ކުދިވާހަކަ (36)

ކިޔާފައިވާ ޢަދަދު: 4647

އެތަނާއި މިތަނުން

ކުދިވާހަކަ (36)

ސިންގާއާއި ކޯމަސް

ޢައްބާސް އިބްރާހީމް

ކަނޑުގެ އައްސޭރީން ދުވެފައިދިޔަ ސިންގާއަކަށް، ކަނޑުގެ ލޮނުގަނޑުގެ މަތީން ފުންމަމުންދިޔަ ކޯމަހެއްފެނުނެވެ. މިތަންފެނިފައި ސިންގާ ކޯމަހަށް ހުށަހެޅީ ބައިވެރިވެގެން އިއްތިޙާދެއް ހެދުމަށެވެ.

އުމުރާ ޖީބާ ނުބަލާތި!

ކިޔާފައިވާ ޢަދަދު: 4409
ރާގު: ލާކު ޗުޕާއޯ  ޗުޕްނަސަކޭގާ ރާޒުޔެ ކިތުނާ ގެހެރާ 

ކަނީރު ޢަބްދުއްރަޙީމް (ކަނީރު) 
                 
ލޯބިވެވިއްޖޭ  ހިތްދޫވެއްޖޭ   ހާދަ ރީއްޗޭ  ޗާލޭ
                 ލޯބިވެދޭށޭ ބުނެލަންވީ ދޯ   އުމުރާ ޖީބާ  ނުބަލާ

އެހެރަ ހިނގާލާ ގޮތަކުން، ބަނޑިބަނޑި އެހެނާ  މިހެނާ ލެއްވޭތީ
        އެހެރަ ޖަހާލާ ލަތްކެއް ދެކޮނޑުން ފެންފޯއް ދޫންޏެއް  ސިފަވާތީ
                އެހެރަ ބަލައިލާ ކަތި ލުއި ބެލުމުން  ހިތްމަގޭ ކަތި ވީތީ
                               ލޯބިވެދޭށޭ ބުނެލަންވީ ދޯ……….

ސާހިބާ (2)

ކިޔާފައިވާ ޢަދަދު: 4267
ފާޠިމަތު ނަހުލާ
(14 ފެބްރުއަރީ 2014 (ހުކުރު) ދުވަހު ޝާއިޢުކުރި ބަޔާ ގުޅޭ)

“އާނ…..ހަތްދިހަ ހާހަށްވުރެ މަތީ ޢަދަދެއް….އެއީ ހަމައެކަނި އޮޕަރޭޝަނަށް. އަދި އޭގެ އިތުރުންވެސް ފައިސާ ބޭނުންވާނެ. މި އޮޕަރޭޝަނަކީ މާލޭގައި ކުރެވޭ އޮޕަރޭޝަނެއް ނޫން….” ޝަހުދު ޑޮކްޓަރ ރާތީއަށް ބަލާލިއެވެ. އެންމެފަހުން އެބުނި އެއްޗަކުން އޭނާ މުޅިން މާޔޫސް ވެއްޖެއެވެ.

ދެން މިހާރު އަލުން…

ކިޔާފައިވާ ޢަދަދު: 4209
ކަނީރު ޢަބްދުއްރަޙީމް (ކަނީރު)
މުޖުތަމާ އިސްލާހު ވާނީ    ބުރަފަށެއް އުފުލައި   ގެނޭ
               މުޖުތަމާ ގައި އެޅި ” ކަތުރުފަނި ” ކަންކޮޅުން ފިލުވައި ގެނޭ  
  
ފިކުރު ވިސްނުން ނުނެރެވޭވަރު އައު ޒުވާން އެތަކެއް ދަރީން 
               ފިކުރު ރާވައިގެން އެހައްދާ  ހެއްދުމާ  ދުރުކޮށް      ގެނޭ

ދުނިޔެ ބުނެދޭ ވާހަކައެއް

ކިޔާފައިވާ ޢަދަދު: 3883
އަބްދުލް ޣަފޫރު ޢަބްދުއްރަޙީމު ގ.މަންޒިލް

މިލަވަޔަކީ ފިލްމް ޓެކްސީ555 (1958) ގެ ‘ކެހެތޭހޭނ ޖިސޭ ދުނިޔާ’ (ދުނިޔެ މިހެން އެބަބުނެއެވެ) މިލަވައިގެ ދިވެހިތަރުޖަމާއެކެވެ. ލަވައިގައި ބަލައިލެވިފައިވަނީ އިންސާނީ ސިފައެއްގެ މައްޗަށެވެ. މާއްދީ އެއްޗިއްސަށް އެދުންވެރިވުމުގެ ސިފައިގެ މައްޗަށެވެ. ދުނިޔޭގައި އިންސާނާއަށް ކަންކަން ކުރުމަށް ބާރުއަޅައި ހިތްވަރުދޭ އެންމެ މުހިންމު އެއްސިފައެވެ. ދުނިޔޭގައި އިންސާނާ ކަންކަން ކުރުމުގެ މައިގަނޑު މަގުސަދުކަމުގައިވެފައިވަނީފައިސާއާއި މުއްސަދިކަން ބާރާއި ޖާހާއި ޝުހުރަތު ލިބުގަތުމެވެ. މިއީ އޭގެޒާތުގައި މައްސަލައެއްނޫނެވެ.
 

ތައުބާވުމަށް އަވަސްވާށެވެ!

ކިޔާފައިވާ ޢަދަދު: 6796
ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު
ތައުބާގެ ފުރުޞަތު ހުޅުވިފައި ވާހިނދު ތިމާ ތައުބާވުމަށް
            ޤައުލާއި ޢަމަލުން ބިރުވަތައި،  ވާށޭ އަވަސް، ތައުބާވުމަށް

އެނގުމާއި ނޭނގުމުގައި ވިޔަސް ފާއިތުވެދިޔަހާ ކުށްތަކެއް
            ނެގުމަށް ހިސާބުގެ ފަތްފުށުން، ވާށޭ އަވަސް، ތައުބާވުމަށް

ދިޔަރެސް (6)

ކިޔާފައިވާ ޢަދަދު: 4805
މޫސާ ޞާޢިދު
(28 ޖެނުއަރީ 2014 (އަންގާރަ) ދުވަހު ޝާއިޢުކުރި ބަޔާ ގުޅޭ)
ފިރާޝާ ދެކޮލުގައި ފުށްޖަހާ ރީތިވެލިއެވެ. އެއަށްފަހު އަތްދަބަސް ކޮނޑުގައި އަޅުވާލުމަށްފަހު ކޮޓަރިން ނުކުތެވެ. އޭރު މެދުގޭތެރޭގައި މުޢާޒުގެ މަންމައާއި ބައްޕަ ކޮންމެވެސް އޮލަ ވާހަކައެއްގައި ތިއްބެވެ.

ދިވެހިބަހުން ގެއްލެމުންދާ ބައެއް ލަފުޒާއި ހަމަތައް

ކިޔާފައިވާ ޢަދަދު: 8677
ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު
1960 ގެ ކުރީކޮޅު ރާއްޖެއަށް އިނގިރޭސި ތަޢުލީމު ތަޢާރުފުވުމާއެކު، ދިވެހި ބަހަކީ މުހިއްމު ބަހެއް ނޫންކަމުގެ އިޙުސާސް ދިވެހީންގެ ހިތްތަކަށް ވެއްދޭތޯ ނޭނގި ނަމަވެސް މަސައްކަތްކުރެވިފައިވެއެވެ. މި ދުވަސްވަރު ދިވެހިބަހަށް ދެވޭ ސަމާލުކަން ކޮންމެވެސް ސަބަބަކާ ހުރެ ކުޑަވިއެވެ. އަދި އިނގިރޭސިބަސް އެނގުމަކީ މީހާގެ މަތިވެރިކަމާއި މޮޅުކަން ހާމަވާ ކަމެއްކަމަށް ގަބޫލުކުރެވެން ފެށުނެވެ. ދިވެހީން ދިވެހިބަސް އިހުމާލުކޮށްލައިފި ނަމަ އެ ބަހާ އަޅައިލާނެ ބަޔަކު ނުތިބޭނެކަން އޭރަކު ވިސްނައިގަންނާކަށް ނޭނގުނެވެ. ނަތީޖާއެއްގެ ގޮތުން އެ ދުވަސްވަރު ގެޔަކަށް ނަމެއް ކިޔަސް އިނގިރޭސި ނަމެއް ކިޔުމަކީ ފަޚުރެއްކަމުގައި  ދިވެހި ދުށްޓެވެ.

ދިވެއްސެއްކަން އަންގައިދޭ ފާހަގަ..!

ކިޔާފައިވާ ޢަދަދު: 6526
 ޙަސަން ޝާކިރު މުޙައްމަދު

“އިންތިޚާބު ކިހިނެއްތޯވީ؟ ހޮވުނުތޯ؟” “ނޫނޭ! ނުހޮވުނޭ!… އަނެއްކޮޅަށް ދިޔައީ…” “އެހެންތޯ؟” މިހާރު މިތިބެވުނީ އަޅުގަނޑުމެން ދިރިއުޅޭ 10 ބުރި ޢިމާރާތުގެ ދުވާގޮޅިން އައިސް 7 ވަނަ ބުރިއާ ހަމައިގައެވެ. އަޅުގަނޑުމެން ފައިބައިފީމެވެ. އޭނާ ދިޔައީ 9 ވަނަ ބުރިއަށެވެ. ދުވާގޮޅިން ފައިބަމުން އަޅުގަނޑާއެކު ހުރި އަޅުގަނޑުގެ ދަރިފުޅުގާތުގައި އެއީ ލަންކާ މީހެކޭ ބުނުމުން އޭނާ ވަރަށް ހައިރާން ވިއެވެ. “ހާދަރީތިކޮށޭ އެ ވާހަކަދެއްކީ” ދަރިފުޅު ބުނެލިއެވެ. ތެދެކެވެ. މޫނުމަތިންވެސް “ދިވެއްސެކެވެ.” ވާހަކަދެއްކީވެސް އެންމެރީތި ދިވެހިބަހުންނެވެ. 

ޝުކުރުވެރި ނުވެ ވާނެތަ؟

ކިޔާފައިވާ ޢަދަދު: 4328
ކަނީރު ޢަބްދުއްރަޙީމް (ކަނީރު)
     ތިޔަބުނާފަދަ މިނިވަނެއް ދުނިޔޭގެ ބިމުގައި  އުޅުނު   ހޭ
                 ފިޔަ ހަދައިގެން އުދުހެވޭތޯ  ތެޅި މަރުވެ    އުދުހެވުނު   ހޭ

   ކަނޑައަޅައި ވަކިމިންތަކެއް އިންތަކު ތެރޭގައި ހުންނަ އިރު
                 ކަނޑަކު އެއްގަމު ހިކި ތަނަކު ނުމެހުރެ ނުމެވެ އުޅެލެވުނު  ހޭ