ފައިސާގެ ބާރު

ކިޔާފައިވާ ޢަދަދު: 4240
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

ޢަބްދުއްލްޣަފޫރު ޢަބްދުއްރަޙީމު، ގ.މަންޒިލް

މިއީ އަބުލްޢައިނާއު ގެ ޅެމެއްގެ ދިވެހި ތަރުޖަމާއެކެވެ. މި ޅެންވެރިޔާގެ ފުރިހަމަ ނަމަކީ އަބޫ ޢަބްދުއްﷲ މުޙައްމަދު ބިން ޤާސިމް ބިން ޚައްލާދު އެވެ. މީނާއަކީ ޢަރަބި–އިސްލާމީ ޢިލްމުވެރިކަމުގެ ރަންޒަމާން ކަމުގައި ބެލެވޭ ޢައްބާސީ ޒަމާނުގެ ޅެންވެރިޔެކެވެ. ޢަބުލްޢައިނާއު ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ ހިޖުރައިން 191 ވަނަ އަހަރުއެވެ. އަވަހާރަވީ 283 ހ. ގައެވެ.

އިތުބާރު

ކިޔާފައިވާ ޢަދަދު: 3110
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
އަސްމާ އަބޫބަކުރު
އެކުގައި ގިނަ ދުވަހު އުޅުމުން ބައިވެރިޔާގެ ގޮތް އެނގޭނެޔޭ މީހުން ބުނެއެވެ. ގިނަ ދުވަހަށް ދެމިގެންދާ ގުޅުންތައް ވަރުގަދަވާނެތީ އެވެ. އަހަރެންވެސް ހީކުރީ، އެއީ ވާނެ ގޮތް ކަމުގައެވެ. ހުރިހާ ކަމެއް ހީކުރާ ގޮތަކަށް ނިމިގެންނެއް ނުދާނެއެވެ. ލިވާޒާއި އަހަރެންގެ ގުޅުން ފެށުނީ ގްރޭޑް ފަހެއްގައި ކިޔަވަން ފެށުމުންނެވެ. ޢާއްމުކޮށް ކުދީން ރައްޓެހިވާ ޢުމުރެއް ނޫންކަން އެނގިހުރެ އަހަރެން ލިވާޒާ ގުޅުނީ ކްލާސް ކުދީން އަޅުވައި ކިޔަން ފެށުމުން ހިތްޖެހެޔޭ ބުނާ އުޞޫލުންނެވެ.

ކޯރސިކާގެ އަސްތަބީލާއަކުން – މިސުރުގެ ސިންގާ ސަނާ އަށް (9)

ކިޔާފައިވާ ޢަދަދު: 4509
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

سلطان ركن الدين بيبرس

ކަނީރު ޢަބްދުއްރަޙީމް (ކަނީރު)
(6 މެއި 2013 (ހޯމަ) ގުޅޭ)

ސަރ ކޮންރޭޑް އަށް ބޭރަށް ނިކުމެލެވޭވަރުވީ ބަރާބަރު ހަފްތާއެއްގެ ފަހުންނެވެ. އެދުވަސް ތަކުގައި މުޅިންވެސް އޭނާގެ އަމިއްލަ ގޭގެ ކޮޓަރީގައި ބޭސްފަރުވާ ކުރީ އެވެ. ތެދުވެލެވުނު ދުވަހު އޭނާ މޫނުބަލާ ލޯގަނޑުގެ ކައިރިއަށް ގޮސް ހުއްޓި ބަލައިލުމާއި އެކު އައިރުޅި އާއި ވީދެރައިގެ ސަބަބުން ތުރުތުރު އަޅައިގެން ދިޔައެވެ. ނިތްކުރިމަތި ފެޅި މެދު ދަތްކޮޅު ގެއްލި ނޭފަތް އައިބު ވެފައެވެ. އޭނާގެ ސިފަ ދެކެފައި އޭނާ އަމިއްލައަށް ބިރު ގަތެވެ. އެއާއި އެކު ޖެހި ޖެހީނުން ލޯގަނޑު ތަޅާލީ އެވެ. ———–ދެން ރާވައިލީ ވަރަށް ނުރައްކާތެރި ރޭވުމެކެވެ.
ބަރޓްރަމްގެ އެހީގައި އޭނާ ސިޓީއެއް ވަގަށް ނެގީއެވެ. އެސިޓީއަކީ ބީބަރަސް އަށް މޭރިއޭން ލިޔެފައި އޮތް ސިޓީ އެކެވެ. އެސިޓީގައި އޮތެވެ.

ސަރާ (39)

ކިޔާފައިވާ ޢަދަދު: 5654
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

މޫސާ ސާޢިދު، މަރަދޫ
(5 މެއި 2013 (އާދީއްތަ) ދުވަހު ޝާއިޢުކުރި ބަޔާ ގުޅޭ)

“ބޭބޭ…މިހާރު ސަރާ ދެކެ އަހަރެން ވަރަށް ލޯބިވޭ…. ޢިމްރާން ސަރާއާ ދޭތެރޭ ކަންތައް ކުރީ ރަނގަޅަކަށް ނޫން. އޭނާއަށް މިހާރު އޭގެ ނިކަމެތިކަން އިޙްސާސް ކުރެވޭނެ.” ނިމާލް އިސްޖަހައިގެންހުރެ ވާހަކަ ދެއްކިއެވެ.

“އަދި ކޮއްކޮއާއި ސަރާއާ ދެމެދު  އެއްވެސް ގުޅުމެއް ނެތް. ބޭބެއަށް ފެންނަނީ ތިގުޅުން ބަދަހިނުކޮށް ދުރުވާން.” ނިޔާޒް ވިސްނަނީ މަސްލަޙަތަށެވެ.
 

ދެ ޒަމާނެއްގެ ލާމަސީލު ދެ ނަރުހުން

ކިޔާފައިވާ ޢަދަދު: 8912
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
އަޙްމަދް ސަމީރު ޢަލީ، ޙުސައިން ސިރާޖު

ރުފައިދަތުލް އަސްލަމިއްޔާ

ރުފައިދަތުލް އަސްލަމިއްޔާ (رفيدة الأسلمية)  އިސްލާމުންގެ ތެރޭގައި މަޝްހޫރު ވެފައިވަނީ އިސްލާމުންގެ ތެރޭގައި އުފެދުނު އެންމެ ފުރަތަމަ ނަރުހެއްގެ ގޮތުގައެވެ. އުފަންވެފައިވަނީ ޔަޘްރިބަށެވެ. އެއީ މިހާރުގެ މަދީނަތުލް މުނައްވަރާއެވެ. ކީރިތި ރަސޫލާ މަދީނާ އަށް ހިޖްރަ ކުރެއްވުމުން އެންމެ ފުރަތަމަ އިސްލާމްވި އަންހެން ބޭކަނބަލުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ އިއްޒަތްތެރި ޞަޙާބިއްޔާއެކެވެ. ބައްޕާފުޅަކީ ޙަކީމީ ބޭހުގެ ޑަކްޓަރެކެވެ. ބޭސްކުރުމުގެ ހުނަރު ޅަފަތުގައި އުނގެނިވަޑައިގަންނަވަން ފެއްޓެވީ ބައްޕާފުޅުގެ އަރިހުންނެވެ.

އަހަރެންގެ މިދެއަތް ކަލާއަށްޓަކައި މަސައްކަތް ކޮށްދޭނެ އެވެ.

ކިޔާފައިވާ ޢަދަދު: 2927
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ތަރުޖަމާ: އާދަމްޝަރީފު މުޙައްމަދު، ރޯޒީ، ށ. ފުނަދޫ
ދެ ލޯބިވެރިން އެމީހުންގެ އެންގޭޖުމެންޓުގެ ކަންތައްތައް ނިންމުމަށްފަހު މިހާރު ވިސްނަމުންދަނީ ކުރިމަތިވަމުން އަންނަ ކައިވެނީގެ އުފާވެރި ދުވަހާމެދުގައެވެ. ނަސީބު ދެރަކަމުން އެ ދުވަސް ނާންނަނީސް ފިރިހެން ކުއްޖާއަށް ހަނގުރާމައަކަށް ދާން ޖެހިއްޖެ އެވެ.

އުސްތާޒު ނެތި ދިޔައިމާ …

ކިޔާފައިވާ ޢަދަދު: 2796
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ރާގު: ޤައިދު މޭހޭ ބުލްބުލް ސައްޔާދު މުސްކުރާޔޭ

ދަރިވަރެއްގެ ދަރިވަރު
މަދަރުސާ ވެ ފުނޑުފުނޑު އުސްތާޒު ނެތި ދިޔައިމާ،
                        އަދަބު ގިސްލަނީޔޭ، ޝާޢިރިއްޔަތު ރޮނީޔޭ
                         * * * * * * * 
ދިވެހީންގެ އަދަބަށް ގެންނެވި ތަބައްސުމް،
        މިވެރީންގެ ހަސަދައިން ނެތި ގޮސް ފިލައްޖޭ،
                ހަވަލިކަން މުޅީން ނައިސް އަނދިރީގެ ދައުރު ފެށުމުން
                      އަދަބު ގިސްލަނީޔޭ، ޝާޢިރިއްޔަތު ރޮނީއްޔޭ

ކާފަމެން ހެއްދި ދަނޑު

ކިޔާފައިވާ ޢަދަދު: 3037
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
އާދަމް ޢަބްދުއްރަޙްމާން، ހއ. އުތީމު
ކާފަމެން އިންދެވި ގަހަށް ފެންމީރު، ދެއްވާފައި އޮތީ
                     ކާފަމެން  ކާދޭ  ގަހަށް   ކާނާއަކަށް  ދީފައި އޮތީ
ސޫރައާ ކުލައާ ވަހާ އެކު ހައްދަމުން އައި ގަސްތަކުން
                    ނޫފެހިން ދަނޑުތައް އެކީ ފޭރާން ފަށުވި ލެވިފައި އޮތީ
ކޮންމެ ގަހަކުން އަންނަ މޭވާ އޭގެ އަސްލީ ރަހަތަކުން
                    ދޮންވެ ފައްކާވާ ހިނދުން ކެއުމަށް އެދުހު ލިބިފައި އޮތީ

ހަމައެކަނި ވިދާޅުވެލެއްވުމަށް….(6)

ކިޔާފައިވާ ޢަދަދު: 5883
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

“އެނގޭ ގޮތެއް ނުވި!”

ރާއްޖޭންބޭރުގައި ހުންނަވާ ރާއްޖޭގެ ވިޔަފާރިއާއި ބެހޭ ސަފީރު އަލްފާޟިލް ކޮލި ޢަލީ މަނިކު މިހާރު މާލެ ދުރުވެ އެބަ ހުންނެވި އެވެ. އޭނާގެ މި ދަތުރާއި ބެހޭ ގޮތުން ބައެއް މަޢުލޫމާތު ހޯދުމަށް ދިޔަ މޫންލައިޓްގެ ރިޕޯޓަރ އެނބުރި އައިސް ބުނީ އޭނާގެ އަރިހުން އެކައްޗެއް ވެސް އެނގޭ ގޮތެއް ނުވިކަމުގައެވެ. ވަރަށް ހީނލައްވާފައި، އެކައްޗެއް ވެސް ނުދެއްވި ކަމުގައެވެ.

ދުނިޔޭގައި ދިރިހުރިހައި ހިނދަކު ހިނިތުންވެ ހުންނާށެވެ.

ކިޔާފައިވާ ޢަދަދު: 4457
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ޢަބްދުލްޣަފޫރު ޢަބްދުއްރަހީމު، ގ. މަންޒިލް
މިއީ އަރަބި ޝާއިރެއް ކަމަށްވާ އީލިޔާ އަބޫ މާޟީގެ “އިބްތަސިމް” (ހިނތުންވެލާށެވެ!) މިޅެމުގެ ދިވެހި ތަރުޖަމާއެކެވެ. މިޅެން ގެނެސް ދެވިފައިވަނީ ޝާއިރާއި އޭނާގެ އެކުވެރިޔަކާ ދެމީހުން ދައްކާ ވާހަކަތަކެއްގެ ސިފައިގައެވެ. އެއްކޮޅުން ރަހުމަތްތެރިޔާ ދައްކަނީ އޭނާގެ ހަޔާތް އަބާއްޖަވެރިވެ ހިތާމަކުރަން ޖެޙޭ ސަބަބުތަކެވެ.