ސާހިބާ (1)

ކިޔާފައިވާ ޢަދަދު: 4416
ފާޠިމަތު ނަހުލާ


އިދާރާގެ ނޯޓެއް:
މަޝްހޫރު ވާހަކަ ލިޔުންތެރިޔާ އަދި ފިލްމު ޑައިރެކްޓަރ ފާޠިމަތު ނަހުލާގެ ވާހަކައެއް މި ވެބްސައިޓްގައި ޝާއިޢުކޮށްލަން ލިބުނު ކަމީ އަޅުގަނޑުމެން އުފާކުރާކަމެކެވެ. އެއީ ސައިޓަށް ލިބުނު އިތުރު މުއްސަނދިކަމެކެވެ. މި ވާހަކަ ސައިޓަށް ހަދިޔާކޮށްދެއްވި ކަމަށްޓަކައި ނަހުލާއަށް ޝުކުރު ދަންނަވަމެވެ. “ލިޔުންތެރީންގެ ގުޅުން” ނަހުލާއަށް އެދެނީ ހުރިހާވެސް ކުރިއެރުމަކާއި ކާމިޔާބީއެކެވެ.

ކުދިވާހަކަ (35)

ކިޔާފައިވާ ޢަދަދު: 4931

އެތަނާއި މިތަނުން

ކުދިވާހަކަ (35)

އެސް އަނބުރައި ދޭން ޖެހުނު ގޮތް

ޢައްބާސް އިބްރާހީމް

ބުއްދިވެރި މީހަކު ފަރުބަދަތަކެއްގެ ތެރެއިން ދަތުރުކުރަމުން ދަނިކޮށް، ދެމެމުން ދިޔަ ފެންއާރެއްގެ ތެރެއިން ވަރަށް އަގުބޮޑު އެހެއް ފެނިއްޖެއެވެ. އެއެސްނަގައިގެން އޭނާގެ ދަތުރު ކުރިއަށް ގެންދިޔައެވެ.
 

ހަލާކުވެފައިވާ ހިތެއްގައި އެހެން ލޯތްބެއް (15)

ކިޔާފައިވާ ޢަދަދު: 3571
ޢަލީ ޝަރީފް، ހ. ފިލިގަސްދޮށުގެ
(22 ޖެނުއަރީ 2014 (ބުދަ) ދުވަހު ޝާއިޢުކުރި ބަޔާ ގުޅޭ)

އިރުކޮޅަކަށްޓަކައި، ހިޔުގެ އަމިއްލަ ނަފްސުގެ މައްޗަށް ސިކުނޑީގެ ބާރު ކެނޑިގެން ހިނގައްޖެއެވެ. ކުޑަކޮށް ހަރުކަށި ޙަރަކާތަކާ އެކު ބްރައިނީ އޭނާގެ އަތުގެ ޙިމާޔަތުގެ ތެރެއަށް ގެނެސް ހިފަހައްޓައިލައިފިއެވެ.

ލޭ ބޯ ފަނި (18)

ކިޔާފައިވާ ޢަދަދު: 7986

ތަރުޖަމާ: ޢަބްދުﷲ ނަޢީމު އިބްރާހީމް
(3 ފެބްރުއަރީ 2014 (ހޯމަ) ދުވަހު ޝާއިއުކުރި ބަޔާ ގުޅޭ)
ހެނދުނު އެގާރަ ޖަހައިފިއެވެ. މަންމަ ފާޚާނާއަށް ވަން ވަގުތު ބަލައިފައި ފީރޯޒާ، ސަލްމާއަށް ގޮވައި މަންމަގެ ކޮޓަރި ކައިރިއަށް ގެނެސްފިއެވެ. “ފަހަރި- އަަހަރެން ހަދާނީ ކިހިނެއް-؟ މަންމަ އެ ހުންނަނީ ހިޔަންޏެއްހެން އަހަރެންގެ ފަހަތުން ހިނގާލަ ހިނގާލާ-“

އިޚުލާޞްތެރި ނުވެވިގެން.

ކިޔާފައިވާ ޢަދަދު: 4247
               
ކަނީރު ދޮންބެ (ކަނީރު)  

ނެތިގެން މިއުޅޭ އިޚުލާޞްތެރިކަން އެއްމެންމި ތިބީ ހޯދަން ޖެހިފައި
          ފެތިފައި ތިބުމުން އެއްމެން މިތިބީ  އިޚުލާޞްތެރި ވާން ބޭނުން ޖެހިފައި
ބާޒާރުމަތީ ހުރިހާ ތަނަކާ   މަގުމަގު    އެއްގަމު  ހަނިގޯޅި ތަކާ
          އާޒާތަކު ޖޯޝާ ފޯރީގައި  ދިވެހިން   މިތިބީ    ހަމަހޭ    ނެތިފައި 

ގާނޫނު ކުރިމަތީގައި ހަމަހަމަވުން

ކިޔާފައިވާ ޢަދަދު: 7186
 
ލިޔުއްވީ: މެލޭޝިޔާގެ ކުރީގެ ބޮޑުވަޒީރު ޑރ. މަހާތީރު މުޙައްމަދް
ތަރުޖަމާ : އަޙްމަދް ސަމީރު ޢަލީ

“އަޅުގަނޑުމެން އާންމު ގޮތެއްގައި ގަބޫލުކުރާ، އެހެންނަމަވެސް އެއްވެސް ތާކުން ތާކު ނުޖެހޭ އެއްގަބޫލު ކުރުމަކީ ގާނޫނު ކުރިމަތީގައި އެންމެން ހަމަހަމަ ކަމަށް ހީކުރުމެވެ. ތެދެކެވެ، ޑިމޮކްރެސީއެއްގައި އެންމެ ބާރަށް ނެގެހެއްޓޭ އެއްކަމަކީ އަދުލު އިންސާފު ކަމަށް ގިނަ ބަޔަކަށް ހީވެފައި އޮވެއެވެ! ނަމަވެސް، އަޅުގަނޑަށް ބުނަން މަޖުބޫރުވަނީ ޑިމޮކްރެސީ އަކީވެސް މާ ޑިމޮކްރެޓިކް ނިޒާމެއް ނޫންކަމުގައެވެ! ވެރިކަން ކުރުމުގެ ބާރުތައް ރައްޔިތުން، އެންމެ އާދައިގެ ނިކަމެތީންގެ ހިސާބުން ދުވަހަކުވެސް ފެށިފައެއް ނެތެވެ! ނަމަވެސް އެވާހަކަ ދައްކާނީ އެހެން ފުރުސަތެއްގައެވެ!

“އާހް”

ކިޔާފައިވާ ޢަދަދު: 2853
އަބްދުﷲ ޞާލިޙު
އޭ! ހިތުގެ ފުރާނަޔާއެވެ.
ފުރާނަ ނެތް މިހިތައް ތިބާގެ އިޝްޤުން ފުރާނަ އެޅުވީމުއެވެ.
ހަމަ ތިބާގެ އިޝްޤުން މިހިތް ފުނޑުފުނޑުކޮށްލައި ފީމުއެވެ.

ވިސްނަވާށޭ! ޢީބްރަތޭ ހައްތާ މިއީ.

ކިޔާފައިވާ ޢަދަދު: 7849

ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު

ލޯހުރީތީ  ކާއްޓަކަށް ފެނުމުގެ  ނަސީބެއް ނުމެ ނެތޭ.
                      ލޯ ނެތޭ  ހުއްޓޭ  ކިޔައިފައި  ވާކަމެއް ވެސް  ވަކި ނެތޭ.
ފައިތަކެއް  އަދަރާދަގޮޑިއާ  މޭޒު ފަދަ ތަކެތީ  ވިޔަސް
                      ގައިމު ވެސް އެ ފައިން ކުރާނޭ  ޙަރަކަތެއް  ޢަމުދުން ނެތޭ.

ކުދިވާހަކަ (34)

ކިޔާފައިވާ ޢަދަދު: 4766

އެތަނާއި މިތަނުން

ކުދިވާހަކަ (34)

ޙަޤީޤީ ސަލާމަތް

ޢައްބާސް އިބްރާހީމް

ރަސްކަލަކު ވަރަށް ވަރުގަދަ ކިއްލާއެއް ބިނާކުރެއްވިއެވެ. ރަސްގެފާނުގެ ދުޝްމިނުންގެ ތެރެއިން އެންމެ ބާރުގަދަ ފަރާތްތަކަށްވެސް  އެކިއްލާއަކަށް ނުވަދެވޭނެ ހާ ބޮޑަށް ސަލާމަތީ ފިޔަވަޅުތައް އެކިއްލާގެ ވަށައިގެންވަނީ އަޅުއްވާފައެވެ.

މިއިޢުލާން ދެކެވަޑައިގަތީމުތޯ؟…….(17)

ކިޔާފައިވާ ޢަދަދު: 2684
وزارۃالدّاخليۃ (ހ)
      މާލެ،

نمبرހ-63/38

إعلان

ކ.ހުޅުލެއިން މާލެއައުމާބެހޭ

މިހާރަކަށް އައިސް އެކިއެކި ރަށްރަށު މީހުން، ހުޅުލެއަށް އައިސްތިބެފައި އެތަނުން މާލެއަންނަ އެއްޗިއްސަށް އަރައިގެން މާލެއައިސް ރަޖިސްޓްރީ އޮފީހުގެ قواعد އާ خلاف އަށް މާލޭގައި އެބައުޅެއެވެ.