ރޯދަ ހަދިޔާ – (ހަލީސާ -4 )

ކިޔާފައިވާ ޢަދަދު: 4230
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ފާޠިމަތު ޒާރާ

ލޯނު ނުދެއްކުމަކީވެސް ފައިދާއެއް

މީހަކު ބޭންކުން ލޯނެއް ނަގައިގެން ވަރަށް އަގުބޮޑު ކާރެއް ގަތެވެ. ކޮންމެ މަހަކު ލޯނަށް ދައްކަންޖެހޭ ފައިސާ ބަރާބަރަށް ދައްކަމުންގޮސް ދުވަސްގަނޑަކުން އެކަން ހުއްޓިއްޖެއެވެ. ލޯނުގެ ފައިސާއެއް ނުދައްކައެވެ. އެކަމާ ގުޅިގެން އޭނާ ގަތް ކާރު ބޭންކުން އަތުލިއެވެ. ބޭންކުން ކާރު އަތުލުމުން މިމީހާ ހިތަށް އެރިއެވެ. “މިކަން އެނގުނުނަމަ އަހަރެން ކައިވެނި ކުރީހީވެސް ބޭންކުން ލޯނެއް ނަގައިގެންނެވެ.”

ރަޙްމަތުގެ އާރު

ކިޔާފައިވާ ޢަދަދު: 3160
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
އާދަމް ޢަބްދުއްރަޙްމާން – އުތީމު

ރަޙްމަތުގެ އާރުން ވެއްސަވާ ރަހަމީރު ފެންފިނިބޮއިލަމާ
            ވަހުމުގެ  ކިލާ  ހަޑިދަމިލަތައް މިހިތުން އެކީގައި   ދޮވެލަމާ

ރަސްމުން ލިބުނު ހެޔޮ ތަރިކައަށް ގަސްދާނުލާ އުނިކަން އަޔަސް
            އަސްލަށް ޟަޢީފު ކަމެއް ނުދީ ނަސްރަށް ނިކަން ހިންދެމިލަމާ

ތަޅުދަނޑިއަކީ ބިރުގަތުމެވެ.

ކިޔާފައިވާ ޢަދަދު: 3407
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

އެތަނާއި މިތަނުން

ކުދިވާހަކަ (6)

ތަޅުދަނޑިއަކީ ބިރުގަތުމެވެ.

ޢައްބާސް އިބްރާހީމް

ރަސްކަލަކު މާބޮޑަށް ފަލަފުޅު ވާތީ، ވަރަށް ބޮޑަށް ކަންބޮޑުވެވަޑައިގެންފި އެވެ. ޑަކްޓަރުން ދަންނަވަނީ ފަރީއްކުޅުއްވުން މަދުކުރެއްވުމަށެވެ. ނަމަވެސް މިއީ ރަސްގެފާނު ގަބޫލުފުޅުކުރައްވާ ކަމެއްނޫނެވެ. އެންމެ ފަހުން މި ވާހަކައާ މެދު ހިތްޕުޅުހަމަޖެހިވަޑައިނުގަންނަވައިގެން، އެ މަނިކުފާނުގެ ފަލަފުޅުވުމުގެ އާލާސްކަންފުޅު ފަސޭހަވާނޭ ބޭސްކޮޅެއް ދިން މީހަކަށް ވަރަށް ބޮޑު އިނާމެއް ދެއްވަން ނިންމަވައި އެކަން އިޢުލާނު ކުރައްވައިފިއެވެ.

ވަފާތެރިޔާ

ކިޔާފައިވާ ޢަދަދު: 8286
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

ކުރުވާހަކަ

ވަފާތެރިޔާ

ޢަބްދުﷲ ނަޢީމު އިބްރާހީމް

ދެ މީހުންވެސް މަސައްކަތް ކުރަމުން ދިޔައީ ސާހިބުމީހާ ރުއްސާށެވެ. އެ ކަމުގައި އެކަކު އަނެކަކަށްވުރެ ކުރިއަށް އަރަން މަސައްކަތް ކުރަނީއެވެ. ބައިވެރީންގެ ވަފާތެރިކަމުގެ ސަބަބުން ސާހިބުމީހާ ހުރީ ވަރަށް ބޮޑަށް ހިތް ހަމަ ޖެހިފައެވެ. އެ ކަހަލަ ވަފާތެރި ބައިވެރީން ތިބުމަކީ ކިހައި ބޮޑު ފައިދާއެއް ކުރާ ކަމެއްކަން ސާހިބުމީހާއަށް ވަރަށް ރަނގަޅަށް އެނގެއެވެ.

ރޯދަ ހަދިޔާ – (ހަލީސާ -3)

ކިޔާފައިވާ ޢަދަދު: 4213
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ފާޠިމަތު ޒާރާ

މިއީ ވެސް ގޮތެއް

ޓީވީ ޝޯ ހުށަހަޅައިދޭ ތަންކޮޅެއް ދުވަސްވީ ފަންނާނެއް ހުށަހަޅައިދެމުން ދިޔަ ޝޯ އަހަރުތަކެއް ވަންދެން ދެއްކުމަށްފަހު އެ ޝޯ ދެއްކުން ހުއްޓައިލިއެވެ.

މި ޝޯ ތައްޔާރުކުރި ސްޓޫޑިއޯގެ ރިޕޯޓަރަކާ އެއްދުވަހަކު މި ފަންނާނާ މަގުމަތިން ބައްދަލުވެގެން ރިޕޯޓަރު އަހައިލިއެވެ.

ރޯދަ

ކިޔާފައިވާ ޢަދަދު: 4477
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ޢަބްދުﷲ ޞާދިޤު
މިދީނުގެ ބިނާވީ  ޝަހަދާތުގެ ފަހުގާ
            ޙަޤީޤީބަދަހި މޮޅުހަތަރު ތަނބު މަތީގާ
       
ތިމާޔަށް މުޅިން ޚާއްޞަވީ ރޯދަކިޔަމާ
            ނަމާދާ  ޒަކާތާއި   ޙައްޖާ   އެކީގާ
 

ގަނޑުފެން

ކިޔާފައިވާ ޢަދަދު: 7730
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

ކުރު ވާހަކަ

ގަނޑުފެން

ޢަބްދުﷲ ނަޢީމު އިބްރާހީމް

އަހަރެން މާލެއަށް މި އައީ ބަރާބަރު އަށް އަހަރު ފަހުންނެވެ. އެހާ ގިނަ ދުވަސް ވެފައި އާދެވުމުން ޝަމްސިއްޔާގެ ޚަބަރު ބަލައިލާނަމޭ ހިތާ އެގޭ ދޮށަށް ހިނގައްޖައީމެވެ. ޝަމްސިއްޔާ އަދި އޮފީހުން ނާންނާނެއޭ ހިތަށް އެރީ ދޮރުގެ ރަނގަބީލު ޖެހިފަހުންނެވެ.
މިހާރު ގޭގައި އުޅޭނީ ކާކު  ހެއްޔެވެ. މުނާ ހެއްޔެވެ؟ މަރިޔަމް ހެއްޔެވެ؟

ތިކިޖެހި ތާނައިގެ މުހިއްމުކަން

ކިޔާފައިވާ ޢަދަދު: 11400
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
       
ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު، “ލިޔުންތެރީންގެ ގުޅުން”
އަޅުގަނޑުމެންގެ ދިވެހިބަހަކީ މުއްސަނދި ބަހެކެވެ. ތަފާތު އެތައް ގޮތަކުން ބަލާއިރުވެސް މެ އެވެ. ޚާއްޞަކޮށް އަޑުގެ ގޮތުން ބަލާއިރު މިކަން ވަރަށް ބޮޑަށް ފާހަގަކުރެވެއެވެ. ދުނިޔޭގެ އެހެން ބަސްބަހުން އެ ބަސްބަހުގެ އަހުލުވެރީން ވާހަކަދައްކާ އަޑު އިވޭ އިރު، އަޅުގަނޑުމެންނަށް އެންމެ ބޮޑަށް ފާހަގަކުރެވޭ އެއް ކަމަކީ އެ މީހެއްގެ އަމިއްލަ މާދަރީ ބަސް ނޫން ބަހެއްގެ ލަފުޒުތައް ކިޔަން އުޅޭއިރު އެ ބަހެއްގެ އަހުލުވެރިން ބަސް ކިޔާ އަޑުން އެ މަޚްރަޖުން ނުކިއިގެން އުޅޭ ކަމެވެ.

ރޯދަ ހަދިޔާ – (ހަލީސާ -2)

ކިޔާފައިވާ ޢަދަދު: 4253
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

ފާޠިމަތު ޒާރާ

ވަގުކަލޭގެ އަށް ދެއްކި ބިރު

އަހަރެންގެ މެންދުރު ކެއުމަށް ބޭނުންވާ ކާއެއްޗެހި އަޅާފައި ހުރި ކަރުދާސް ކޮތަޅު އޮފީހުން ކޮންމެވެސް މީހަކު ވަގަށް ނެގުމުން އެކަމުގެ ޝަކުވާ އަހަރެންގެ އަންހެނުންގެ ގާތުގައި އަހަރެން ކުރުމުން، އަނެއް ދުވަހަށް ރަނގަޅު އެއްޗެއް ތައްޔާރުކޮށް ދޭނެކަމަށް އަންހެނުން ބުންޏެވެ.

ރަމަޟާން މުބާރަކް!

ކިޔާފައިވާ ޢަދަދު: 4941
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ޢަބްދުއްރަޝީދު ޙުސައިން
ހަރުއަޑުން އުފަލުން އެތަންމިތަނުން މިއަދު ގޮވަމުން އައީ
               މަރްޙަބާއޭ…. މަރްޙަބާއޭ… ޝަހްރު  ރަމަޟާނޭ  އައީ

ހުޅުވަމުންލޯ ބެލިތަނާ ހުޅަނގަށްއެ އިރު އޮއްސުނު ތަނާ
               ހުޅެވިހަނދު  ފެނިލީތަނާ  ހެޔޮކަމުގެ   ރޯދަމަހޭ  އައީ