ކީރިތި ރަސޫލާ

ކިޔާފައިވާ ޢަދަދު: 9480

ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު

އުނިކަން  ނުވާ  ނަމޫނާ، ފުރިހަމަވި   މާތް  ޚަޞީލާ،
               ދުނިޔޭގެ  މާތް  އުޞޫލާ، ގެންނެވިއެ،  މާތް  ރަސޫލާ

ޝިރުކާއި ޡުލްމު ފުރިފައި މުޅި ދުނިޔެ އޮތް ހިނދަކުގައި
               ބިރުވެރިކަމުން   ނަޖާކޮށް ދެއްވީ     އެ މާތް ރަސޫލާ

ޚުދު، އަތްތަކުން އަމިއްލަޔަށް ހިލައިން އުފެއްދި ބައިވަރު-
               ބުދުތައް ތަޅައި  ބުރުއްސައިލެއްވީއެ   މާތް   ރަސޫލާ

ވިސްނޭ ހަގީގަތް

ކިޔާފައިވާ ޢަދަދު: 4335
 
    ކަނީރު ޢަބްދުއްރަޙީމް (ކަނީރު)
    ފުރިހަމަ ހަގީގީ މިނިވަނެއް ހަމަ އެކަކުވެސް  ބަލަ! ނުއުޅެޔޭ
                     މުރިނގުން އަރާއިރު ހުއްޓުވާލެވިދާނެ   މީހަކު   ނުހުރެޔޭ
    ނުރުހުންވެ ހިތަހަމަ ނުޖެހިދާ އެތަކެއްވަގުތު މި ހަޔާތު  ގައި
                     ދުރުތާ ތިމާގެވެ ހިތްއުފާ ކުރުވޭނެ   މިތުރަކު   ނުއުޅެޔޭ

ކުދިވާހަކަ (31)

ކިޔާފައިވާ ޢަދަދު: 5148
އެތަނާއި މިތަނުން
ކުދިވާހަކަ (31)

ތިމާ ބަދަލުވުމުން ދުނިޔެ ބަދަލުވެދާނެ

ޢައްބާސް އިބްރާހީމް

ސޫފީންގެތެރެއިން މަޝްހޫރު ބޭކަލެއްކަމަށްވާ ބާޔަޒީދު އޭނާއާބެހޭ ގޮތުން ވިދާޅުވެފައިވެއެވެ. “އަހަރެންނަކީ އަހަރެންގެ ޒުވާން ޢުމުރުގައި އިޞްލާޙަށް މަސައްކަތްކޮށް އުޅުނުމީހެކެވެ. އަދި އޭރު އަހަރެން ﷲ ގެ ޙަޟްރަތުގައި ދަންނަވަމުން ދިޔަދުޢާއަކީ ދުނިޔެ ބަދަލުކޮށްލުމުގެ ބާރު އަހަރެންނަށް ދެއްވުންއެދި ގެން ކުރި ދުޢާއެވެ.”

ހަލާކުވެފައިވާ ހިތެއްގައި އެހެން ލޯތްބެއް (13)

ކިޔާފައިވާ ޢަދަދު: 3625
ޢަލީ ޝަރީފް، ހ. ފިލިގަސްދޮށުގެ
(08 ޖެނުއަރީ 2014 (ބުދަ) ދުވަހު ޝާއިޢުކުރި ބަޔާ ގުޅޭ)

ހިޔު ބްރައިނީގެ ނަފްސުގެ މައްޗައް ޚިޔާލުން ފުރިފައިވާ ލޮލަކުން ބަލާލިއެވެ. އެ އަންހެން ކުއްޖާއެކޭ އެހެރަ ތާޒާ ފިނިފެންމާތަކުން މަލެކޭ   އެއްގޮތެވެ. އޭނާގެ ހިތައް އެރިއެވެ.

ދިޔަރެސް (3)

ކިޔާފައިވާ ޢަދަދު: 5742
މޫސާ ޞާޢިދު

(6 ޖެނުއަރީ 2014 (ހޯމަ) ދުވަހު ޝާއިޢުކުރި ބަޔާ ގުޅޭ)
ސައިކަލް ދުއްވަން ފެށުމާއެކު ފިރާޝާ ވާހަކަ ފެށިއެވެ.
“ޒިއާމް ކީއްވެތަ މިއަދު މާލަހުން ތިއައީ؟” ފިރާޝާ ޝަކުވާ ކުރިއެވެ.
“ފުރަތަމަ އަހަރެން ކުރަންތަ ސުވާލެއް؟ ދެންމެ ފިރާއާ ވާހަކަ ދައްކަން ހުރީ ކާކުތަ؟” ޒިއާމް ސުވާލު ކުރިއެވެ.

އޭރުގެ ފަތްފުށްތަކުން…. (59)

ކިޔާފައިވާ ޢަދަދު: 2585

ވެރިޔާ

އެކުގައި މަސައްކަތްކުރާ މުއައްޒަފުންގެ ބިރު

އ.ވ.އ


އ.ވ.އ ގެ ނަމުގައި އެއްދުވަސްވަރެއްގައި ވަރަށް މަޝްހޫރުވެގެންދިޔަ މޮޅު ލިޔުންތެރިޔާއަކީ، ހއ. ހޯރަފުށީ، އަލްފާޟިލް އަޙްމަދު ވަޙީދު ޢަލީއެވެ. އޭނާއަކީ، މޮޅު ލިޔުންތެރިއެކެވެ. ހުނަރުވެރި މުދައްރިސެކެވެ. އަދަބީ މުބާރާތްތަކަށް ކުދިން ތައްޔާރުކޮށްދެއްވުމުގައި ޙަރަކާތްތެރިވެވަޑައިގަތް މުދައްރިބެކެވެ. އިދާރީ ހިންގުންތެރިއެއްވެސްމެއެވެ.

ލޭ ބޯ ފަނި (14)

ކިޔާފައިވާ ޢަދަދު: 8241
ތަރުޖަމާ: ޢަބްދުﷲ ނަޢީމު އިބްރާހީމް

(18 އޭޕްރިލް 2013 (ބުރާސްފަތި) ދުވަހު ޝާއިޢުކުރި ބަޔާ ގުޅޭ)
އެ މަލާމާތަށް ދޭނޭ ރަނގަޅު ޖަވާބެއް ނެތެވެ. އެހެންވީމާ އަނގައިން ނުބުނެ ކާރު އިސްޓާޓު ކޮށްލިއެވެ. އަދި ކުރިއަށް ދުއްވައިލައިފައި ކުއްލިއަކަށް މަޑުކޮށްލިއެވެ. އަދި އަކްބަރާ ދިމާއަށް ބަލައިލައިފައި އަހައިލިއެވެ. “ދެންމެ ބުނީމެއްނު މެންދުރު ފީރޯޒާ ބައްޕައަށް ވެސް ނަންގަތޭ އަހަރެމެން ދިޔައީ ބާޒާރަށޭ؟”

ވަކިނުވިނަމަ……. (14)

ކިޔާފައިވާ ޢަދަދު: 3071
މުޙައްމަދު ޤާސިމް، އއ.މަތިވެރި
(5 ޖެނުއަރީ 2014 (އާދީއްތަ) ދުވަހު ޝާއިޢުކުރި ބަޔާ ގުޅޭ)

“އެހެންވީރު ހިނގާ އަހަރެމެން ގެއަށް ދާން! ތިހެން އަބަދު ގޭގަ އިންނަންވެއްޖިއްޔާ ވަރަށް ބޯ ގޮވާނެ.”

“އަންނާނަން މަންމަ ގާތު ބުނެފަ.” އިރުކޮޅަކު އެއްޗެއް ނުބުނެ ހުރެފައި ރަޝާޤާ މިހެން ބުނަމުން އެނބުރި ހިނގައިގަތެވެ.

ބޭރުބަހެއް މޮޅަށް ދަސްކުރުމަށްޓަކައި އެ މީހެއްގެ މާދަރީ ބަހަށް މޮޅުވުން މުހިއްމެވެ.

ކިޔާފައިވާ ޢަދަދު: 7945

ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު

މިއަދު ކޮންމެ މަޔަކާއި ކޮންމެ ބަފަޔަކު ނުވަތަ ކޮންމެ ބެލެނިވެރިޔެއްގެ ވެސް އުންމީދަކީ އެ ބަޔެއްގެ ދަރިން ތަޢުލީމީ ގޮތުން މޮޅު ކުދީންތަކަކަށް ހެދުމެވެ. ކިތަންމެ ބޮޑު ހޭދައެއް ކޮށްގެން ކިތަންމެ ބޮޑު ބުރައެއް އުފުއްލައިގެން ވިޔަސްވެހެވެ. މިއީ ދިވެހީން ތަޢުލީމަށް ލޯބިކުރާ މިންވަރުގެ މަތިވެރިކަން ހާމަކޮށްދޭ ކަމެކެވެ. މިކަމަށް ޓަކައި އެންމެހާ ދިވެހީންނަށް ތަހުނިޔާ ދަންނަވަމެވެ.

ކުދިވާހަކަ (30)

ކިޔާފައިވާ ޢަދަދު: 4865
އެތަނާއި މިތަނުން
ކުދިވާހަކަ (30)

ބަދަލު ނުވާތި!

 ޢައްބާސް އިބްރާހީމް

އަހަރެންނަކީ ސިކުނޑީގެ ބައްޔެއް ހުންނަ މީހެކެވެ. އަބަދުވެސް ހުންނަނީ ކަމަކަށް ބޭނުން ވެފައެވެ. ޑިޕްރެސްވެފައެވެ. ހަމައެއާއެކު ވަރަށްބޮޑަށް ސެލްފިޝް ވެފައިވެސް މެއެވެ. އެހެންކަމުން އަބަދުވެސް އަހަރެންގާތުގައި އެންމެން ބުނަމުންދަނީ އަހަރެން ބަދަލުވާށޭއެވެ.