ބޭރުބަހެއް މޮޅަށް ދަސްކުރުމަށްޓަކައި އެ މީހެއްގެ މާދަރީ ބަހަށް މޮޅުވުން މުހިއްމެވެ.

ކިޔާފައިވާ ޢަދަދު: 7786
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު

މިއަދު ކޮންމެ މަޔަކާއި ކޮންމެ ބަފަޔަކު ނުވަތަ ކޮންމެ ބެލެނިވެރިޔެއްގެ ވެސް އުންމީދަކީ އެ ބަޔެއްގެ ދަރިން ތަޢުލީމީ ގޮތުން މޮޅު ކުދީންތަކަކަށް ހެދުމެވެ. ކިތަންމެ ބޮޑު ހޭދައެއް ކޮށްގެން ކިތަންމެ ބޮޑު ބުރައެއް އުފުއްލައިގެން ވިޔަސްވެހެވެ. މިއީ ދިވެހީން ތަޢުލީމަށް ލޯބިކުރާ މިންވަރުގެ މަތިވެރިކަން ހާމަކޮށްދޭ ކަމެކެވެ. މިކަމަށް ޓަކައި އެންމެހާ ދިވެހީންނަށް ތަހުނިޔާ ދަންނަވަމެވެ.

ކުދިވާހަކަ (30)

ކިޔާފައިވާ ޢަދަދު: 4770
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
އެތަނާއި މިތަނުން
ކުދިވާހަކަ (30)

ބަދަލު ނުވާތި!

 ޢައްބާސް އިބްރާހީމް

އަހަރެންނަކީ ސިކުނޑީގެ ބައްޔެއް ހުންނަ މީހެކެވެ. އަބަދުވެސް ހުންނަނީ ކަމަކަށް ބޭނުން ވެފައެވެ. ޑިޕްރެސްވެފައެވެ. ހަމައެއާއެކު ވަރަށްބޮޑަށް ސެލްފިޝް ވެފައިވެސް މެއެވެ. އެހެންކަމުން އަބަދުވެސް އަހަރެންގާތުގައި އެންމެން ބުނަމުންދަނީ އަހަރެން ބަދަލުވާށޭއެވެ.

ރަސްމީ ކަންކަމުގައި ސިޓީ ލިޔާއިރު ވިސްނައިލުން މުހިއްމު ދެތިން ނުކުތާ

ކިޔާފައިވާ ޢަދަދު: 8219
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު

ސިޓީއެއް ނަމަވެސް އަދި ކޮންމެ ލިޔުމެއް ނަމަވެސް އެ ލިޔުމަކީ ބަހުގެ ހަމަތަކަށް ތަބާވެ، އިމްލާ ކުށްތަކުން ސަލާމަތްވެފައިވާ ލިޔުމަކަށް ހަދަންޖެހޭނެކަން އެންމެ ފުރަތަމަ ޤަބޫލުކުރަމާތޯއެވެ! މިކަން ވިސްނުންފުޅުގައި ބަހައްޓައިގެން ސިޓީއެއްލިޔުއްވާއިރު، މިދަންނަވާ ކަންކަމަށް ސަމާލުކަންދެއްވުން އެދެވިގެންވެއެވެ.

ހަމައެކަނި ވިދާޅުވެލެއްވުމަށް….(37)

ކިޔާފައިވާ ޢަދަދު: 2564
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

ހިތާމަކުރައްވަނީ!

“އާބާރު”ގެ ފަރާތުން އިޝްތިހާރު ކުރައްވަމުން ގެންނެވި ފޮތް ލިޔުމުގެ މުބާރާތަށް ފޮތެއް ލިއުއްވީ ހަމައެކަނި އަލްފާޟިލް ޢަލީ އަޙްމަދެވެ. އޭނާ ލިއުއްވީ އަތްމައްޗަށް ހެޔޮވަރު ސައިޒް އެއްގެ ފޮތެކެވެ. ލިއުއްވާފައިވަނީ ދިވެހިބަހުންނެވެ. ތާނައާއި ޢަރަބި އަކުރުންނެވެ. ފޮތުގެ ނަމަކީ “ކުދިން ތަރުބިއްޔަތުކުރާނީ ކިހިނެއް؟” މިއެވެ.
 

ހަލާކުވެފައިވާ ހިތެއްގައި އެހެން ލޯތްބެއް (12)

ކިޔާފައިވާ ޢަދަދު: 3476
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

ޢަލީ ޝަރީފް، ހ. ފިލިގަސްދޮށުގެ

(1 ޖެނުއަރީ 2014 (ބުދަ) ދުވަހު ޝާއިޢުކުރި ބަޔާ ގުޅޭ)

އެދުވަހުގެ ހިނގައިލުމަށްޓަކައި ޝުކުރުވެރިވަމުން ރޭގަނޑުގެ ސަލާމް ކޮށްފައި، ބްރައިނީ ހިޔު އާއި ވަކިވެއްޖެއެވެ.
ނަމަވެސް އެދުވަސް މާޒީވެ، ދިޔައީ އެދެމީހުންގެ ޙަޔާތުގެ އައު ޞަފްޙާ އެއް ފެށުނު ދުވަހެއްގެ ގޮތުގައެވެ.

އަނާން (14)

ކިޔާފައިވާ ޢަދަދު: 3522
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
މަރްޔަމް ސަނާ، ށ. މިލަންދޫ
(31 ޑިސެމްބަރ 2013 (އަންގާރަ) ދުވަހު ޝާއިޢުކުރި ބަޔާ ގުޅޭ)
“މިހާރު އެނގިއްޖެ ކީއްކުރަންކަން. . . އިމްދާދް އާއި މަންމަ އަށް ހިތުގެ އެންމެ ފުންމިނުން ޝުކުރުވެރިވަން. އަޅުގަނޑުގެ މުޅި އުމުރުހޭދަކުރިޔަސް ތިޔަކޮށްދިން ހެޔޮކަމުގެ ބަދަލުނުދެވޭނެ” އެކައިވެންޏަކީ އޭނާ ޖާހިލުކަމުގެ އަނދިރިން ނެރެދިނުމަށް މަންމަ އަޅައިދިން ހެޔޮފާލެއްކަން މިހާރު އޭނާ އަށް ވިސްނިއްޖެއެވެ.

ދިޔަރެސް (2)

ކިޔާފައިވާ ޢަދަދު: 4991
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
މޫސާ ޞާޢިދު
(30 ޑިސެމްބަރ 2013 (ހޯމަ) ގުޅޭ)

އެނަ: މުޢާޒު އިތުރަށް މާގިނަ ވާހަކައެއް ނުދައްކާ ފޯނު ބޭއްވިއެވެ. އޭރު އެކުދިން ގޮސް އެދިމާގައި ހުރި ފިނި އެއްޗެހި ވިއްކާ ތަނެއް ކަމަށްވާ އައިސް ބޮކްސްއަށް ވަންނަނީއެވެ.
 
މުޢާޒު ގަޑިއަށް ބަލައިލިއެވެ. އޭރު ގާތްގަނޑަކަށް ގަޑިން ދިހައެއް ޖަހަނީއެވެ. މުޢާޒު އަނެއްކާވެސް ޢުބޭދަށް ގުޅިއެވެ. އެކޮޅުން ފޯނު ނެގީ ޢުބޭދުގެ އަންހެނުން ނަޒްމާއެވެ.

ވަކިނުވިނަމަ……. (13)

ކިޔާފައިވާ ޢަދަދު: 2997
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
މުޙައްމަދު ޤާސިމް، އއ.މަތިވެރި
(29 ޑިސެމްބަރ 2013 (އާދީއްތަ) ދުވަހު ޝާއިޢުކުރި ބަޔާ ގުޅޭ)

ރަޝާޤާއާއި އިހުސާނަށް ފިހާރައިގެ ދެފަރާތުން އައިސް،ކައުންޓަރާ ދިމާއަށް ނިކުމެވުނީ، އެކު އެކީގައި ކަހަލަ ގޮތަކަށެވެ. އިހުސާނަށް ރަޝާޤާ ފެނިއްޖެއެވެ. ރަޝާޤާއަށް ވީގޮތްވެސް ނޭނގުނެވެ. އަވަސް އަވަހަށް ފިހާރައިން ނިކުތުމަށް ހިނގައިގަތެވެ. އިހުސާނާ ދިމާއަކަށް އޭނާ ނުބަލައެވެ.

[ބައްޕާ! އެހީއެއްދެއްވާ! އަޅުގަނޑަށް އަނިޔާކޮށް ކަރުގައިހިފަނީ!]

ކިޔާފައިވާ ޢަދަދު: 4910
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

“ބައްޕާ! އެހީއެއްދެއްވާ! އަޅުގަނޑަށް އަނިޔާކޮށް ކަރުގައިހިފަނީ!” —-  ދިވެހިބަސް

ކަނީރު ޢަބްދުއްރަޙީމް (ކަނީރު)
އާދޭހާއި އެކު މިދަންނަވަނީ އަޅުގަނޑު ނެތިހަލާކުވެ ދިއުމުގެ ކުރިން, ނުވަތަ މިމީހުން އަޅުގަނޑު ވީދައި ނޮޅައި ކައި ނިންމައިލުމުގެ ކުރިން ކޮންމެވެސް ގޮތަކުން އަޅުގަނޑު ސަލާމަތް ކޮށްދެއްވުމަށެވެ. މިހާރުމިދާ ހަލުއިމިނުގައި މިކަން (އަޅުގަނޑަށް އަނިޔާކުރުން) ކުރަން ދޫކޮށް ލައްވައިގެން ބައްޕަ ހުންނަވައިފި ނަމަ ދާދި އަވަހަށް އަޅުގަނޑު އަލުން ގަދަނުވާވަރު ކޮށްލުމަކީ ވަރަށް އެކަށީގެންވާ ކަމެކެވެ. ބައްޕައަށް ފަހަރެއްގައި ވިސްނިވަޑައިނުގެން އޮވެދާނެތީ އިތުރަށް މިވާހަކަ ތަފުސީލުކޮށް އެރުވޭތޯ މަސައްކަތް ކުރާނަމެވެ. އެއީ މިހާރު ވެސް އަޅުގަނޑަށް އަނިޔާކުރާ މީހުން ވަރަށް ރުޅިއައިސް ބަދަލުހިފުމުގެ މަސައްކަތް ކުރާނެކަމުގެ ބިރު ނެތި އެއްނޫނެވެ.
    

މި ޒަމާނުގެ މައްސަލަތައްޙައްލުކުރުމަށްޓަކައި إجتهاد ކުރުމުގެ ބޭނުންތެރިކަން

ކިޔާފައިވާ ޢަދަދު: 7973
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
 
ބޭނުންތެރި މުހިއްމު ފޮތެއް

الإجتهاد وضرورته الملحة لمعالجةالقضايا المعاصرة

މި ޒަމާނުގެ މައްސަލަތައްޙައްލުކުރުމަށްޓަކައި إجتهاد ކުރުމުގެ ބޭނުންތެރިކަން

ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު
“الإجتهاد وضرورته الملحة لمعالجةالقضايا المعاصرة މި ޒަމާނުގެ މައްސަލަތައް ޙައްލުކުރުމަށްޓަކައި إجتهاد ކުރުމުގެ ބޭނުންތެރިކަން” މި ނަމުގައި ޝާއިޢުކޮށްފައިވާ މި ޚާއްޞަ ފޮތަކީ ވަރަށް ބޭނުންތެރި މުހިއްމު ފޮތެކެވެ.