ސަގާފީ ފޯރި

ކިޔާފައިވާ ޢަދަދު: 2743
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ކަނީރު ޢަބްދުއްރަޙީމް (ކަނީރު)
           ރޯދައިގެ ރޫޙާނީއުފާ އެކި ވަކި   ކަތުން އެކިމިންވަރަށް
                    ހޯދައި ފިތުރުއީދާއި އެކީ   ގިނަބަޔަކު އެހަނދާން ފުހެލަނީ

           މީވެސް ސަގާފަތުގައި ވަރަށް  ފާހަގަކުރަން ބޭނުންކަމެއް
                   މީވެއްޖެ އަޅުކަމަކަށް ވުރެން    މަޖަލާއިކެއުމަކަށް ބުނެވެނީ

ބަފައެއްކަހަލަ ބޭބެއެއްގެ ސިޓީއެއް (ފުރަތަމަ ބައި)

ކިޔާފައިވާ ޢަދަދު: 8364
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ތަރުޖަމާ:  އަޙްމަދް ސަމީރު ޢަލީ

މިއީ މީގެ 80 ވަރަކަށް އަހަރުކުރިން ސޫރިޔާ/ ސީރިޔާގެ އިލްމުވެރި ބޭފުޅަކު ލިޔުއްވި ސިޓީއެކެވެ.  މި ސައިޓުގައި ޒަމާންވީ ދިވެހި ލިޔުން ގެނެސްދެވޭފަދައިން، ޒަމާންވީ އަރަބި ލިޔުމެއްވެސް ކިޔުންތެރިންނަށް ހަދިޔާ ކޮށްލާހިތްވީއެވެ. އެޒަމާނުގައި އެމީހުން ބިރުން އުޅުނު ކަންތަކާއި، އަމިއްލަ ބަހާއި ދީނާއި ސަގާފަތަށް ލިޔުންތެރިޔާގެ ހިތުގައި އޮތް ގަދަރާއި ކުލުނު ވަރަށް ރީތިކޮށް ހާމަވެއެވެ. އަޅުގަނޑުގެ ބޭނުމަކީ އެޒަމާނުގެ އަރަބި ދުނިޔެއަށް ކުޑަދޮރެއް ހުޅުވައިދިނުމެވެ.———-   ސަމީރު

 

ކެހިވެރި ލޯބި

ކިޔާފައިވާ ޢަދަދު: 7889
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

ކުރުވާހަކަ

ކެހިވެރި ލޯބި

ތަރުޖަމާ: ޢަބްދުﷲ ނަޢީމު އިބްރާހީމް

“ތިޔައީ އަހަރެންގެ ދިރިއުޅުމަށް އައި އެންމެ ފުރަތަމަ އަދި އެންމެ ފަހުގެ ލޯބިވެރިޔާ. އަހަރެން މީގެ ކުރިން ދުވަހަކުވެސް މީހަކު ދެކެ ލޯތްބެއް ނުވަން.” އޭނާ ފުރިހަމަ އިތުބާރާއެކު ބުނެލިއެވެ. އޭނާ އަހަރެންގެ އަތުގައި ހިފައިގެން ކާރާ ދިމާއަށް ހިނގައިގަތީވެސް އެހާމެ ފުރިހަމަ އިތުބާރަކާ އެކުގައެވެ. ހިނގައިގަންނަމުން އޭނާ ބުންޏެވެ. “އަވަހަށް ހިނގާ… މިހާރު މާބޮޑަށް ލަސްވެއްޖެ.”
އޭނާ ކާރުގެ ކުރީ ގޮނޑީގައި އިށީނދެއްޖެއެވެ.

ރޯދަ ހަދިޔާ – (ހަލީސާ -6)

ކިޔާފައިވާ ޢަދަދު: 4081
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

ފާޠިމަތު ޒާރާ

މި ގެ ކުއްޔަށް ދޭނީ ދަރިއަކު ނެތް މީހަކަށް

ގޭގެ ވެރިމީހާ އޭނާގެ ގެ ކުއްޔަށް ދޭން ބޭނުންވިއެވެ. އަދި ގެ ކުއްޔަށް ހިފާނެ މީހަކު ހޯދަންވެގެން ގޭގެ ބޭރު ދޮރުގައި މަގުމަތިން ދާ މީހުންނަށް ފެންނާނެހެން ލިޔުމެއް ތަތްކުރިއެވެ. އޭގައި ގެ ކުއްޔަށް ދޭ ވާހަކަ ބަޔާންކުރުމަށްފަހު ލިޔެފައިވެއެވެ. “ދަރިން ނެތް މީހުންނަށް އެކަނި.” މާނައަކީ އެ ގެ އޭނާ ކުއްޔަށް ދޭން ބޭނުންވަނީ އެއްވެސް ދަރިއަކު ނެތް މީހަކަށެވެ. ދުވަސްގަނޑަކަށް ފަހު އެ ގެ ކުއްޔަށް ހިފަން ބޭނުންވެގެން ފިރިހެން ކުއްޖަކު އައިސް ގޭގެ ވެރިމީހާއާ ބައްދަލުކުރިއެވެ.
“މި ގެ އަހަންނަށް ކުއްޔަށް ދޭންވީނުން. އަހަރެންގެ ހުންނަނީ ހަމައެކަނި މަންމަ އަކާއި ބައްޕައަކާއި ދައްތައެއް.”
 

މަތިވެރިވި މާތް ދަރުބާރުގައި ހުންނަން ޖެހޭނެ!

ކިޔާފައިވާ ޢަދަދު: 5948
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ޙަސަން ޝާކިރު މުޙައްމަދު
މަތިވެރިވި މާތް ދަރުބާރުގައި ހުންނަން ޖެހޭނެ ސަމާލުވޭ!
                ދަތިކަން މިއަދު ކުރިމަތިވިޔަސް އަޒުމާއެކީ ހުޝިޔާރުވޭ!
                    * * * * * * * * *
ދުނިޔޭގެ މަދު ޢުމުރުގެތެރޭ މިލިބޭ ނަސީބުގެ ވަގުތުގައި
    އުނިކޮށް ނުލައި ވަގުތަށް ސަމާލުވެ ދަރުމައެދި ހެޔޮ ނިޔަތުގައި
          ކުރި އެންމެހައި ޢަމަލަށް ޖަޒާ ލިބެވޭނެޔޭ އިންސާފުގައި
                މަތިވެރިވި މާތް ދަރުބާރުގައި ހުންނަންޖެހޭނެ ސަމާލުވޭ!

އިނާމު

ކިޔާފައިވާ ޢަދަދު: 8756
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

ކުރުވާހަކަ

އިނާމު

ޢަބްދުﷲ ނަޢީމު އިބްރާހީމް

ނޫހުގެ ފަރާތުން އަހަންނާ ބައްދަލު ކުރަން އައީ ޒުވާން ރިޕޯޓަރެކެވެ. އުމުރުން ވާނީ ވިއްސަކަށް އަހަރެވެ. މޫނުމަތިން ފެންނާން ހުރީ ޖެހިލުން ކުޑަ ކަމާއި، އުފާވެރިކަމުގެ އަސަރެވެ.
އަހަންނާ ބައްދަލު ކުރުމަކީ ފަސޭހައިން ކުރެވޭ ކަމެއް ނޫނެވެ. ނޫސްވެރިޔަކަށް ވިޔަސް، ޢާއްމު މަގުހިނގާ މީހަކަށް ވިޔަސް، ނުވަތަ ސަރުކާރުގެ ބޮޑަކަށް ވިޔަސް، އަހަންނާ ބައްދަލު ކުރަން ޖެހެނީ އެތައް ދުވަހެއް ކުރިން ވާހަކަ ދައްކައިގެން ވަގުތު ހޯދައިގެންނެވެ.

ރޯދަ ހަދިޔާ –(ހަލީސާ -5 )

ކިޔާފައިވާ ޢަދަދު: 4178
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ފާޠިމަތު ޒާރާ

ކާފަ ނިޔާވިއިރު ދޫކޮށްލީ ކޮންއެއްޗެއް؟

އެއްދުވަހެއްގައި ތިން ރަޙުމަތްތެރިއަކު ދެއްކި ވާހަކައެކެވެ.

ފުރަތަމަ ކުއްޖާ: އަހަރެންގެ ކާފަ ނިޔާވިއިރު ކާފަ ދޫކޮށްލާފައިދިޔަ މުދަލުގެ ތެރޭގައި 10 މިލިއަން ޑޮލަރު ހިމެނެއެވެ.

ނަމާދު

ކިޔާފައިވާ ޢަދަދު: 3051
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

ރޯނުގޭ ޙަސަން މަނިކު

ނަމާދޭ އެއީ އެންމެ  މާތް  އަޅުކަމޭ
             އަމާންކަން ދެ ދުނިޔޭގެ  އޮތް  އަޅުކަމޭ

މަކާރިމާ ރީތިއަޚުލާޤު މާތްމީ،
    ސުލޫކު ދަސްވާނެ މަގު އެދެވިގެންވީ
          އަލިކުރަމުން، ފަހިކުރަމުން އަންގައިދޭ އަޅުކަމޭ
             ނަމާދޭ…

ރިތިކް ރޯޝަން

ކިޔާފައިވާ ޢަދަދު: 7744
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

ޢަބްދުﷲ ނަޢީމް އިބްރާހީމް
މަންމަ ގެ ރުޅި މިހާރު ހުރީ އިންތިހާ އަށް އަރައިފައެވެ. އެހެންވީމާ އެންމެ ރަނގަޅު ވާނީ އަނގައިން ނުބުނެ ހުރުމެވެ.
“ކަލޭމެންނަކަށް ފިލްމު ބެލުން ނޫން ކަމެއް ކުރެވޭ ކަމަކަށް ނުވޭ- ކޮންމެވެސް ހީނާއެއް ނޫނީ އެހެން ކޮންމެވެސް އެއްޗެއް ނުބަލައެއް ލޮލަކަށް ނިންޖެއް އަންނަ ކަމަކަށް ނުވޭ-” މަންމަ އެއްޗެތި ގޮވަމުން ދިޔަ އެވެ.

ރޯދަ ހަދިޔާ – (ހަލީސާ -4 )

ކިޔާފައިވާ ޢަދަދު: 4193
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ފާޠިމަތު ޒާރާ

ލޯނު ނުދެއްކުމަކީވެސް ފައިދާއެއް

މީހަކު ބޭންކުން ލޯނެއް ނަގައިގެން ވަރަށް އަގުބޮޑު ކާރެއް ގަތެވެ. ކޮންމެ މަހަކު ލޯނަށް ދައްކަންޖެހޭ ފައިސާ ބަރާބަރަށް ދައްކަމުންގޮސް ދުވަސްގަނޑަކުން އެކަން ހުއްޓިއްޖެއެވެ. ލޯނުގެ ފައިސާއެއް ނުދައްކައެވެ. އެކަމާ ގުޅިގެން އޭނާ ގަތް ކާރު ބޭންކުން އަތުލިއެވެ. ބޭންކުން ކާރު އަތުލުމުން މިމީހާ ހިތަށް އެރިއެވެ. “މިކަން އެނގުނުނަމަ އަހަރެން ކައިވެނި ކުރީހީވެސް ބޭންކުން ލޯނެއް ނަގައިގެންނެވެ.”