ވަކި ނުވިނަމަ… (4)

ކިޔާފައިވާ ޢަދަދު: 3795

މުހައްމަދު ގާސިމް، އއ. މަތިވެރި.
(27 އޮކްޓޯބަރ 2013 (އާދީއްތަ)ދުވަހު ޝާއިޢުކުރިބަޔާ ގުޅޭ)
ކުދިންކޮޅު ދެޓީމަކަށް ބަހާލުމަށްފަހު، ކުޅެން ފަށައިފި އެވެ. ރަޝާޤާއާއި ރަޝްފާ ތިބީ ކުޅިބަލާ މީހުންގެ ގޮތުގައެވެ. އެހެންމީހުންނާ ތަންކޮޅެއް ދުރުގައި އެއްފަރާތެއްގައި މަޑުކޮށްލައިގެންނެވެ. އިރުކޮޅަކުން ފެނުނީ އަތިރިމަތިން ރާޅުފެނުގައި އިހުސާނު ހިނގަމުން އަންނަ ތަނެވެ. އޭނާއައީ ކޮޅު ފޭއްސާފައި އޮތް ދަނޑިގަނޑުން ލޮނުގަނޑު ކަފަމުންނެވެ. ދޮންވެލިގަނޑުގައި  “ވަކި”ދަމަމުންނެވެ.

ކުދިވާހަކަ (22)

ކިޔާފައިވާ ޢަދަދު: 5248
އެތަނާއި މިތަނުން
ކުދިވާހަކަ (22)

ރަސްގެފާނަށްވުރެ ގަސްމޮޅެވެ.

ޢައްބާސް އިބްރާހީމް

އަނބު ގަހަކަށް ގަޅިއުކަމުން ދިޔަކުއްޖެކެވެ.

އެއްފަހަރަކު އޭނާ އެއްލި ގަޅިއެއް ގަހުގައި ލައްވާނުލާ ގޮސްޖެހުނީ އަސްގާޑިޔަލެއްގައި ދަތުރު ކުރައްވަމުން ވަޑައިގެންނެވި ރަސްކަލެއްގެ އިސްތަށިފުޅުގައެވެ. ރަސްގެފާނުގެ އަރިއަހުގައި ތިބި މީހުންއަވަސް އަވަހަށް އައިސް އެކުއްޖާ ހައްޔަރުކޮށްގެން ރަސްގެފާނުގެ ދަރުބާރަށް ގެންގޮސްފިއެވެ.

ހަމައެކަނި ވިދާޅުވެލެއްވުމަށް….(27)

ކިޔާފައިވާ ޢަދަދު: 2885

الحمدلله وحده

ފަޑިޔާރުގެއިން

މާޅޮސްމަޑުލު އުތުރުބުރީ އެންމެ ރަށްރަށުގެ نائبންނާއި ނާއިބުންނާއި خطيبންނާއި ރައްޔަތު އެންމެނަށް ބަހެވެ. މިފަޑިޔާރުގެއިން ރާއްޖޭގެ ރަށްރަށުގެ نائبކަން މީސްމިހުންނަށް ދެއްވާފައިވަނީ އެމީސްމީހުންގެ عزّةކަށް ނޫނެވެ.

ހަލާކުވެފައިވާ ހިތެއްގައި އެހެން ލޯތްބެއް (2)

ކިޔާފައިވާ ޢަދަދު: 4658
ޢަލީ ޝަރީފް، ހ. ފިލިގަސްދޮށުގެ


މިއީ ލޯބީގެ ވާހަކަ ލިޔުމަށް މަޝްހޫރު ޑެނިސް ރޮބިންސް ލިޔެފައިވާ “ބްރޯކަން ހާރޓް”ގެ ތަރުޖަމާއެކެވެ.


(24 އޮކްޓޯބަރ 2013 (ބުރާސްފަތި) ދުވަހު ޝާއިޢުކުރި ބަޔާ ގުޅޭ)

މިބަޔާންވެ ދިޔަ ތާރީޚީ ދުވަހަށް ފަހު ރެއިގޭޓްގެ ގޭގައި ބްރައިނީ އާއި ކްލައިވް ބައްދަލު ނުކުރާ ވީކް އެންޑެއް ދަނީ ހާލަކުން ފަހަރަކުއެވެ. ގިނަ ދުވަސް ތަކެއް ނުވެ އެދެކުދީންގެ ކައިވެނީގެ އެންގޭޖްމެންޓް  އިޢްލާން ވެއްގެއެވެ.

އަނާން (4)

ކިޔާފައިވާ ޢަދަދު: 3749
މަރްޔަމް ސަނާ، ށ. މިލަންދޫ
(22 އޮކްޓޯބަރ 2013 (އަންގާރަ) ދުވަހު ޝާއިޢުކުރި ބަޔާ ގުޅޭ)
ޢީދު ޗުއްޓީއަށް ރަށަށްއައި ބީރައްޓެހިންނާއި، ޢީދު ކުޅިވަރުތަކަށް ތައްޔާރުވަމުންދިޔަ ރަށުގެ ކުދިބޮޑު އެންމެންގެ ސަބަބުން މުޅިރަށުތެރެވަނީ އާދަޔާހިލާފަށް ހަލަބޮލިވެފައެވެ. އަނާން ހުރީ އެކުއުޅޭ ރައްޓެހިން ހުށަހަޅާދޭން ތައްޔާރުވަމުންދިޔަ ސަގާފީ ނެށުމުގައި ބައިވެރިވާހިތުންނެވެ. ނަމަވެސް ކޮސްޓިއުމް ހޯދަންޖެހެނީ އަމިއްލައަށް ކަމަށްވުމުން އޭނާއަށް ބައިވެރިވެވޭ ގޮތެއްނުވިއެވެ. ދުވަހަކުވެސް އާހެދުމެއް ހޯދާނުދޭއިރު އެންމެ ދުވަހެއްގެ ކުޑަކުޑަ ވަގުތުކޮޅަކަށްޓަކާ އެވަރުގެ ބޮޑު ޚަރަދެއް މާހިރާ އޭނާއަށް ކޮށްނުދޭނެކަން އެއީ މެންދުރުގެއިރު ފަދައިން އެނގި، ޔަގީންވާ ހަގީގަތަކެވެ. އެހެންކަމުން ނުވާނެކަމަކަށް އެދުމުގެ ހިޔާލު އޭނާ ދޫކޮށްލިއެވެ. އޭނާގެ ފެންވަރަކީ ކުޅިބަލަން ދުރުގައިހުރުން ކަމުގައި ގަބޫލުކުރިއެވެ.

ކަރުނަ ތިކި (11)

ކިޔާފައިވާ ޢަދަދު: 4164
 
ޙަސަން ނަޖުމީ
(21  އޮކްޓޯބަރ 2013 (ހޯމަ) ދުވަހު ޝާއިޢުކުރި ބަޔާ ގުޅޭ)
“މިއީ ވަރަށް އުފާވެރި ދަތުރެއް ދޯ .” އޭނާ ބުންޏެވެ. ” މި ދަތުރު ވަކިން އުފާވެރިވީ ޝާންއާ ކަލެއާ ދެމީހުންގެ ލޯބީގެ މާތައް ފޮޅެމުން ފަރިވަމުން ދާތަން ހަމަލޮލަށް ފެނުމުގެ ފުރުސަތު ލިބުނީމަ. ކަލޭމެން ދެމީހުނާ ބެހޭ ރިޕޯރޓެއް ލިޔަން މިހާރު ފަށައިފިން. އެ ރިޕޯރޓް ކަލެއަށް ވެސް ވަރަށް ކަމުދާނެ ހެން ހީވޭ.”

ވަކި ނުވިނަމަ… (3)

ކިޔާފައިވާ ޢަދަދު: 3722
މުހައްމަދު ގާސިމް، އއ. މަތިވެރި
(20 އޮކްޓޯބަރ 2013 (އާދީއްތަ) ދުވަހު ޝާއިޢުކުރިބަޔާ ގުޅޭ)
އިހުސާން ރަޝާޤާގެ ގައިގައި ބައްދައިލިއެވެ. އެއް ހަށިގަނޑުގެ ހޫނު އަނެއް ހަށިގަނޑަށް ވަދެގެން ދިޔައީ، ކަރަންޓު އޮއިވަރެއް ފަދައިންނެވެ. އެންމެ ހިމަނާރުތަކާ ވެސް ކުޅެލައިފިއެވެ. ނިދާފައިވާ ހިއްސުތައް ވެސް އުޅާހަށް ދެމިލައި އެ ދެލޯބިވެރިންނާ ބައިވެރިވެލި ކަހަލައެވެ.

ޟަމީރުގެ އިންކާރު

ކިޔާފައިވާ ޢަދަދު: 6710
އާޅެން:

ޟަމީރުގެ އިންކާރު

ޙަސަން ޝާކިރު މުޙައްމަދު

ހަނދުގެ ފުރިހަމަކަމާއި ޝާއްބަކަމަކަށް ބަދަލެއް ނާދެއެވެ.
ހަނދުގެ ވަށައިގެންވާ ތަރިތައް އެރޭވެސް ގުނައިލެވުނުނަމަ، މިރެއެކޭ އެއްވަރު ވީހެވެ.
ރާޅުތަކުގެ މިޔުޒިކީ އަޑުން މިރޭވެސް އެ އިވެނީ ހަމަ އެ ރާގުތަކެވެ.
ތުނޑިމަތީގައި މިރޭވެސް މި އޮތީ ހަމަ އެ ސާފު ހުދު ސާލެވެ.

ހަލާކުވެފައިވާ ހިތެއްގައި އެހެން ލޯތްބެއް

ކިޔާފައިވާ ޢަދަދު: 4193
ޢަލީ ޝަރީފް، ހ. ފިލިގަސްދޮށުގެ


ހ. ފިލިގަސްދޮށުގޭ އަލްފާޟިލް ޢަލީ ޝަރީފަކީ ވަރަށް މަޝްހޫރު ލިޔުންތެރިއެކެވެ. ޅެންވެރިއެކެވެ. ރާއްޖޭގެ ތަފާތު ނޫސް މަޖައްލާތަކަށް ގިނަގުނަ ލިޔުންތަކާއި ޅެންތައް ހަދިޔާކުރައްވައިފައިވާ މޮޅު ލިޔުންތެރިއެކެވެ. އަދި އިނގިރޭސި ބަހުން “ޕޮޔަމް” ހެއްދެވުމާއި،  ދިވެހިބަހަށް ތަރުޖަމާކުރެއްވުމުގައި ވެސް އޭނާއަކީ ކުޅަދާނަ ބޭފުޅެކެވެ.