އިސްލާހީ ފިޔަވަޅެއް މިހައި ކުރިން އެޅި މީހަކު އެނގިލައްވައިތޯއެވެ؟

ކިޔާފައިވާ ޢަދަދު: 6202
އަޙްމަދް ސަމީރު ޢަލީ
ގަޑީގެ ކުޑަކަށި ވެއްޓި، ހަމަ އެކަނި މިނެޓު ދައްކާ ބޮޑުކަށި ބަލައިގެން ވެސް އޭނާއަށް އެނގޭވަރަކުން ވަގުތު އޮޅުން ފިލުވައިދިން މީހެއްގެ ވާހަކަ އަޚް ޢަބްދުﷲ ނަޢީމް ލިޔުއްވާފައިވުމުން ހަނދާނަށް އައި ވާހަކައެއް ލިޔެލާ ހިތްވެއްޖެއެވެ!

ބޯވަ މަސްކޮޅު.

ކިޔާފައިވާ ޢަދަދު: 4806
 
ކަނީރު ޢަބްދުއްރަޙީމް (ކަނީރު)

ހުރި އަވަށަކާއި ހުރި އެޑުރެހެއް ނުލިޔުނަސް މިއީ މާލޭގައި މީގެ ވިއްސަކަށް އަހަރު ކުރީގައި ހުރި އޭރުގެ މަޝްހޫރު ހޮޓަލެއްގައި ހިނގައި ދިޔަ ހާދިސާ އެކެވެ. އަހަރެން ވެސް ބައިވެރިވެ އިން ކެއުމެއްގައި އެންމެންގެ ލޮލުގެ ކުރިމަތީގައެވެ. މިއީ ފިލްމެއްކަމުގައިވާ ނަމަ މިފިލްމުގެ ބައިވެރިންގެ އެންމެންހެންމެ ދިރި ދުނިޔޭގައި އަދިވެސް އެބަ ތިއްބެވެ.

ގަޑި ބުނެދިނުން

ކިޔާފައިވާ ޢަދަދު: 6117
ޢަބްދުﷲ ނަޢީމް އިބްރާހީމް
ރޭލު އިސްޓޭޝަނެއްގައި ތިބި ދެ މީހުންނެވެ. އެތަނުން އެކަކު ސުވާލުކޮށްލިއެވެ. “ގަޑިން ކިހާ އިރެއް ވެއްޖެ؟” އަނެއް މީހާ ބުންޏެވެ. “ޖަހައި ފަހެއް ހިނގައިފި.”
ސުވާލުކުރި މީހާ ތުން އަނބުރައިލައިފައި ދުރަށް ހިނގައްޖެ އެވެ. ކުޑަ އިރުކޮޅެއް ކޮށްފައި އަނެއްކާ ވެސް އައިސް އަހައިފި އެވެ. “ގަޑިން ކިހާ އިރެއް ވެއްޖެ؟”

ދިވެހި ޅެންވެރިކަމަށް އަވަސް ކަޅިއެއް

ކިޔާފައިވާ ޢަދަދު: 10525
ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު
އެއްވެސް ޝައްކެއް ނެތް ގޮތުގައި ޅެންވެރިކަމަކީ އަދަބިއްޔާތުގެ އެންމެ ނުފޫޒު ގަދަ ބާވަތެވެ. ޅެންބަހުރުވައިގައި ބަސްތައް އެމުނި އެކުލެވިފައިވާ ގޮތުން އާދައިގެ ނަސްރަށްވުރެ ޅެންބަހުރުވައިން އިންސާނާގެ އިޙުސާސްތަކާ މާ ބޮޑަށް ކުޅެލައެވެ. ޅެންބަހުރުވައިގައި ހުންނަ ކާފިޔާ އާއި ވަޒަން ހަމަވުންފަދަ އުޞޫލުތަކުގެ ސަބަބުން، ޅެމުން ހުށަހަޅާ ޝުޢޫރުތަކުން އިންސާނާއަށް މާ ބޮޑަށް އަސަރުކުރުވައެވެ. އަދި ޅެންބަހުރުވައިން ހުށަހެޅޭ ޚިޔާލުތައް ހަނދާނުގައި މާވަރުގަދަޔަށް ހަރުލައެވެ.

ކުދިވާހަކަ (39)

ކިޔާފައިވާ ޢަދަދު: 4594

އެތަނާއި މިތަނުން

ކުދިވާހަކަ (39)

ޙަޔާތުގެ ބޭނުން ހިފާށެވެ.

ޢައްބާސް އިބްރާހީމް

އެއްޒަމާނެއްގައި އުޅުނު ވަރަށް ދަހި މީހަކު އެތައްދުވަހަކު މަސައްކަތްކޮށްގެން ފަސްލައްކަ ދީނާރު އެއްކޮށްފިއެވެ. އަދި އެފައިސާތަކުގެ ބޭނުންކޮށްގެން ކުރިޔަށް އޮތް އަހަރެއްހާދުވަހު އޭނާ އުޅެން ގަސްތުކުރާ އުފާވެރި ދުވަސްތަކުގެ ޚިޔާލުތައް ކުރަންފަށައިފިއެވެ. އަދި އޭނާގެ ފައިސާތައް ހޭދަކުރާނޭ މޮޅުގޮތްތައް ރާވަން ފަށައިފިއެވެ. ކުއްލިއަކަށް އޭނާއަށް ކުރިމަތިވީ މަރުގެ މަލާއިކަތާއެވެ.  އޭނާގެ ފުރާނަ ގެންދެވުމަށްޓަކައެވެ.

ބަހާ ބެހޭ ބަހެއް:

ކިޔާފައިވާ ޢަދަދު: 6216

އަލިފާއި ޔާ ގެ އަޑު ނުވަތަ ނިޝާން

ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު

ދިވެހިބަސް ލިޔެކިޔުމަށްޓަކައި ތާނައިގައި ބޭނުންކުރާ އަކުރުތަކުގެ ތެރެއިން އަލިފާއި ޔާ (އ، ޔ) މި ދެ އަކުރަކީވެސް ތަފާތު ދެ މަޚުރަޖެއްގެ ދެ އަކުރެވެ. ޔ އަކީ މާ އެތެރޭގެ އަޑެކެވެ. އަލިފު ކިޔާނީ މާ ތިލައިންނެވެ. އެހެންކަމުން އެ އަކުރެއްގެ މަޚުރަޖަށް ބަލައިގެން އަދި އެ ލަފުޒެއް ބަސްފޮތުގައި އޮންނަ ގޮތަށް ލިޔުން މުހިއްމެވެ.

އަރުތަ ލިބުމުގެ ފަލްސަފާއެއް

ކިޔާފައިވާ ޢަދަދު: 2397
ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު
އެކި ޢަމަލުތައް ކުރުމުގައި ވިސްނަންޖެހޭނެ އަސާސެކޭ
               ދެކި ޢަމަލުކުރުމަށް މިއީ  އިއްވާ  މަގޭ ހެޔޮ  ބަސްތަކޭ

ޙަރަކަތާ ވިންދާ ހިތުގެ އެންމެންގެ ވާނީ  އެއް  ގޮތޭ
               ފަރަޤު މީހާ  ކޮށްދެނީ  ތަޤުވާގެ  މަތިވެރި   ސިފަތަކޭ

ސާހިބާ (5)

ކިޔާފައިވާ ޢަދަދު: 4193
 
 ފާޠިމަތު ނަހުލާ
(4 މާރޗް 2014 (އަންގާރަ) ދުވަހު ޝާއިޢުކުރި ބަޔާ ގުޅޭ)
“އަހަރެން ޝަހުދަށް މިދޭ ފައިސާގެ ބަދަލުގައި ޝަހުދު އަހަރެންނަށް ވަރަށްބޮޑު މަސައްކަތެއް ކޮށްދޭން ޖެހޭނެ…..” ފަހުމީ މިހެން ބުނުމުން ޝަހުދު ނިތްއަރުވާލިއެވެ.
“ކުރެވޭނެތަ؟” ފަހުމީ އަހާލިއެވެ.

“ލައްބަ!” ޝަހުދު އަވަސް އަވަހަށް ބުންޏެވެ. އެފައިސާގެ ބަދަލުގައި ކޮންމެ މަސައްކަތެއް ކުރާށޭ ބުންޏަސް ޝަހުދު އުފަލުން ކުރާނެއެވެ.

އަންހެން ދަރިޔަކު އޭނާގެ މަންމައަށް ފޮނުވި ސިޓީއެއް

ކިޔާފައިވާ ޢަދަދު: 6993
ލިޔުނީ ކާކުކަމެއް އެނގޭކަށް ނެތް
ތަރުޖަމާ: އަހްމަދް ސަމީރު އަލީ
ނުހަނު ލޯބިވާ މަންމާއެވެ!
އެހެން އަންހެން ކުދިންނެކޭ އެއްފަދައިން، އަޅުގަނޑުވެސް އެންމެ ޅަފަތުން ފެށިގެން އަޅުގަނޑުގެ ކާވެނީގެ ދުވަހަށް އިންތިޒާރު ކުރަމުން އައީ ވަރަށް އުފަލުންނެވެ. އަދި ޝައުގުން ފުރިގެންވެސްމެއެވެ. އަޅުގަނޑުގެ ދެލޯފަދައިން ނުހަނު ލޯބިވާ ފިރިއަކާއި އެކީ ވަރަށް އުފާވެރި ވަގުތުތަކެއް ހޭދަކުރުމަށްވުރެ ދުރަށް އެ ޅައުމުރުގައި އަޅުގަނޑުގެވިސްނުމެއްވެސް ޚިޔާލެއްވެސް ދަތުރެއް ނުކުރެއެވެ!

ދަންނަބޭކަލުންގެ ތަޤުރީރުތަކާއި މަޒުމޫނުތަކުގައި ހުންނަ ދަރަޖައިގެ މައްސަލަތައް

ކިޔާފައިވާ ޢަދަދު: 5156
 
ފާޠިމަތު އަމްނާ ޢަޒީޒު، ލ. މާވަށް

މި ޒަމާނުގެ ބައެއް ދަންނަބޭކަލުން ދިވެހިބަސް ބޭނުން ކުރެއްވުމުގައި މައްސަލަތަކެއް ހުރި ކަމަށް ވާހަކަދެކެވެއެވެ. މިއީ ޙަޤީޤަތެއް ނަމަ މިއީ ވަރަށް ބޮޑު ޢިޖުތިމާޢީ މައްސަލައެކެވެ. އެހެނީ ބަހަކީ ޢިލްމު ފެތުރުމުގެ ވަސީލަތަކަށް ވާހިނދު ބަސް ހެޔޮގޮތުގައި ބޭނުން ނުކުރެވޭ ނަމަ، ޢިލްމު ފެތުރުމުގައި ބޮޑެތި މައްސަލަތަކެއް ކުރިމަތިވާނެ އެވެ. ކަން މިހެން ހުރި އިރު، މި ކަމުގެ ޙަޤީޤަތް ހޯދައި މި ކަން މި ހެން މެދުވެރިވާ ސަބަބާއި އެ ކަން ރަނގަޅު ކުރުމަށް އެޅިދާނެ ފިޔަވަޅުތައް ދެނެގަތުމަކީ ވަރަށް މުހިއްމު ކަމެކެވެ.