ފައިސާ

ކިޔާފައިވާ ޢަދަދު: 3284
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ޙަސަން ޒާހިރު (ޢަންދަލީބު)، ހއ. އިހަވަންދޫ
އެތައް ގިނަ ބުރަ މަސައްކަތަކުން ބަޔަކު އެއްކޮށް ހަދާ އެއްޗެއް
          ގެތައް ހުޅުވައި، ވަރަށް ސިއްރުން ވަގަށް ވެސް އަދު ނަގާ އެއްޗެއް
ހަލާލު މަސައްކަތެއް ފެށުމުން ވިހައި ގިނަގުނަ ވެދާ އެއްޗެއް
           ކަލާ  ބޭންކުން  ނަފާ  ވީމާ  ރިބާ ކައި   ހުސްކުރާ  އެއްޗެއް

ހަސަނުގެ ހަރު އެތި

ކިޔާފައިވާ ޢަދަދު: 3646
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
އިބްރާހީމް ޙުސައިން މަނިކު

މިކަމެއް ހިނގިކަމަށްވަނީ، ފައިބެ ޤަރުނުގެ ކުރީކޮޅުގައެވެ. ބޮޑަށް ލަފާކުރެވޭ ގޮތުގައި ދެ ބޮޑުހަނގުރާމަ ދެމެދުގެ އަހަރެއްގެ ތެރޭގައެވެ. އެދުވަސްވަރު މާލޭ ބާޒާރުގައި ރަސްކަންކުރީ ވޯރާ ވިޔަފާރިވެރިންނެވެ. އާންމު ބަހުރުވައިންނަމަ ބުންބާ މީހުންނެވެ.

ކޯރސިކާގެ އަސްތަބީލާއަކުން – މިސުރުގެ ސިންގާ ސަނާ އަށް (12)

ކިޔާފައިވާ ޢަދަދު: 5375
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

سلطان ركن الدين بيبرس

ކަނީރު ޢަބްދުއްރަޙީމް (ކަނީރު)
(27 މެއި 2013 (ހޯމަ) ދުވަހު ޝާއިޢުކުރި ބަޔާ ގުޅޭ)

އަދި އެންމެފަހުން ރަސްކަމުގެފަތްތޫރަ ނެރި ސިފައިންގެ އެންމެ އިސް ވެރިޔާގެ މަގާމު ބީބަރަސް އާއި ހަވާލު ވެސް ކުރީ އެވެ.
 
ބަހާރު މޫސުމް ކައިރިވުމާއެކު ޞަލީބީ ހަނގުރާމަ ވެރިން މިސުރާއި ދިމާކުރަން ފެށިއެވެ. އެކަމަކު އެހާތަނަށް ދިޔައިރު ބީބަރަސްގެ ގެރިއްލާ ހަނގުރާމަވެރިން ތިބީ ފިސާރި ރަނގަޅަށް ތައްޔާރުވެ ރުކުރުވާ ލެވިފައެވެ. އަންނަ ނާންނަ ދިމާއެއް ނޭނގި ކުއްލިއަކަށް ބައިބައި ގަނޑަށް އައިސް ޞަލީބީންނާއި ކުއްލި ހަމަލާދީ އެތަކެއް ބަޔަކު މަރާ ސުންނާފަތި ކޮށްފައި ބަސްބުނާ ހިނދުން ފިލާ ރައްކާވެދެއެވެ. ނަތީޖާއަކަށްވީ އެތަކެއް ދުވަސް ވެއަތުވީއިރުވެސް ޞަލީބީންނަށް ކުރި އަރައިގެން ނާދެވުމެވެ.
 

ސަރާ (42)

ކިޔާފައިވާ ޢަދަދު: 5539
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
 
މޫސާ ޞާޢިދު، ސ. މަރަދޫ

(26 މެއި 2013 (އާދީއްތަ) ދުވަހު ޝާއިޢުކުރި ބަޔާ ގުޅޭ)
“މަންމަ އަތުގައި… އަހަރެން މިއަދު މަންމައަށް ގުޅިން. މަންމަ ބުނި ކައިވެންޏަށްފަހު އަވަހަށް އަންނާށޯ… އަޞްލު މަންމަ ވަރަށް ބޭނުންވާނެ ކުޑަމީހާ….” ސަރާ ގަސްދުގައި މައުޟޫޢު ބަދަލުކޮށްލިއެވެ.

“ކައިވެނި ކޮށްގެނެއް މިކޮޅަކު ނުތިބޭނަމޭ އަހަރެމެންނެއް. މަންމަގާތު ބުނިނަމަ ފެށޭ ހަފްތާގައި ދާނަމޭ.” އުފާވެފައި ހުރި ނިމާލް ބުންޏެވެ.

ޝޭކްސްޕިޔަރގެ ސޮނެޓްތައް (2)

ކިޔާފައިވާ ޢަދަދު: 4526
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ޑރ. ޢަބްދުލްޣަފޫރު ޢަބްދުއްރަޙީމު، ގ. މަންޒިލް
މިއީ ޝޭކްސްޕިޔަރގެ ސޮނެޓްތަކުގެ ތެރެއިން ދެވަނަ ސޮނެޓްގެ ތަރުޖަމާއެކެވެ. މީގައި ފުރަތަމަ ސޮނެޓުގައި ފެށުނު މައުޟޫއުގެ ވާހަކަތައް ކުރިޔަށް ގެންދެވިފައިވެއެވެ. ޝޭކްސްޕިޔަރގެ ރަހުމަތްތެރިޔާއާއި މުހާތަބުކޮށް އޭނާގެ ރީތިކަމަކީ ނެތިހިގައިދާނެއެއްޗެއްކަން ހަދާންކޮށްދީފައިވެއެވެ. އަދި އެރީތިކަން ގެއްލިދިޔަނުދީ ދެމެހެއްޓުމަށްޓަކައި ކައިވެނިކޮށް ދަރިޔަކު ހޯދުމަށް ބާރުއެޅިފައިވެއެވެ.

އަމާންކަން ގެއްލި ނުދިޔުން އެދި

ކިޔާފައިވާ ޢަދަދު: 6394
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ޙަސަން ޝާކިރު މުޙައްމަދު
ޚިޔާލާ  ވިސްނުމާ  ފިކުރާ  ކުރާށޭ
               ހިޔާދޭ ގަސްގަހުން  މަންފާ  އެދޭށޭ

ނިޔާމައިގައި ވުމަށް ހިތްވަރު ލުމާއެކު
               ކިޔާ ލަވަ، ބެރު ދިމާކުރުމަށް  އުޅޭށޭ

އަދަބާއި އަދަބު

ކިޔާފައިވާ ޢަދަދު: 5012
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
އާދަމް ނަޞީރު އިބްރާހީމް

ތަފާތު ބޮޑު، ތަފާތުތަކަކާ އެކު ދިވެހިބަހުގައި ބޭނުން ކުރެވޭ އެއް ލަފުޒަކީ، ‘އަދަބު’ މި ލަފުޒެވެ. ކުށެއް ކުރާ މީހާ، ކުށެއް ކުރީތީ އޭނާ އާ މެދު އަޅާފިޔަވަޅަކީ އަދަބެވެ. ކުށެއް ނުކޮށް މުޖުތަމަޢުގެ އަގުތަކަށް ރައްކާތެރިވެ، މާތް އަޚުލާޤެއްގެ މަތީގައި ދިރިއުޅޭ މީހާގައި އެ ހުންނަނީ އަދަބެވެ. ފަޞާޙަތާއި ބަލާޣަތާ އެކު ލިޔެ އެކުލަވައި ލެވޭ ލިޔުންތަކާއި ޅެންތަކަކީ އަދަބެވެ.

ހަމައެކަނި ވިދާޅުވެލެއްވުމަށް….(9)

ކިޔާފައިވާ ޢަދަދު: 2940
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

ސާހިބުން އަދިވެސް ކުރައްވާކަށް ނުވޭތޯ؟

ފޯކައިދޫ ރައިވެރިބެ :

އަޅުގަނޑުމެންނަށް ހެޔޮ އަގުގައި ވިއްކާން ގާމީޔާ މާޓްގައި ހުންނަތަކެތި އެއީ، ފައިސާވެރީން ވިޔަފާރިކުރަން ހުންނަ އެއްޗެއްކަމަކަށް އަޅުގަނޑުމެން ހިޔެއް ނުކުރަމެވެ. އެތަކެއްޗަކީ، އަޅުގަނޑުމެންނަށް ހީވާގޮތުގައި ރާއްޖޭގެ ފަޤީރުންނަށްޓަކައި އަގުހެޔޮކުރައްވާ ތަކެއްޗެވެ.
ހިތާމަކުރަމެވެ. މިހާރު އެތަކެއްޗަށްވަނީ ކިހިނަކުންތޯއެވެ. އަޅުގަނޑު މާލެއައިސް ބާޒާރުގައި އުޅޭއިރު އެތަކެއްޗަށް ވާގޮތް ފެނެއެވެ. އެ ދެތަނުން އެއްޗެއް އަގުހެޔޮކޮށްފިނަމަ، ބާޒާރުވެރިން ވާހަކަ ދައްކާލާފައި، އަވަހަށް ގޮސް އެތަކެތި ގަނެގެން ގެނެސް އެބައިމީހުންގެ ފިހާރަ ފިހާރަޔަށްލާ އަލަމާރިތައް ރީތިކުރަނީއެވެ.

ޙިކުމަތުގެ ބަސްކޮޅެއް

ކިޔާފައިވާ ޢަދަދު: 4816
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ޑރ. އަބްދުލްޣަފޫރު އަބްދުއްރަޙީމު، ގ. މަންޒިލް
މިއީ އިމާމު ޝާފިއީގެ ޅެމެއްގެ ތަރުޖަމާއެކެވެ. އިމާމު ޝާފިއީ ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ ހިޖުރައިން 150 ވަނަ އަހަރު ޣައްޒާ ގައެވެ. އަވަހާރަވީ ހިޖުރައިން 204 ވަނަ އަހަރު މިޞުރުގައެވެ. އިމާމު ޝާފިއީ ބޮޑަށް މަޝްހޫރުވެފައިވަނީ ފިޤުހު ޢިލްމުވެރިއެއްގެ ގޮތުގައެވެ. އިސްލާމި ފިޤުހުގެ މަޒުހަބެއްގެ މުއައްސިސެއްގެ ގޮތުގައެވެ. ކީރިތި ޤުރުއާނާއި ޙަދީޘުގައިވާ އިސްލާމީ އެކިއެކި ޙުކުމްތަކާ ގުޅޭ ނައްޞުތަކުގެ މާނަކަނޑައަޅައިލުމަށްޓަކައި އުޞޫލުތަކެއް، ހަމަތަކެއް، އެކުލަވައިލެއްވި މުޖައްދިދެއްގެ ގޮތުގައެވެ.
 

އޭރުގެ ފަތްފުށްތަކުން…. (30)

ކިޔާފައިވާ ޢަދަދު: 3066
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

ރާއްޖޭގެ صحّة

 أحمد حلمى


ޞާޙިބުއްސަޢާދާ އަލްފާޟިލް އަޙްމަދު ޙިލްމީ ދީދީ (ރަޙިމަހުﷲ) އަކީ، މާމަޝްހޫރު ލިޔުންތެރިއެއް ނޫން ނަމަވެސް އެދުވަސް ނުކުތް ނޫސް، މަޖައްލާތަކަށް ޚިޠާބު ފަދަ ލިޔުންތައް ލިޔުއްވާފައިވާ ބޭފުޅެކެވެ.

އަޙްމަދު ޙިލްމީ ދީދީއަކީ، ދައުލަތުގެ މުހިންމު މަޤާމުތަކެއް ފުރުއްވާފައިވާ ޚިދުމަތްތެރިއެކެވެ. އެމަނިކުފާނު ފުރުއްވާފައިވާ މަޤާމުތަކުގެތެރޭގައި ރައީސުލްޖުމްހޫރިއްޔާގެ ނާއިބުކަމާއި ވަޒީރުއްޞިއްޙާ ވަލް މުވާޞަލާތުކަމާއި ކޮޅުނބުގައި ހުންނަވާ ދިވެހި ދައުލަތުގެ ރެޕްރެޒެންޓެޓިވްކަމާއި އ.ދ.ގައި ހުންނަވާ ދިވެހިރާއްޖޭގެ ދާއިމީ ވަކީލުކަމާއި މިނިސްޓަރ އޮފް ފިޝަރީޒްކަމާއި މިނިސްޓަރ އޮފް އެގްރިކަލްޗަރކަމާއި ރައްޔިތުންގެ މަޖިލީހުގެ ރައީސުލްޖުމްހޫރިއްޔާގެ މެންބަރުކަން ފަދަ މަޤާމުތައް ހިމެނެއެވެ. އަދި އެމަނިކުފާނަކީ، ރާއްޖޭގައި އެންމެފަހުން ކިލެގެކަމަށް ކޮލިލެވުނު ބޭފުޅުންގެތެރެއިން ފާށަނާކިލެގެފާނުކަމަށް ކޮލި ލެވުނު ބޭފުޅެކެވެ.