ރޯދަ ހަދިޔާ –(ހަލީސާ -5 )

ކިޔާފައިވާ ޢަދަދު: 4204
ފާޠިމަތު ޒާރާ

ކާފަ ނިޔާވިއިރު ދޫކޮށްލީ ކޮންއެއްޗެއް؟

އެއްދުވަހެއްގައި ތިން ރަޙުމަތްތެރިއަކު ދެއްކި ވާހަކައެކެވެ.

ފުރަތަމަ ކުއްޖާ: އަހަރެންގެ ކާފަ ނިޔާވިއިރު ކާފަ ދޫކޮށްލާފައިދިޔަ މުދަލުގެ ތެރޭގައި 10 މިލިއަން ޑޮލަރު ހިމެނެއެވެ.

ނަމާދު

ކިޔާފައިވާ ޢަދަދު: 3087

ރޯނުގޭ ޙަސަން މަނިކު

ނަމާދޭ އެއީ އެންމެ  މާތް  އަޅުކަމޭ
             އަމާންކަން ދެ ދުނިޔޭގެ  އޮތް  އަޅުކަމޭ

މަކާރިމާ ރީތިއަޚުލާޤު މާތްމީ،
    ސުލޫކު ދަސްވާނެ މަގު އެދެވިގެންވީ
          އަލިކުރަމުން، ފަހިކުރަމުން އަންގައިދޭ އަޅުކަމޭ
             ނަމާދޭ…

ރިތިކް ރޯޝަން

ކިޔާފައިވާ ޢަދަދު: 7778

ޢަބްދުﷲ ނަޢީމް އިބްރާހީމް
މަންމަ ގެ ރުޅި މިހާރު ހުރީ އިންތިހާ އަށް އަރައިފައެވެ. އެހެންވީމާ އެންމެ ރަނގަޅު ވާނީ އަނގައިން ނުބުނެ ހުރުމެވެ.
“ކަލޭމެންނަކަށް ފިލްމު ބެލުން ނޫން ކަމެއް ކުރެވޭ ކަމަކަށް ނުވޭ- ކޮންމެވެސް ހީނާއެއް ނޫނީ އެހެން ކޮންމެވެސް އެއްޗެއް ނުބަލައެއް ލޮލަކަށް ނިންޖެއް އަންނަ ކަމަކަށް ނުވޭ-” މަންމަ އެއްޗެތި ގޮވަމުން ދިޔަ އެވެ.

ރޯދަ ހަދިޔާ – (ހަލީސާ -4 )

ކިޔާފައިވާ ޢަދަދު: 4247
ފާޠިމަތު ޒާރާ

ލޯނު ނުދެއްކުމަކީވެސް ފައިދާއެއް

މީހަކު ބޭންކުން ލޯނެއް ނަގައިގެން ވަރަށް އަގުބޮޑު ކާރެއް ގަތެވެ. ކޮންމެ މަހަކު ލޯނަށް ދައްކަންޖެހޭ ފައިސާ ބަރާބަރަށް ދައްކަމުންގޮސް ދުވަސްގަނޑަކުން އެކަން ހުއްޓިއްޖެއެވެ. ލޯނުގެ ފައިސާއެއް ނުދައްކައެވެ. އެކަމާ ގުޅިގެން އޭނާ ގަތް ކާރު ބޭންކުން އަތުލިއެވެ. ބޭންކުން ކާރު އަތުލުމުން މިމީހާ ހިތަށް އެރިއެވެ. “މިކަން އެނގުނުނަމަ އަހަރެން ކައިވެނި ކުރީހީވެސް ބޭންކުން ލޯނެއް ނަގައިގެންނެވެ.”

ރަޙްމަތުގެ އާރު

ކިޔާފައިވާ ޢަދަދު: 3182
އާދަމް ޢަބްދުއްރަޙްމާން – އުތީމު

ރަޙްމަތުގެ އާރުން ވެއްސަވާ ރަހަމީރު ފެންފިނިބޮއިލަމާ
            ވަހުމުގެ  ކިލާ  ހަޑިދަމިލަތައް މިހިތުން އެކީގައި   ދޮވެލަމާ

ރަސްމުން ލިބުނު ހެޔޮ ތަރިކައަށް ގަސްދާނުލާ އުނިކަން އަޔަސް
            އަސްލަށް ޟަޢީފު ކަމެއް ނުދީ ނަސްރަށް ނިކަން ހިންދެމިލަމާ

ތަޅުދަނޑިއަކީ ބިރުގަތުމެވެ.

ކިޔާފައިވާ ޢަދަދު: 3435

އެތަނާއި މިތަނުން

ކުދިވާހަކަ (6)

ތަޅުދަނޑިއަކީ ބިރުގަތުމެވެ.

ޢައްބާސް އިބްރާހީމް

ރަސްކަލަކު މާބޮޑަށް ފަލަފުޅު ވާތީ، ވަރަށް ބޮޑަށް ކަންބޮޑުވެވަޑައިގެންފި އެވެ. ޑަކްޓަރުން ދަންނަވަނީ ފަރީއްކުޅުއްވުން މަދުކުރެއްވުމަށެވެ. ނަމަވެސް މިއީ ރަސްގެފާނު ގަބޫލުފުޅުކުރައްވާ ކަމެއްނޫނެވެ. އެންމެ ފަހުން މި ވާހަކައާ މެދު ހިތްޕުޅުހަމަޖެހިވަޑައިނުގަންނަވައިގެން، އެ މަނިކުފާނުގެ ފަލަފުޅުވުމުގެ އާލާސްކަންފުޅު ފަސޭހަވާނޭ ބޭސްކޮޅެއް ދިން މީހަކަށް ވަރަށް ބޮޑު އިނާމެއް ދެއްވަން ނިންމަވައި އެކަން އިޢުލާނު ކުރައްވައިފިއެވެ.

ވަފާތެރިޔާ

ކިޔާފައިވާ ޢަދަދު: 8318

ކުރުވާހަކަ

ވަފާތެރިޔާ

ޢަބްދުﷲ ނަޢީމު އިބްރާހީމް

ދެ މީހުންވެސް މަސައްކަތް ކުރަމުން ދިޔައީ ސާހިބުމީހާ ރުއްސާށެވެ. އެ ކަމުގައި އެކަކު އަނެކަކަށްވުރެ ކުރިއަށް އަރަން މަސައްކަތް ކުރަނީއެވެ. ބައިވެރީންގެ ވަފާތެރިކަމުގެ ސަބަބުން ސާހިބުމީހާ ހުރީ ވަރަށް ބޮޑަށް ހިތް ހަމަ ޖެހިފައެވެ. އެ ކަހަލަ ވަފާތެރި ބައިވެރީން ތިބުމަކީ ކިހައި ބޮޑު ފައިދާއެއް ކުރާ ކަމެއްކަން ސާހިބުމީހާއަށް ވަރަށް ރަނގަޅަށް އެނގެއެވެ.

ރޯދަ ހަދިޔާ – (ހަލީސާ -3)

ކިޔާފައިވާ ޢަދަދު: 4233
ފާޠިމަތު ޒާރާ

މިއީ ވެސް ގޮތެއް

ޓީވީ ޝޯ ހުށަހަޅައިދޭ ތަންކޮޅެއް ދުވަސްވީ ފަންނާނެއް ހުށަހަޅައިދެމުން ދިޔަ ޝޯ އަހަރުތަކެއް ވަންދެން ދެއްކުމަށްފަހު އެ ޝޯ ދެއްކުން ހުއްޓައިލިއެވެ.

މި ޝޯ ތައްޔާރުކުރި ސްޓޫޑިއޯގެ ރިޕޯޓަރަކާ އެއްދުވަހަކު މި ފަންނާނާ މަގުމަތިން ބައްދަލުވެގެން ރިޕޯޓަރު އަހައިލިއެވެ.

ރޯދަ

ކިޔާފައިވާ ޢަދަދު: 4490
ޢަބްދުﷲ ޞާދިޤު
މިދީނުގެ ބިނާވީ  ޝަހަދާތުގެ ފަހުގާ
            ޙަޤީޤީބަދަހި މޮޅުހަތަރު ތަނބު މަތީގާ
       
ތިމާޔަށް މުޅިން ޚާއްޞަވީ ރޯދަކިޔަމާ
            ނަމާދާ  ޒަކާތާއި   ޙައްޖާ   އެކީގާ
 

ގަނޑުފެން

ކިޔާފައިވާ ޢަދަދު: 7748

ކުރު ވާހަކަ

ގަނޑުފެން

ޢަބްދުﷲ ނަޢީމު އިބްރާހީމް

އަހަރެން މާލެއަށް މި އައީ ބަރާބަރު އަށް އަހަރު ފަހުންނެވެ. އެހާ ގިނަ ދުވަސް ވެފައި އާދެވުމުން ޝަމްސިއްޔާގެ ޚަބަރު ބަލައިލާނަމޭ ހިތާ އެގޭ ދޮށަށް ހިނގައްޖައީމެވެ. ޝަމްސިއްޔާ އަދި އޮފީހުން ނާންނާނެއޭ ހިތަށް އެރީ ދޮރުގެ ރަނގަބީލު ޖެހިފަހުންނެވެ.
މިހާރު ގޭގައި އުޅޭނީ ކާކު  ހެއްޔެވެ. މުނާ ހެއްޔެވެ؟ މަރިޔަމް ހެއްޔެވެ؟