2017 ވަނަ އަހަރުގެ ޅެންވެރިންގެ ދުވަސް ފާހަގަކުރުމުގެ ޖަލްސާގެ ޝަރަފުވެރި މެހުމާނު ދެއްކެވި ވާހަކަފުޅު

ކިޔާފައިވާ ޢަދަދު: 305
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

އިދާރީ ނޯޓެއް: ލިޔުންތެރީންގެ ގުޅުމާއި އިސްކަންދަރު އިސްކޫލު ގުޅިގެން 2017 ވަނަ އަހަރުގެ ޅެންވެރީންގެ ދުވަސް ފާހަގަކުރުމަށް ބޭއްވި ޖަލްސާގައި ޝަރަފުވެރި މެހުމާނު، ދިވެހިބަހުގެ އެކެޑަމީގެ މެންބަރު އަލްފާޟިލް މުޙަންމަދު ޝާހިދު ޙަލީމް (ޅެންބަހުން) ދެއްކެވި ވާހަކަފުުޅެވެ. މި ވާހަކަފުޅު މި ސައިޓުގެ ކިޔުންތެރީންނަށް ހަދިޔާކުރެއްވި ކަމަށްޓަކައި، އަލްފާޟިލް މުޙަންމަދު ޝާހިދު ޙަލީމަށް ނުހަނު އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަމެވެ. (އިސްކަންދަރު އިސްކޫލުގެ ޖަލްސާކުރާ މާލަން، 8.30 މފ، 1.2.2017) ____________ بســــــــــــــم الله الرّحــمــــــن الرّحــيـــــــــم އިސްމުފުޅުން…

ދޮންދައްތަގެ ހަނދާނުގައި

ކިޔާފައިވާ ޢަދަދު: 408
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

ޢަލީ ޖައިޝަން ޢާމިރު، ހ.މާދޫގެ   ނެތޭ ލަފުޒުތަކަކުން ބަޔާންކޮށް ދެވޭކަށް     ނެތޭ ފޮނި ހަނދާންތައް ދުރަށް އަދުލެވޭކަށް … ކިހާ ހުނަރުވެރިހޭ، ކިހާ ދަރުމަވެރިހޭ        އެހާ ގާތް އަޅާލުން ދިނީ ޝަރުޠު ނެތިއޭ               ނިހާއީ ދަރަޖައަށް އެދިން ސާފު ލޯތްބޭ × 2                      މިހާރުން ހިތަށް ފަޅުކަމެއް ވެރި ނުވޭތޯ …                           ނެތޭ ލަފްޒުތަކަކުން … ޤަދަރުވެރިވި ޝަޚްޞެއް، ޝަރަފުވެރިވި ދަރިއެއް        ޢަދުލުވެރިކަމާއެކު ގެއެއް ހިންގި ވެރިއެއް…

އަޞްލީ ނަޤްލީ

ކިޔާފައިވާ ޢަދަދު: 355
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

ޢަލީ ޖައިޝަން ޢާމިރު،  ހ.މާދޫގެ ތިމާ ބުރުސޫރަ ހެއްދެވި ގޮތުގެ  ފުރިހަމަކަން އެއީ އަޞްލީ،     ތިމާ އެހެނަސް އެއަށް އުނިއިތުރު ކުރުމީ މޮޔަކަމެއް ނަޤްލީ ދަލާ ގިނަ ލޭ  އޮހޮރުވައިގެން   ހޮވާ ރަންމުތް ވެޔޭ  އަޞްލީ،     ބަލާ އާފާތް ޖުވާ   މަސްތުން   ބަހާ ވަގުނޫޓަކީ ނަޤްލީ ފަރިޝްތާއެއް  ފަދައިން  މަދަދާ  އެހީދޭ   މިތުރަކީ އަޞްލީ،       ސަރިންދާއެއް ފުމޭ އަޑު އިވި    ފިރާލާ ހަތުރަކީ ނަޤްލީ ބޮވޭއިރު ސައިފޮދުން  ރާހަތު ލިބޭ…

އަހަރެއް ނިމިގެން ދާއިރު…

ކިޔާފައިވާ ޢަދަދު: 243
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

     މިއީ، ލިޔުންތެރީންގެ ގުޅުމުން ބޭއްވި ”ޅެންވެރިޔާ- 2016 ” މުބާރާތުން 4 ވަނައަށް ހޮވުނު ޅެމެވެ. ޅެމުގެ ޝާއިރަކީ، ހދ.ކުޅުދުއްފުށީ، ދުރުމި  އަލްފާޟިލް އާދަމް އިބްރާހީމެވެ.   _________________________________________ ދުނިޔެއިން އަހަރެއް  އަނެއްކާ ވެސް ޙަޔާތުން  ނިމިދަނީ       އުނިކަމެއްވެސް ނެތި ނިޔާފުޅު  އެގޮތުގައި  ހިނގަމުންދަނީ ކޮންމެ މިނެޓެއް ކޮންމެ ގަޑިއެއް ކޮންމެ ދުވަހެއް ދައުރުވާ       ކޮންމެ ވެސް ދަރުސެއް ޙަޔާތުން   ލިބިދެމުންނޭ ނިމިދަނީ އިއްޔެދުށް   ހިތްގައިމު  ރީތި އުފާތަކާ    ހިނިތުންވުމާ       ވިއްޔެ ވަކި…

އިރިފުސްމެ (14)

ކިޔާފައިވާ ޢަދަދު: 247
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

ނަޝްވާއާއި ރީޙާންގެ ކައިވެންޏަށްފަހު، ދެވަނަފަހަރަށް ލޫބާގެ އިޝާރާތެއް ރީޙާނަށްވީ އެރެއެވެ. މިފަހަރުވެސް އިވުނީ ކުރީ ރެއެކޭ އެއްފަދައިން، ލޫބާގެ ގިސްލުމުގެ އަޑެވެ. އޭނާ މަޑުމަޑުން ތެދުވެގެން ގޮސް ކޮޓަރިން ނިކުތެވެ. އޭރު ނަޝްވާ ނިދާފައި އޮތެވެ. ރީޙާން ގޮސް ހުއްޓުނީ ބޭސްތައް ލާފައި ހުންނަ ކޮޓަރި ދޮރުމައްޗަށެވެ. ކޮޓަރިތެރެއިން އިވެނީ، ކޮންމެވެސް މީހަކު ބޭރަށް އަޑު ނުނެރެ އެތެރެއިން ރޯއަޑުފަދަ އަޑެކެވެ. ރީޙާން ޔަޤީންކުރީ، އެއީ ލޫބާގެ އަޑު ކަމަށެވެ. އޭނާ ޔަޤީންކުރެއެވެ. ލޫބާ އޭނާޔަށް އުނދަގޫ…

ލިޔާނެޔެ ޢަމަލުތައް ހުރިހާ

ކިޔާފައިވާ ޢަދަދު: 211
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

މުޙައްމަދު ނަޞީރު، އއ.މާޅޮސް މިއީ ވަގުތީ މަނާޒިރެކޭ ދަރެސްތައް ފެންނަ ސާޙަތުގައި މިއީ ދެދުވަހުގެ މަންޒިލެކޭ،  އުފާ ލިބިދޭނެ ރާޙަތުގައި ސިކުނޑިޔާ ވިސްނުމާ، ފިކުރާ، ހިތާއި ޒަމީރުވެސް ލިބިގެން ނުކުމެ މިތިބީ ދަތުރު ފެށުމަށްޓަކައި ނޫންތޯ  ސިޔާޙަތުގައި ދެމަގު އެބައޮތް ތިމާއަށް ރީތިކޮށް ފެންނަން  މިތާ ދުނިޔޭ ދެމަގުގައިވާ ތަފާތު ބަލާށެ  ވިސްނައިގެން  މިޙާލަތުގައި ފިނީގެ އުފާ ރަބީޢީ  މޫސުމެއްގެ ތެރޭން  ލިބެން އޮއްވާ ގިނީގެ މަގުން ޚަރީފް  ދެކޭށަ  ބޭނުންތޯއެ  އާފަތުގައި ތަފާތުތަކެއް  ވެޔޭ ދުނިޔޭގެ…

ހަޔާތެއްގެ ހަނދާން: ހަވައްޑޭ ހުއްތީދީ

ކިޔާފައިވާ ޢަދަދު: 442
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

އެދުރުބެ އެގޭ ކުދީން އޭނާއަށް ކިޔައި އުޅެނީ އެދުރުބެއެވެ. އެނގިފައިވާ ގޮތުގައި އޭނާގެ އަސްލު ނަމަކީ ޒަކަރިއްޔާއެވެ. މާލޭ މީހެއް ނޫނެވެ. މާލޭގެ ރައްވެއްސަކަށްވެގެން މާލޭގައި ދިރިއުޅެމުން އަންނަ ރާއްޖެތެރޭގެ މީހެކެވެ. ކޮން އަތޮޅެއްގެ ކޮން ރަށެއްގެ މީހެއް ކަމެއް ކަނޑައަޅައި ދަންނަވާކަށް މިހާރަކު ނޭނގެއެވެ. ބޮޑަށް ހަނދާންވާ ގޮތުގައި އެއީ ނިލަންދެ އަތޮޅު އުތުރުބުރީ ރަށެއްގެ މީހެކެވެ. އޭނާ ނިޔާވީ 1980 އިގެ ކުރީ ކޮޅުގެ އަހަރެއްގައެވެ. އެގޭ ކުދިން އޭނާއަށް އެދުރުބެ ކިޔަނީ އެއީ…

ގުޖްރާތީ ބަހުގެ ތެރެއަށް އިނގިރޭސި ބަސް ވައްދައިފި

ކިޔާފައިވާ ޢަދަދު: 228
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

ގުޖްރާތީ ބަހަށް އިނގިރޭސި ބަަސްކޮށާރުންް ގިނަ ލަފުޒުތަކެއް އިތުރުކޮށްފިއެވެ. މިބަދަލަކީ ވަޠަނީ މީހުންގެ ހިތަށް ނުތަނަވަސްކަން ގެންނާނެ ބަދަލެއްކަމާމެދު ޝައްކެއްވެސް ނެތެވެ. ގުޖްރާތީ ބަސްފޮތް، ސަރްތް ގުޖްރާތީ ޖޮދާނީ ކޯޝް، އަށް ގުޖްރާތް ވިދްޔަޕިތުން 10000 އާ ލަފުޒު އިތުރުކޮށްފިއެވެ. އެ 10000 ލަފުޒުގެ %50 އަކީ އިނގިރޭސި ބަސްކޮށާރުގެ ލަފުޒުތަކެވެ. ސަރްތް ގުޖްރާތީ ޖޮދާނީ ކޯޝްއަކީ އާރާއިބާރު ލިބިފައިވާ، ސަރުކާރާއި އުނގަންނައިދޭ މުއައްސަސާ ތަކުގެ ތާއީދު ލިބިފައިވާ އަދި އެމުއައްސަސާ ތަކުން ބަލައިގެންފައިވާ ބަސްފޮތެކެވެ. މިބަސްފޮތަކީ…

މަލިކުގައި ވާހަކަދައްކައި އުޅޭ ބަހުރުވަޔާ މެދު (3)

ކިޔާފައިވާ ޢަދަދު: 338
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

މިބައި ނަގައިފައި ވަނީ “ފަތްތޫރަ” މަޖައްލާގެ 172  (ޑިސެންބަރު 1993) ވަނަ އަދަދުންނެވެ “ލޮބުވެތި އަންހެން ފިރިހެން އެއްބަނޑުތަކުންނޭ! އެންމެ ފުރަތަމަޔަށް ތިޔަ އެންމެ ތަކުންނަށް މިނިވަންދުވަހުގެ ތަހުނިޔާ ރައްދުކުރަން. އަހުރެމެންގެ ކައުމުގެ ސައުރަޔާޅީސް ވަނަ މިނިވަން އަހަރީ ދުވަސް މަނަމުންދާ ތަންވަޅު، ކައުމު މިނިވަންކުރުމަށް ޖާނު ފިދާކުރި ކައުމީ ބަތަލުންނަށް އަކީދަތްތެރިކަން އެންގުމީ އަހަރެމެންގެ ވާޖިބެއް.” މިއިބާރާތްކޮޅަކީ، އިންޑިޔާގެ 44 ވަނަ މިނިވަން ދުވަހު މުނާސަބާގައި މަލިކު ޑެޕިއުޓީ ކަލެކްޓަރ ދެއްވި ތަޤްރީރުން ތަންކޮޅެކެވެ. މިތަޤްރީރުގައި…

މަލިކުގައި ވާހަކަދައްކައި އުޅޭ ބަހުރުވަޔާ މެދު (2)

ކިޔާފައިވާ ޢަދަދު: 370
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

މިބައި ނަގައިފައި މިވަނީ، ”ފަތްތޫރަ” މަޖައްލާގެ 161 (އޮގަސްޓް 1992) ވަނަ ޢަދަދުންނާއި 165 (ޑިސެންބަރު 1992) ވަނަ ޢަދަދުންނެވެ. ____________________________ ތިލަދުންމައްޗާއެކު މުޅި އުތުރުގެ ހުރިހާ އަތޮޅެއްގައި ހެން ބޭނުންކުރާ އަމުރުގެ ގޮތްވެސް ހަމަ އެގޮތަށް މަލިކުގައި އެބަ އޮތެވެ. ލިޔެގަ! ލިޔޭ. މިގޮތެވެ. ހއ.ހދ. ން އަޅުގަނޑު އަހާފައިވަނީ، އަންނަގަ (އާދޭ) އިއްތަގަ(އިށީނދޭ) މިގޮތަށް މިއަމުރުތައް ބޭނުން ކުރާތީއެވެ. ތިލަދުންމަތީ މީހުން ބުނާ ގޮތުގައި، އާދޭ، މިހެން ބުނުމަށް ވުރެ، އަންނަގަ، އޭ ބުނުމުން…