ޞަލަވާތާ ސަލާމުގެ ވެދުން

ކިޔާފައިވާ ޢަދަދު: 2787
އާދަމް ޢަބްދުއްރަޙްމާން އުތީމު

       ދަންނަވާ މިޞަލާތާ  ސަލާމާ ވެދުން
                        އަންނަ ލޯބިން މިހިތް ފުރިއުތުރި ދާހިނދުން

ޖާހިލީ އަނދިރިކަން ދުނިޔެއަށް ފެތުރިފައި
        ކާހިނީ ބަސްތަކާ ޡުލްމުތައް ވެރިވެފައި
                  ވާހިޔާތެއްގެ ތިއްބާ ތެރަށް ގެއްލިފައި
                           ސާހިބެއް މާތް ހިދާއީ ވަޑައިގެން ހިނދުން

 

ކުދިވާހަކަ (33)

ކިޔާފައިވާ ޢަދަދު: 5245

އެތަނާއި މިތަނުން

ކުދިވާހަކަ (33)

ކޮންމެވެސް އެއްޗަކުން ގަނޑުވަރު ފުރާލަދީ!

ޢައްބާސް އިބްރާހީމް

އެއްޝަހަރެއްގައި އުޅުއްވި ރަސްކަލެއްގެ ތިން ދަރިކަލުން ތިއްބެވިއެވެ. އެރަސްގެފާނުގެ ވެރިކަމުގެ ދަށުގައި އެތައް ބައިވަރު ރަށްރަށް ހުރެއެވެ. ގިނަ ޢަދަދެއްގެ ރައްޔިތުންވެސް އުޅެއެވެ. އެމީހުންގެ ކަންތައް އޭނާ ބަލަހައްޓަވަމުން ގެންދަވަނީ ވަރަށް ރަނގަޅަށެވެ.

ޙިކުމަތުގެ ބަސްކޮޅެއް

ކިޔާފައިވާ ޢަދަދު: 7471

ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު

ޙިކުމަތުގެ ބަސްތައް ފެނިދެޔޭ ބަސްފޮތް ބަލައި ހޯދައިލިޔަސް
                 ޒިކުރާކުރާނަން ނަޒުމަކުން އެތަނުން ބައެއް ޙިކުމަތުގެ ބަސް

ފޮންޏެއް ނުވާނޭ ހިތި ކަދޫ، ފެންދޭ ގޮތަށް  މާމުއި  ދިނަސް
                 އުންޏެއް ނުވާނޭ ހިތިކަމެއް،  މޭވާއަކުން  ފަތަކުން  ވިޔަސް

މިއިޢުލާން ދެކެވަޑައިގަތީމުތޯ؟…….(16)

ކިޔާފައިވާ ޢަދަދު: 2579
 
ޑިޕާރޓްމެންޓް އޮފް ހޯމްއެފެއަރސް
ރަޖިސްޓްރޭޝަންސް ޑިވިޝަން
    މާލެ،ދިވެހިރާއްޖެ.
                                               نمبر70/3

اعلان

މާލޭގެ وقفގޯތީގެ ފަތްހޯދުން

ވަކިނުވިނަމަ…….. (16)

ކިޔާފައިވާ ޢަދަދު: 3270
މުޙައްމަދު ޤާސިމް، އއ.މަތިވެރި
(19 ޖެނުއަރީ 2014 (އާދީއްތަ) ދުވަހު ޝާއިޢުކުރި ބަޔާ ގުޅޭ)
“އަދި މަޑުކޮށްބަލަ!” ޒައިދުގެ އަޑުގައި ހުރީ މަސްތީ އަސަރެކެވެ.

ރަޝާޤާގެ މޫނުމަތި ރަތްވެގެން ދިޔައެވެ. ތުންފަތް މައްޗަށް ވެރިވި ލުއި ލުއި ހިނިތުންވުމާއި، މޫނުމަތީގައި ހުރި ލަދުވެތިކަމުގެ ރަތް ކުލައާ އެކުވުމުން، ރަޝާޤާގެ މޫނުމަތީގެ ރީތިކަމާއި ނަލަކަން އެތައް ގުނައަކަށް އެރިކަހަލައެވެ. ޒައިދުގެ މަސްތުން ފޯވެފައިވާ ހިތުގެ މަސްތު ދެގުނައަށް އެރިއެވެ. ނަތީޖާއަކަށްވީ ޒައިދުގެ އޯގާވެރި ފިރުމުން ތަކާއި ބީހުންތަކުގެ ލައްޒަތުގެ ތެރެއަށް ހިތާއި ހަށިގަނޑު ދޫކޮށްލަން ރަޝާޤާއަށް އަނެއްކާވެސް ޖެހުމެވެ. އުފަލާއެކުގައެވެ.

ހަލާކުވަމުންދާ ވެށި

ކިޔާފައިވާ ޢަދަދު: 8668
 

  ހަލާކުވަމުންދާ ވެށި   

އިސްކުރާށޭ ތިމާވެށި ޙިމާޔަތްކުރުން

ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު

ހާދަހާ އަސަރެކޭ ވެރިވަނީ ވިސްނުމުން
            މާދަމާ ވާނެ ގޮތްތައް ތަޞައްވުރުވުމުން
                      އާދަޔާ ދިރިއުޅުން ގެންނަހާ ބަދަލަކުން
                               ވާދަޔަށް  ދޭ  ހަލާކާއި  ގެއްލުންތަކުން

ވިސްނަވާށޭ ތިމާވެށި މި އޮތް ޙާލަތަށް
            ފިސްކުރާ މުރަކަޔާ ގާތަކާ ޖެއްސުމަށް
                     ގިސްލެވޭވަރުވެޔޭ ވިސްނި ނަމަ އެންމެނަށް
                               އިސްކުރާށޭ   ތިމާވެށި   ޙިމާޔަތްކުރުން

ދިޔަރެސް(5)

ކިޔާފައިވާ ޢަދަދު: 5440
 
މޫސާ ޞާޢިދު
(20 ޖެނުއަރީ 2014 (ހޯމަ) ދުވަހު ޝާއިޢުކުރި ބަޔާ ގުޅޭ)
“އަދި ތި މަންޖެއަށް ބުއްފުޅިވެސް ނުދެވޭ. އަންނާނަން ބުއްފުޅިދީގެން.” ނަޒްމާ ދަރިފުޅު އުރާލައިގެން ކޮޓަރިއާ ދިމާއަށް ހިނގައިގަތެވެ. ޒުހުރާވެސް ބަދިގެޔާ ދިމާއަށް ހިނގައިގަތެވެ.
 

ލޭ ބޯ ފަނި (16)

ކިޔާފައިވާ ޢަދަދު: 8221
ތަރުޖަމާ: ޢަބްދުﷲ ނަޢީމު އިބްރާހީމް
(21 ޖެނުއަރީ 2014 (އަންގާރަ) ދުވަހު ޝާއިޢުކުރި ބަޔާ ގުޅޭ)
ޖަވާދު އިސް ޖަހައިލައިގެން އިނދެ ވިސްނާން ފަށައިފިއެވެ. އެ ވަގުތުވެސް އޭނާ ވިސްނަމުން ދިޔައީ އަނބިމީހާގެ ހިތް ހަމަ ޖައްސައި ދެވޭނޭ ގޮތަކާ މެދުގައެވެ. އަކްބަރާއި، ފީރޯޒާގެ ކާވެންޏާ ދެކޮޅު ހަދައިގެން ބާރަ ލައްކަ ރުފިޔާގެ ކާރެއް އަތުން ބީވެގެން ދިއުމަކީ އޭނާ އެއް ގޮތަކަށްވެސް އެދޭ ގޮތެއް ނޫނެވެ.

2050 ވަނަ އަހަރުގެ ޅެންވެރީންގެ ދުވަސް

ކިޔާފައިވާ ޢަދަދު: 4047

އާދަމް ނަޞީރު އިބްރާހީމް
ޅެންވެރިކަމުގެ އޮށަކީ، ބަހެވެ. އެ އޮށް މުޑުވައް ކުރެވޭ ބިމަކީ އެ ބަހެއްގެ އަހުލުވެރީންގެ ހިތެވެ. އޮށުގައި ފަނި އަޅައިފި ނަމަ އެ އިން ފަޅާ ގަސް، ބަލިކަށި ވެ ހީނަރު ވެދާނެއެވެ. ހަމަ އެހެންމެ ފަސްގަނޑު ދެރަ ނަމަވެސް ގަހުގެ ހެދުން ބަލިވެ، ގުރުޑު ވެދާނެއެވެ. ގަސް ބަލިވުމަކީ އެ ގަހުގެ މަލަށް މޭވާއަށް އެކަމުގެ ނޭދެވޭ އަސަރު ކުރާނެ ކަމެކެވެ.

“ޓިނުޖެހި އިބުރާހީމް ޝަހީމް”

ކިޔާފައިވާ ޢަދަދު: 3910

 “ޓިނުޖެހި އިބުރާހީމް ޝަހީމް” ގެ އާއިލާއަށް ތަޢުޒިޔާ ރައްދުކުރަމުން……

އެއިރުގެ ބައެއް ހަނދާންތަކުގެ ތެރެއަށް.

ކަނީރު އަބުދުއްރަޙީމް.

                                                    
ފުރަތަމަ އެ މަރުޙޫމަށް ރަޙުމަތްލައްވައި ފާފަފުއްސަވައިދެއްވުން އެދި ދުޢާކުރަމުން  އާމީން ވިދާޅުވެ މިދުޢާގައި ބައިވެރިވެ ވަޑައިގެން ދެއްވުން އެދި ކިޔުންތެރިން އަރިއަހުގައި ދަންނަވަމެވެ.  އާމީން.