ހުސްއަތާހޭ… ދާނީ ކަލާ!؟

ކިޔާފައިވާ ޢަދަދު: 2883

ޢަބުދުﷲ އަސްޢަދު، ހއ. އުތީމު
ހުސް ވަގުތު ދުނިޔޭގެ  ދެ ކޮޅަށް  ހޫރިލާ،
       ހުސް ނުކޮށް  ފައިސާ  ލިބޭތޯ   ފާރަލާ،
             އުސްބިނާތައް އުސްކުރަން ހުރެ   ބަލަބަލާ،
                    ހުސް  އަތާހޭ؟ ދުނިޔެ އިން   ދާނީ ކަލާ؟

ސުންނަތެއް ފަރުޟެއް އަދާވެސް ނުވެވިފައި،
       މުންކަރާތަށް އަރައަރައި ވެސް  ގަނެވިފައި،
              ދުންޔަވީ  އުފަލާއި  މަޖަލަށް  ގެއްލިފައި،
                     ހުސް  އަތާހޭ؟ ދުނިޔެއިން  ދާނީ  ކަލާ؟

ބޮޑީގާޑު

ކިޔާފައިވާ ޢަދަދު: 7607
ކުރުވާހަކަ

ބޮޑީގާޑު

ތަރުޖަމާ: ޢަބްދުﷲ ނަޢީމު އިބްރާހީމް

މި ވާހަކަ ރޭ ޝާއިޢު ކުރެވުނީ ރަނގަޅަކަށް ނޫނެވެ. ރޭ ޝާއިޢު ކުރެވުނީ ވާހަކަ ނިމޭ ތަންކޮޅު އެކަންޏެވެ. އެހެންވީމާ މިރޭ މުޅި ވާހަކަ ޝާއިޢު ކުރީއެވެ. ކިޔުންތެރިންގެ އަރިހުން މަޢާފަށް އެދެމުންނެވެ.
ޑޭވިޑް ހުރީ ބިރުން އަވަދިވާ ވަރު ވެފަ އެވެ. އޭނާގެ މުޅި ހަށިގަނޑު ތުރު ތުރު އަޅަ އެވެ. މޫނު ހުރީ ހުދު ވެފަ އެވެ. މިއަދަކީ އެ ދުވަހެއްގެ ހަނދާން އޭނާ އަށް ކުރެވުނީމާ ގައިން ހީބިހި ނަގައިގެން ދާ ދުވަހެކެވެ. އޭނާ ވަތްގަނޑުން ފިސްތޯލަ ނަގައި، ހަ އުންޑަ ލެއްވުމަށް ފަހު ފިސްތޯލަ ޖީބަށް ލައިފި އެވެ. އެއަށް ފަހު ހުރިހައި ކުޑަ ދޮރެއް ރަނގަޅަށް ލައްޕައި، ތަންޑު އެޅުވުމަށް ފަހު، މައި ދޮރުވެސް ތަޅުލައިފި އެވެ.

ليلة القدر ލިބޭތޯ؟

ކިޔާފައިވާ ޢަދަދު: 6143
حسن شاكر محمد
އޮނަހިރި ދުވަސްތައް ފަހުދިހައިން ހޯދާ  عملހެޔޮ ގިނަކުރޭ!
                 ގުނަމުން މިދާ  ރޭތައް ވަކިން ބޭނުން  ކުރަން ހިތްވަރުކުރޭ!
އެއްހާސް މަހަށްވުރެ ހެޔޮވެދާ ގިނަގުނަ ثوابގެوقتގައި
                 އެއްހިތްވެ  إخلاصތެރިކަމާ  އެކުގައި  دعاء ހެޔޮ ގިނަކުރޭ!

ރޯދަ ހަދިޔާ – (ހަލީސާ – 26)

ކިޔާފައިވާ ޢަދަދު: 4235
ފާޠިމަތު ޒާރާ

މިއީ ކާކުގެ ކުއްޖެއްތޯ ނަމަނަމަ އަނބިމީހާ ގާތު ނާހާތި؟

ދެމަފިރިއެއްގެ ތިބި 12 ކުދިންގެ ތެރެއިން އެއް ކުއްޖަކު އަނެއް 11 ކުދިންނާ ވަރަށް ތަފާތެވެ. މިކަމާ ފިރިމީހާ ހުންނަނީ ވަރަށް ފިކުރުބޮޑުވެފައެވެ. އެ ކުއްޖާ އެހާ ތަފާތީ ކީއްވެގެންތޯ އަންހެނުން ގާތު އަހައިލާކަށްވެސް  ނުކުރޭނެތާއެވެ. މިހެން އުޅެމުންދަނިކޮށް އަނބިމީހާ ވަރަށް ބޮޑަށް ބަލިވެ ބަލިއެނދުގައި އޮށޯންނަން ޖެހިއްޖެއެވެ. އަދި އޭނާ ދިރިހުންނާނެކަމުގެ އެއްވެސް އުއްމީދެއް ނެތްކަން ޔަގީންވާ ހިސާބަށް ދިއުމުން ފިރިމީހާ އެއްކަލަ ތަފާތު ކުއްޖާއަށް އިޝާރާތްކޮށް އޭނާ ގާތު އަހާލިއެވެ.

ރަމަޟާން މަހެއް ނިމެނީ

ކިޔާފައިވާ ޢަދަދު: 3268
    
ރޯނުގޭ ޙަސަން މަނިކު
އިތުރު މާތް ވި ރަމަޟާން މަހެއް ނިމި ދަނީއޭ           
              މިތުރުނާ  ސަލާމް ކޮށް މުޅިން   ވަކި ވަނީއޭ
ލިބުނު މިންވަރުން ހެޔޮ އެ ފޯރުވި އަނެކުނަށް
              ލިބުނު ރަނުގެ  ފުރުސަތު މުޅިން  ނިމިދަނީއޭ
ކިތައް ވަޢުޡު ބާއޭ، އެހީ ހިތުގެ ޢުމުޤުން
              އެތައް ޢިބުރަތެއް ދިން އެ މަސް  ނިިމި ދަނީއޭ

ކުރު ނުކުރެވޭނޭ ޖާސޫސީ ވާހަކައެއް

ކިޔާފައިވާ ޢަދަދު: 7783

ކުރުވާހަކަ

ކުރު ނުކުރެވޭނޭ ޖާސޫސީ ވާހަކައެއް

ޢަބްދުﷲ ނަޢީމު އިބްރާހީމް

(މިއީ ސްޓީވަން ލީކޮކް ލިޔެފައިވާ ވާހަކައެއްގެ ތަރުޖަމާއެކެވެ.)

މި މައްސަލައިގެ ޙައްލަކީ ކޮބައިކަން ނޭނގި ކުރެވޭ ފިކުރު މިހާރު އިންތިހާއަށް ހިނގައްޖެއެވެ. އެންމެ ފުރަތަމަ ފާހަގަ ކުރެވެނީ އެމީހާ ހަމަ ޙަޤީޤަތުގައިވެސް މަރާލާފައިވާ ކަމެވެ. ދެވަނައަށް ފާހަގަ ކުރެވެނީ ފާޅުކަން ބޮޑުކޮށް އެނގޭ ކަހަލަ ގޮތަކަށް ޤާތިލް އެނގޭފަދަ އެއްވެސް ގޮތެއް އަދި ފެނިފައި ނެތް ކަމެވެ.

ރޯދަ ހަދިޔާ – (ހަލީސާ – 25)

ކިޔާފައިވާ ޢަދަދު: 4628
ފާޠިމަތު ޒާރާ

ބުއްދިވެރި ނޯކަރު

ގޭއަށް މީހަކު އައުމުން ގެންގުޅޭ މީހާ އޭނާ އައި ސަބަބު އޮޅުންފިލުވިއެވެ. “ކޮން ކަމަކުތޯ؟”

މެހެމާން: “މިއައީ ކަލޭގެ ސާހިބުމީހާއާ ބައްދަލުކޮށްލަން.”

ނަމާދު

ކިޔާފައިވާ ޢަދަދު: 3374
އާދަމް ޢަބްދުއްރަޙްމާން- ހއ. އުތީމު
ދީނުގައި ގަދަ އަމުރަކުން މިކަމަށް އަމުރު ވެވިފައި އޮތީ           
                    ރީތިކޮށް ނައްޞުން ޙުކުމް ވާޖިބު ކަމަށް ފެންނަން އޮތީ
               ++++++++++++++++++++                
އެންމެ ފުރަތަމައަށް އޮތީ އީމާންވުމޭ ﷲ އަށް
        ދެން ގަބޫލު ކުރުން މި ދީނުގެ ސާހިބާގެ ރަސޫލުކަން
                    ދެންކުރާ ފުރަތަމަ ޢަމަލު ކަމުގައި ޝަރުޢު ވެވިފައި އޮތީ