ކަރުނަތިކި (14)

ކިޔާފައިވާ ޢަދަދު: 2992
ޙަސަން ނަޖުމީ
(11 ނޮވެމްބަރ 2013 (ހޯމަ) ގުޅޭ)

ޗެޕްޓަރ 5

އާދިލާގެ ހުވަފެނީ ޚިޔާލުތަކުގައި އެނބުރެމުން ދަނީ ސަޒިން ސަލާމަތް ކުރުމަށް ޝާން ދުވެވަޑައިގެންނެވި މަންޒަރެވެ. އަދި ހަމައެއާ އެކު ޝާން ކައްސާލައިގެން ލޯންޗާއި ބޯޓާ ދޭތެރެއަށް ވެއްޓިވަޑައިގަތް ތަނެވެ. އެވަގުތު ސަޒިން ޅަހުއްތުއާ ހަވާލު ކުރެވުނުކަން އޭނާއަށް އެނގުނެވެ. އާދިލާ ބަލާކަށް ނުހުރެ ވަގުތުން ފުންމައިލީއެވެ. އޭނާ ފުންމައިލީ ޝާން ގެނބިވަޑައިގަންނަވާތަން ފެނިގެންނެވެ. އޭރު ޝާންގެ އިސްތަށިފުޅުން ލޭ އޮހޮރެއެވެ. އެތާނގަ ރާޅު ބޮޑުކަމުން ފަޅުވެރިން މަސައްކަތް ކުރަމުން ދިޔައީ ލޯންޗް ރަށުގެ ފާލަމާ ދުރަށް ލެވޭތޯއެވެ. އެހެންނޫނީ ޝާން އާ އާދިލާ އެދޭތެރޭ ފިތިދާނެތީއެވެ.
 

ވަކިނުވިނަމަ….. (6)

ކިޔާފައިވާ ޢަދަދު: 3736
 
މުޙައްމަދު ޤާސިމް، އއ.މަތިވެރި
(10 ނޮވެމްބަރ  2013  (އާދީއްތަ) ދުވަހު ޝާއިޢުކުރިބަޔާ ގުޅޭ)
އަހުމަދު ބޯޅަ ޖަހައިފިއެވެ. ޒައިދަށް ހޭވެރިކަންވީ ބޯޅަ އައިސް ފައިގައި ޖެހުމުންނެވެ. ޒައިދުވެސް ޖަހައިފިއެވެ. އަހުމަދާ ދިމާއަށެވެ. އަހުމަދު ބޯޅައާ ދިމާއަށް ދުއްވައިގަތެވެ. ބޯޅައާ ހަމައަށް ދެވުނުތަނާ ބޯޅައިގައި އަޅައިގެންފައި އަހުމަދު ވެއްޓިއްޖެއެވެ. އެހެނަސް ތަދުވާ ގޮތަކަށް ނޫނެވެ.

ބަހުގެ ބަހުސް

ކިޔާފައިވާ ޢަދަދު: 6568

ބަހުގެ ބަހުސް

ކަނީރު ޢަބްދުއްރަޙީމް (ކަނީރު)

    ބަހުގެ ވާހަކަ ދައްކާއިރު ކޮބައިބާ ބަހަކީ؟  ބަހޭ މިކިޔަނީ ކޮންކަހަލަ ކޮން ބޭނުމެއް ކުރެވޭ ކިހާމުހިންމު އެއްޗަކަށްތޯ ބަލަމާހިނގާ ބަލަ!
    ބަހަކީ އެކަކުއަނެކަކާ ވާހަކަދައްކަން ބޭނުންކުރާ ވަސީލަތް، ނުވަތަ ގޮތް. އެއީ ދެން މާ މުހިންމު މާމޮޅުއެއްޗަކަށް ހަދައިގެން ނަންކޮށްގެން އުޅެނީ.

ރައީސަކު އިންތިޚާބުކުރުން އަދި ލިސްޓުގައި ސޮއިކުރުން

ކިޔާފައިވާ ޢަދަދު: 3534

ޢަލީ ނަޢީމް، ރާޝިދާމަންޒިލް، ރ. މީދޫ
ދިވެހިބަހުގައި ބޭނުންކުރާ ބައެއް ލަފުޒުތަކަކީ އެ ލަފުޒުތަކުގެ ފަހަތަށް ލަފުޒެއް އިތުރުކުރުމުން އުފެދޭ ލަފުޒުތަކެކެވެ. މި ގޮތުން “ނަން” ދޭހަކޮށްދޭ ލަފުޒުތަކުގެ ފަހަތަށް “ކުރުން” އިތުރުކުރުމުން އެ ލަފުޒު “ކަން” ދޭހަކޮށްދޭ ލަފުޒަކަށް ބަދަލުވެއެވެ. މިސާލަކަށް “އިންތިޚާބު” މިއީ ނަމަކަށް ވާއިރު މި ނަމުގެ ފަހަތަށް “ކުރުން” އިތުރުކުރުމުން “އިންތިޚާބުކުރުން” މި ލަފުޒު އުފަންވެއެވެ.

ހަލާކުވެފައިވާ ހިތެއްގައި އެހެން ލޯތްބެއް (4)

ކިޔާފައިވާ ޢަދަދު: 4136
ޢަލީ ޝަރީފް، ހ. ފިލިގަސްދޮށުގެ

(6 ނޮވެމްބަރ 2013(ބުދަ) ދުވަހު ޝާއިޢުކުރި ބަޔާ ގުޅޭ)
ދޮރެއް ހުޅުވައިލައިފައި ފިރިހެނަކު، ބްރައިނީއާ ދިމާއަށް ހިނގައިގެންފި އެވެ. އެއީ މީގެ ކުރިން ޓްރެޜަރ ޝޮޕްގައި ބްރައިނީއާ ބައްދަލުކުރި އެއްކަލަ ބޭރު މީހާ އެވެ. ހެނދުނު އޭނާ ފެނުނު އިރު ކްލައިވް ހަނދާންކުރާ ގޮތް އޭނާގެ ކިބައިން ފެންނަނީ އަދި މާ ބޮޑަށެވެ.

ހަމައެކަނި ވިދާޅުވެލެއްވުމަށް….(29)

ކިޔާފައިވާ ޢަދަދު: 2787

އަލީގަރ ޔުނިވަރސީގެ މިއަހަރުގެ ދިވެހި طالب

محمد محمود فهمى ގެ كاميابى ތަކެއް

(ފަތިސް ގެ ކޮޅުބު ރިޕޯޓަރ)

مدرسة އަށް ފުރަތަމަ ފުރަތަމަ ވެދެވަޑައިގަތް ދުވަސް ހަދުމަފުޅު އެބަހުރިތޯއެވެ. އެދުވަހު ކަޑައެޅުއްވި عزم  ތަކާއި ހިތްޕުޅަށް ވެރިވަމުންދިޔަ شعور ތަކަށް ފަހުން ވީގޮތަކާއިމެދު سؤال ކުރާކަށް އަޅުގަޑު ނެތީމެވެ. އެދުވަހު އެކިއެކި مدرّس ންނާމެދު ކުރެވުނު خيال ތައް އެކިއެކި ކުދިންނާއިމެދު ކުރެވުނު ހީތައް، حياتގެ މާދަމައަށްޓަކައި ކުރެވުނު اميد ތައް…… މިއިން އެއްވެސް ރޮގެއްގައި بحث އެއް ފަށާކަށް ގަސްދެއް ނުކުރަމެވެ. 
  

އަނާން (6)

ކިޔާފައިވާ ޢަދަދު: 3801
މަރްޔަމް ސަނާ، ށ. މިލަންދޫ
(5 ނޮވެމްބަރ 2013 (އަންގާރަ) ދުވަހު ޝާއިޢުކުރި ބަޔާ ގުޅޭ)
މާޔާ އެންމެންނަށް ހިނިތުންވެލިއެވެ. އެތަނުގައި މުޅިންވެސް ތިބީ އޭނާއަށްވުރެ އުމުރުންދޮށީ ކުދިންނެވެ. ޒުވާނުންނެވެ. ކޮންމެ މީހަކުވެސް ހެދުންއަޅާ، ޒީނަތްތެރިވެފައިވަނީ އެންމެ ޒަމާނީގޮތަށެވެ. ނޫންނަމަ ޓީވީ އިން ފެންނަ ހޮލީވުޑްގެ ތަރިންނާ އެއްގޮތްވުމަށް މަސައްކަތް ކުރާކަހަލަ ގޮތަށެވެ.

ކަރުނަ ތިކި (13)

ކިޔާފައިވާ ޢަދަދު: 4106
ޙަސަން ނަޖުމީ
(4  ނޮވެމްބަރ 2013 (ހޯމަ) ދުވަހު ޝާއިޢުކުރި ބަޔާ ގުޅޭ)
އެތަނުގައިވެސް ވަރަށްގިނަ މަސައްކަތްތައް ހުއްޓެވެ. ބައެއް ބޯޓްތައް ވިއްކާލުމާއި އާ ބޯޓްތައް ހޯދުމާއި އަދި ބޭރުގެ އެކި ކުންފުނިތަކާ ކުރަންޖެހިފައިވާ އެގްރީމެންޓް ތަކާ މިހުރިހާކަމެއް ހިނގަމުންދާގޮތް ބެއްލެވުމަށް އެދުވަހު 5 ޖަހަންދެން އެތަނުގައި ޝާން މަސައްކަތް ކުރެއްވިއެވެ. މި ހުރިހާ ކަމެއްގެ ތެރޭގައި އާދިލާވެސް ޝާމިލު ވެގެން އުޅުނެވެ.

ވަކިނުވިނަމަ… (5)

ކިޔާފައިވާ ޢަދަދު: 3686
 
މުޙައްމަދު ޤާސިމް، އއ. މަތިވެރި
(3 ނޮވެމްބަރ 2013 (އާދީއްތަ) ދުވަހު ޝާއިޢުކުރިބަޔާ ގުޅޭ)
“ނޭނގޭ!” އިހުސާން ފުންމައިގެން ތެދުވެއްޖެއެވެ. “ނޭނގޭ! އެނގޭނަމަ ތިގޮތަކަށް ކަންތަކެއް ނުކުރާނެ! ކުރާކަށް ނުވެސް ކެރޭނެ!”
“އިހޫ! ޕްލީޒް! ރުޅިމަޑުކޮށްބަލަ! އެވާހަކަ ދައްކާނަމޭ! އަހަންނަށް ވެސް ވަގުތުކޮޅެއް ދީބަލަ!” ރަޝާޤާ ވާހަކަދެއްކީ ވަރަށް މަޑުންނެވެ. އިހުސާނަށް ވިސްނައިދޭން އުޅޭ ކަހަލަ ގޮތަކަށެވެ.

ކުދިވާހަކަ (23)

ކިޔާފައިވާ ޢަދަދު: 5435

އެތަނާއި މިތަނުން

ކުދިވާހަކަ (23)

ނުބައިނިޔަތެއް ނުފޮރުވޭނެ.

 ޢައްބާސް އިބްރާހީމް

ކޮންމެވެސް ޒަމާނެއްގައި އުޅުނު މުސްކުޅި ފަގީރު އަންހެނަކު އެއް ވިލެޖުން އަނެއް ވިލެޖަށް ހިނގާފައި ދަތުރުކުރަމުން ދިޔައެވެ. އަބަދުވެސް އޭނާގެ ބޯމަތީގައި ފޮތިގަނޑަކުން އައްސާފައިވާ ބޮޑު ބަންޑެއްޔެއް އުފުލަމުންގެންދެއެވެ. އެބަންޑެލި އުފުލަން އުނދަގޫވެގެން ވަރަށް ގިނަފަހަރަށް އޭނާ ތަންތާނގައި މަޑުކޮށްލައިގެން އަރާމުކޮށްލަންވެސް އިނދެއެވެ.