ޙައްޖު ދަތުރު

ކިޔާފައިވާ ޢަދަދު: 5298
ޢަބްދުﷲ ޞާދިޤު

ޢަބްދުﷲ ބުނު މުބާރަކަކީ މާތްކަމަށް މަޝްހޫރުވެގެންވާ ބޭކަލެކެވެ. ވަރަށް ބޮޑު ޢިލްމުވެރިއެކެވެ. އަދި ނުހަނު ހެޔޮ ލަފާ ބޭކަލެއްމެއެވެ. އޭގެ އިތުރަށް ބޮޑު މުދާވެރިއެއްވެސް މެއެވެ.

އެއްއަހަރަކު ޢަބްދުﷲ ބުނު މުބާރަކު ޙައްޖަށް ވަޑައިގަތުމަށް ގަސްތު ކުރައްވައިފިއެވެ. ދެން ޚާދިމު ގޮވައިގެން މާތްވެގެންވާ މައްކާއާ ދިމާއަށް މިސްރާބު ޖައްސަވައިފިއެވެ.

ކަރުނަ ތިކި (6)

ކިޔާފައިވާ ޢަދަދު: 4021

ޙަސަން ނަޖުމީ

(16 ސެޕްޓެމްބަރ 2013 (ހޯމަ) ދުވަހު ޝާއިޢުކުރި ބަޔާ ގުޅޭ)
“އޭނަ އުޅުނީ ތިބޭފުޅާއާ ބެހޭ ކަންތައް އަޅުގަނޑުގެ ގާތުން އޮޅުން ފިލުވުމަށް. އޭނަ ހީކުރީ ހުރިހާ ކަމެއްވެސް އަޅުގަނޑަށް އެނގޭ ކަމަށް. މި ދެތިން ދުވަހަކުން  އަޅުގަނޑަކަށް  މާގިނަ ކަމެއް ނޭނގޭނެ ކަމެއް އޭނައަކަށް ނުވިސްނުނު. އަދި އަޅުގަނޑު އެހެން ބުނީމަ  ގަބޫލެއް ވެސް ނުކުރި.”

ޢަންދަލުސްގެ އަމީރާއި ޢީސާއީއެއް

ކިޔާފައިވާ ޢަދަދު: 5083
ޢަބްދުﷲ ޞާދިޤު
“މާތް ޢިއްޒަތްތެރިޔާ ކަލާ މިހިސާބަށް ވަޑައިގަތުމުގެ އުނދަގޫ ތިޔަ އުފުލެއްވީ ކޮންކަމަކާތޯ؟” ރަސްގެފާނު ތެދުވެވަޑައިގެން ޢީސާއީ ފާދިރީއާ އިސްތިޤްބާލް ކުރައްވަމުން ވިދާޅުވިއެވެ.
“މާތް އަމީރުއެވެ! ތިޔަބޭފުޅުން އަޅުގަނޑުމެންގެ ފައްޅިހުރި ތަނާ ގުޅިފައިވާ ހުސްބިމުގައި މިސްކިތެއް ބިނާކުރައްވަން އުޅުއްވާ ޚަބަރު އަޅުގަނޑު އެހިން. އެއީ ތެދެއްތޯ؟” ޢީސާއީ ފާދިރީ ދެންނެވިއެވެ.

ސަރާ (53)

ކިޔާފައިވާ ޢަދަދު: 5966
(15 ސެޕްޓެމްބަރ 2013 (އާދީއްތަ) ދުވަހު  ޝާއިޢުކުރި ބަޔާ ގުޅޭ)
ނަޝާގެ ކައިވެންޏަށް ތައްޔާރުވެފައިވާ ފަސީޙަކީ މަދުރަސީ ދައުރުގައި ކޮންމެވެސް ވަރަަކަށް ނަޝާޔާހެދި އުޅުނު ކުއްޖެކެވެ. ނަމަވެސް އެއްވެސް ފަހަރަކު އޭނާ ނަޝާދެކެ ލޯބިވާ ކަމެއް ނަޝާއަކަށް ނާންގައެވެ. މިހާރު ރޭވެމުންދަނީ އެކަނި ނަޝާގެ ކައިވެންޏެއް ނޫނެވެ. އެޢާއިލާގެ ތެރެއިން މިހާރު އެހެން ކަމެއްވެސް ފެށިގެން ކުރިޔަށް އެބަދެއެވެ. އާދެ! ޑޮކްޓަރ ޝީކާއާއި ނިޔާޒްގެ ގުޅުމުގައި ލޯބީގެ ކުލަ ޖެހިއްޖެއެވެ. މިހާރު އެދެމީހުން އެކުގައި ތަންތަނަށްދާތަންވެސް ފެންނަން ފަށައިފިއެވެ.
  

ބޯތައް ކަނޑާލަންޖެހޭތަ؟

ކިޔާފައިވާ ޢަދަދު: 5104

އެތަނާއި މިތަނުން

ކުދިވާހަކަ (16)

ބޯތައް ކަނޑާލަންޖެހޭތަ؟

 ޢައްބާސް އިބްރާހީމް

ޖޯޖް ބާރނާޑް ޝޯއަކީ ރީތިއެއްޗެއްސަށް    ލޯބިކުރައްވާ ބޭފުޅެކެވެ. އަދި އޭނާގެ ގޭގައިވެސް ރީތި އެއްޗެހި ބަހައްޓަވައިގެން އުޅުއްވާ ބޭފުޅެކެވެ. އަދަބިއްޔާތާއި، ރީއްޗަކީ މީހެއްގެ ޙަޔާތަށް އެންމެ ބޭނުންތެރި ދެފަންނުކަމުގައި އޭނާ ވަރަށް ބޮޑަށް ދެކެވަޑައިގަންނަވައެވެ.

ކަރުނަ ތިކި (5)

ކިޔާފައިވާ ޢަދަދު: 4035
ޙަސަން ނަޖުމީ

(9 ސެޕްޓެމްބަރ 2013 (ހޯމަ) ދުވަހު ޝާއިޢުކުރި ބަޔާ ގުޅޭ)

އަނެއްކާވެސް އާދިލާއަށް ނިދުނީއެވެ. ހޭލެވުނުއިރު އެތާނގައިތިބީ އޭނާ އެކަންޏެއް ނޫނެވެ. ޝާން އޭނާގެ ކާރީ ގުދުވެވަޑައިގެން އޭނާގެ ރީނދޫ ވެފައިވާ މޫނަށް ބައްލަވަން ހުންނެވިއެވެ.

“މިހާރު ކިހިނެއްތަ؟ ކުޑަކޮށް ރަނގަޅު ދޯ؟”

ސަރާ (52)

ކިޔާފައިވާ ޢަދަދު: 5972
މޫސާ ޞާޢިދު
(8 ސެޕްޓެމްބަރ 2013 (އާދީއްތަ) ދުވަހު    ޝާއިޢުކުރި ބަޔާ ގުޅޭ)

ނަޝާ ގެއަށްއައިސް ވަނީ އެވަގުތުއެވެ. އޭނާ ސަރާއާ ދިމާއަށް ބަލައިވެސް ނުލައި ގޮސް ސޯފާގައި އިށީނެވެ.
   
“ނަޝާ…ކިހިނެއް؟” ސަރާ ނަޝާއަށް ގޮވާލިއެވެ. ނަޝާ ސަރާއާ ދިމާއަށް ބަލައިވެސް ނުލިއެވެ. އޭނާ އަނގަޔަށް ވައްތަރެއް ޖައްސާލުމަށްފަހު، އަނެއް ފަރާތަށް އެނބުރުނެވެ.
   
“ނަޝާ ކީއްވެތަ ފަހަރިއާ އަނގައިން ނުބުނެ ތިހުރީ. ކޮންކަމަކާތަ ރުޅިއައިސްފައި ތިހުރީ؟”  ޒާހިދާ ނަޝާގެ މޫނަށް ބަލަން ހުރެފައި އެއްސެވެ.

“އިނބަ”ގެ ޙަޤީޤަތަކީ ކޮބާ؟

ކިޔާފައިވާ ޢަދަދު: 8842

ހައްދުންމަތީ ބަހުރުވައިގެ ޚާއްޞިއްޔަތުގެތެރެއިން

“އިނބަ”ގެ ޙަޤީޤަތަކީ ކޮބާ؟

ޢަބުދުލްޢަޒީޒު ޖަމާލު އަބޫބަކުރު (މާޒީ)

އަޅުގަނޑުމެންގެ ފަޚުރުވެރި ދިވެހިބަހަކީވެސް އެހެން ބަސްބަހުގެ ޠަބީޢަތާ އެއްގޮތަށް ހެދި ބޮޑުވަމުން ތަރައްޤީވަމުން އަންނަ ބަހެކެވެ. އަދި މިބަހުން ވާހަކަދައްކާ މުޖުތަމަޢެއް ދިރިއުޅޭ ތަނަކާއި ޙާލަތަކާއި އެ ބަޔެއްގެ ފެންވަރާ ގުޅިގެން އެކި ސަރަޙައްދުތަކުގައި ވެސް ތަފާތުތަކެއް ހުންނަ ބަހެކެވެ. ޖުޣުރާފީގޮތުން އެ މުޖްތަމައެއް ދިރިއުޅޭ ތަނަކާއި ދަތުރުފަތުރާއި މުޢާމަލާތުގެ ދުރު ގާތްމިނާއި ތަޢުލީމީ ފެންވަރުގެ ސަބަބުން މި ތަފާތު ބޮޑުވެ ކުޑަވުމަށް މަގުފަހިވަމުން އަންނަ ބަހެކެވެ. މިއީ ދުނިޔޭގެ ހުރިހައި ބަހެއްގެ ވެސް ޠަބީޢަތެވެ. މި ދެންނެވި ތަފާތަށް އަދަބިއްޔާތުގެ ޢިލްމުވެރީން ނުވަތަ ބަސްވާރުން ދީފައިވާ ނަމަކީ ‘ބަހުރުވަ’އެވެ.

ވަޢުދަށް ތެދުވެރިވުން

ކިޔާފައިވާ ޢަދަދު: 5170
ޢަބްދުﷲ ޞާދިޤު
މުޣަލް އެމްޕަޔަރުގެ ރަސްކަލެއް ކަމުގައިވާ އަކުބަރުގެ ރަސްކަމުގެ ދުވަސްވަރު ރާޖުޕޫތު ސަރުދާރަކު ސަރުކާރާ ދެކޮޅުވެރިވެއްޖެއެވެ. އޭނާ ރައްޓެހިންކޮޅަކާއެކު ޖަންގައްޔަށްވަދެ ފިލައި ރައްކާވެއްޖެއެވެ. ރަސްގެފާނު އޭނާ ހިފައި ހައްޔަރުކުރައްވަން އުޅުއްވަ އުޅުއްވާވެސް އޭނާ އަތުލެއްވޭ ގޮތެއް ނުވިއެވެ. ރަސްގެފާނު ވަރަށްބޮޑަށް މަސައްކަތް ކުރައްވާވެސް ވެވަޑައިގަތީ ނާކާމިޔާބެވެ. ދެން ރަސްގެފާނު އިޢުލާނު ކުރެއްވިއެވެ. އެ ބާޣީ ސަރުދާރު ހައްޔަރުކޮށްގެން ގެނެސްދިން ކޮންމެ މީހަކަށް ހިތްފުރެންދެން އިނާމުދެއްވާނަމެވެ.

ބަސް ދަބަސް

ކިޔާފައިވާ ޢަދަދު: 5611

މަޑަވެލީ އަލީ ނަސީރު
ކުޑަވެސް ޝައްކެއް ނެތެވެ. ބަހަކީ، ދިރުން ލިބިގެންވާ އެއްޗެކެވެ. އެހެންނަމަވެސް ބަހަށް ލިބިފައިވާ ދިރުމަކީ، އިންސާނުންނާއި، ޖިންނިޝައިޠާނުންނާއި، މާމެލާމެއްޔާއި، ގަސްގަހާގެއްސާއި، މަސްމަހާމެއްސާއި، މިނޫނަސް މިފަދަ ތަކެއްޗަށް ލިބިފައިވާފަދަ އާދެ! ހެލިފެލިވެ، އުފެދިބޮޑުވެ، ނުވަތަ ޙަރަކާތްކުރުން ފަދަ ދިރުމެއް ނޫނެވެ. ބަހަށް ލިބިފައިވާ ދިރުމަކީ، ތަރައްޤީ އާއި، ކުރިއެރުމާއި، ބުރުސޫރަ އާއި، އޮމާންކަމާއި، އަޑުމަޚްރަޖަ އާއި، ޒަމާނާއި އެއްގޮތަށް އަންނަމުންދާ ބަދަލުތަކާއި، އަޚްލާޤިއްޔާތާއި އާއި، އަދަބިއްޔާތުގެ ސިފަތަކެވެ.