ޢިބުރަތްތެރި ވާހަކަ (1)

ކިޔާފައިވާ ޢަދަދު: 3873
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

ތިމާއަށްޓަކައި އެހެންމީހުން ރަނގަޅުކަންތައް ކޮށްދޭފަދައިން އެހެންމީހުންނަށްޓަކައި ތިމާވެސް ރަނގަޅުކަންތައް ކޮށްދޭށެވެ!

ޒާހިރާ ޢަލީ


ދުނިޔެ ކިތަންމެ ތަރައްޤީވިޔަސް އަނެކާގެ އެހީތެރިކަމާނުލައި އުޅެވޭކަށްނެތެވެ. އިހުޒަމާނުގައި އެކަކު އަނެކަކަށް ބަރޯސާވުން އަދި މާބޮޑެވެ. އެބައިމީހުންނަކީ އެކަކު އަނެކަކަށް އެހީތެރިވުމުގައި ލާމަސީލުބަޔެކެވެ. އަދި އެބައިމީހުންނަށްޓަކައި ކާބަފައިން ކޮށްދެއްވި ރަނގަޅުކަންތަކުގެ އަގުވަޒަންކޮށް އަދި އަންނާންއޮތް ޖީލަށްޓަކައި އެފަދަ އަގުހުރި މަސައްކަތްތަކެއް ކޮށްދީފައިވާ ބަޔެކެވެ. މިއީ އެފަދަ ޢިބުރަތްތެރި ވާހަކައެކެވެ.

ސަމާސާ ވާހަކަ

ކިޔާފައިވާ ޢަދަދު: 9077
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

އަހަރެން ދޮން ފަރަންޖީންގެ ދަށު ވާނެތަ؟

ޢަބްދުﷲ ނަޢީމު އިބްރާހީމް


މިއީ އަޅުގަނޑުގެ އެކުވެރި “މީދޫ ޖުނާ” (މުޙައްމަދު ޖުނައިދު، ދާރުލްޚައިރު، ސ. މީދޫ) ވިދާޅުވެ ދެއްވި ވާހަކަ އެކެވެ.

ދުވަސްވަރަކީ އައްޑު އަތޮޅު ގަމުގައި އިނގިރޭސިން ވައިގެ ބަނދަރު ހަދަމުން ދިޔަ ދުވަސްވަރެވެ. މަސައްކަތު މީހުންގެ ގޮތުގައި ދިވެހިންނާއި، ސިލޯނު މީހުންނާއި، ޕާކިސްތާނު މީހުން އުޅުނެވެ. މަސައްކަތް ކުރުވަން ސަރުދާރުންގެ ގޮތުގައި ދިވެހިންނަށް ދިވެހި ސަރުދާރުން ލާފައި ތިބެއެވެ. އެކަމަކު އިސް މީހުންގެ ގޮތުގައި ތިބެނީ އިނގިރޭސިންނެވެ.

މިއަދު މި ގިސްލުމުގައި

ކިޔާފައިވާ ޢަދަދު: 4647
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
         
ކަނީރު ޢަބްދުއްރަޙީމް (ކަނީރު)
 ނެތިއްޖެ ހިތްވަރު ޖޯޝާ  ދިވެހި ފަޚުރު  ހިތުގައި   
              ފެތިއްޖެ ހުރިވަރުކޮޅު ހުސްވެ ފުން މި ވިސްނުމު ގައި
   
ހިތާމަޔާ ފިކުރާ  ހާސްވެ  ކަން ބޮޑުވެ   ނިތުގައި  
              ގިތާވެ ހަތަރު ފަށުގެ ރޫ   ދެމިއްޖެ މި އަވައި  ގައި

ދިވެހި ރައްޔިތުންނަކީ…..

ކިޔާފައިވާ ޢަދަދު: 6497
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ޙަސަން ޝާކިރު މުޙައްމަދު
ދިވެހި ރައްޔިތުންނަކީ، ލާމަސީލު މޮޅު ބަޔެއް
            ރިވެތިކޮށް މަސައްކަތަށް ކެރިތިބޭ ރަނގަޅު ބަޔެއް
ފިނިކަމާއި ހޫނުގައިކަނޑުމަތީ ދަތުރުކުރާ
            ހިނިތަކެއްފަދައިން އަބަދު ރިޒުޤުއެދި އުޅޭ ބަޔެއް

ލޭ ބޯ ފަނި (10)

ކިޔާފައިވާ ޢަދަދު: 8236
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ތަރުޖަމާ: ޢަބްދުﷲ ނަޢީމު އިބްރާހީމް
(17 ޑިސެމްބަރ 2012 (ހޯމަ) ދުވަހު ޝާއިޢުކުރެވުނު ބަޔާ ގުޅޭ)
“މާދަމާ ހެނދުނު މި ގެއަށް އާދޭ! އަހަރެން ކޮންމެވެސް ތަދުބީރެއް ކުރާނަން. އެންމެ ބުރަ ކަމަކަށް އޮތީ ފީރޯޒާގެ ރުހުން ހޯދުން. އޭނާ ރުހިއްޖެއްޔާ އެ އޮތީ ނިމިފައި.”
އޭނާ ފޯނު ބާއްވައިފިއެވެ. އޭނާގެ ހިތުގައި މިހާރު އޮތީ ނީލަމެއްގެ މާޙައުލެވެ. ފަހަރި ގެނެސް ކޮއްކޮގެ އުނގަށް ލެވުމާއެކު އޭނާއަށް ބާރަ ލައްކަ ރުފިޔާގެ އަގު ހުރި ކާރެއް ލިބުނީއެވެ. ކާރު އޮންނާނީ ގޭ ދޮރުމަތީގައެވެ. ފަހަރި ހުންނަނީ އޭނާގެ ގޭގައެވެ. އެންމެ ފިޔަވަޅަކުން މި ދެ ކަންތައްވެސް ފުރިހަމަ ވެ ނިމޭނެއެވެ.

ޖުމުލައާއި ޖުމުލައިގެ ބާވަތްތަކާއި ޖުމުލައިގެ ބައިތައް

ކިޔާފައިވާ ޢަދަދު: 13441
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

ދިވެހިބަހުގެ ގަވާއިދާއި ހަމަތައް އަލުން ދިރާސާކޮށް އެކަށައެޅުން މުހިއްމެވެ.

އަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު

ދުނިޔޭގެ ކޮންމެ ބަހެއްގައިވެސް ލަފުޒުތައް ހުރިވަރު ހޯދައި ބަލައިގެން އެ ހިނދަކަށް ބޭނުންކޮށް އުޅޭ ހުރިހާ ލަފުޒުތަކެއް އެއް ފޮތަކަށް ޖަމާކުރެވިދާނެއެވެ. މިގޮތުން  ބަހެއްގައި އެ ހިނދަކަށް ހުރި ހުރިހާ ލަފުޒުަކުގެ ޢަދަދު ކަޑައެޅިދާނެއެވެ. ނަމަވެސް އެ ލަފުޒުތައް ބޭނުންކޮށްގެން އުފެއްދޭނެ ޖުމުލައިގެ ޢަދަދު އެކަކަށްވެސް އަންދާޒާކޮށްލާކަށް ވެސް ނޭނގޭނެއެވެ. އެހެނީ ޖުމުލަ އުފެއްދުމަށް ވަކި މިނެއް މިންވަރެއް ނޯވެއެވެ. ބަހަކީ އުފެއްދުންތެރި އެއްޗެކޭ ބުނެވެނީ މިފަދަ ކިތަންމެ ސަބަބުތަކަކާހުރެއެވެ.

އޭރުގެ ފަތްފުށްތަކުން….(17)

ކިޔާފައިވާ ޢަދަދު: 3284
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

ބިންގާ ގުޑުވުމަކީ ނުރައްކަލެއް

އަލްފާޟިލް އިބްރާހީމް ފައުޒީ


މިއީ، މަޢުހަދުއްދިރާސާތިލްއިސްލާމިއްޔާގެ ދަރިވަރުން އަހަރަކު އެއްފަހަރު ނެރޭ މަޖައްލާ “އަލްމަންހަޖު” ގެ 13 ވަނަ ޢަދަދު (1 ޝައްވާލު 1413، 24 މާޗް 1993) ގައި ޝާއިޢުކޮށްފައިވާ އަލްފާޟިލް އިބްރާހީމް ފައުޒީގެ ލިޔުއްވުމެކެވެ.
 
އަލްފާޟިލް އިބްރާހީމް ފައުޒީ (މ.އޯކިޑުވާދީ) އަކީ، ބައި ޤަރުނެއްހައި ދިގު މުއްދަތެއް، ދިވެހިބަސް ކިޔަވައި ދެއްވުމުގައި ހޭދަކުރައްވައިފައިވާ ބޭފުޅެކެވެ.

އަލްފާޟިލް އިބްރާހީމް ފައުޒީގެ އެ ޚިދުމަތުގެ އަގުވަޒަންކުރައްވައި، ތަޢުލީމަށް ޚިދުމަތްކުރުމުގެ ދާއިރާއިން ޢާންމު ޚިދުމަތުގެ ހިތްވަރު ދިނުމުގެ އިނާމު، 2004 ވަނަ އަހަރު، ދައުލަތުން އޭނާއަށްވަނީ ދެއްވައިފައެވެ.


މަރުފަލި…!

ކިޔާފައިވާ ޢަދަދު: 3017
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ރުޝްދުﷲ އިސްމާޢީލް، ސޯސަންމާގެ، މ.މަޑުއްވަރި

މަދަދު ދޭނަމޭ، ބުނެ – އެހީތެރިވި އިރުގައި
        ޢަދަދު ވެސް ނުވާ ކޫރު –  އެޅުނީ މި ހިތުގައި
ގުނާ ޢަދަދު ނުމެވާ – އުފާތުކުތެރޭގައި
        މުނާސަބަތު  ރޭތައް – ހުވާކޮށް  އެ  ތާނގައި

މަރްޙޫމް ޔޫސުފު ޢަލިފުޅު ގެ ހަނދާނުގައި ….

ކިޔާފައިވާ ޢަދަދު: 4999
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
 
ޢަބްދުއްރަޝީދު ޙުސައިން
އޮއްސިގެން އިރު ދެޔޭ މޮޅިން ބަޔަކު ބަލަން ތިއްބައި،
                  ރަސްކަމެއް  މޫރިތިކޮށް މުޅި  ދުވާލު  އަލިކޮށްފައި،
ދެމި ހަނދާން ހުންނަ އެތައްޚިދުމަތެއް ތަނަށްދީފައި،
                  ނިމިދެޔޭ  މީސްތަކުން ތިމާގެ ޤައުމު  ރޮއްވާފައި

ވެބްސައިޓްތަކަށް ޚަބަރު ލިޔުން

ކިޔާފައިވާ ޢަދަދު: 8268
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

ޢަބްދުﷲ ނަޢީމު އިބްރާހީމް

އޮންލައިން ނޫސްތައް ފުރަތަމަ ތަޢާރަފްވީ ދުވަސްކޮޅު ޕްރިންޓް މީޑިއާގެ ނޫސްވެރިން ކޮންމެވެސް ވަރަކަށް ޖެހިލުންވިއެވެ. އޮންލައިން ނޫހުގެ ސަބަބުން ޗާޕުކޮށްގެން ނެރޭ ނޫސްތައް ވިކުން މަދު ވެދާނެ ކަމަށް ނުވަތަ ޗާޕުކޮށްގެން ނެރޭ ނޫސްތަކުގެ މަގާމު އުވިގެން ހިނގައިދާނެ ކަމަށް ބިރުންވެސް އުޅުނެވެ.