އެތަނާއި މިތަނުން (4)

ކިޔާފައިވާ ޢަދަދު: 5951
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

ކުދިވާހަކަ (4)

ރޭގަނޑު ނިމެނީ ކޮންއިރަކު؟

ޢައްބާސް އިބްރާހީމް

ކުރީޒަމާނެއްގައި އުޅުނު ޔަހޫދީ ފާދިރީއެއްގެ ވާހަކައެއް އޮވެއެވެ. އެއްދުވަހަކު އިރުނާރަނީސް ދުނިޔެމަތި އަނދިރިކޮށްއޮއްވައި އޭނާގެ ދަރިވަރުން އެއްކުރިއެވެ. އަދި އެކުދިންނާ ސުވާލެއްކުރިއެވެ.
“ރޭގަނޑު ނިމެނީ އަދި ދުވާލު ފެށެނީ ކޮންއިރަކުކަން ކަލޭމެން ބުނެދޭނީ ކިހިނަކުންހެއްޔެވެ؟”

އޭ ހަނދާ ދުށީމުހޭ

ކިޔާފައިވާ ޢަދަދު: 4690
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ރާގު: މައިނެ ޕޫޗަ ޗާންދްސޭ
ޢަބްދުއްރަޝީދު ޙުސައިން
އޭހަނދާ ދުށީމުހޭ މަގޭ ހަނދަށްވުރެން
          ރީތި ނަލަ ހަނދެއް ވަކިން
                ޗާލުހަނދުހުވާ ވީނިވާ ބުނެލަދުން
                         ނެތޭ ނެތޭ ނެތޭ …..
ރީތިކަން ތިލޯބިވާގެ ދެކެފާ
          ތިޔަ ބަލައިލުމުން މިހިތްފުރައިފާ
               މާމަލަށް މިސާލުދޭށެ    ބުނެފިން

ހިމޭން ޝަކުވާ (2)

ކިޔާފައިވާ ޢަދަދު: 5387
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

ޢައްބާސް އިބްރާހީމް
(25 ޖޫން 2013 (އަންގާރަ) ދުވަހު ޝާއިޢުކުރި ބަޔާ ގުޅޭ)
އަނެއްކާވެސް އެއްކަލަ މީރުވަސް އަޅުގަނޑުގެ ވަށައިގެން ފެތުރިގެން ދިޔައެވެ.  އެއަސަރުގައި އަޅުގަނޑު “މަސްތު” ވެފައި އިންއިރު، ޝީރީން ކޮޓަރީން ނިކުމެގެން ދިޔަވަގުތު އޭނާގެ ތުންފަތުގެ އެއްމިޔަކަނުން ހިނިތުންވުމެއް ފެނުނުކަމަށް އަޅުގަނޑަށް ޝައްކު ކުރެވުނެވެ.   އެކަމަކު…….. އެއީ ހަމައެކަނި އަޅުގަނޑަށް ހީވިގޮތް ކަންނޭނގެއެވެ. އަދި އެއީ ހަމަ ޙަޤީޤަތެއްނަމަ……. އެއްމިޔަކަނުން ހިނިތުންވުމެއް……. އަނެއްކާ އެއީ ކީއްވެގެން ގެނައި ހިނިތުންވުމެއް ބާވައެވެ.  އަޅުގަނޑުގެ ޙައިރާންކަން ހައްތާވެސް ދިޔައީ އިތުރުވަމުންނެވެ.  

ހަމައެކަނި ވިދާޅުވެލެއްވުމަށް….(13)

ކިޔާފައިވާ ޢަދަދު: 6077
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

ކާޑުގެ އުޞޫލު ކެނޑިއްޖެ

އެކްސްޕޯރޓް މުދަލަށް ކާޑު

(“ފަތިސް”ގެ ސްޓާފް ރިޕޯޓަރ)

ރާއްޖެތެރެއަށް އޮތް ކާޑުގެ އުޞޫލު އިއްޔެއިން ފެށިގެން ދޫކޮށްލައްވައިފިއެވެ. މިއީ، އަޅުގަނޑުމެން އުފަލާއެކުމަރުޙަބާ ކިޔަންޖެހޭ ކަމެކެވެ. ދައުލަތުން އަޅުގަނޑުމެންނަށްޓަކައި އަޅުއްވައިދެއްވާ ފައިދާހުރި ފިޔަވަޅުތަކުގެ ތެރެއިން ފާހަގަ ވެވޭ މުހިންމު ފިޔަވަޅެކެވެ.
 

ހިމޭން ޝަކުވާ

ކިޔާފައިވާ ޢަދަދު: 5500
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ޢައްބާސް އިބްރާހީމް
މަގުމަތިން ވަޑައިގަންނަވާއިރު ތިޔަބޭފުޅުންނަށް ވެސް އަޅުގަނޑުމެންގެ އޮފީސް ފެނިވަޑައިގަންނަވާނޭ ކަމަށް ހީކުރަމެވެ. ރަށުގެ އެންމެ ގިނަ މީހުން އައިސްއުޅޭ ޝޮޕިންގ އޭރިޔާއާއި ވަރަށް ގިނަ އޮފީސްތަކެއް ވެސް ހުންނަ ހިސާބެއްގައި އަޅުގަނޑުމެންގެ އޮފީސް ހުންނާތީއެވެ. އަދި ވަރަށް ރީތި ނޫކުލައިގެ އެކްރިލިކް ޝީޓެއްގައި ހުދު އަކުރުތަކަކުން “ޝާހިދު އެންޑް ޝަހީދު ސޮލިސިޓަރސް” ގެ ނަން ލިޔެވިފައިވާ ނަންބޯޑެއް މަގުމައްޗަށް ފެންނާނޭހެން ހަރުކޮށްލާފައި ހުންނާނެތީއެވެ. 

ކޯރސިކާގެ އަސްތަބީލާއަކުން – މިސުރުގެ ސިންގާ ސަނާ އަށް (15)

ކިޔާފައިވާ ޢަދަދު: 5235
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

سلطان ركن الدين بيبرس

ކަނީރު ޢަބްދުއްރަޙީމް (ކަނީރު)

(17 ޖޫން 2013 (ހޯމަ) ދުވަހު ޝާއިޢުކުރި ބަޔާ ގުޅޭ)
ނަސްރާނީ ސައުދާގަރު ތާތާރީ ކޭމްޕަށް ދިޔަ ވާހަކަވީ ބީބަރަސް އަށް ވަރަށް ބޮޑު ވާހަކަ އަކަށެވެ. އެކަމާބެހޭ އިތުރު ތަފްސީލު ހޯދުމަށް އޭނާގެ ޖާސޫސުން ފަރާތްފަރާތަށް ފޮނުވައިގެން މަސައްކަތްތަކެއް ކުރަންފެށީ އެވެ. އެއާއި އެކު ޚުދު ބީބަރަސް ވެސް ޣައްޒާ އަށް ދިޔައީ އެވެ.
ބީބަރަސް ޣައްޒާއަށް ދިޔަތާ ހައެއްކަ ރޭގެ ފަހުން އެއް ރެޔަކު މެންދަމު މޭރިއޭންގެ ކޮޓަރީ ދޮރުގައި މީހަކު ޓަކިދިނެވެ. މޭރިއޭން އަށް ހޭލެވުމާއެކު ހިސާބަކަށް ކަންބޮޑުވިއެވެ. އެއީ މިހާ ދަންވަރު ބީބަރަސް ރަށުގައި ނެތީސް އޭނާގެ ކޮޓަރި ދޮރުގައި ޓަކި ދޭނެ މީހަކު ހުރެގެން ނުވާނެތީ އެވެ. އެކަމަކު ވެސް މަޑުމަޑުން އެނދުން ތެދުވެގެން އައިސް ދޮރުކަރިއަށް ހުއްޓުނެވެ. އޭރު ޓަކިދިނުމުގެ ދޭތެރެ އަވަސްވެ ބާރަށް އެމީހަކު ދޮރުގައި ތަޅަންވެސް ފަށައިފިއެވެ. އެ ވަގުތު އަންހެން އަޑަކުން ހަޅޭއްލަވައިގަތް އަޑާއެކު ކުއްތާ ވަރަށް ގަދައަށް ވޭނީ އަޑަކުން ހަޅޭއްލަވައިގެންފައި އަޑު ކެނޑިއްޖެއެވެ. އެ އަންހެނަކަށް ވާނީ ހިގާޒިޔާ އޭ  މޭރިއޭން ހިތަށް އެރިއެވެ.

ސަރާ (45)

ކިޔާފައިވާ ޢަދަދު: 5548
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
މޫސާ ޞާޢިދު، މަރަދޫ
(16 ޖޫން 2013 (އާދީއްތަ) ދުވަހު ޝާއިޢުކުރި ބަޔާ ގުޅޭ)

“މިބުނީ ތަހުޒީބު ގޮތްތައް ނުހުންނާނެ ވާހަކަ.” އެއީ ރާއްޖެތެރެ ޝިފްޒާ މާނަކުރާ ގޮތްކަން ނޭނގެއެވެ. އެ ގޮތަށް މާލެ އުފަން ވަރަށްގިނަ މީހުން މާނަކުރެއެވެ.

“ތަހުޒީބޭ! މާލެ ތަރައްޤީކޮށް ތަހުޒީބު ކުރަނީ ކޮންބައެއްތަ؟ ޝިފްޒާ ވެސް ތިޔަ ވަރަށް ބޮޑާވާކަށް ނުވާނެ. ތިޔަ ގޮތަށް ބޮޑާވުމަކީ ވަރަށް ހުތުރު، އަހަރެން ވަރަށް ނުރުހޭ ސިފައެއް. ތިޔަ ގޮތަށް ބޮޑާވާ މީހުންނަކީ ތަޞައްރުފް ނުފުދޭ މީހުންގެ ގޮތުގައި އަހަރެން ދެކެނީ. އޭގެ މީހެއް ޝިފްޒާއަކީ ވެސް. ޝިފްޒާމެން ތަރައްޤީ މާނަކުރާ ގޮތް ވެސް އަހަންނަށް އެނގޭ. ޝިފްޒާމެން މާނަކުރާ ތަހުޒީބާއި ތަރައްޤީއަކީ އޮރިޔާން ހާމަ ހެދުން ލައިގެން އުޅުން. ރާއްޖޭގެ ގިނަ ރަށްތަކުން އަހަރެމެންނަށް ފެންނަނީ ހާދަ ނިވާކަންބޮޑު ތަހުޒީބީ ހެދުން އަޅައިގެން ތިބޭ ކުދިންނޭ. އަހަރެން ދެކެން ބޭނުންވާ ތަރައްޤީއަކީ އެއީ. ޝިފްޒާ ވެސް ބުރުގާ އަޅަން އަހަންނަށް ފެންނަނީ…” ޢިމްރާން ބުންޏެވެ.

ޅެމާއިލަވައިގެ ތަފާތު

ކިޔާފައިވާ ޢަދަދު: 6258
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ޢަބްދުއްރަޝީދު ޙުސައިން
ޅެމާއި ލަވަޔާ މިއީ އެކައްޗަކަށް ކިޔާ ދެ ނަން ހެއްޔެވެ؟ ނޫނީ މިއީ ތަފާތު ދޭއްޗެއް ހެއްޔެވެ؟ ދިވެހި ބަހުގެ އުސްތާޛު ޝައިޚް މުޙައްމަދު ޖަމީލު ދީދީ، އެމަނިކުފާނުގެ “ޅެމާއި ޅެންވެރިކަން” މިފޮތުގައި ޅެމަކީ ކޮން އެއްޗެއް ކަމާއި ލަވަޔަކީ ކޮބައި ކަމާއި އަދި ޅެމާއި ލަވައިގެ ތަފާތު ވިދާޅުވެ ދެއްވައިފައި ވެއެވެ. ވަރަށް ފަސޭހައިން ވިސްނޭ ގޮތަށެވެ. އަޅުގަނޑުގެ މި ލިޔުމުގައި އާންމުކޮށް މި ވަނީ އެމަނިކުފާނު އެ ފޮތުގައި ލިޔުއްވައިފައިވާ ވާހަކަ ތަކެވެ. ފިލާވަޅެވެ.

ހެޔޮބަސް

ކިޔާފައިވާ ޢަދަދު: 2937
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

ޙަސަން ޒާހިރު،  ޢަންދަލީބު، ހއ. އިހަވަންދޫ

އަމާޒެއްނެތި ތިހެން އަމުދުން ނުވާނެކުރަން ތިމާ ތި ސަފަރު
                 އަމާން ބަނދަރެއް ނުފެނި ކަނޑުގައި ބަނޑަށްޖެހިގެން ވެދާނޭ މަރު

މިތާމަރުވާނެކަން އެނގިގެން ހިތަށް ވަނުމެއްނުވާ ނަމަ ޑަރު
                 ހިތާ ހަށިގަނޑު ފުރޭ މަސްތުން، ހިލައިގެ ގޮތަށް ވުމުން ހިތް ހަރު

އެތަނާއި މިތަނުން (3)

ކިޔާފައިވާ ޢަދަދު: 5392
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

ކުދިވާހަކަ (3)

ބިންމަތީގައި ނުވަތަ ހިލަގަނޑެއްގައި ލިޔެލާށެވެ!

ޢައްބާސް އިބްރާހީމް

ދަތުރުކުރަމުން ދިޔަ ދެ އެކުވެރީންނެވެ.  ދަތުރުމަތީގައި ދެ މީހުންގެ މެދުގައި ދެބަސްވުމެއް ހިނގަން ދިމާވެއްޖެއެވެ. އަދި އެ ތަނުން އެކަކު އަނެއް މީހާ ގައިގައި ވަރަށް ބާރަށް ޖަހައިފިއެވެ. އެ ޖެހުމުގެ ސަބަބުން ޖެހެވުނު މީހާއަށް ވަރަށް ބޮޑަށް ތަދުވިއެވެ. ނަމަވެސް އޭނާ ހަމަ އެއްވެސް އެއްޗެއް ނުބުނެއެވެ. އޭނާ ކުރިހާ ވެސް ކަމަކީ އަންނަނިވި ޢިބާރާތް ބިންމަތީގައި ލިޔެލުމެވެ. “އަހަރެންގެ އެންމެ ގާތް އެކުވެރިޔާ މިއަދު އަހަރެން ގައިގައި ޖަހައި ތަދުކޮށްލައިފި އެވެ.”