ބަސް ދަބަސް

ކިޔާފައިވާ ޢަދަދު: 5404
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
މަޑަވެލީ އަލީ ނަސީރު
ކުޑަވެސް ޝައްކެއް ނެތެވެ. ބަހަކީ، ދިރުން ލިބިގެންވާ އެއްޗެކެވެ. އެހެންނަމަވެސް ބަހަށް ލިބިފައިވާ ދިރުމަކީ، އިންސާނުންނާއި، ޖިންނިޝައިޠާނުންނާއި، މާމެލާމެއްޔާއި، ގަސްގަހާގެއްސާއި، މަސްމަހާމެއްސާއި، މިނޫނަސް މިފަދަ ތަކެއްޗަށް ލިބިފައިވާފަދަ އާދެ! ހެލިފެލިވެ، އުފެދިބޮޑުވެ، ނުވަތަ ޙަރަކާތްކުރުން ފަދަ ދިރުމެއް ނޫނެވެ. ބަހަށް ލިބިފައިވާ ދިރުމަކީ، ތަރައްޤީ އާއި، ކުރިއެރުމާއި، ބުރުސޫރަ އާއި، އޮމާންކަމާއި، އަޑުމަޚްރަޖަ އާއި، ޒަމާނާއި އެއްގޮތަށް އަންނަމުންދާ ބަދަލުތަކާއި، އަޚްލާޤިއްޔާތާއި އާއި، އަދަބިއްޔާތުގެ ސިފަތަކެވެ.

ގެންގެރުމާއި ގެންގަރުން

ކިޔާފައިވާ ޢަދަދު: 8478
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

ހައްދުންމަތީ ބަހުރުވައިގެ ޚާއްޞިއްޔަތުގެ ތެރެއިން:

ގެންގެރުމާއި ގެންގަރުން

ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު

ދިވެހިބަހުގެ ކޮންމެ ބަހުރުވައަކީވެސް ވަކި ޚާއްއްޞިއްޔަތެއް އޮންނަ ބަހުރުވައެކެވެ. ބަހުގެ މުއްސަނދިކަން ދެނެގަތުމަށްޓަކައި އެކި ބަހުރުވަތަކުގެ ޚާއްޞިއްޔަތުތައް ދެނެގަތުން ވަރަށް މުހިއްމެވެ. ބަހުރުވައިގެ ހަމަތަކާއި އުޞޫލުތައް ދިރާސާކުރުމަކީ ދިވެހިބަހުގެ ކިތަންމެ ޙަޤީޤަތްތަކެއް ދެނެގަނެވޭނެ ކަމެކެވެ.

ފަހަރަކު ހަރުފަތަކަށް އަރާށެވެ.

ކިޔާފައިވާ ޢަދަދު: 5133
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

އެތަނާއި މިތަނުން

ކުދިވާހަކަ (14)

ފަހަރަކު ހަރުފަތަކަށް އަރާށެވެ!.


ޢައްބާސް އިބްރާހީމް

އަޅުކަމުގެ ދަތުރެއްގައި ފަރުބަދައަކަށް އަރަން ދިޔަ މީހެކެވެ. އޭނާގެ ދަތުރުގައި ފަރުބަދައިގެ ކައިރީގައިވާ ރަށަކަށް އާދެވުނީ އެއް ދުވަހެއްގެ އިރުއޮއްސުނުތަނާއެވެ. އޭނާއާ ދިމާވި ބުއްދިވެރި ޢުމުރުން ދުވަސްވެފައިހުރި މީހަކު، އޭނާގެ ދަތުރު ހުއްޓައިނުލައި ކުރިޔަށް ގެންދިޔުމަށް އެހީވެދިނުމުގެ ގޮތުން އޭނާއަށް ބައްތިއެއް ދީފިއެވެ.

ދަތުރުކުރަމުން ދިޔަ މީހާ އޭނާއަށް ޝުކުރުއަދާކުރުމަށްފަހު ބުނެލިއެވެ. “މި ބައްތީގެ އަލި ފޯރަނީ ހަމައެންމެ ދެތިން ހަރުފަތާ ހަމައަށެވެ. މިއަށްވުރެ އަލިގަދަ ބައްތިއެއް ލިބިދާނެތޯއެވެ؟’

އަޅުގަނޑުގެ އަތުން ގާސިޔާއަށް އެ ސިޓީފުޅު ރައްދު ކޮށްދިނުން

ކިޔާފައިވާ ޢަދަދު: 8298
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ލިޔުއްވީ: ލެފްޓިނެންޓް އެންޑްރޫ ސަމާޒް ރޯވަން
ތަރުޖަމާ: އަޙްމަދް ސަމީރު ޢަލީ

ލެފްޓިނެންޓް އެންޑްރޫ ސަމާޒްރޯވަންއަކީ، އެމެރިކާގެ އެންމެ މަޝްހޫރު އެއް މިލިޓަރީ ކޮލެޖްގައި (ވެސްޓް ޕޮއިންޓްގައި) ކިޔަވައިވިދާޅުވި ބޭކަލެކެވެ. އަސްކަރީ ދާއިރާގައި ވަރަށް ކުލަގަދަ ބަޠަލެކެވެ. އާންމުންނަށް ލެފްޓިނެންޓް ރޯވަން މަޝްހޫރުވީ، ލިޔުންތެރިޔާ އެލްބަރޓް ހަބަޑް 1899 ގައިލި ޔުއްވި މަޝްހޫރު މަޒުމޫނު، “ގާސިޔާއަށްމެސެޖެއް” ގައި ލެފްޓިނެންޓް ރޯވަންގެ ހުޝިޔާރުކަމާއި އަމުރަށް ކިޔަމަންތެރިވުމާއި، އަމާނާތްތެރިކަމާ ބެހޭ ގޮތުން ލިޔުއްވުމުގެ ސަބަބުންނެވެ.
 

ކަރުނަ ތިކި (4)

ކިޔާފައިވާ ޢަދަދު: 3968
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ޙަސަން ނަޖުމީ
(2   ސެޕްޓެމްބަރ 2013 (ހޯމަ) ދުވަހު ޝާއިޢުކުރި ބަޔާ ގުޅޭ)
 
“ނޫހަށް އަރާފާނެތީ ތިބޭފުޅާގެ ސެކެޓްރީ ހާދަ ބިރެއްގަނޭތާ.  އަވަހަށް ކަނޑުގެ ތާޒާވައި ލިބޭ ހިސާބަކަށް އޭނާ ގޮވައިގެން ވަޑައިންނަވަންވީނޫންތޯ؟”
   
މިހާ ހިސާބުން އާދިލާގެ ކެތްތެރިކަން ކޮޅުންލައިފިއެވެ. އޭނާ އެތަނުން ދުރަށް ގޮސް މޫދު ފެންނަ ހިސާބުގައި ހުރި ގަހަކަށް ލެނގިލައިފިއެވެ. އޭނާއަށް މި ހަދާލެވުނު ގޮތުން އަފީފަށް މި ދެވުނީ އިތުރު ފުރުސަތެކޭ އޭނާގެ ހިތަށް އެރީ މާފަހުންނެވެ. އޭނާ އެނބުރި ބަލާލިއިރު މިހުރެވުނީ އަކީ އަދި އެކަންޏެއްވެސް ނޫންކަން އެނގުނެވެ. އޭރު އޭނާގައި ޖެހޭ ހިސާބުކާރީގައި ޝާން ހުންނެވިއެވެ.
 

ޔުނެސްކޯގެ ޑިރެކްޓަރ ޖެނަރަލް އިރީނާ ބޮކޯވާގެ ޚިޠާބު

ކިޔާފައިވާ ޢަދަދު: 8419
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

 

ލިޔަންކިޔަން ދަތުމުގެ ބައިނަލްއަޤްވާމީ ދުވަސް

ޔުނެސްކޯގެ ޑިރެކްޓަރ ޖެނަރަލް އިރީނާ ބޮކޯވާގެ ޚިޠާބު

ތަރުޖަމާ: އަޙްމަދް ސަމީރު ޢަލީ

މިއަދަކީ ބައިނުލްއަޤުވާމީ ލިޔަންކިޔަން ދަތުމުގެ ދުވަހެވެ. މިއަދުގެ މުނާސަބާ ގައި ދިވެހިރާއްޖޭގެ އެންމެހާ ރައްޔިތުންނަށް ޢާއްމުކޮށް، އަދި ޚާއްޞަކޮށް ‘ލިޔުންތެރިޔާ’ އާއި ‘ލިޔުންތެރީން’ގެ އެންމެހާ މެންބަރުންނަށާއި ކިޔުންތެރީންނަށާއި ލިޔުންތެރީންނަށް ތަހުނިޔާ އާއި މުބާރިކުބާދީ އަރިސްކުރަމެވެ.

ސަރާ (51)

ކިޔާފައިވާ ޢަދަދު: 5334
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

މޫސާ ޞާޢިދު، މަރަދޫ

(01 ސެޕްޓެމްބަރ 2013 (އާދީއްތަ) ދުވަހު ޝާއިޢުކުރި ބަޔާ ގުޅޭ)
   
“އާނ…މަންމަވެސް ދާނަން. ކީއްވެ ނުދާންވީ؟” ފަހީމާ ބުންޏެވެ.

އެދުވަސް ވެގެންދިޔައީ އެގެއަށް ވަރަށް އުފާވެރިކަން ގެނެސްދިން ދުވަހަކަށެވެ. ޑޮކްޓަރ ޝީކާއަށް މަރްޙަބާ ކިޔުމަށްޓަކައި ގޭގެ ހުރިހާ ނޯކަރުންތައްވެސް ތިބީ ނަލަހެދިލައިގެނެވެ.

“ދަރިފުޅު ޑޮކްޓަރަކަށްވެގެން އަންނާނޭ ދުވަހަކަށް ދައްތަ އިންތިޒާރު ކުރާތާ ވަރަށް ދުވަސްވެއްޖެ. މިއަދު ދައްތަ ވަރަށް އުފާވެއްޖެ.” ފަހީމާ ޝީކާގެ ބޮލުގައި ފިރުމާލިއެވެ.

އައިބައިފިލީގެ ހަމަ ނުހިފެއްޓެނީ ކީއްވެ؟

ކިޔާފައިވާ ޢަދަދު: 3179
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ޢަލީ ނަޢީމް، ރާޝިދާމަންޒިލް، ރ. މީދޫ
ދިވެހިބަހުގެ ގަވާއިދުގައި ނުވަތަ ދިވެހިބަހުން ލިޔުމުގައި ބޭނުންކުރާ ހަމަތަކުގެ ތެރެއިން އައިބައިފިލީގެ ހަމައަކީ އަޅުގަނޑުމެންގެ ތެރެއިން ގިނަ ބަޔަކަށް ފަރިތަ ހަމައެއް ނޫނެވެ. އަދި މި ހަމަ ކޮންމެވެސް މިންވަރަކަށް ބޭނުންކުރާ ފަރާތްތަކަށްވެސް އެއް ގޮތެއްގައި ހިފެހެއްޓުމަށް ފަސޭހަ ހަމައެއްވެސް ނުމެ ނޫންމެއެވެ. އައިބައިފިލި ބޭނުންކުރުމުގައި އޮޅުން އަރަނީ ނުވަތަ ދިވެހިބަހުން ލިޔުމުގައި މި ހަމަ ރަނގަޅު ގޮތުގައި ނުހިފެއްޓެނީ ކީއްވެތޯ މިއީ އުފެދޭ ސުވާލެކެވެ.

ވަޒަނުގެ ކުލުނު

ކިޔާފައިވާ ޢަދަދު: 5050
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
      
ޢަބްދުއްރަޝީދު ޙުސައިން
ރަން ރިހީގެ އަގެއްނެތޭ  ދޭން އުޅުނަކަސް  މީން އެއްޗަކަށް
      ތަން މަގޭ  ޒީނަތް  ކުރާ މޫދާ  ބިމުގެ   އެއްޗިއްސަކަށް
           ގެއްލުމެއްދީ  ބޭރުކޮށް  ނަހަދާށެ   މިތަކެތި  ގޮތްގޮތަށް
                ކަންފުޅެއް ހިތުގައި އޮތަސް ކުލުނުގެ ތިމާގެ އުފަން ބިމަށް
ސަންގު،ބޮއްޔާ، މުރަކަ،ގާހަކަ،ރިނދަލި،އެންދެރި ގަސްތަކާ
      ވެން، ކަހަނބު،ވެލަޔާ،ލަނޑާ،އަދި އެންމެނަލަ ކޯމަސްތަކާ
           ގެންނަގައި  ވިއްކާނެހޭ  ތަނުގައި  މިހިރަ   ހިރިގާ ތަކާ
                ކަންފުޅެއް ހިތުގައި އޮތަސް ކުލުނުގެ  ތިމާގެ އުފަން ބިމަށް

ކުދިވާހަކަ (13)

ކިޔާފައިވާ ޢަދަދު: 6051
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

ކުދިވާހަކަ (13)

އަޅުގަނޑުމެންގެ މަގުގައި ދިމާވާ ހުރަސްތައް

ޢައްބާސް އިބްރާހީމް

ވަރަށް ކުރީ ޒަމާނެއްގައި އުޅުއްވި ރަސްކަލަކު އޭނާ އުޅުއްވި ރަށުގެ މައިމަގުމަތީގައި ވަރަށްބޮޑު ހިލައެއް ބޭއްވެވިއެވެ. އެމަގުން  ހިނގާ އުޅޭ މީހުންނަށް ދަތިވާގޮތަށެވެ. އެހިލަ އެތާނގައި ބާއްވަވައިފައި، އެހިލައެތަނުން ދުރަށްލާން އެއްވެސް މީހަކު މަސައްކަތް ކުރޭތޯ ބައްލަވަން ރަސްގެފާނު ހުންނެވިއެވެ. އެހެން މީހުންނަށް ނުފެންނަ ތަނަކަށް ވެދެވަޑައިގެން ފިއްލަވައެވެ.