ޙަޔާތުގެ ދެކުލަ

ކިޔާފައިވާ ޢަދަދު: 3175
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
އަސްމާ އަބޫބަކުރު
ދިރިއުޅުން ވޭތުކުރުމުގައި ކޮންމެ މީހަކު ބޭނުންވާނީ އުފާވެރިކަމެވެ. އުފާވެރި ކަމާއެކު ދިރިއުޅުން އާރާސްތު ކުރުމަށް އަހަރެން ފައިނެގީމެވެ. އުފާވެރި ޙަޔާތަކަށް އެންމެ ބޭނުންވާނީ ފައިސާ ކަމުގައި ދެކިގެންނެވެ. ރައްޓެހި ރަޙުމަތްތެރީން ގާތުގައިވެސް އަހަރެން ބުނެފައިވާނީ މުއްސަނދި މީހަކާއި ނޫނީ އަހަރެން ނީންނާނަމެވެ. އޭރުން އަހަންނަށް އުފަލާއި އަރާމުގައި ޙަޔާތުގެ ދުވަސްތައް ހޭދަ ކުރެވޭނެތީއެވެ. 

ހަމައެކަނި ވިދާޅުވެލެއްވުމަށް….(2)

ކިޔާފައިވާ ޢަދަދު: 3150
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

އެންމެބޯތައްޓެއް އެއްހާސް ޑޮލަރއަށް ވިކިއްޖެ!

ސީރިޔާގެ ދެމަފިރިއެއްގެ ބާޒާރުކޮށްލުމެއް

މާލޭގެ ބާޒާރުގައި ޓުއަރިސްޓުންނަށް އެއްޗެތި ވިއްކާ ފިހާރައަކުން ބޯތައްޓެއް 1000 އެމެރިކަން ޑޮލަރއަށް ވިކިއްޖެ އެވެ. އެ ބޯތަށިގަތީ، ސީރިޔާގެ ދެމަފިރިއަކު ކަމުގައިވާ މިސްޓަރ محمود އާއި އޭނާގެ އަންހެނުން ساميةއެވެ. މި ބޯތަށި ވިއްކީ، ޗާނދަނީމަގު 18 نمبر ފިހާރައިގެ މަތި (އެންޓިކްސްޓައިލް) އިންނެވެ. އެނގިފައިވާ ގޮތުގައި މި ބޯތަށި ވިއްކީ الفاضل ބޮންޑަދޮންތުއްތު (على حسين މ.ޕޮންޕިޔާ) އެވެ. އޭނާ ބުނުއްވާ ގޮތުގައި މި ބޯތައްޓަކީ، ހއ. މަތީރަށުން ގެނައި ބޯތައްޓެއްކަމަށް الفاضل ބޮޑުބެ ދޮންތުއްތުގެ ފަރާތުން އޭނާއަށްވަނީ އެނގިލައްވާފައެވެ.

މާމަމެންގެ ރަޙުމަތްތެރީންނާއި ކޮއްކޮމެންގެ ފްރެންޑްސުން

ކިޔާފައިވާ ޢަދަދު: 9285
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
އަޙްމަދް ސަމީރު ޢަލީ
އަޅުގަނޑުގެ މާމަ ދުނިޔޭގައި ހުރި ނަމަ، މާމަގެ އުފަންދުވަހުގެ ކޭކުގައި ކޮންމެ ވެސް ގޮތަކުން މިއަހަރު 400 އެއްހައި އުއްބައްތި ހަރުކުރީމުހެވެ! މާމަ ނެތަސް އަޅުގަނޑުގެ މާމައާއެކު އުޅުނު ބައެއް ރަޙްމަތްތެރިން އަދި ވެސް އެބަ ފެނެއެވެ. ގިނަގިނައިން ބައްދަލު ވެއެވެ.

ގޮތްހުސްވެފައި!

ކިޔާފައިވާ ޢަދަދު: 6704
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ޙަސަން ޝާކިރު މުޙައްމަދު

މިތުރާގެ ފަހަތުގައި  ދެން  ހުރެވޭކަށެއް  ނެތޭ
                ދަތުރާ  ބަނދަރު  މިހާރަކު ކަމުދާކަށެއް  ނެތޭ

ފިކުރާ ޚިޔާލު ހުސްކޮށް ޤުރްބާންވިޔަސް މަދެން
                އެ ކުރާ ތުރާތަކުން  އަދު  މިންޖެއްވުމެއް ނެތޭ

ކޯރސިކާގެ އަސްތަބީލާއަކުން – މިސުރުގެ ސިންގާ ސަނާ އަށް (5)

ކިޔާފައިވާ ޢަދަދު: 5667
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

سلطان ركن الدين بيبرس

ކަނީރު ޢަބްދުއްރަޙީމް (ކަނީރު)
(1 އޭޕްރިލް 2013 (ހޯމަ) ދުވަހު ޝާއިޢުކުރި ބަޔާ ގުޅާ)

މިހާތަނަށް ވާހަކަ ގެންދިޔަ އިރު މުސްކުޅި އުމަރުދާއީ ގެ ދެލޯ ކަރުނައިން ފުރިއްޖެ އެވެ.
“ސާހިބާގެ ދަރިއަކަށް ވުމަކީ ކުޑަ އުފަލެއް އާދައިގެ ފަޚުރެއް ނޫން.  އަޅުގަނޑުގެ ރޫޙާނީ ބައްޕާ. މި ވަގުތާއި ހަމައަށް އަޅުގަނޑަށް ދަރިފުޅާއޭ ގޮވައިލައްވާނެކަމަށް ހިތަށް ވެސް އަރައިފައެއް ނެތް. ” ބީބަރަސް ދެރަވެލައިފައި އުފަލާއެކު ބުންޏެވެ.

ސަރާ (34)

ކިޔާފައިވާ ޢަދަދު: 6513
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
މޫސާ ސާޢިދު، މަރަދޫ
(31 މާރޗް 2013 (އާދީއްތަ) ދުވަހު ޝާއިޢުކުރި ބަޔާ ގުޅޭ)
“އެބުނީ މަންމަގެ ވާހަކައެއް ނޫން. އެހެން ކޮންމެވެސް ނަޖްމާއެއްގެ ވާހަކަ އެބުނީ.” ނަޖްމާ މަސައްކަތް ކުރީ ސަރާއަށް އޮޅުވާލާށެވެ. ނަމަވެސް މަންމަގެ މޫނުމަތިން މަންމަ ހަދަނީ ތެދު ނޫންކަމާއި، ވަރަށް ބޮޑަށް ނުތަނަވަސްވެފައިވާކަން ހާމަވެއެވެ.

ބިރިކިސިންޑާ ރައިވަރު (3)

ކިޔާފައިވާ ޢަދަދު: 3317
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ޢަބްދުލް ޙަމީދު ޢަބްދުއްރަޙުމާން، ނާދީ، ނ. މާފަރު
(1 އޭޕްރިލް 2013 (ހޯމަ) ދުވަހު ޝާއިޢުކުރި ބަޔާ ގުޅޭ)
    (21)
ހުންނަ ކުލަ އޮފުއަރާ              (އޮފުއަރާ ކުލަ ހުންނަ)
ވުން ފަށަން ލީ ކަޅު މިޔާ           (ކަޅު ފަށަންލީ މިޔާވުން)
ދުން އަމު ލޮލަށް ނުފެނިދާ          (އަމުދުން ލޮލަށް ނުފެނިދާ)
މުން ގެއްލު ބިރިކިސިންޑާ           (ބިރިކިސިންޑާ ގެއްލުމުން)
ކުން މަޑު މަގޮވި ދިޔަސް ރޯހި        (މަޑުކުން މަ ގޮވި ރޯހިދިޔަސް)
ތުންދާނޭތަ ސަހަރޯ ހި              (ސަހަރޯ ހިތުން ދާނޭތަ)

ދިވެހިރާއްޖެ

ކިޔާފައިވާ ޢަދަދު: 7320
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ޙަސަން ޝާކިރު މުޙައްމަދު
ޞުލްޙައާ އެކުވެރިކަމަށް އެދިގެންއަބަދު އޮންނާނެޔޭ
            ޡުލްމުވެރިވާ ޚާއިނުންނާ އެއްބަހެއް ނުމެ   ވާނެޔޭ

ކޮންމެފަދަ ހަތިޔާރަކުން ނައްތާލުމަށް ބާޣީން އަޔަސް
            އެންމެ ކުޑަދަރިފުޅު ވިޔަސް ޖާނުން ފިދާ ކޮށްލާނެޔޭ

ނިމުމެއް ނެތް ކަރުނަ

ކިޔާފައިވާ ޢަދަދު: 3333
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
އަސްމާ އަބޫބަކުރު
ދަރީންނަކީ ކައިވެނީގެ ފޮނިމޭވާއޭ އެންމެން ވެސް ބުނެއެވެ. އެއީ އެންމެން ދަންނަ ޙަޤީޤަތް ވެސް މެއެވެ. އެތައް ރެޔެއްގެ ނިދި ނަގައިލައި ދަރީންނަށް ޓަކައި  ޤުރުބާންވަނީ ވެސް އެފޮނި މޭވާގެ ޙަޤީޤީ ފޮނިކަން ދުށުމުގެ ބޭނުމުގައެވެ. މިއީ މުޅިން ތެދު ކަމުގައިވާ ނަމަ ދުނިޔޭގައި ތިބޭނީ އުފަލާއި އަރާމުގައި އުޅޭ މީހުންނެވެ. މޮޅިވެރި ސާލުލައިގެން ދުނިޔެއަށް ދެއްކުންތެރިކަމުގެ ހިނިތުންވުން ދައްކުމުގައި އުޅޭ އަހަރެން ކަހަލަ މީހުންނެއް ނޫޅޭނެ އެވެ. އަދި ކުށްވެރީންނެއް ވެސް  ދުނިޔެއަކު ނުތިބޭނެ އެވެ. ކޯޅުންތަކާއި ހަނގުރާމަތަކެއް ވެސް ދުނިޔޭގައެއް ނުވާނެ އެވެ. އެހެން މީހުންގެ ޚިޔާލާ އަހަރެންގެ ޚިޔާލު ތަފާތުވަނީ  އެކަހަލަ އެތައް ސަބަބުތަކަކާ ހުރެއެވެ.

ހަމައެކަނި ވިދާޅުވެލެއްވުމަށް…(1)

ކިޔާފައިވާ ޢަދަދު: 6123
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

ދުނިޔޭގެ އެންމެ ކުޑަ މިނިސްޓްރީ އުވާލުމުގެ ބިލް


“ލިޔުންތެރީން” ގެ ވެބްސައިޓުގައި އަލަށް މި ފަށާ ސިލްސިލާ “ހަމައެކަނި ވިދާޅުވެލެއްވުމަށް….” އަކީ، މީގެ 25 އަހަރަށް ވުރެ ކުރީގެ ނޫސް މަޖައްލާތަކުން ނަކަލުކޮށްގެން ޝާއިޢުކުރާ، ޚަބަރާއި އިޢުލާނާއި އިޝްތިހާރާއި މަޢުލޫމާތުގެ ސިލްސިލާއެކެވެ.