މަލިކުގައި ވާހަކަދައްކައި އުޅޭ ބަހުރުވަޔާމެދު (6)

ކިޔާފައިވާ ޢަދަދު: 267

(19 މާރޗް 2017 ގައި ޝާއިޢުކުރެވުނު ބަޔާ ގުޅޭ) މިބައި ނަގައިފައި ވަނީ “ފަތްތޫރަ” މަޖައްލާގެ 188(ނޮވެމްބަރު 1994) ވަނަ އަދަދާއި ( ޖެނުއަރީ 1995) ވަނަ އަދަދުންނެވެ. މިއީ މި ސިލްސިލާގެ އެންމެ ފަހު ބައެވެ. _____________________________ ލުއިވުން ވިހެއުން، އަޅުގަނޑުމެން ބަލިވެ އިނދެ، ވިހަނީއޭ ބުނާއިރު މަލިކު ބަހުރުވައިގައި ނުކެރި އިނދެ ލުއިވަނީއެވެ. މީގެ އަނެއް ބަހަކަށް ބޭނުންކުރަނީ ގޭގައިވުން މިބަހެވެ. އެއީ ހަމަ އުތުރު އަތޮޅުތަކުގައި ވެސް ކިޔައި އުޅޭ ގޮތެވެ. ލަދުބެލުން…

ދިރިއުޅުމުގެ ރަހަތައް (3)

ކިޔާފައިވާ ޢަދަދު: 245

-މުޙައްމަދު ވަޙީދު / މަޑުލު- އަންހެނެއް ނަމަވެސް ސިޔާސީ ކުށެއްގައި ބެދިއްޖެނަމަ، އެކަމުން ލިބެންޖެހޭ އަދަބު ދެވޭތޯ ބަލާހިތްވާ މީހުން ތިބޭ ރާއްޖެއެއްގައި ކުރިހާ އާދޭހާއި ލީހާ ސިޓީއަކުން ޝަރީފާ ދީދީއަށް ވީކަމެއް ނެތެވެ. އޭނާގެ ކުށަކީ ރައީސްކަމަށް ކުރިމަތިލައިފައިވާ އެއް ކެންޑިޑޭޓަކީ، ޙަރާން އެއްޗެހި ކާންދީގެން ބޮޑުކޮށްފައި ހުރި މީހެކޭ، އޭނާ ވައްކަން ނުކޮށެއް ނުހުންނާނެއޭ ބުނުމެވެ. 10 އަހަރަށް އޭނާ އަރުވާލީއެވެ. ޝަރީފާ ދީދީ ގެ ބޭބެ އާއި ބޭބެގެ ދޮށީ ދަރިފުޅު ޖަލުގައި…

ދުނިޔޭގެ ޠަބީޢަތެވެ.

ކިޔާފައިވާ ޢަދަދު: 297

– މުހަންމަދު ނަސީރު، އއ.މާޅޮސް-     ދެކޭށޭ، ޤުތުރަތީ މަންޒަރުތަކުން ހެކި ދައްކަމުންނެ ދަނީ ރެކޭށޭ  ހެއްލުމުން،  ވަގުތީ  އުފާތައް   އާވަމުންނެ  ދަނީ އަރައިގެން އަންނަ ހަނދު ފަލަކުން އުޖާލާ ސާދަފަނަރާގައި އަރާމެއް  މާނަވީ  ދީފައި،  އަމާޒުން  އޮއްސިގެންނެ  ދަނީ ވިދާ ތަރިތައް ސަމާގައި ފިޔަޖަހާ ރޭގަނޑު ހަތަރު ދަމުވެސް ނިދާއިރުގައި ދުވާލަށް، ދެކިބަލާށެ!  އެ  ނޫރު ފަނޑުވެ ދަނީ މަލާމެލި ރީތި ފަތިހަށް، ފަރިވެލައި ފޮޅިފައިވިޔަސް ތާޒާ މިލައިގެން  އިރުއެރީމާ   ދާތަނެއްނޫންތޯ   ދެކޭށަ  ވަނީ ހިމޭންކަން…

އައްނަބީލު އިބްރާހީމް ފަރީދުގެ ޙަޔާތުގެ މައްޗަށް އަވަސް ކަޅިއެއް

ކިޔާފައިވާ ޢަދަދު: 359

ކ.ދ. އަޙުމަދު މަނިކު / ޝޭޑީގްރޯވް އަލްފާޟިލް ކ.ދ. އަޙްމަދު މަނިކު (ރަޙިމަހުﷲ) ގެ މި ލިޔުއްވުން ނަކަލުކޮށްފައި މިވަނީ، މަޖީދިއްޔާ މުސްކުޅި ދަރިވަރުންގެ ޖަމްޢިއްޔާގެ މަޖައްލާ  [ޢިލްމީ އޮއިވަރު] ގެ 13 ވަނަ (3 ފެބުރުވަރީ 1985) އަދަދުންނެވެ. __________________________________ އިސްކޮޅުފުޅުން ދިގު، ހިމަތޮޅި ސާދާ މިޒާޖެއް ލިބިވަޑައިގެންވި އިބްރާހީމް ފަރީދުގެ ޙަޔާތުގެ މައްޗަށް ކިތަންމެ ކުރުކޮށް ނަމަވެސް ޢިބާރާތް ކޮޅެއް ލިޔެލުމަކީ، އެމަނިކުފާނު އަވަހާރަވިކަން އަޅުގަނޑަށް އެނގުނު ވަގުތުން ފެށިގެން އަޅުގަނޑު ޚިޔާލުކުރަމުން އައި…

ދިރިއުޅުމުގެ ރަހަތައް (2)

ކިޔާފައިވާ ޢަދަދު: 232

މުޙަންމަދު ވަޙީދު، މަޑުލު ރަށު އޮފީހުގެ ކައިރީގައި ހުރެގެން އަންހެންމީހާ ރޮނީއެވެ. އޭނާގެ 12 އަހަރުވީ ފިރިހެން ދަރިފުޅު އޮފީހުގެ ތެރޭގައި ހުރި ދިގުގޮނޑިއެއްގައި އިނެވެ. މަންމަ ރޯއަޑު އޭނާއަށް އިވުނުނަމަވެސް އެކަމާ ކަންބޮޑުވާކަމަކަށް ނުފެނެއެވެ. މޫނުމަތީގައި ވަނީ ބިރުގަތުމެވެ. ތަންތަން ބެލުމާއި ފައިހޫރުވައި ހަމަހިމޭނުން ނުއިނދެވިގެން އުޅޭތީ އޭނާއަކީ ސިޔާސަ ކުއްޖެއްކަން ބަލާމީހަކަށް އެނގޭވަރުވެއެވެ. ކަތީބު ނިކުންނަވައިފިއެވެ. ބޭރުގައި ހުރި އަންހެންމީހާއަށް ނަސޭޙަތްދެއްވިއެވެ. ކުޑަކުދީން ބަލަހައްޓާ ތަނުން ޢަލީއަށް ތަޢުލީމާއި ތަރުބިއްޔަތު ލިބޭނެ ވާހަކައާއި ބޭކާރު…

ދިވެހިބަސް ފަޤީރެއް ނޫނެވެ. އެކަމަކު…

ކިޔާފައިވާ ޢަދަދު: 391

ކ.ދ.އަޙްމަދު މަނިކު،  ހ.ޝޭޑީގްރޯވް އަލްފާޟިލް ކ.ދ. އަޙްމަދު މަނިކު (ރަޙިމަހުﷲ) ގެ މި ޅެން ނަކަލުކޮށްފައި މިވަނީ، ދިވެހިނާދީގެ މަޖައްލާ [ހުވަނދު] ގެ 1 ޖަނަވަރީ 1989 ގެ އަދަދުން ނެވެ. ______________________________ ބަލަން ވިސްނަން ވި ނުރަނގަޅު ގޮތް ތަކީ އެބުނާ ބަހޭ ނޮޓް ރައިޓް، ފުލަށް ގޮސް ވަޅުޖަހާ  އަލިކަމުގެ  ދަންމަރަކީ  އެއީތޯ ލައިޓް. ހަޔާތުގެ  ހިތްފަސޭހަ  ނިދީގެ  ވަގުތުކަމަށް  ބެލޭ ރޭގަނޑު، ގަޔާވެވި އަދުގެ ދަންނަ ކުދީން މިބަސް މޮށެއުޅެތެ މިލެކުން ނައިޓް.…

ކަޝިޝް އޮހޭނެޔެ ފޮނި

ކިޔާފައިވާ ޢަދަދު: 239

– މުހަންމަދު ނަސީރު، އއ.މާޅޮސް-    ނުދާށެ  މަސްތުވެ  ދުނިޔޭގެ   ލައްޒަތާ  ގުޅެމުން      ނުވާށެ  ހެއްލުމުގައި  ފެންނަ   ދަޅަތަކާ  ކުޅެމުން  **   **   **   **   **   ** އަރާމު ޢިޝްޤުގެ ވަގުތީ ދަމާ ލިޔަސް ސުފުރާ ޙަރާރަތުން ބެހިދާ  ނާރުތައް  ގުޅޭ  ކުފުރާ ޝަރާބު ވަޞްލު   ނުހޯދާށެ،  ރާޙަތަށް  ވިކެމުން ވިދާ ބުލޫ ސިގްނަލް ގެންނަ ރަންރިހީގެ ނައިޓް ރިދާތަކާ  ދުރުގައިދޭ  އޮޕަން  އަރާމު ރައިޓް ނިދާށައޭ  ލާޒިމް   ކުރުވަނީ   އެފެކްޓް  ދެމުން…

ދިރިއުޅުމުގެ ރަހަތައް (1)

ކިޔާފައިވާ ޢަދަދު: 258

– މުޙަންމަދު ވަޙީދު މަޑުލު – މަޑުލު ވަހީދަކީ އިތުރު ތައާރަފަކަށް ބޭނުން ނުވާ މަޝްހޫރު ލިޔުންތެރިއެކެވެ. އޭނާގެ ކުރު ވާހަކަތައް ހިމެނޭ ދެ ފޮތް މިހާތަނަށް ވަނީ ޝާއިޢު ކުރެވިފައެވެ. ވަހީދަކީ މުޅިން އަމިއްލަ އުސްލޫބެއްގެ މައްޗަށް ވާހަކަ ލިޔުއްވާ އަދީބެކެވެ. އޭނާގެ ވާހަކަތަކަކީ ދިވެހީންގެ އާދައިގެ މީހުންގެ ދިރިއުޅުން ދައްކުވައިދޭ ވަރަށް ވެސް ހުވާސް ހުރި ވާހަކަތަކެކެވެ. ދިވެހި އަދަބިއްޔާތުގެ އެހައިމެ ތަދު، އަގުމާތް މުތްތަކެކެވެ. އޭނާގެ ސައްކަތްޕުޅުގެ އަގު ވަޒަންކުރައްވައި 1997 ވަނަ…

ފުން ލޯބި

ކިޔާފައިވާ ޢަދަދު: 349

ރާގު: މުޖުކޮ އިސް ރާތުކި ތަންހާއިމޭ އާވާޒު ނަ ދޯ  = ރަޙުމް = ހިތުގެ ފުންލޯބި، އެ ދިން ލޯބި ކޮބައިހޭ ނުބުނޭ ކޮންތާކުހެ ވީ  ކޮންތާކުހެ ވީ ކުރި އެ އިތުބާރު، ވި އިޤުރާރު ކޮބައިހޭ ނުބުނޭ ކޮންތާކުހެ ވީ  ކޮންތާކުހެ ވީ * * * * * * ވިސްނުމާ  ހިތުގެ  ޚިޔާލާތު    އުދުއްސާލީމާ އޭގެ  މިސްރާބު  ހަޔާތުން  އޮވެ  ކައްސާލީމާ ވާނެގޮތް  ފެށުނު ޒަވާޖަށް ތި ޚިޔާލަށް ނުގެނޭ ވެވި…

ޙަޔާތެއް ބާއްޖަވެރިވެރި ވޭތޯ

ކިޔާފައިވާ ޢަދަދު: 255

އުތީމު އާދަމްބެ ޙަޔާތެއް  ބާއްޖަވެރި  ވޭތޯ  މަޔާ  ދަރިޔާއި  އޮޅުވަންޏާ ޙަޔާއުގެ  ކަންފުޅެއް ނެތިފައި ވަޔާލާ  އަބުރު ވިއްސަންޏާ ލަދާ އަގަލާ ދުރަށް  ލައިފާ މަ ދާންވީ މަގު މަ އޮޅުވައިފާ ތަދާ ވޭނާ  ނަދާމަތުގައި  އަދާ  މާދަން  އުޅެން  ވަންޏާ ޚިޔާލަށް އަންނަ މޮޅު ރޭވުން  ތިޔާގިކަމަށް  ބުނާ އަޑަކުން ކިޔާ ލަވަތައް  އަހާމީހުން  ނުބައި ކޮރަކުން  ނަށައިލަންޏާ ދަރާލާ  އަތްތަކުން  އެދުމުގެ  ބަރާކޮށްގެން  ގުދާރު އެކީ ކަރަމާތް ދެއްކި ރޮނގު ދޫކޮށް އަރާ އެކަހެރި…