ތައުބާވަމާ ހިނގާ!

ކިޔާފައިވާ ޢަދަދު: 6435

ޙަސަން ޝާކިރު މުޙައްމަދު
ފާފައިންވެވޭ،  ތައުބާ ވަމާ ހިނގާ
            ހޯދަން އަމާން އެކީ އެކުގައި ދުނިޔޭގެ ލާބަޔާ!
               + + + + + + +

ދޮރުތައްވަނީ މި ތާނގައި އެދޭހާ  ހުޅުވާލެވޭނޭ  ތެދޭ
                  ޢަޒުމާއެކީ ދަމާ  ތައުބާވަމާ ހިނގާ!

ކުލީސިފައިންގެމީހާ

ކިޔާފައިވާ ޢަދަދު: 7919

ކުރުވާހަކަ

ކުލީސިފައިންގެމީހާ

ތަރުޖަމާ: ޢަބްދުﷲ ނަޢީމު އިބްރާހީމް

އެ ތަނުން އަހަރެންގެ ސައިލެންސަރު ޖަހާފައި އޮތް ފިސްތޯލަ ނަގާން ހޭދަ ވެގެން ދިޔައީ އެންމެ ވިހި ސިކުންތެވެ. އެއީ އެއްވެސް މީހަކަށް ނޭނގޭ ސިއްރު ތަނެކެވެ. އަހަރެންގެ އަތަކު އެ ފިސްތޯލައިގެ ލައިސަންސެއް ނެތެވެ. އެކަމަކު ފިސްތޯލަ އަކީ އަހަރެންގެ ވިޔަފާރީގެ ވަރަށް މުހިއްމު ބައެކެވެ. އަހަރެން ބޭރު ދޮރުގެ ތަންޑު ނައްޓައިލީމެވެ. އެއަށް ފަހު އަހަރެންގެ ނިދާ ކޮޓަރިއަށް އައިސް ބޭރުގެ ދޮރު އަހަރެންނަށް ރަނގަޅަށް ފެންނާނޭ ތަނެއްގައި ހުރެއްޖައީމެވެ.

ރޯދަ ހަދިޔާ – (ހަލީސާ – 28)

ކިޔާފައިވާ ޢަދަދު: 4395

ފާޠިމަތު ޒާރާ

ވާރޭވެހުނެއްކަމަކު ގަސްތަކަށް ފެން ދޭންޖެހޭނެ

ޞާޙިބު މީހާ އޭނާ ގެންގުޅޭ ނޯކަރާ ދިމާއަށް ބުންޏެވެ. “ދޭ އަވަހަށް ގޮސް ގަސްތަކަށް ފެންދީ”

ނޯކަރު: “ބައްލަވާ ސާހިބާ މިހާރު އެއޮތްގެން ވާރޭ ވެހޭނީ”

ހުސްއަތާހޭ… ދާނީ ކަލާ!؟

ކިޔާފައިވާ ޢަދަދު: 2915

ޢަބުދުﷲ އަސްޢަދު، ހއ. އުތީމު
ހުސް ވަގުތު ދުނިޔޭގެ  ދެ ކޮޅަށް  ހޫރިލާ،
       ހުސް ނުކޮށް  ފައިސާ  ލިބޭތޯ   ފާރަލާ،
             އުސްބިނާތައް އުސްކުރަން ހުރެ   ބަލަބަލާ،
                    ހުސް  އަތާހޭ؟ ދުނިޔެ އިން   ދާނީ ކަލާ؟

ސުންނަތެއް ފަރުޟެއް އަދާވެސް ނުވެވިފައި،
       މުންކަރާތަށް އަރައަރައި ވެސް  ގަނެވިފައި،
              ދުންޔަވީ  އުފަލާއި  މަޖަލަށް  ގެއްލިފައި،
                     ހުސް  އަތާހޭ؟ ދުނިޔެއިން  ދާނީ  ކަލާ؟

ބޮޑީގާޑު

ކިޔާފައިވާ ޢަދަދު: 7649
ކުރުވާހަކަ

ބޮޑީގާޑު

ތަރުޖަމާ: ޢަބްދުﷲ ނަޢީމު އިބްރާހީމް

މި ވާހަކަ ރޭ ޝާއިޢު ކުރެވުނީ ރަނގަޅަކަށް ނޫނެވެ. ރޭ ޝާއިޢު ކުރެވުނީ ވާހަކަ ނިމޭ ތަންކޮޅު އެކަންޏެވެ. އެހެންވީމާ މިރޭ މުޅި ވާހަކަ ޝާއިޢު ކުރީއެވެ. ކިޔުންތެރިންގެ އަރިހުން މަޢާފަށް އެދެމުންނެވެ.
ޑޭވިޑް ހުރީ ބިރުން އަވަދިވާ ވަރު ވެފަ އެވެ. އޭނާގެ މުޅި ހަށިގަނޑު ތުރު ތުރު އަޅަ އެވެ. މޫނު ހުރީ ހުދު ވެފަ އެވެ. މިއަދަކީ އެ ދުވަހެއްގެ ހަނދާން އޭނާ އަށް ކުރެވުނީމާ ގައިން ހީބިހި ނަގައިގެން ދާ ދުވަހެކެވެ. އޭނާ ވަތްގަނޑުން ފިސްތޯލަ ނަގައި، ހަ އުންޑަ ލެއްވުމަށް ފަހު ފިސްތޯލަ ޖީބަށް ލައިފި އެވެ. އެއަށް ފަހު ހުރިހައި ކުޑަ ދޮރެއް ރަނގަޅަށް ލައްޕައި، ތަންޑު އެޅުވުމަށް ފަހު، މައި ދޮރުވެސް ތަޅުލައިފި އެވެ.

ليلة القدر ލިބޭތޯ؟

ކިޔާފައިވާ ޢަދަދު: 6174
حسن شاكر محمد
އޮނަހިރި ދުވަސްތައް ފަހުދިހައިން ހޯދާ  عملހެޔޮ ގިނަކުރޭ!
                 ގުނަމުން މިދާ  ރޭތައް ވަކިން ބޭނުން  ކުރަން ހިތްވަރުކުރޭ!
އެއްހާސް މަހަށްވުރެ ހެޔޮވެދާ ގިނަގުނަ ثوابގެوقتގައި
                 އެއްހިތްވެ  إخلاصތެރިކަމާ  އެކުގައި  دعاء ހެޔޮ ގިނަކުރޭ!

ރޯދަ ހަދިޔާ – (ހަލީސާ – 26)

ކިޔާފައިވާ ޢަދަދު: 4270
ފާޠިމަތު ޒާރާ

މިއީ ކާކުގެ ކުއްޖެއްތޯ ނަމަނަމަ އަނބިމީހާ ގާތު ނާހާތި؟

ދެމަފިރިއެއްގެ ތިބި 12 ކުދިންގެ ތެރެއިން އެއް ކުއްޖަކު އަނެއް 11 ކުދިންނާ ވަރަށް ތަފާތެވެ. މިކަމާ ފިރިމީހާ ހުންނަނީ ވަރަށް ފިކުރުބޮޑުވެފައެވެ. އެ ކުއްޖާ އެހާ ތަފާތީ ކީއްވެގެންތޯ އަންހެނުން ގާތު އަހައިލާކަށްވެސް  ނުކުރޭނެތާއެވެ. މިހެން އުޅެމުންދަނިކޮށް އަނބިމީހާ ވަރަށް ބޮޑަށް ބަލިވެ ބަލިއެނދުގައި އޮށޯންނަން ޖެހިއްޖެއެވެ. އަދި އޭނާ ދިރިހުންނާނެކަމުގެ އެއްވެސް އުއްމީދެއް ނެތްކަން ޔަގީންވާ ހިސާބަށް ދިއުމުން ފިރިމީހާ އެއްކަލަ ތަފާތު ކުއްޖާއަށް އިޝާރާތްކޮށް އޭނާ ގާތު އަހާލިއެވެ.

ރަމަޟާން މަހެއް ނިމެނީ

ކިޔާފައިވާ ޢަދަދު: 3300
    
ރޯނުގޭ ޙަސަން މަނިކު
އިތުރު މާތް ވި ރަމަޟާން މަހެއް ނިމި ދަނީއޭ           
              މިތުރުނާ  ސަލާމް ކޮށް މުޅިން   ވަކި ވަނީއޭ
ލިބުނު މިންވަރުން ހެޔޮ އެ ފޯރުވި އަނެކުނަށް
              ލިބުނު ރަނުގެ  ފުރުސަތު މުޅިން  ނިމިދަނީއޭ
ކިތައް ވަޢުޡު ބާއޭ، އެހީ ހިތުގެ ޢުމުޤުން
              އެތައް ޢިބުރަތެއް ދިން އެ މަސް  ނިިމި ދަނީއޭ