޮޅުކޮޅަށް މީހުން ހިނގައި ބިނގައިވެ ހަރަކާތްތެރި ވަމުން ދެއެވެ. ބައެއް ފަހަރާ ގައިގައި އަޅައިގެންފައި ވެސް ދެއެވެ. އެކަމަކު ބަލައި ވެސް ނުލައެވެ. ކުދިންކޮޅު މަސަލަސް ކުރެވޭތޯ ކާ އެއްޗަކަށް އެދި އަތް ދިއްކޮށްލުމުން ފެންނަކަމަށް ހަދާ މީހަކު ވެސް ނެތެވެ.
 

ކުދިވާހަކަ (44)

ކިޔާފައިވާ ޢަދަދު: 4403

އެތަނާއި މިތަނުން

ކުދިވާހަކަ (44)

އަތުގައި ހިފުން – ކުޑައަންހެން ދަރިފުޅާއި ބައްޕަ

ޢައްބާސް އިބްރާހީމް

ކުޑައަންހެން ދަރިފުޅާއި އޭނާގެ ބައްޕަ އެކުގައި ހިނގަމުން ދަނިކޮށް ކޯރެއް ހުރަސްކޮށް އަޅާފައިއޮތް ފާލަމެއްގެ މަތީން ދާން ދިމާވެއްޖެއެވެ.

ސާހިބާ (9)

ކިޔާފައިވާ ޢަދަދު: 4289
ފާޠިމަތު ނަހުލާ
(6 އޭޕްރިލް 2014 (ހޯމަ) ދުވަހު ޝާއިޢުކުރި ބަޔާ ގުޅޭ)

އަދިވެސް އޭނާއަށް ހަމަ ރީތީ އޭނާގެ އަންހެނުން ފިޔާޒާއެވެ. އެއްވެސް ދެއްކުންތެރިކަމެއް ނެތް ސާދާކަމެވެ. ފިޔާޒާގެ ހަންގަނޑުގައްޔާއި ހަށިގަނޑުގައި މީނާގެ ކިބައިގައިވާ ފަދަ ގޮތްތަކެއް ނެތް ނަމަވެސް، ފިޔާޒާގެ ހަށިގަނޑަކީ ޠާހިރު ހަށިގަނޑެކެވެ. އެއީ ހަމައެކަނި ފިރިމީހާއަށްޓަކައި ފޮރުވި ޚާއްޞަ ކުރެވިފައިވާ ހަށިގަނޑެކެވެ. ފިޔާޒާގެ ހަށިގަނޑުގެ އެހީގައި، ހިލޭ ފިރިހެނުންގެ ލޯތަކަށް އުފަލެއް ހޯދައިދޭކަށް ފިޔާޒާ ބޭނުމެއް ނުވާނެއެވެ. މީނާ ފެނުމުން ޝަހުދުގެ ހިތުގައި ފިޔާޒާއަށް ދެވިފައިވާ ލޯބި އެތައް ގުނައަކަށް އިތުރުވެގެން ދިޔައެވެ. ފިޔާޒާގެ މާތްކަން އޭނާއަށް އިޙްސާސް ކުރެވުނެވެ.

އަންހެނެއްބާއެވެ؟ ނުވަތަ މިނިކާވަގެއްބާއެވެ؟ (ފަހު ބައި)

ކިޔާފައިވާ ޢަދަދު: 7613
ލިޔުއްވީ: ފްރޭންކް ސްޓޮކްޓަން
ތަރުޖަމާ: އަޙްމަދް ސަމީރު ޢަލީ
(15 އެޕުރީލު 2014 (އަންގާރަ) ދުވަހު ޝާއިޢުކުރި ބައިގެ ބާކީ)

އަޅުގަނޑުމެން އާދައިގެ މީހުން ދެކޭގޮތުގައި މި ކަމަކީ ނިމިފައި އޮތް ކަމެކެވެ. އެ ރީތި ފިރިހެން ޒުވާނާ، ގަނޑުވަރުތެރޭގެ އަމީރާއެއް ދެކެ ލޯބިވިކަމަށް އިންކާރެއް ނުކުރެއެވެ. އެ މައްސަލައިގައި ހިމެނޭ އަމީރާ ދެކިވަޑައިގަންނަވާ ގޮތުގައި އެފަދަ ޒުވާނަކީ އޭނާއާއި އަރަފޯދިގެންވާ މީހެކެވެ. ރީތި އިސްކޮޅަކާއި ހަށިގަނޑެއްގެ ވެރިޔެކެވެ. ކަންކަމުގައި ކެރޭ، ޖެހިލުން ކުޑަ ހުޝިޔާރު ފިރިހެނެކެވެ! ކަން މިހެން ފަސޭހައިން ނިންމެން ހުރި ނަމަވެސް ރަސްގެފާނު ވެސް އޭނާ ރާއްވަވާ “ޝާޢިރީ އަދުލު އިންސާފު” މިހާރު އެއްކަލަ އިސްޓޭޑިޔަމުގައި ދެކިވަޑައި ނުގަންނަވާތާ މާ ގިނަދުވަސް ވެގެން އެކަހަލަ ކަމެއް ދެކިވަޑައިގަންނަވާ ހިތްޕުޅުން ހުންނަވާތާ ދުވަސްކޮޅެއް ވެއްޖެއެވެ. އޭނާ ދެކިވަޑައިގަންނަވާ ގޮތުގައި އިސްޓޭޑިޔަމުގައިވާ ހަމަ އެއްވައްތަރުގެ އެއްކަހަލަ ދެ ދޮރުންކުރެ ކޮންމެ ދޮރެއް އެ ޒުވާނާ ހުޅުވި ނަމަވެސް ރަސްގެފާނަށް  މާބޮޑު ފަރުވާލެއް ނެތެވެ. މި މަނާ ލޯބިން އޭނާގެ ދެލޯފަދަ އަމީރާ ‘ސަލާމަތް’ ކުރެވުނީއެވެ.

އޭރުގެ ފަތްފުށްތަކުން…. (69)

ކިޔާފައިވާ ޢަދަދު: 2374

کستوربا گاندھی

الفاضل عبدالمجيد ماھر

އަލްފާޟިލް ޢަބްދުލްމަޖީދު މާހިރަކީ، މި ފަންނުގައި ގިނަ ބޭފުޅުންނަށް އެނގިވަޑައި ނުގަންނަވާ ބޭފުޅަކަށް ވެދާނެއެވެ. ނަމަވެސް އޭނާއަކީ ވެސް ލިޔުންތެރިޔެކެވެ. ތަފާތު މައުޟޫޢުތަކަށް ލިޔުއްވައިފައިވެއެވެ. ދިވެހިބޭސްވެރިކަމާބެހޭ ފޮތެއް ވެސް ވަނީ ލިޔުއްވައިފައެވެ.

އަލްފާޟިލް ޢަބްދުލްމަޖީދު މާހިރަކީ، ސަރުކާރުގެ މުހިންމު މަގާމުތަކެއް ފުރުއްވާފައިވާ ބޭފުޅެއްވެސް މެއެވެ. އެ މަގާމުތަކުގެތެރޭގައި މުނިސިޕަލްޓީގެ ރައީސް ކަމާއި ޕޯސްޓް މާސްޓަރކަމާއި މޯލްޑިވްސް ވޯޓަރ އެންޑް ސެނިޓޭޝަން އޮތޯރިޓީގެ މެނޭޖަރކަމާއި މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްގެ ސީނިއަރ އަންޑަރ ސެކްރެޓަރީކަންފަދަ މަގާމުތައް ހިމެނެއެވެ.