ކަތީބު ބޭގެ ބަނބުކެޔޮ ދަތުރު

ކިޔާފައިވާ ޢަދަދު: 4171
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

މިއީ ބަނބުކެޔޮ މޫސުމެއް ނޫނެވެ. ޖުންޖުލާގެ ވިއްސާރަ މޫސުމެވެ.


މިއީ ހިނގާފައިވާ ހަޤީޤީ ހާދިސާއެއްގެ މައްޗަށް ބިނާކޮށް ލިޔެފައިވާ ވާހަކައެވެ. އެކަމަކު މިވާހަކައިގައި ބޭނުންކޮށްފައިވާ ނަންނަމާއި ތަންތަނަކީ އަސްލެއް ނޫނެވެ.

އަޙްމަދު ނާފިޢު، ބ.ދަރަވަންދޫ
އަތޮޅުތަކުގައި ސިފައިންގެ މަރުކަޒުތައް ޤާއިމް ކުރެވެމުން ދިޔަ ދުވަސްވަރެވެ. މިހާދިސާ ހިނގާފައިވަނީ 2003 ވަނަ އަހަރު ޖޫން މަހުގެ ތެރޭގައެވެ. އއ.ރަސްދޫ (އަސްލުރަށެއް ނޫން) އަކީ ވެސް އެ ދުވަސްވަރު ސިފައިންގެ މަރުކަޒެއް ޤާއިމްކޮށް ފުލުހުންގެ ޚިދުމަތް ދެމުން ގެންދިޔަ ދުވަސްވަރެވެ. އޭރު ސިފައިންނާއި ފުލުހުންނަކީ އެއް ބަޔެކެވެ.
 

ޙަޤީޤީ ވާހަކަ

ކިޔާފައިވާ ޢަދަދު: 4241
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ަ

މަންމަން ކުއްޖެއްގެ އިހްސާސް

މިއީ މަންމަން ކުއްޖެއްގެ ހަޔާތުގެ ތެރެއިން އެކުއްޖާއަށް ކުރެވޭ އިހްސާސްތައް މުޖުތަމަޢުއަށް ހާމަކޮށްދިނުގެ ބޭނުމުގައި ލިޔެފައިވާ ހަޤީޤީ ވާހަކަ ކޮޅެކެވެ.

އަހަރެން ސްކޫލްގައި ކިޔަވަން އުޅުނު ދުވަސްވަރު ފިލާވަޅު ދަސްނުކޮށްގެން ފިލާވަޅު ދަސްނުކުރާ ކުދިންނާއެކު އެއްދުވަހަކު ސްކޫލު ނިމުމުން އަހަރެން ސްކޫލްގައި ކޮޅަށް ބެހެއްޓި. އަދި އަހަރެންގެ މަންމައަށްގުޅައި އެއްދުވަހުވެސް ދޭ ފިލާވަޅު ޓީޗަރަށް ނުކިޔައިދޭކަމަށް ބުނެ ބައްދަލުކުރުމަށް އެދުނު. އެއީ އަހަރެމެން ރަށު ޓީޗަރެއް. އޭރުވެސް ޓީޗަރަކަށް އަހަރެންނަކީ މަންމަން ކުއްޖެއް ކަމެއް ނޭގެ. ޓީޗަރަށް މިވާހަކަތައް ކިޔައިދޭނެ ގޮތެއްވެސް އަހަރެންނަކަށް ނޭގުނު. އަހަރެން ވަރަށް ދެރަވި.
އަޙްމަދު ނާފިޢު، ބ.ދަރަވަންދޫ

ދީނީ ލިޔުންތަކުގައި ހުންނަ ޢިބާރާތްތައް އަނގަބަހުގެ ޢިބާރާތަށް ބަދަލުކުރުން

ކިޔާފައިވާ ޢަދަދު: 8078
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު
ދިވެހިބަހުގެ ޚާއްޞަ އެއް ސިފައަކީ، އަނގަބަހުން ހުށައަޅާ ލިޔުންތައް ފިޔަވައި ލިޔުމުން ހުށައަޅާ ލިޔުންތަކުގެ ޖުމުލަތައް، “އެވެ” މި އަކުރުން ނިމިފައިވުމެވެ. “އެވެ” އަކީ ލިޔުމުން ހުންނަ ޢިބާރާތްތަކުގެ ޖުމުލަތައް ނިންމުމަށް އެކަނި ބޭނުންކުރާ އަކުރެކެވެ.

ވަގޮޅުލުން ނުވަތަ މިކިޔާ ކަރަޕުޝަން

ކިޔާފައިވާ ޢަދަދު: 4847
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

ކަނީރު ޢަބްދުއްރަޙީމް (ކަނީރު)

ކަމުދާބަޔަކު ،ގަބޫލުކުރާމީހަކު މިފަދަ ލަފުޒުތަކާއިއެކު ކުރިއަށް ދާނެތާއެވެ. ވައިގައިނުހިފައިފިނަމަ އަޅާނުލާނީއެވެ. މިފަދަގޮތަކަށްނަމަވެސް ދިވެހިވަންތަ ލަފުޒުތައް އާއްމުކޮށް ބޭނުންކުރެވޭތަން ފެނުމަކީ، އިވުމަކީ އަދި ނުވަތަ އެނގުމަކީ ދިވެއްސަކަށްވީތީ އުފާވެވޭނެކަމެއްކަން ޔަގީނެވެ.

ކުދިވާހަކަ (25)

ކިޔާފައިވާ ޢަދަދު: 5121
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

އެތަނާއި މިތަނުން

ކުދިވާހަކަ (25)

މިނެދިން ނާޅިޔަކުން މިނެދިނުން

ޢައްބާސް އިބްރާހީމް

މަގުމަތީގައި ތަރުކާރީ ވިއްކަން ހިނގާ މީހަކު އެއްދުވަހަކު ރަށުގެ ވެރިމީހާގެ އޮފީހަށް އައިސް މައްސަލައެއް ހުށަހަޅައިފިއެވެ. އޭނާ ހުށަހެޅި މައްސަލައަކީ، އެރަށުގައި އިންނަ ބަޓަރު ވިއްކާ އަންހެނަކާބެހޭ މައްސަލައެކެވެ. އޭނާ ބުނިގޮތުގައި އެ އަންހެންމީހާ އަތުން އޭނާ ބަޓަރު ކިލޯއެއް ގަންނައިރު، އެއިން ސަތޭކަ ވަރަކަށް ގުރާމް މަދުނުވާ އެންމެ ފަހަރެއް ވެސް ނުދެއެވެ. ވީމާ މިނެކިރުމުގައި އެހާބޮޑު މަކަރެއް ހަދާތީ އެއަންހެން މީހާއާއިމެދު ފިޔަވަޅު އަޅާދޭން ޖެހެއެވެ.

ހަލާކުވެފައިވާ ހިތެއްގައި އެހެން ލޯތްބެއް (6)

ކިޔާފައިވާ ޢަދަދު: 4263
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ޢަލީ ޝަރީފް، ހ. ފިލިގަސްދޮށުގެ
(20 ނޮވެމްބަރ 2013 (ބުދަ) ދުވަހު ޝާއިޢުކުރި ބަޔާ ގުޅޭ)
ހަމަ އެގަޑީގެ އެ ވަގުތަށް އިސްޓޭޝަނަށް އައިސް މަޑުކޮށްލި ރޭލުން ކްލައިވް ފައިބައްޖެ އެވެ. ބްރައިނީގެ ކުރިމަތިން މިހާރު ފެނިފައިވަނީ ހުވަފެނެއް ނޫނެވެ. ހަމަ ޙަޤީޤަތެކެވެ. އެހެރަ އަންނަނީ ހަމަ ކްލައިވެވެ. އަތުގައި އޮތީ ހެދުންލާ ފޮއްޓެކެވެ. އަވަސްއަވަހަށް ހިނގައިފައި އެ އަންނަނީ ބްރައިނީއާ ސަލާންކޮށްލާށެވެ.

ހަމައެކަނި ވިދާޅުވެލެއްވުމަށް….(31)

ކިޔާފައިވާ ޢަދަދު: 2506
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

ބައެއް މިސްކިތުގައި އަންހެނުން ނަމާދުކުރުން ހުއްދަ

ތިރީގައި މިވަނީ މިއަދު ޕީ.އާރ.އެފް. ޑިވިޝަންގެ ފަރާތުން ނެރުއްވި إعلان އެކެވެ.

” 1- رمضان 1397 އިން ފެށިގެން މާލޭގެ ބައެއް މިސްކިތުގައި އަންހެނުން ނަމާދުކުރުމަކީ ހުއްދަ ކަމެއް ކަމުގައި دولة ން ހަމަޖައްސަވައިފިއެވެ. 

އޭރުގެ ފަތްފުށްތަކުން…. (52)

ކިޔާފައިވާ ޢަދަދު: 2756
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

ރާއްޖޭގެ قدرتى ރީތިކަން

محمد سمير نيفرى، މ.ކަގި


މ. ކަގި، އަލްފާޟިލް މުޙައްމަދު ސަމީރު ނައިފަރީ (ރަޙިމަހުﷲ) އަކީ، ފާދިއްފޮޅު ނައިފަރު އުފެއްދި އަދަބީ ފަންނުވެރިންގެތެރެއިން ފާހަގަކޮށްލެވޭ ބޭފުޅެކެވެ. ގިނަ ދުވަސްތަކެއްވަންދެން މުދައްރިސެއްގެ ގޮތުންނާއި މާލޭގެ މިސްކިތްތަކުގެ އިމާމެއްގެ ގޮތުން ޚިދުމަތްކުރެއްވި ބޭފުޅެކެވެ. ދިވެހި އަދަބީ ފޯރަމްތަކުގައި ކުޅަދާނަކަމާއެކު ވާހަކަފުޅު ދައްކަވައި ބަހުސްކުރެއްވި ބޭފުޅެކެވެ. ލިޔުންތެރިއެކެވެ. އަދަބީ ޖަމްޢިއްޔާތަކުގެ އިސް ސަފުގައި މަސައްކަތް ކުރެއްވި ޙަރަކާތްތެރިއެކެވެ.

އަނާން (8)

ކިޔާފައިވާ ޢަދަދު: 3712
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

މަރްޔަމް ސަނާ، ށ. މިލަންދޫ
(19 ނޮވެމްބަރ 2013 (އަންގާރަ) ދުވަހު ޝާއިޢުކުރި ބަޔާ ގުޅޭ)
ފުރަތަމަ ދުވަހުންފެށިގެން މާޔާ އައީ ދަރިމައިވުމުން ދުރުކޮށްދޭ ބޭހެއް ބޭނުންކުރަމުންނެވެ. އޭގެ ނަތީޖާއަކީ މިހުރިހާ ދުވަހު އޭނާ އަށް ބަލިވެ އިނުމުގެ ބިރުވެރިކަމުން ސަލާމަތްވެގެން ހުރެވުމެވެ. އެކަމަކު މިހާރު ކުއްލިއަކަށް އެހެން ވާންވީ ސަބަބެއް އާސިމާ އަކަށް ނުވިސްނުނެވެ. ބޭހަކީ ސަތޭކަ އިންސައްތަ ޔަގީންކަން އޮތް އެއްޗެއް ނޫންނަމަވެސް އާސިމާ އެއަށް ފުރިހަމައަށް އިތުބާރުކުރެއެވެ.

ކަރުނަ ތިކި (15)

ކިޔާފައިވާ ޢަދަދު: 3617
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ޙަސަން ނަޖުނީ
(18 ނޮވެމްބަރ 2013 (ހޯމަ) ދުވަހު ޝާއިޢުކުރި ބަޔާ ގުޅޭ)     
ޝާންގެ ބުރަކަށިފުޅަށް އަނިޔާވީ ވެއްޓިވަޑައިގެންނެވި އިރު ބޯޓުގެ އަރިމަތީގެ ތަނެއްގައި ޖެހިގެންނެވެ. އޭނާއަށް މިހާރުވެސް ވަރަށް ވޭން އަޅައެވެ. އޭނާގެ އަތުން ޝާން ދޫކޮށްލައްވާނެ ނަމައޭ އާދިލާގެ ހިތަށް އެރިއެވެ.