ކޯރސިކާގެ އަސްތަބީލާއަކުން – މިސުރުގެ ސިންގާ ސަނާ އަށް (7)

ކިޔާފައިވާ ޢަދަދު: 5122
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

سلطان ركن الدين بيبرس

ކަނީރު ޢަބްދުއްރަޙީމް (ކަނީރު)
(22 އޭޕްރިލް 2013 (ހޯމަ) ގުޅޭ)
“ކިހާ މޮޔަ ޚިޔާލެއް ހެއްޔެވެ؟ އަހަރެންނަކީ ނަވާބެއްގެ އިންނަން ހަމަޖެހިފައިހުރި އަންހެނެކެވެ. ކަލޭ ތިޔައީ އަޅެކެވެ.”

“އަނެއްކާ އަޅުގަނޑަށް މި ދެންނެވުނު އެއްޗަކާ މެދު ފޫހިފުޅުވީތޯ އެވެ؟”

އަހަރެން ފޫހިވާ ވަގުތަކީ ކަލޭގެ ގައިގެ ހަންގަނޑު އިދިކޮޅަށް ދަމައިގަންނަ ވަގުތެވެ. އަހަރެންނާއި އަޅައި ބަލާއިރު ކަލެއަކީ ދެން ކާކުހެއްޔެވެ؟ އެއްބަހެވެ. ކަލޭ ވެސް މިނިވަން އަދި ޢިއްޒަތްތެރި މީހަކަށްވީ ނަމަ އަދި ވީހީ އެހެން ގޮތެކެވެ.”

ސަރާ (37)

ކިޔާފައިވާ ޢަދަދު: 5474
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
މޫސާ ސާޢިދު، މަރަދޫ
(21 އޭޕްރިލް 2013 (އާދީއްތަ) ދުވަހު ޝާއިޢުކުރި ބަޔާ ގުޅޭ)
އޭރު އެތާ ކުރިމަތީގައި ހުރި ގޮނޑިތަކުގައި މަލަކާގެ މަންމަ ޝާޢިރާއާއި ފަހީމާ ރޮއިރޮއި ތިއްބެވެ. ޝާޢިރާ ފަހީމާގެ ކޮނޑުގައި ބޯއަޅާލައިގެން އޮވެ ބާރުބާރަށް ރޮމުންދާއިރު ފަހީމާ ހިސާބަކަށް ޝާޢިރާއަށް ހިތްވަރުދެވޭތޯ މަސައްކަތް ކުރަމުންދިޔައެވެ.

ބިރިކިސިންޑާ ރައިވަރު (5)

ކިޔާފައިވާ ޢަދަދު: 4025
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

ޢަބްދުލް ޙަމީދު ޢަބްދުއްރަޙުމާން، ނާދީ، ނ. މާފަރު

(19 އޭޕްރިލް 2013 (ހުކުރު) ގުޅޭ)
                (41)
ދަށްއަ ހޭ ނުވާވަރު              (ހޭދައަށް ނުވާވަރު)
ކަންހީވެ ދިޔަ ބައިން ގަރު      (ގަރުބައިން ދިޔަކަން ހީވެ)
ތަށް ހި ހީވާ މިވާ ވަރު           (މިވާވަރު ހިތަށް ހީވާ)
ނަށް ވާ ޖަހަދު ތީބުތަރު        (ޖަހަދުނަށްވާ ތަރުތީބު)
ލަށް ކަފު ހުރީ އަޅާ ނަރުން     (ފުލަކަށް އަޅާ ހުރީ ނަރުން)
ތައް ލަނބުރާން ލޯނަރުން       (ލަނބުރާންތައް ލޯނަރުން)

ކޯނި ރިޕޯޓު

ކިޔާފައިވާ ޢަދަދު: 8397
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
އަޙްމަދް ސަމީރު ޢަލީ
ދިވެހީންގެ ތެރޭގައި ކޯނީގެ ވާހަކަ އަދިވެސް ވަރަށް ގިނަދުވަހު ދެކެވޭނެއެވެ. މާ ކުރިއްސުރެ ވެސް ދެކެވެމުން އަންނަ ވާހަކައަކަށްވާތީ މިހެން ލިޔެލެވުނީއެވެ!
ސުވާލަކީ، ބައެއް ދުވަސްވަރު ކޯނިކޯންޏޭ މާ ގިނައިން ކިޔާ އަޑު އިވިފައި ދެން އެތަކެއް ދުވަހަކު އެ ވާހަކަ ނުދެކެވެނީ ކީއްވެބާއެވެ؟ އެއީ ހަމަ ގަސްގަހުގައި ކޯނިކޯނި ގަންނަ ގޮތެވެ. އަޅުގަނޑުމެން ޗުއްޓީ ނަގާހެން މޭވާ ގަސް ގަހާއި މާ އަޅާ ގަސްގަސް ވެސް ކުޑަ “ބްރޭކެއް ނަގައެވެ”. ވަރަށް ގިނަ ގަސްގަހަށް މަތިވަރު އަންނަނީ އަހަރަކު ދެފަހަރު ނުވަތަ ތިންފަހަރެވެ. ބައެއް ދުވަސްވަރަކަށް ކޯނިކޯނި ނުފެނި އަޑެއްބަޑެއް ނީވި ހިމޭންވަނީ މިހެންވެއެވެ!

ހަމައެކަނި ވިދާޅުވެލެއްވުމަށް….(4)

ކިޔާފައިވާ ޢަދަދު: 2726
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

އަދި މިރާއްޖޭގައި އަލަށް

“ފަރިކަމުގެތަރި” ހޮވަނީ!!

ރާއްޖޭގައި އަދި މިހާތަނަށް ބޭއްވިކަމަށް އެނގިފައިނުވާކަހަލަ އައުމުބާރާތެއް މޫންލައިޓްގެ ފަރާތުން ބާއްވަން ގަސްތުކޮށްފީމުއެވެ. އެ މުބާރާތް ކަޑައެޅިފައިވަނީ ޖިންސުއްލަތީފުންނަށެވެ.
 

އޭރުގެ ފަތްފުށްތަކުން….(25)

ކިޔާފައިވާ ޢަދަދު: 3080
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

ގިނަކުދީންގެ ލިޔުން ރީތި ނުވަނީ ކީއްވެތޯއެވެ؟

ސައިކުރާ އިބްރާހީމް ނަޢީމް


އަލްފާޟިލް ސައިކުރާ އިބްރާހީމް ނަޢީމް (ރަޙިމަހުﷲ) އަކީ، ކުޅަދާނަ ޝާޢިރެކެވެ. މޮޅު ލިޔުންތެރިއެކެވެ. ރީތި ވާހަކަތަކެއްގެ  މުޞައްނިފެކެވެ. ހުނަރުވެރި ވާހަކަދެއްކުންތެރިއެކެވެ. ނަމޫނާ ނޫސްވެރިއެއްވެސް މެއެވެ. އަދި ތާނަ ބޮޑުއަކުރު ލިޔުމުގެ ޚާއްޞަ ފަންނުވެރިއެކެވެ.
 
މި ސަބަބުތަކަށްޓަކައި، ރާއްޖޭގެ ނޫސްވެރިކަމުގެ ރަންގަލަމާއި،ލިޔުމާއި ފަރުމާކުރުމުގެ ރޮނގުން އާންމު ޚިދުމަތުގެ ޝަރަފުވެރިކަމުގެ އިނާމާއި،ދިވެހިބަހުން ލިޔުންތެރިކަމުގެ ރޮނގުން ހިތްވަރު ދިނުމުގެ އިނާމާއި،ދިވެހިޅެންވެރިކަމުގެ ރޮނގުން ހިތްވަރު ދިނުމުގެ އިނާމު، އަލްފާޟިލް ސައިކުރާ އިބްރާހީމް ނަޢީމަށްވަނީ ލިބިވަޑައިގެންފައެވެ.

މީހުން ވާހަކަދައްކާ ބަހެއް ކޮންމެ 14 ދުވަހަކުން، މި ދުނިޔެއިން ނެތިގެން ދަނީއެވެ!

ކިޔާފައިވާ ޢަދަދު: 8854
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
އަޙްމަދް ސަމީރު ޢަލީ،
މައުލޫމާތު ނެގީ: ނޭޝަނަލް ޖިއޮގްރަފިކްވެބްސައިޓުން

ދެކުނު އެފްރިކާގެ އަޕިންގްޓަން ކިޔާ ސަހަރެއްގައި، މުސްކުޅިބަލީގައި Ouma Aenki Kassie  އޫމާ އައެންކި ކާސީ ނިޔާވީ މިދިޔަ ޖަނަވަރީ މަހުގައެވެ. އޭނާ ނިޔާވުމުން، އޭނާގެ މާދަރީބަސް،  N|uu language ންޔޫ ބަހުން ވާހަކަ ދައްކަައި އުޅޭ މީހުންގެ އަދަދު ހަމަ އެކަނި 7 މީހުންނަށް ވީއެވެ! N|uu language  ބަހަކީ  ނެތިދިޔުމުގެ ބިރު ކައިރިވެފައިވާ ކަމަށް ޔުނެސްކޯއިން ދުރާލައި ހާމަ ކޮށްފައިވާ ބަހެކެވެ. ވަރަށް ކަންބޮޑުވުމާއެކު  ޔުނެސްކޯއިން އަންދާޒާ ކުރަނީ މިހާރު އަޅުގަނޑުމެން ވާހަކަ ދައްކައި އުޅޭ ގާތްގަނޑަކަށް 7000 އެއްހައި ބަހުގެ ތެރެއިން، މި ގަރުނު ނިމުމުގެ ކުރިން ދެބައިކުޅަ އެއްބައި ބަސް މުޅި ދުނިޔެއިން ނެތިގެން ދާނެ ކަމަށެވެ. 

ކޯރސިކާގެ އަސްތަބީލާއަކުން – މިސުރުގެ ސިންގާ ސަނާ އަށް (6)

ކިޔާފައިވާ ޢަދަދު: 5110
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

سلطان ركن الدين بيبرس

ކަނީރު ޢަބްދުއްރަޙީމް (ކަނީރު)

(15 އޭޕްރިލް 2013 (ހޯމަ) ގުޅޭ)
މޭރީއޭން އެވަގުތުވެސް ބީބަރަސްގެ މޫނަށް ފަރުވާތެރިކަމާއެކު ބަލައިލިއެވެ. އޭނާއަށް ފެނުނީ ހަމަޖެހިފައިވާ ކަންބޮޑުވުމެއްނެތް ގޮތެވެ. ވީއިރު މިކަހަލަ ކަންތަކަކީ  މީނާއަށް އާކަމަކަށް ނުވަނީ ބާވައެވެ. މޭރިއޭން ޚިޔާލު ކުރަމުން ދިޔައެވެ. މިހާތަނުން ސަރ ލައިނަލް މޭރީއޭންގެ އަހުގެ ލަފުގައި ހިފަހައްޓަމުން ބީބަރަސް ދުރަށް ޖައްސަވާ ލެއްވި އެވެ.

ނިޔާމަ ދަތުރަކަށް އެދި!

ކިޔާފައިވާ ޢަދަދު: 6387
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ޙަސަން ޝާކިރު މުޙައްމަދު
އެކީ އެންމެން އަލުން ހިތްވަރު ލަމާތޯ!
        އެކީގައި  ކުރިއަރާ  މަގު  ހޯދަމާ  ތޯ!

އެހީތެރިކަން މިޤައުމަށް އޮތްވަޒަންކޮށް
        ވެހީގައި އާ ދިރުންތައް ގެންނަމާ   ތޯ!

ސަރާ (36)

ކިޔާފައިވާ ޢަދަދު: 6066
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
މޫސާ ސާޢިދު، މަރަދޫ
(7 އޭޕްރިލް 2013 (އާދީއްތަ) ދުވަހު ޝާއިޢުކުރި ބަޔާ ގުޅޭ)
ކާރު އޭގެ ބާރު ދުވެލީގައި ގޮސް ގޭގެ ދޮރުމައްޗަށް މަޑުކޮށްލި ވަގުތަކީ މަލަކާވެސް ބޭރުން އައިސް ގެއަށް ވަންނަން ދިމާކުރި ވަގުތެވެ.

ކުއްލިއަކަށް ކާރުން ފޭބި ރައްޒާޤު ފެނުމުން މަލަކާގެ ދެލޯ ބޮޑުވިއެވެ. އޭނާ ވަރަށް ޙައިރާންވެ ރައްޒާޤާ ދިމާއަށް ބަލަންހުއްޓާ ޢިމްރާނާއި ނިޔާޒްގެ އިތުރުން އޭނާ ރައްޒާޤާ ޙަމަލަދިނުމަށް ފޮނުވި ޒުވާނާވެސް ފައިބައިފިއެވެ.