ހިމޭން ޝަކުވާ

ކިޔާފައިވާ ޢަދަދު: 5522
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ޢައްބާސް އިބްރާހީމް
މަގުމަތިން ވަޑައިގަންނަވާއިރު ތިޔަބޭފުޅުންނަށް ވެސް އަޅުގަނޑުމެންގެ އޮފީސް ފެނިވަޑައިގަންނަވާނޭ ކަމަށް ހީކުރަމެވެ. ރަށުގެ އެންމެ ގިނަ މީހުން އައިސްއުޅޭ ޝޮޕިންގ އޭރިޔާއާއި ވަރަށް ގިނަ އޮފީސްތަކެއް ވެސް ހުންނަ ހިސާބެއްގައި އަޅުގަނޑުމެންގެ އޮފީސް ހުންނާތީއެވެ. އަދި ވަރަށް ރީތި ނޫކުލައިގެ އެކްރިލިކް ޝީޓެއްގައި ހުދު އަކުރުތަކަކުން “ޝާހިދު އެންޑް ޝަހީދު ސޮލިސިޓަރސް” ގެ ނަން ލިޔެވިފައިވާ ނަންބޯޑެއް މަގުމައްޗަށް ފެންނާނޭހެން ހަރުކޮށްލާފައި ހުންނާނެތީއެވެ. 

ކޯރސިކާގެ އަސްތަބީލާއަކުން – މިސުރުގެ ސިންގާ ސަނާ އަށް (15)

ކިޔާފައިވާ ޢަދަދު: 5263
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

سلطان ركن الدين بيبرس

ކަނީރު ޢަބްދުއްރަޙީމް (ކަނީރު)

(17 ޖޫން 2013 (ހޯމަ) ދުވަހު ޝާއިޢުކުރި ބަޔާ ގުޅޭ)
ނަސްރާނީ ސައުދާގަރު ތާތާރީ ކޭމްޕަށް ދިޔަ ވާހަކަވީ ބީބަރަސް އަށް ވަރަށް ބޮޑު ވާހަކަ އަކަށެވެ. އެކަމާބެހޭ އިތުރު ތަފްސީލު ހޯދުމަށް އޭނާގެ ޖާސޫސުން ފަރާތްފަރާތަށް ފޮނުވައިގެން މަސައްކަތްތަކެއް ކުރަންފެށީ އެވެ. އެއާއި އެކު ޚުދު ބީބަރަސް ވެސް ޣައްޒާ އަށް ދިޔައީ އެވެ.
ބީބަރަސް ޣައްޒާއަށް ދިޔަތާ ހައެއްކަ ރޭގެ ފަހުން އެއް ރެޔަކު މެންދަމު މޭރިއޭންގެ ކޮޓަރީ ދޮރުގައި މީހަކު ޓަކިދިނެވެ. މޭރިއޭން އަށް ހޭލެވުމާއެކު ހިސާބަކަށް ކަންބޮޑުވިއެވެ. އެއީ މިހާ ދަންވަރު ބީބަރަސް ރަށުގައި ނެތީސް އޭނާގެ ކޮޓަރި ދޮރުގައި ޓަކި ދޭނެ މީހަކު ހުރެގެން ނުވާނެތީ އެވެ. އެކަމަކު ވެސް މަޑުމަޑުން އެނދުން ތެދުވެގެން އައިސް ދޮރުކަރިއަށް ހުއްޓުނެވެ. އޭރު ޓަކިދިނުމުގެ ދޭތެރެ އަވަސްވެ ބާރަށް އެމީހަކު ދޮރުގައި ތަޅަންވެސް ފަށައިފިއެވެ. އެ ވަގުތު އަންހެން އަޑަކުން ހަޅޭއްލަވައިގަތް އަޑާއެކު ކުއްތާ ވަރަށް ގަދައަށް ވޭނީ އަޑަކުން ހަޅޭއްލަވައިގެންފައި އަޑު ކެނޑިއްޖެއެވެ. އެ އަންހެނަކަށް ވާނީ ހިގާޒިޔާ އޭ  މޭރިއޭން ހިތަށް އެރިއެވެ.

ސަރާ (45)

ކިޔާފައިވާ ޢަދަދު: 5573
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
މޫސާ ޞާޢިދު، މަރަދޫ
(16 ޖޫން 2013 (އާދީއްތަ) ދުވަހު ޝާއިޢުކުރި ބަޔާ ގުޅޭ)

“މިބުނީ ތަހުޒީބު ގޮތްތައް ނުހުންނާނެ ވާހަކަ.” އެއީ ރާއްޖެތެރެ ޝިފްޒާ މާނަކުރާ ގޮތްކަން ނޭނގެއެވެ. އެ ގޮތަށް މާލެ އުފަން ވަރަށްގިނަ މީހުން މާނަކުރެއެވެ.

“ތަހުޒީބޭ! މާލެ ތަރައްޤީކޮށް ތަހުޒީބު ކުރަނީ ކޮންބައެއްތަ؟ ޝިފްޒާ ވެސް ތިޔަ ވަރަށް ބޮޑާވާކަށް ނުވާނެ. ތިޔަ ގޮތަށް ބޮޑާވުމަކީ ވަރަށް ހުތުރު، އަހަރެން ވަރަށް ނުރުހޭ ސިފައެއް. ތިޔަ ގޮތަށް ބޮޑާވާ މީހުންނަކީ ތަޞައްރުފް ނުފުދޭ މީހުންގެ ގޮތުގައި އަހަރެން ދެކެނީ. އޭގެ މީހެއް ޝިފްޒާއަކީ ވެސް. ޝިފްޒާމެން ތަރައްޤީ މާނަކުރާ ގޮތް ވެސް އަހަންނަށް އެނގޭ. ޝިފްޒާމެން މާނަކުރާ ތަހުޒީބާއި ތަރައްޤީއަކީ އޮރިޔާން ހާމަ ހެދުން ލައިގެން އުޅުން. ރާއްޖޭގެ ގިނަ ރަށްތަކުން އަހަރެމެންނަށް ފެންނަނީ ހާދަ ނިވާކަންބޮޑު ތަހުޒީބީ ހެދުން އަޅައިގެން ތިބޭ ކުދިންނޭ. އަހަރެން ދެކެން ބޭނުންވާ ތަރައްޤީއަކީ އެއީ. ޝިފްޒާ ވެސް ބުރުގާ އަޅަން އަހަންނަށް ފެންނަނީ…” ޢިމްރާން ބުންޏެވެ.

ޅެމާއިލަވައިގެ ތަފާތު

ކިޔާފައިވާ ޢަދަދު: 6284
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ޢަބްދުއްރަޝީދު ޙުސައިން
ޅެމާއި ލަވަޔާ މިއީ އެކައްޗަކަށް ކިޔާ ދެ ނަން ހެއްޔެވެ؟ ނޫނީ މިއީ ތަފާތު ދޭއްޗެއް ހެއްޔެވެ؟ ދިވެހި ބަހުގެ އުސްތާޛު ޝައިޚް މުޙައްމަދު ޖަމީލު ދީދީ، އެމަނިކުފާނުގެ “ޅެމާއި ޅެންވެރިކަން” މިފޮތުގައި ޅެމަކީ ކޮން އެއްޗެއް ކަމާއި ލަވަޔަކީ ކޮބައި ކަމާއި އަދި ޅެމާއި ލަވައިގެ ތަފާތު ވިދާޅުވެ ދެއްވައިފައި ވެއެވެ. ވަރަށް ފަސޭހައިން ވިސްނޭ ގޮތަށެވެ. އަޅުގަނޑުގެ މި ލިޔުމުގައި އާންމުކޮށް މި ވަނީ އެމަނިކުފާނު އެ ފޮތުގައި ލިޔުއްވައިފައިވާ ވާހަކަ ތަކެވެ. ފިލާވަޅެވެ.

ހެޔޮބަސް

ކިޔާފައިވާ ޢަދަދު: 2956
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

ޙަސަން ޒާހިރު،  ޢަންދަލީބު، ހއ. އިހަވަންދޫ

އަމާޒެއްނެތި ތިހެން އަމުދުން ނުވާނެކުރަން ތިމާ ތި ސަފަރު
                 އަމާން ބަނދަރެއް ނުފެނި ކަނޑުގައި ބަނޑަށްޖެހިގެން ވެދާނޭ މަރު

މިތާމަރުވާނެކަން އެނގިގެން ހިތަށް ވަނުމެއްނުވާ ނަމަ ޑަރު
                 ހިތާ ހަށިގަނޑު ފުރޭ މަސްތުން، ހިލައިގެ ގޮތަށް ވުމުން ހިތް ހަރު

އެތަނާއި މިތަނުން (3)

ކިޔާފައިވާ ޢަދަދު: 5421
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

ކުދިވާހަކަ (3)

ބިންމަތީގައި ނުވަތަ ހިލަގަނޑެއްގައި ލިޔެލާށެވެ!

ޢައްބާސް އިބްރާހީމް

ދަތުރުކުރަމުން ދިޔަ ދެ އެކުވެރީންނެވެ.  ދަތުރުމަތީގައި ދެ މީހުންގެ މެދުގައި ދެބަސްވުމެއް ހިނގަން ދިމާވެއްޖެއެވެ. އަދި އެ ތަނުން އެކަކު އަނެއް މީހާ ގައިގައި ވަރަށް ބާރަށް ޖަހައިފިއެވެ. އެ ޖެހުމުގެ ސަބަބުން ޖެހެވުނު މީހާއަށް ވަރަށް ބޮޑަށް ތަދުވިއެވެ. ނަމަވެސް އޭނާ ހަމަ އެއްވެސް އެއްޗެއް ނުބުނެއެވެ. އޭނާ ކުރިހާ ވެސް ކަމަކީ އަންނަނިވި ޢިބާރާތް ބިންމަތީގައި ލިޔެލުމެވެ. “އަހަރެންގެ އެންމެ ގާތް އެކުވެރިޔާ މިއަދު އަހަރެން ގައިގައި ޖަހައި ތަދުކޮށްލައިފި އެވެ.”

ހަމައެކަނި ވިދާޅުވެލެއްވުމަށް….(12)

ކިޔާފައިވާ ޢަދަދު: 2610
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

ގެނެސްދިނީ ފުޅިބައްތިއެކެވެ.

ޚާއްޞަ ރިޕޯޓަރެއް

ސޮޑާ ބުއިމަށްޓަކާ ރައްޓެއްސަކާއެކު ޤައުމީ ހޮޓަލަށް އަރައިފީމެވެ. ދެފުށި ސޮޑާ ގެނެސްދިނުން އެދުނީމާ އެމޭޒުދޮށުގައިހުރި ކުއްޖާ އެތެރެއަށް ހިނގައްޖެއެވެ. ޕޮސްސްސ! އެއިވުނީ އެއްފުޅި ގޮއްވާލިއަޑެވެ. އެހެރަ އަންނަނީ، މެދުވަރެއްގެ ހެޔޮވަރު ހިސާބަށް ސޮޑާއަޅައިގެންނެވެ.

ޝޭކްސްޕިޔަރގެ ސޮނެޓްތައް 3

ކިޔާފައިވާ ޢަދަދު: 4357
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ޑރ. އަބްދުލް ޣަފޫރު އަބްދުއްރަހީމު ގ. މަންޒިލް
މިއީ ޝޭކްސްޕިޔަރގެ ސޮނެޓްތަކުގެ ތެރެއިން ތިންވަނަ ސޮނެޓްގެ ދިވެހި ތަރުޖަމާއެކެވެ. މި ސޮނެޓުގައިވެސް ފުރަތަމަ ދެސޮނެޓުގައި ފެށުނު މައުޟޫއުގެ ވާހަކަތައް ކުރިޔަށް ގެންދެވިފައިވެއެވެ. ޝޭކްސްޕިޔަރގެ ރަހުމަތްތެރިޔާއާއި މުހާތަބުކޮށް އޭނާގެ ރީތިކަން ދެމެހެއްޓުމަށްޓަކައި ކައިވެނިކުރުމަށް ބާރުއެޅިފައިވެއެވެ. އެންމެފުރަތަމަ ހަތަރުވަތުގައި (ކުއަޓްރެއިން – ހަތަރު ފޮޅުވަތުގެ މައްޗަށް އެކުލެވޭ ބައެއް) ކައިވެނިކުރުމުގެ ވަގުތު އައިސް ޖެހިއްޖެވާހަކަ ބުނެފައިވެއެވެ. އަދި އެކަމަށް ބާރު އެޅުމުގެ ގޮތުން، ކައިވެނި ނުކޮށްފިނަމަ އެއީ ކައިވެންޏަށް އެދިއެދި ތިބި އަންހެނުންނަށް ވެވޭ ބޭއިންސާފެއް ކަމަށް ބުނެފައިވެއެވެ.

ކޯރސިކާގެ އަސްތަބީލާއަކުން – މިސުރުގެ ސިންގާ ސަނާ އަށް (14)

ކިޔާފައިވާ ޢަދަދު: 5213
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

سلطان ركن الدين بيبرس

ކަނީރު ޢަބްދުއްރަޙީމް (ކަނީރު)

(10 ޖޫން 2013 (ހޯމަ) ދުވަހު ޝާއިޢުކުރި ބަޔާ ގުޅޭ)
މަންޞޫރާގެ މައްޗަށް ފަތަޙަ ލިބުނު ލިބުމަކީ ބީބަރަސްގެ ހުޝިޔާރު ކަމާއި ހުނަރުވެރިކަން ރަސްކަމުގެ ތެރެއަށް ފެތުރިގެން ދިއަކަމެކެވެ. ރަނިކަމަނާ ޝަޖަރަތުއްދުއްރު އަށްވެސް ރަނިކަނބަލެއްގެ ގޮތުން އިންތިހާ ދަރަޖައިގެ މަގުބޫލުކަމެއް ވަނީ ލިބިފައެވެ. އެކަމަކު ރަސްކަލެއްގެ ގޮތުގައި އޭނާއަކަށް މިޞުރުގެ ރަސްކަމެއް ނުކުރެއްވެއެވެ. މިޞުރަށް ރަސްކަލެއްބޭނުމެވެ. ވުމާއެކު ރަނިކަމަނާއަށް އޮތީ އެކަށީގެންވާ މީހަކު ހޮއްވަވައި ކައިވެނި ކުރައްވައިގެން އެމީހަކު ރަސްކަލަކަށް ހެއްދެވުމެވެ.

ކިހާ ހެއްވާ!

ކިޔާފައިވާ ޢަދަދު: 8079
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު

މިއީ “ޗެރިސް ހާރޕަރ” ލިޔުއްވައިފައިވާ “ހެއްވާ” ޅެމެއްގެ އަވަސް ތަރުޖަމާއެކެވެ.


މަރުޙަބާ އަބަދުވެސް އަލްވިދާޢާ އެކުގައި ވުމީ ކިހާ ހެއްވާ ކަމެއްހެއްޔެވެ؟
އުފާޥެރި ހަނދާންތައް ތިބާ ރޮއްވައިލާން ފަށާ ކަމީ ކިހާ ހެއްވާ ކަމެއްހެއްޔެވެ؟