ހަމައެކަނި ވިދާޅުވެލެއްވުމަށް….(30)

ކިޔާފައިވާ ޢަދަދު: 2510
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

ބ.އޭދަފުށީގައިއިލެކްޓްރިކް

ޕްރައިމްމިނިސްޓަރގެ ސްޕީޗްއެއް

ރޭގައި ބ.އޭދަފުށްޓަށް އިލެކްޓްރިކްކަރެންޓް ދީފިއެވެ. އެގިފައިވާގޮތުގައި އެރަށަށް ކަރެންޓް ދޫކޮށްދެއްވުމުގެ شرف ދެއްވީ الفاضل أحمد آدم އެވެ. ކަރެންޓް ދޫކުރެއްވީ ރޭ 6.47 ގައެވެ. ރާއްޖޭގެ رئيس الجمہوريۃ ގެ ފޮޓޯފުޅެއް ދިއްލާލުމަކުންނެވެ.

ހަލާކުވެފައިވާ ހިތެއްގައި އެހެން ލޯތްބެއް (5)

ކިޔާފައިވާ ޢަދަދު: 4283
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ޢަލީ ޝަރީފް، ހ. ފިލިގަސްދޮށުގެ
(13 ނޮވެމްބަރ 2013 (ބުދަ) ދުވަހު ޝާއިޢުކުރި ބަޔާ ގުޅޭ)
އެހެން ކަމުން ހިޔު އޭނާގެ ދިރިއުޅުމުގެ މަސައްކަތެއްގެ ގޮތުގައި އިޚުތިޔާރުކުރީ ދުނިޔޭގެ އެކި ރަށްރަށަށް ދަތުރުކޮށް އެ ތަންތާގެ ޚަބަރުތައް އޮޅުންފިލުވުމަށެވެ. މި މަޤްޞަދުގައި ދުނިޔޭގެ ކަންކޮޅުތަކަށް ޒިޔާރަތްކުރުމަށް ފަހު، އެންމެ ފުރަތަމަ ލިޔުނު ފޮތަކީ ބަރުމާގެ މައްޗަށް ލިޔުނު ފޮތެކެވެ.  މި ފޮތް ވަރަށް އަވަސް މުއްދަތެއްގެ ތެރޭގައި މަޤުބޫލުވެ ވިކެން ފަށައިފި އެވެ. އޭގެ ފަހުން އާމްދަނީ ހޯދުމަށް ކުރާ މަސައްކަތެއްގެ ގޮތުގައި ‘ލޭކް ޑިސްޓްރިކްޓް’ އިޚުތިޔާރުކޮށް ‘މޮންކްސް ފާމް’ ގަތީ އެވެ.
 

އަނާން (7)

ކިޔާފައިވާ ޢަދަދު: 3697
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

މަރްޔަމް ސަނާ، ށ. މިލަންދޫ

(12 ނޮވެމްބަރ 2013 (އަންގާރަ) ދުވަހު ޝާއިޢުކުރި ބަޔާ ގުޅޭ)
މުޅިރޭ މާޔާ ހޭދަކުރީ އާމިރުއާ އެކު އެގޭގައެވެ. ވެފައިވާ ވަރުބަލިކަމާއެކު ނިދިފައި އޭނާ އަށް ހޭލެވުނީ ޖެހިގެން އައިދުވަހުގެ ހެނދުނެވެ. އާމިރު އޮތީ ނިދާފައިކަން ޔަގީންކޮށްލުމަށްފަހު އޭނާ ތެދުވެގެން ކުޑަކޮށް ރީތި ވިއެވެ. އަދި މުޅިކޮޓަރީގައިވާ ފަރުނީޗަރުތަކުގެ ތަޅުނުލާހުރި ހުރިހާ ވަތްގަނޑުތަކެއް ހުޅުވައިގެން ބެލުމަށްފަހު އޭނާ ބޭނުންވާ ބައެއް އެއްޗެހި ނެގިއެވެ. އޭނާ އާމިރާ ގުޅުން ބޭއްވުމުގެ ހަގީގީ މަޤުޞަދަކީވެސް އެއީއެވެ.

ކަރުނަތިކި (14)

ކިޔާފައިވާ ޢަދަދު: 2762
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ޙަސަން ނަޖުމީ
(11 ނޮވެމްބަރ 2013 (ހޯމަ) ގުޅޭ)

ޗެޕްޓަރ 5

އާދިލާގެ ހުވަފެނީ ޚިޔާލުތަކުގައި އެނބުރެމުން ދަނީ ސަޒިން ސަލާމަތް ކުރުމަށް ޝާން ދުވެވަޑައިގެންނެވި މަންޒަރެވެ. އަދި ހަމައެއާ އެކު ޝާން ކައްސާލައިގެން ލޯންޗާއި ބޯޓާ ދޭތެރެއަށް ވެއްޓިވަޑައިގަތް ތަނެވެ. އެވަގުތު ސަޒިން ޅަހުއްތުއާ ހަވާލު ކުރެވުނުކަން އޭނާއަށް އެނގުނެވެ. އާދިލާ ބަލާކަށް ނުހުރެ ވަގުތުން ފުންމައިލީއެވެ. އޭނާ ފުންމައިލީ ޝާން ގެނބިވަޑައިގަންނަވާތަން ފެނިގެންނެވެ. އޭރު ޝާންގެ އިސްތަށިފުޅުން ލޭ އޮހޮރެއެވެ. އެތާނގަ ރާޅު ބޮޑުކަމުން ފަޅުވެރިން މަސައްކަތް ކުރަމުން ދިޔައީ ލޯންޗް ރަށުގެ ފާލަމާ ދުރަށް ލެވޭތޯއެވެ. އެހެންނޫނީ ޝާން އާ އާދިލާ އެދޭތެރޭ ފިތިދާނެތީއެވެ.
 

ވަކިނުވިނަމަ….. (6)

ކިޔާފައިވާ ޢަދަދު: 3343
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
 
މުޙައްމަދު ޤާސިމް، އއ.މަތިވެރި
(10 ނޮވެމްބަރ  2013  (އާދީއްތަ) ދުވަހު ޝާއިޢުކުރިބަޔާ ގުޅޭ)
އަހުމަދު ބޯޅަ ޖަހައިފިއެވެ. ޒައިދަށް ހޭވެރިކަންވީ ބޯޅަ އައިސް ފައިގައި ޖެހުމުންނެވެ. ޒައިދުވެސް ޖަހައިފިއެވެ. އަހުމަދާ ދިމާއަށެވެ. އަހުމަދު ބޯޅައާ ދިމާއަށް ދުއްވައިގަތެވެ. ބޯޅައާ ހަމައަށް ދެވުނުތަނާ ބޯޅައިގައި އަޅައިގެންފައި އަހުމަދު ވެއްޓިއްޖެއެވެ. އެހެނަސް ތަދުވާ ގޮތަކަށް ނޫނެވެ.

ބަހުގެ ބަހުސް

ކިޔާފައިވާ ޢަދަދު: 6120
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

ބަހުގެ ބަހުސް

ކަނީރު ޢަބްދުއްރަޙީމް (ކަނީރު)

    ބަހުގެ ވާހަކަ ދައްކާއިރު ކޮބައިބާ ބަހަކީ؟  ބަހޭ މިކިޔަނީ ކޮންކަހަލަ ކޮން ބޭނުމެއް ކުރެވޭ ކިހާމުހިންމު އެއްޗަކަށްތޯ ބަލަމާހިނގާ ބަލަ!
    ބަހަކީ އެކަކުއަނެކަކާ ވާހަކަދައްކަން ބޭނުންކުރާ ވަސީލަތް، ނުވަތަ ގޮތް. އެއީ ދެން މާ މުހިންމު މާމޮޅުއެއްޗަކަށް ހަދައިގެން ނަންކޮށްގެން އުޅެނީ.

ރައީސަކު އިންތިޚާބުކުރުން އަދި ލިސްޓުގައި ސޮއިކުރުން

ކިޔާފައިވާ ޢަދަދު: 3124
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ޢަލީ ނަޢީމް، ރާޝިދާމަންޒިލް، ރ. މީދޫ
ދިވެހިބަހުގައި ބޭނުންކުރާ ބައެއް ލަފުޒުތަކަކީ އެ ލަފުޒުތަކުގެ ފަހަތަށް ލަފުޒެއް އިތުރުކުރުމުން އުފެދޭ ލަފުޒުތަކެކެވެ. މި ގޮތުން “ނަން” ދޭހަކޮށްދޭ ލަފުޒުތަކުގެ ފަހަތަށް “ކުރުން” އިތުރުކުރުމުން އެ ލަފުޒު “ކަން” ދޭހަކޮށްދޭ ލަފުޒަކަށް ބަދަލުވެއެވެ. މިސާލަކަށް “އިންތިޚާބު” މިއީ ނަމަކަށް ވާއިރު މި ނަމުގެ ފަހަތަށް “ކުރުން” އިތުރުކުރުމުން “އިންތިޚާބުކުރުން” މި ލަފުޒު އުފަންވެއެވެ.

ހަލާކުވެފައިވާ ހިތެއްގައި އެހެން ލޯތްބެއް (4)

ކިޔާފައިވާ ޢަދަދު: 3950
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ޢަލީ ޝަރީފް، ހ. ފިލިގަސްދޮށުގެ
(6 ނޮވެމްބަރ 2013(ބުދަ) ދުވަހު ޝާއިޢުކުރި ބަޔާ ގުޅޭ)
ދޮރެއް ހުޅުވައިލައިފައި ފިރިހެނަކު، ބްރައިނީއާ ދިމާއަށް ހިނގައިގެންފި އެވެ. އެއީ މީގެ ކުރިން ޓްރެޜަރ ޝޮޕްގައި ބްރައިނީއާ ބައްދަލުކުރި އެއްކަލަ ބޭރު މީހާ އެވެ. ހެނދުނު އޭނާ ފެނުނު އިރު ކްލައިވް ހަނދާންކުރާ ގޮތް އޭނާގެ ކިބައިން ފެންނަނީ އަދި މާ ބޮޑަށެވެ.

ހަމައެކަނި ވިދާޅުވެލެއްވުމަށް….(29)

ކިޔާފައިވާ ޢަދަދު: 2576
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

އަލީގަރ ޔުނިވަރސީގެ މިއަހަރުގެ ދިވެހި طالب

محمد محمود فهمى ގެ كاميابى ތަކެއް

(ފަތިސް ގެ ކޮޅުބު ރިޕޯޓަރ)

مدرسة އަށް ފުރަތަމަ ފުރަތަމަ ވެދެވަޑައިގަތް ދުވަސް ހަދުމަފުޅު އެބަހުރިތޯއެވެ. އެދުވަހު ކަޑައެޅުއްވި عزم  ތަކާއި ހިތްޕުޅަށް ވެރިވަމުންދިޔަ شعور ތަކަށް ފަހުން ވީގޮތަކާއިމެދު سؤال ކުރާކަށް އަޅުގަޑު ނެތީމެވެ. އެދުވަހު އެކިއެކި مدرّس ންނާމެދު ކުރެވުނު خيال ތައް އެކިއެކި ކުދިންނާއިމެދު ކުރެވުނު ހީތައް، حياتގެ މާދަމައަށްޓަކައި ކުރެވުނު اميد ތައް…… މިއިން އެއްވެސް ރޮގެއްގައި بحث އެއް ފަށާކަށް ގަސްދެއް ނުކުރަމެވެ. 
  

އަނާން (6)

ކިޔާފައިވާ ޢަދަދު: 3479
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
މަރްޔަމް ސަނާ، ށ. މިލަންދޫ
(5 ނޮވެމްބަރ 2013 (އަންގާރަ) ދުވަހު ޝާއިޢުކުރި ބަޔާ ގުޅޭ)
މާޔާ އެންމެންނަށް ހިނިތުންވެލިއެވެ. އެތަނުގައި މުޅިންވެސް ތިބީ އޭނާއަށްވުރެ އުމުރުންދޮށީ ކުދިންނެވެ. ޒުވާނުންނެވެ. ކޮންމެ މީހަކުވެސް ހެދުންއަޅާ، ޒީނަތްތެރިވެފައިވަނީ އެންމެ ޒަމާނީގޮތަށެވެ. ނޫންނަމަ ޓީވީ އިން ފެންނަ ހޮލީވުޑްގެ ތަރިންނާ އެއްގޮތްވުމަށް މަސައްކަތް ކުރާކަހަލަ ގޮތަށެވެ.