ރޯދަޔާއި ކަރާ

ކިޔާފައިވާ ޢަދަދު: 6096
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
   

حسن شاكر محمد

ރޯދަޔާ  ކަރަޔާއި   ދިވެހިންނާ،  يقين  އޭ ވަކިނުވޭ

              ރޯދަ އަންނަން  ވާއިރަށް  ވެޔޮތައްކަރާގެ ވަރަށް ރުވޭ

ދޮންކަރާ ނޫންނަމަ، ފެނަށްރަތްކުލައަޅައިގެން ނަމަވިޔަސް

            “ދޮންކަރާފަނި”   ރޯދަވީއްލާއިރު،   ތަރާވީހަށް   ބޮވޭ
        

ސިންގާއާއި ހިޔަޅު

ކިޔާފައިވާ ޢަދަދު: 5229
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

އެތަނާއި މިތަނުން

ކުދިވާހަކަ (9)

ސިންގާއާއި ހިޔަޅު

ޢައްބާސް އިބްރާހީމް

ޖަންގަލީތެރޭގައި އުޅުނު ހިޔަޅެއް ސިންގާއެއްގެ ކައިރީގައި ނޯކަރެއްގެ ގޮތުން މަސައްކަތްކުރަން އެއްބަސްވެއްޖެއެވެ. މި އެއްބަސްވުމުގެ ދަށުން ނިންމާފައިއޮތީ ކޮންމެއެއްޗެއްވެސް އެ އެއްޗެއްގެ ޠަބީޢީ ޙާލަތާގުޅޭގޮތުން އެއެއްޗެއްގެ ވަޒީފާ އަދާކުރުމަށެވެ. މިގޮތުން ކޮންމެދުވަހަކުވެސް ޝިކާރަކުރާނެ އެއްޗެއް ހޯދާނީ ހިޔަޅެވެ. އެއެއްޗަކަށް ހަމަލާދީ އަތުލައިގަންނާނީ ސިންގާއެވެ.

ނުބައި ނަންބަރު (2)

ކިޔާފައިވާ ޢަދަދު: 7921
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

ކުރުވާހަކަ

ނުބައި ނަންބަރު (2)

ތަރުޖަމާ: ޢަބްދުﷲ ނަޢީމު އިބްރާހީމް
(އިއްޔެގެ ބާކީ)
“އާނ- ޙައިރާން ވާން ޖެހުނީ އެހެން ވެގެން-“

ޖަވާބުގައި
އޭނާ އެއްޗެކޭ ނުބުނެއެވެ.
“ނިދީތަ-؟”

ރޯދަމަހުގެ ކެއުން ބުއިން

ކިޔާފައިވާ ޢަދަދު: 2529
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

ކުޑައިރުގެ ހަނދާން: 3

                ރޯދަމަހުގެ ކެއުން ބުއިން

އަޙުމަދު ޝިޔާމް

ރޯދަމަހު އަޅުގަނޑުމެން ކައިބޮއި އުޅޭ ތަކެތި އެހެން މަސްތަކާ ތަފާތެވެ. މިހާރު މިލިބޭ ޒާތްޒާތުގެ ތަކެއްޗެއް ނުލިބެއެވެ. ފިނިކޮށްފައި ހުންނަ ފެނާ، ޖޫހާ އައިސްކްރީމަކީ އޭރު އާންމުކޮށް ލިބޭ ތަކެއްޗެއް ނޫނެވެ.
       
އަޅުގަނޑުމެންގެ ގެއަކީވެސް މާލޭގައި މެދުފެންވަރުގެ ދިރިއުޅުމެއް އުޅުނު ގެއެކެވެ. އަޅުގަނޑުގެ ކާފައަކީ ހޮޓާ ހިންގި މީހެކެވެ. އަދި ކާފަ ބަލިވުމުން ކާފަގެ ދަރިން އެމަސައްކަތާ ހަވާލުވިއެވެ. އެހެންކަމުން ގޭގައި ލައިގެން ކާނެ ތަކެތި ދަތިކަމެއްނެތި ލިބެއެވެ. އެކަމަކު އެދުވަސްވަރުވެސް އިސްރާފުނުކޮށް ވީހާ ބަލައިގެން ކާތަކެތި ތައްޔާރު ކުރެއެވެ. އޭގެ ސަބަބުން ފުދުންތެރި ދިރިއުޅުމަކަށް އަޅުގަނޑުމެން ހޭނުނެވެ.
       

ރޯދަ ހަދިޔާ – (ހަލީސާ – 30)

ކިޔާފައިވާ ޢަދަދު: 3900
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ފާޠިމަތު ޒާރާ

ރަތްކުލައިގެ އަސްދޫންޏެއް ދުށީމުތަ؟

ޕްރީ ސްކޫލުގައި ކިޔަވައިދޭ ޓީޗަރަކު އެއްދުވަހަކު އޭނާގެ ކުލާހުގެ ދަރިވަރުންގެ އަތަށް ކަރުދާސް ގަނޑެއް ދީފައި އޭގައިވާ ކުރެހުމުގައި ކުލަ ޖައްސަން ބުންޏެވެ. އެ ކުރެހުމުގައިވަނީ ކުޑައެއް ނަގައިގެން އިން އަސްދޫންޏެކެވެ. އަސްދޫނީގައި ރީނދޫ ކުލަ އަދި ކުޑައިގައި ފެހި ކުލަ ޖައްސަން ހުރިހާ ކުދިން ގާތު ޓީޗަރު ބުންޏެވެ. ނަމަވެސް އެކުލާހުގައި އިންނަ އެންމެ ލާނެތް ކުއްޖާ އަސްދޫނީގައި ގަދަ ރަތް ކުލަ ޖައްސަން އިންދާ ޓީޗަރަށް ފެނުމުން ދިން އިރުޝާދާ އެއްގޮތަށް އޭނާ ޢަމަލު ނުކުރާތީ ޓީޗަރު އޭނާ އާ ސުވާލުކުރިއެވެ.

މަރާ ބައްދަލު ތިމާ ނުވަނީސް ވުމަށް ތައުބާ އަވަސްވާށޭ!

ކިޔާފައިވާ ޢަދަދު: 7826
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު

ނިދާފައި ނުތިބެ ދަރިފުޅުމެން ނިކަން ހޭލުންތެރިވެލާށޭ
          ވިދާހައި އެއްޗަކަށް ނުބަލައި “ޙަޤީޤަތަކަށް” ތަބަޢަ ވާށޭ
                       ހިދާޔަތުގައި އަލުން ޤާއިމުވުމަށް  ވިސްނުން ބަހައްޓާށޭ

ވެވުނުހައި ފާފަޔާ މެދުގައި ޚަލާޞް ހިތްކޮށް ރޮމުން ދެލޮލުން
          ދެވުނު ނުސިޔާނުހައި މަގުތައް މުޅިން ދޫކޮށް އަމާން މަގަކުން
                       ވެވުނުހައި ސީދަލެއް ކޮށްގެން ޢަމަލުތައް ދެން ބަހައްޓާށޭ!

ނުބައި ނަންބަރު (1)

ކިޔާފައިވާ ޢަދަދު: 7955
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ކުރުވާހަކަ

ނުބައި ނަންބަރު (1)

ތަރުޖަމާ: ޢަބްދުﷲ ނަޢީމު އިބްރާހީމް
އެއީ އާދީއްތަ ދުވަހެވެ. އޭނާ ނިދައި ހޭލި ނަމަވެސް، އެނދުން ތެދުވީ ވަރަށް ލަހުންނެވެ. އޭރު ހެނދުނު ދިހައެއް ޖަހައިފިއެވެ. އޭނާ އެޕާޓްމަންޓްގެ ދޮރު ހުޅުވާލާފައި ބޭރަށް ނުކުމެއްޖެއެވެ. ބިންމަތީގައި އޮތް ނޫސް ނަގައިފިއެވެ.
“މުނިސިޕަލް އޮފިސަރަކު ރިޝްވަތު ހިފަން އުޅެނިކޮށް ބޭޒާރު ވެއްޖެ-“

ރޯދަ ހަދިޔާ – (ހަލީސާ – 29)

ކިޔާފައިވާ ޢަދަދު: 4096
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ފާޠިމަތު ޒާރާ

ބުއްދިއަކީ ފާޑެއްގެ އެއްޗެއް

ޖިމް އާއި މޭރީއަކީ މޮޔައިންގެ ހޮސްޕިޓަލެއްގައި ފަރުވާ ދެމުން އަންނަ ދެމީހުންނެވެ. އެއްދުވަހަކު މި ދެމީހުން ހޮސްޕިޓާ ތެރޭގައި އޮތް ހުސް ބިމުގައި ހިނގާލަން ނިކުތެވެ. އަދި އެތަނުގައި އޮތް ސްވިމިންގ ޕޫލަކާ އަރާ ހަމަވުމާއެކު ކުއްލިއަކަށް ޖިމް އެ ޕޫލަށް ފުންމާލައިފިއެވެ. މޭރީ މިތަން ބަލަން ނުހުރެ ޖިމްގެ ފުރާނަ ސަލާމަތް ކުރަން އޭނާގެ ފަހަތުން ފުންމާލިއެވެ. އަދި ޖިމް އެއްގަމަށް އެރުވިއެވެ.

ތައުބާވަމާ ހިނގާ!

ކިޔާފައިވާ ޢަދަދު: 6217
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

ޙަސަން ޝާކިރު މުޙައްމަދު
ފާފައިންވެވޭ،  ތައުބާ ވަމާ ހިނގާ
            ހޯދަން އަމާން އެކީ އެކުގައި ދުނިޔޭގެ ލާބަޔާ!
               + + + + + + +

ދޮރުތައްވަނީ މި ތާނގައި އެދޭހާ  ހުޅުވާލެވޭނޭ  ތެދޭ
                  ޢަޒުމާއެކީ ދަމާ  ތައުބާވަމާ ހިނގާ!

ކުލީސިފައިންގެމީހާ

ކިޔާފައިވާ ޢަދަދު: 7611
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

ކުރުވާހަކަ

ކުލީސިފައިންގެމީހާ

ތަރުޖަމާ: ޢަބްދުﷲ ނަޢީމު އިބްރާހީމް

އެ ތަނުން އަހަރެންގެ ސައިލެންސަރު ޖަހާފައި އޮތް ފިސްތޯލަ ނަގާން ހޭދަ ވެގެން ދިޔައީ އެންމެ ވިހި ސިކުންތެވެ. އެއީ އެއްވެސް މީހަކަށް ނޭނގޭ ސިއްރު ތަނެކެވެ. އަހަރެންގެ އަތަކު އެ ފިސްތޯލައިގެ ލައިސަންސެއް ނެތެވެ. އެކަމަކު ފިސްތޯލަ އަކީ އަހަރެންގެ ވިޔަފާރީގެ ވަރަށް މުހިއްމު ބައެކެވެ. އަހަރެން ބޭރު ދޮރުގެ ތަންޑު ނައްޓައިލީމެވެ. އެއަށް ފަހު އަހަރެންގެ ނިދާ ކޮޓަރިއަށް އައިސް ބޭރުގެ ދޮރު އަހަރެންނަށް ރަނގަޅަށް ފެންނާނޭ ތަނެއްގައި ހުރެއްޖައީމެވެ.