މާމަގެ މަރުމަތި

ކިޔާފައިވާ ޢަދަދު: 328

އާދަމް ނަޞީރު އިބްރާހީމް މަޑުމަޑުން މާމަގެ ދެލޯ ހުޅުވައިލިޔޭ ހާސް ހިންމަތުން    ފަނޑުއަޑުން ލަފުޒެއް ދެތިން ފިރިގެންއަޔޭ ހިކި ތުންފަތުން  އެ ބުނި އެއްޗެއް ވައިގެ ތެރެޔަށް ރޫޅި ގޮސް ހުސްވެއްޖެޔޭ       ލިބުނު ދޭހަ ޔަޤީންކުރާން ފަސް ޖެހިލިޔޭ އެހި ކަންފަތުން ޣަރަޤުވީ ނަވަކުން އެހީޔަށް އެދި ނެގޭ އަތްތައް ފަދައިން،       ކަރުނަ އެސްފިޔަތައް ދުރަށް ދައްކައިލިޔޭ އެ ޝިކާޔަތުން ރޮއި ހަނާއަޅަމުން އެ އެސްފިޔަތައް ގޮވާހެން  ހީވެޔޭ       އޭ ނެތީހޭ…

ފަންޑިތަވެރިޔާ (2)

ކިޔާފައިވާ ޢަދަދު: 347

އަހަރެން އަބީދު ކުރެން އަހައިލީމެވެ.” ބަލަ ހަސްފަތާލުން ދޫކޮށްލީ ތަ؟” “ނޫން. އަދި ދޫކޮށެއް ނުލާ. މިދެން ސިނގިރޭޓެއް ބޮއިލަން ހޮޓަލަށް ޖައްސައިލީ. އެތަނުން މިތަން ހިނގާލައިފައި އަންނާކަށް ވެސް ދުރެއް ނޫނެއް ނު. އެތާ ސިނގިރޭޓެއް ވެސް ބޮވެނީއެއް ނޫން. ކަލޭ ނައިސްގެން މި މަޑުކޮށްލެވެނީ. މިސިނގިރޭޓު ބޮއިލައިގެން ދެމީހުން އެކުގައި ދާނީ. އަންހެނުންނާއި ފަހަރި ފަތިސްވަންދެން ދަމަށް ތިބެފައި މިހާރު ތިބީ ކޮޓަރީގައި ނިދާފައި.” މީނާ ބަސް ނުދަންނާތީ ހަސްފަތާލުން ވީއްލުމުގެ ކަންތަކަށް އަހަރެން…

ފާފަ

ކިޔާފައިވާ ޢަދަދު: 437

އުރުދޫ ބަހުން ދިވެހިބަހަށް ގެނައީ: ފަރުޙާތު ޢަލީ މުޙައްމަދު އިނާމީ މުޤާބަލާ ނަންބަރު 3 ޖަރާއިމް ނާއީ ދިއްލީ 1984 މިޅެން ނަގާފައި ވަނީ “ފަތްތޫރަ” މަޖައްލާގެ 190 ( ޖަނަވަރީ 1995) ވަނަ ޢަދަދުންނެވެ. އަލްފާޟިލް ފަރުޙާތު ޢަލީ މުޙައްމަދުގެ ލިޔުއްވުންތައް މި ސައިޓުގައި ޝާއިޢު ކުރުމުގެ ފުރުސަތު ދެއްވިކަމަށްޓަކައި  ނުހަނު އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަމެވެ. ______________________ ފާފަތައް ފޮރުވާލުމަށްޓަކައި އަހަރެމެން އަޅާ ފަރުދާއަކީ ގިސްލަމުން ލޮލުން އޮހޮރާލާ ދެތިން ތިކި ކަރުނައެވެ. ދިރިއުޅުމުގެ މިރީތި…

އެ ހަނދާން (2)

ކިޔާފައިވާ ޢަދަދު: 261

އެ ހަނދާނުގެ ދުނިޔެއިން ޙަޤީޤީ ޢާލަމަށް އަހަރެންނަށް އާދެވުނީ އަހަރެން ކައިރީގައި އޮތް ޝިމްލާ ބޯ ހިއްލައިލައިފައި އަހަރެންނާ މުޚާތަބް ކޮށް އެއްޗެއް ބުނީމައެވެ.  “ނަޞީރު… އަދިވެސް ނިދި ނުކުރައްވަންތޯ!” އޭނާ އަހައިލިއެވެ.  “މިރޭ މިއުޅެނީ އަދި ނުނިދިގެން… ހީވަނީ މިއަދުގެ މާ މަސައްކަތް ބޮޑު ވީހެން.”  “އެހަައި މަސައްކަތް ބޮޑު ވާހަކައެއް ނުބުނުއްވަމު… އެހެންނަމަ އަޅުގަނޑުވެސް ނުނިދީމުސް.” “އަޅުގަނޑު އެ ވާހަކަ ނުބުނީވެސް ތިޔަހެން ވެދާނެތީ… ޝިމްގެ ނިދި ނަގާލާކަށް އަޅުގަނޑު ބޭނުމެއް ނޫން…”  “އަޅުގަނޑު…”…

ކާފަގެ އަލްވަދާޢު

ކިޔާފައިވާ ޢަދަދު: 386

އާދަމް ނަޞީރު އިބްރާހީމް މިއީ އަޅުގަނޑަށް ވަރަށް ނަސޭހަތްތެރި މުރުޝިދެއް ކަމުގައިވާ،  އައްޝައިޚު އަލްމަރްޙޫމު އިބްރާހީމް ޙަސަން (މ.ރީޙުއްޞަބާ) އަވަހާރަވުމުގެ ހިތާމައިގައި، އޭނާގެ ކާފަދަރިކަލުން އަލްއުސްތާޛު އަޙްމަދު ޢަލާ ދީދީ އެދިވަޑައިގަތް އެދިވަޑައިގަތުމަކަށް، އެކުލަވައިލެވިފައިވާ ޝުޢޫރުތަކެކެވެ. ރަޙްމަތްވަންތަ ﷲ، މަރުޙޫމުގެ ފުރާނަފުޅަށް ހެޔޮ ދަރުމަދެއްވައި، އާއިލާއަށް ހެޔޮ ގޮތްތައް މިންވަރު ކުރައްވާށިއެވެ. ________________________________________________________________________ އަލްވަދާޢު  މި ކީ ޙަޔާތަށް  ހިތުގެ  ހިންމަތްތެރިކަމޭ ބައްލަވާ! ކާފާ ތިބާ ތިޔައީ މި ދެލޮލުގެ އަލިކަމޭ ތުއްތު އުމުރުއްސުރެ ފެނާ އަލިފާން…

ދިރިއުޅުމުގެ ރަހަތައް (4)

ކިޔާފައިވާ ޢަދަދު: 241

-މުޙައްމަދު ވަޙީދު/މަޑުލު- ޢަލީގެ ހުށަހެޅުމަށް ނޫނެކޭ ބުނުމަކީ ބުއްދިވެރި ގޮތެއް ނޫންކަމަށް ފާރިޝާގެ އެތެރެހަށި ބުނަމުން ގެންދިޔައެވެ. އެހެންނަމަވެސް ކުއްލިއަކަށް އާނއެކޭ ބުނުމަކީ މާ ހަރުދަނާ ސިފައެއް ނޫނޭވެސް ހިތަށްއެރިއެވެ. ކުއްލިއަކަށް ފާރިޝާގެ ހަނދާނަށް އަންނަންފެށީ މަރުޙޫމާ ޙައްވާމަނިކެގެ ހަނދާންތަކެވެ. ޙަޤީޤަތުގައި ފާރިޝާ މީހަކަށް ހަދައިދިނުމަށް ފުރަތަމަ ފިޔަވަޅު އެޅީ އޭނާއެވެ. މަތީރަށަށް ޙައްވާމަނިކެ ކުރި ދަތުރުގައި ވިއްސާރައިގެ ސަބަބުން ފާރިޝާމެންގެ ރަށުގައި ޖައްސައި، ދެދުވަހު ތިބެންޖެހުނެވެ. ކަތީބު ބުނުއްވުމާއެކު ޙައްވާމަނިކެމެންނަށް ކާންދިނުމުގެ ކަންތައްތައް ބެލެހެއްޓީ ފާރިޝާއެވެ.…

ފަންޑިތަވެރިޔާ (1)

ކިޔާފައިވާ ޢަދަދު: 269

މިވާހަކައަކީ ކުރިން ޝާޢިއު ކުރެވިފައިވާ ވާހަކައެކެވެ. މިސައިޓުގައި ވާހަކަ ޖަހައިފައި އެވަނީ ބައެއް ބަދަލާއެކުގައެވެ. _____________________ “ކޮބާ! މަބުނީމެއް ނު ޖެހިގެން އުޅެނީ ޖިންނިއެއްގެ ކަމެކޭ. ޑަކުޓަރުން އެއޮތް ހެދިހާ ޓެސްޓުތައް ދިޔައީ ހަމަ ސޮކަށް. އެއްވެސް ގޯހެއް އުޅޭކަމަކަށް ނުދެއްކި!” އަބީދު ފޯނުން ވަރަށް ހީނހީފައި ކިޔައިދިނެވެ. އަހަރެން އަހައިލީމެވެ. “އަބީދު ތިޔަ އޮތީ ހަސްފަތާލުގައި ތަ؟” “ނޫން. މި ވަގުތު މިހުރީ ހޮޓަލުގައި. ބޮޑު ފެންޑާގެ ބޭރަށް ބަގީޗާ އަށް ހުންނަ ހާމަ ފެންޑާގައި…

އެ ހަނދާން (1)

ކިޔާފައިވާ ޢަދަދު: 256

ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިޔާ،  އޮނަރަބްލް އަލްފާޟިލް ޢައްބާސް އިބްރާހީމަކީ، ލިޔުންތެރިއެކެވެ. ވާހަކަދެއްކުންތެރިއެކެވެ. ވާހަކަ ލިޔުންތެރިއެކެވެ. އަދި ޅެންވެރެއް ވެސް މެއެވެ. އަލްފާޟިލް ޢައްބާސް އިބްރާހީމް، 1959 ވަނަ އަހަރުން ފެށިގެން މިހާތަނަށް ރާއްޖޭގައި ނުކުތް ގިނަ ނޫސް މަޖައްލާތަކަށް ލިޔުއްވާފައިވެއެވެ. އަމިއްލަފުޅަށް ނޫސް ނެރުއްވައި ހިންގަވައިފައިވެއެވެ. ދުވަހުނޫސް، “ވިޔަފާރި މިއަދު”، “މޫންލައިޓް”، “ސިނަމާ”، މިދުވަސްވަރު”، “ވަގުތު” ފަދަ ނޫސްތަކަށް މަޒުމޫނާއި ވާހަކަ ލިޔުއްވާފައިވެއެވެ. އަދި “ފަތިސް” ނޫހާއި “އާފަތިސް” ސީދާ ހިންގަވައިފައިވެއެވެ. “ޢިލްމީ އޮއިވަރު” “އާބާރު”…

މަލިކުގައި ވާހަކަދައްކައި އުޅޭ ބަހުރުވަޔާމެދު (6)

ކިޔާފައިވާ ޢަދަދު: 317

(19 މާރޗް 2017 ގައި ޝާއިޢުކުރެވުނު ބަޔާ ގުޅޭ) މިބައި ނަގައިފައި ވަނީ “ފަތްތޫރަ” މަޖައްލާގެ 188(ނޮވެމްބަރު 1994) ވަނަ އަދަދާއި ( ޖެނުއަރީ 1995) ވަނަ އަދަދުންނެވެ. މިއީ މި ސިލްސިލާގެ އެންމެ ފަހު ބައެވެ. _____________________________ ލުއިވުން ވިހެއުން، އަޅުގަނޑުމެން ބަލިވެ އިނދެ، ވިހަނީއޭ ބުނާއިރު މަލިކު ބަހުރުވައިގައި ނުކެރި އިނދެ ލުއިވަނީއެވެ. މީގެ އަނެއް ބަހަކަށް ބޭނުންކުރަނީ ގޭގައިވުން މިބަހެވެ. އެއީ ހަމަ އުތުރު އަތޮޅުތަކުގައި ވެސް ކިޔައި އުޅޭ ގޮތެވެ. ލަދުބެލުން…

ދިރިއުޅުމުގެ ރަހަތައް (3)

ކިޔާފައިވާ ޢަދަދު: 300

-މުޙައްމަދު ވަޙީދު / މަޑުލު- އަންހެނެއް ނަމަވެސް ސިޔާސީ ކުށެއްގައި ބެދިއްޖެނަމަ، އެކަމުން ލިބެންޖެހޭ އަދަބު ދެވޭތޯ ބަލާހިތްވާ މީހުން ތިބޭ ރާއްޖެއެއްގައި ކުރިހާ އާދޭހާއި ލީހާ ސިޓީއަކުން ޝަރީފާ ދީދީއަށް ވީކަމެއް ނެތެވެ. އޭނާގެ ކުށަކީ ރައީސްކަމަށް ކުރިމަތިލައިފައިވާ އެއް ކެންޑިޑޭޓަކީ، ޙަރާން އެއްޗެހި ކާންދީގެން ބޮޑުކޮށްފައި ހުރި މީހެކޭ، އޭނާ ވައްކަން ނުކޮށެއް ނުހުންނާނެއޭ ބުނުމެވެ. 10 އަހަރަށް އޭނާ އަރުވާލީއެވެ. ޝަރީފާ ދީދީ ގެ ބޭބެ އާއި ބޭބެގެ ދޮށީ ދަރިފުޅު ޖަލުގައި…