ކުދިވާހަކަ (12)

ކިޔާފައިވާ ޢަދަދު: 5721
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

އެތަނާއި މިތަނުން

ކުދިވާހަކަ (12)

ތެދާއި ދޮގު

ޢައްބާސް އިބްރާހީމް

އެއްފަހަރަކު މީހެއްގެ ހިޔަނި ހީނލާފައި އެމީހާއާ މުޚާޠަބު ކުރިއެވެ. “ނިކަން ދެކެބަލަ. އަހަރެން އެތައްފަހަރަކު ކަލެއަށްވުރެ މާބޮޑުވަމެއްނު. ކަލޭ ތިޔަހުންނަނީ ހަމަ އެހުންނަ ވަރަކަށްނު.”

ހަމައެކަނި ވިދާޅުވެލެއްވުމަށް….(18)

ކިޔާފައިވާ ޢަދަދު: 2678
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ހަމައެކަނި ވިދާޅުވެލެއްވުމަށް….(18)

ޅ.ނައިފަރުގައި ބޭއްވުނު ތާރީޚީ معرضއާއި ބެހޭ ގޮތުން

النبيل جعفركمال الدّينގެ ބައެއްخيال

ވިޔަފާރިމިއަދުގެ خاصّ ރިޕޯރޓަރ

މިނިސްޓްރީ އޮފް ޓްރޭޑް އެންޑް ޑިވެލޮޕްމަންޓްގެ ފަރާތުން، ޅ.ނައިފަރުގައި މިދިޔަ ބުރާސްފަތި ދުވަހު އާދެ! ޙައްޖުމަހުގެ 12 ވަނަ ދުވަހު ބޭއްވުނު އަތްތެރިމަސައްކަތާއި އަތުމަސައްކަތުގمعرض  އަކީ ރާއްޖެތެރޭގެ ރަށެއްގައި ބޭއްވުނު އެންމެފުރަތަމަ معرض އެވެ.
މިނޫހުގެ އެންމެފަހު ހުކުރު ނަންބަރުގައި އަޅުގަޑުމެން އިޝާރާތްކޮށްލާފައިވާ ފަދައިން، މާލޭގެ ބައެއް ޢިއްޒަތްތެރިންނާއި ބައެއް ޢާއްމުން އެކަށީގެންވާ ޢަދަދަކަށް معرض ބެއްލެވުމަށްޓަކާ ނައިފަރަށް ޒިޔާރަތްކުރެއްވިއެވެ.

މިސްރުގައި ބަޑި ޖަހައި މަރާލެވުނު ދަރިއަކަށް ބައްޕަ ލިޔުއްވި ސިޓީ

ކިޔާފައިވާ ޢަދަދު: 8291
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ތަރުޖަމާ: އަޙްމަދް ސަމީރު ޢަލީ

 ތިރީގައި އެވަނީ މިސްރުގެ އިޚްވާނުލް މުސްލިމީންގެ ތަރުޖަމާނު އަދި މިސްރުގެ ޕާލިއަމެންޓް މެންބަރު މުޙައްމަދު އަލް ބަލްތާޖީގެ އެންމެ 17 އަހަރުގެ އަސްމާ އަލް ބަލްތާޖީގެ ގަޔަށް ބަޑި ޖަހައި މަރާލުމުގެ ހިތާމާގައި ބައްޕަ މުޙައްމަދުއަލްބަލްތާޖީ ލިޔުއްވި ސިޓީއެކެވެ. ތުރުކީގެ ބޮޑުވަޒީރު ރަޖަބް ތައްޔިބް އުރުދުޣާނަށް، ޓީވީ ޕްރޮގްރާމެއްގައި މި ސިޓީ އިއްވުމުން، ކީރިތި ކުރައްވައި ވިދާޅުވީ އޭނާއަށްވެސް އާއިލާ އާއި އެކު ވަގުތު ހޭދަ ނުކުރެއްވޭތީ އޭނާގެ ބޭފުޅުންވެސް ޝަކުވާ ކުރައްވާ ކަމުގައެވެ. ކޮޓަރި ކޮޅުގެ ބޭރުގައި “އަޅުގަނޑުމެނަށް އެންމެ ދުވަހެއް” ދެއްވާށޭ ތުއްޕުޅު ބޭފުޅުން ލިޔުއްވައި ނޯޓް ހަރުކުރައްވާ ކަމަށް އެ ޕްރޮގްރާމުގައި  ވިދާޅުވިއެވެ!

ކޯރސިކާގެ އަސްތަބީލާއަކުން – މިސުރުގެ ސިންގާ ސަނާ އަށް (19)

ކިޔާފައިވާ ޢަދަދު: 4953
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

سلطان ركن الدين بيبرس

ކަނީރު ޢަބްދުއްރަޙީމް (ކަނީރު)
(19 އޮގަސްޓް 2013 (ހޯމަ) ދުވަހު ޝާއިޢުކުރި ބަޔާ ގުޅޭ)
އޭގެ އަނެއްދުވަހު ބީބަރަސް އާއި މޭރިއޭން ކާން ތިއްބައި މަމްލޫކުންގެ އަސްވާރުންކޮޅަކާއި އެކު ކުފާސް، އެ ގެއަށް އައެވެ. ކުފާސްގެ މުޅިމޫނު ހުރީ ޒަޚަމްވެފައެވެ. ލޭތައް ފައިބައި އެކި ހިސާބުގައި ލޭ ގަނޑުވެފައި ހުއްޓެވެ. އޭގެ އިތުރުންވެސް ޒަޚަމްތަކެއްގެ ނިޝާން އޭނާގެ ހަށިގަނޑުން ފެންނަން ހުއްޓެވެ.

ފައިވާން ގެންދިޔުމާއި ގެންދެވުން!

ކިޔާފައިވާ ޢަދަދު: 6444
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

تجربة ގެ އަލީގައި…!

ފައިވާން ގެންދިޔުމާއި ގެންދެވުން!

حسن شاكر محمد

ޒަމާނަށް އައިސްފައިވާ بدلއާއެކު ފައިވާނަކީ، ވަރަށް مهمّ އެއްޗެކެވެ. خاصّކޮށް ރާއްޖެފަދަ ހޫނު قومތަކުގައެވެ. އަދި އެއަށްވުރެ ބޮޑަށް މާލެ ފަދަ މަގުތަކުގައި ގާ އަތުރާފައިވާ ސިޓީތަކުގައެވެ. ހޫނަގަދަ ދުވަހެއްގައި ހުސްފަޔާ ކުޑަ ތަންކޮޅަކަށްވެސް ހިނގައިލުމަކީ، ކުޅަދާނަވާ ވަރުގެ ކަމަކަށް ނުވާތީއެވެ.

ސަރާ (49)

ކިޔާފައިވާ ޢަދަދު: 5266
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

މޫސާ ޞާޢިދު، މަރަދޫ

(18 އޮގަސްޓް 2013 (އާދީއްތަ) ދުވަހު ޝާއިޢުކުރި ބަޔާ ގުޅޭ)

ޖެހިގެން އައި ދުވަހު ސަރާ އޭނާގެ ބައްޕަ ގާތު އެވާހަކަ ބުނެފިއެވެ. ވަޖްދީ ވަގުތުން ރަސްމީ ސިފައިގައި ސަރާ އޭނާގެ ދަރިޔަކަށް ހެދުމަށް މަސައްކަތް ފެށިއެވެ.

“ބައްޕަ ބުނީ މަންމަ ނުބުންޏަސް އެކަން ކުރަން ހަމަޖައްސާފައިވާ ކަމަށް.” ސަރާ އޭނާގެ މަންމަ ގާތު ބުންޏެވެ.

ދިރިއުޅުމުގެ ފަލްސަފާއެއް

ކިޔާފައިވާ ޢަދަދު: 3890
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ތަރުޖަމާ: ޑރ. އަބްދުލް ޣަފޫރު އަބްދުއްރަހީމު، ގ.މަންޒިލް
މިއީ އީލިޔާ އަބޫ މާޟީގެ فلسفة الحياة (ހަޔާތުގެ ފަލްސަފާ) ގެ ދިވެހި ތަރުޖަމާއެކެވެ. މީގެ ކުރީން ވެސް އީލިޔާގެ ޅެމެއްގެ ތަރުޖަމާ ގެނެސް ދެވިފައި ވާނެއެވެ. އީލިޔާ ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ 1889 ވަނަ އަހަރު ލުބްނާން ގައެވެ. ތުއްޕުޅު އިރު ކުޑަދުވަސް ކޮޅެއް މިސުރުގައި ހޭދަކުރެއްވުމަށް ފަހު، 1912 ވަނަ އަހަރު އެމެރިކާ އަށް ހިޖުރަ ކުރެއްވިއެވެ. އަދި ބައެއް ނޫސް މަޖައްލާ ޝާއިއު ކުރެއްވިއެވެ. އީލިޔާ އަކީ ‘މަހުޖަރު’ގެ އާދެ، އަރަބި ދުނިޔެ ދޫކޮށް އެހެން ރަށްރަށުގައި، ވަޒަންވެރިވި، އަރަބި ޅެންވެރީންގެ ތެރެއިން އެންމެ މަޝްހޫރުވި ޅެންވެރިންގެ ތެރޭހިމެނޭ ޅެންވެރިއެކެވެ. އޭނާގެ ޅެންތައް އެއްކުރެވި ޝާއިޢު ކުރެވިފައިވެއެވެ. މީގެ ތެރޭގައި “ޖަދާއިލު”، “ޚަމާއިލު” އަދި “ތިބްރު ވަތުރާބު” މިތިން ދީވާނު ހިމެނެއެވެ. އީލިޔާ އަވަހާރަވީ 1957 ގައި ނިޔޫޔޯރކްގައެވެ.

ހަމައެކަނި ވިދާޅުވެލެއްވުމަށް….(17)

ކިޔާފައިވާ ޢަދަދު: 2634
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

ހަމައެކަނި ވިދާޅުވެލެއްވުމަށް….(17)

ސާދާ 10

محمداسماعيل ހ. މީރުބަހުރުގެ

މިފެބްރުވަރީ މަހުގެ ފަސްވަނަ ދުވަހު އަޅުގަޑުގޭގައި حجاج بن يوسفގެ ވާހަކަ ތަރުޖަމާކުރާން އިންދާ ތެލިފޯނު ކޯލެއް އައިވާހަކަ ބުނީމާ ފޯނު ކައިރިއަށް ދިޔައިރު ޑީ.އެޗް.ޕީ. ޑިވިޝަންގެ ފަރާތުން الفاضل زاهرنصير ބުނުއްވައިގެންނެވެ. އޭނާ އަޅުގަޑުގެ ކިބައިން އެދިލެއްވީ ސާދާ 10 ޔަކާ މެދު ކޮންމެވެސް އެއްޗެއް ލިޔެދިނުމަށެވެ. ދެން އަޅުގަޑު ބުނީ ކުޑައިކޮށް ބަލިވެއުޅޭތީ އަދި އެتمثيلބެލޭނެގޮތެއް ނުވެއެވެ. އެހެންކަމުން ލިޔާނޭ އެއްޗެއް ނެތެވެ.

ކޮންފަދަ ޢިބްރަތެއްތޯ؟ (1)

ކިޔާފައިވާ ޢަދަދު: 2737
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ކޮޕީ މުޙައްމަދު ރަޝީދު
 
އެއަށް ބޮލެއް ލިބިފައިވާ އަފުނޯސްކަށި ތޫނަކަސް
އެއަށް ނުވޭ ބުއްދިއެއް، ކޮންފަދަ ޢިބްރަތެއްތޯ؟
 
ފައިތައް މޭޒާ ގޮނޑިން، އެކި ވައްތަރު ފެނުނަކަސް
ފައިން އެފަދަ ނުހިނގެޔޭ، ކޮންފަދަ ޢިބްރަތެއްތޯ؟
 
ހެދުމާ އަދި ލިބާހަށް، ކަރެއް ވެޔޭ ބުނެވުނަސް 
ނުދިރޭ އެއްޗެއް އެއިން، ކޮންފަދަ ޢިބްރަތެއްތޯ؟
 

އޭރުގެ ފަތްފުށްތަކުން…. (37)

ކިޔާފައިވާ ޢަދަދު: 2645
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

ބާއްޖަވެރި ލޯބި

عبدالمجيد ماهر 

އަލްފާޟިލް ޢަބްދުލްމަޖީދު މާހިރަކީ، މިފަންނުގައި ގިނަ ބޭފުޅުންނަށް އެނގިވަޑައި ނުގަންނަވާ ބޭފުޅަކަށް ވެދާނެއެވެ. ނަމަވެސް އޭނާއަކީވެސް ލިޔުންތެރިޔެކެވެ. ތަފާތު މައުޟޫޢުތަކަށް ލިޔުއްވާފައިވެއެވެ. އޭނާ ވަނީ ދިވެހިބޭސްވެރިކަމާބެހޭ ފޮތެއްވެސް ލިޔުއްވައިފައެވެ.