އަހަރެން، އަހަރެންގެ ކާފަ

ކިޔާފައިވާ ޢަދަދު: 8940

ތަރުޖަމާ/ ޅެން ޝަރަހަ: އަޙްމަދް ސަމީރު ޢަލީ


ތިރީގައި އެވަނީ އަޅުގަނޑަށް ފެނުނު އިނގިރޭސި ޅެމެއްގެ ތަރުޖަމާއެވެ. ޅެމުގެ ނަމަކީ: I Am My Own Grandpa
ލިޔުއްވާފައިވަނ Moe Jaffe /  Dwight Latham އެވެ. ތިރީގައިވާ ގުޅުމުން މި ހެއްވާ ލަވަ އަޑުއައްސަވައިލެވޭނެއެވެ.

ީމީގެ އަހަރުތަކެއް ކުރިން، އަހަރެންގެ އުމުރުން ތޭވީސް އަހަރުގައި ކައިވެންޏެއް ކުރީމެވެ. ފިރިމަރުވުމުން އެކަނިވެރިވެ ހުވަފަތް ވެފައިވާ ވަރަށް ރީތި އަންހެނަކާއެވެ. އަހަރެން އޭނާއާއި އިން އިރު އޭނާގެ އަންހެން ދަރިޔަކު ހުއްޓެވެ. ބޮޑުވެ ފުރާވަރަށް އަރާފައިވާ އަންހެން ކުއްޖެކެވެ. ވަރަށް ރީތި ގުދުރަތީ ރަތް އިސްތަށިގަނޑެއްގެ ވެރިއެކެވެ.

ހަމައެކަނި ވިދާޅުވެލެއްވުމަށް….(11)

ކިޔާފައިވާ ޢަދަދު: 5464

ޤާނޫނީ ދެ ވަކީލުން ތިބެގެން ކުރެވޭ ފުރަތަމަ ޝަރީޢަތް

މަޙްކަމަތުއް ޝަރްޢިއްޔާގެ ތާރީޚްގައި ޤާނޫނީ ދެ ވަކީލުން ދެފަރާތުން ވަކާލާތު ކޮށްގެން ކުރެވޭ ފުރަތަމަ ޝަރީޢަތް އިއްޔެ ފެށިއްޖެއެވެ. އެދެ ވަކީލުންނަކީ، އަލްއުސްތާޛު ޢަބްދުﷲ ޙަމީދާއި އަލްއުސްތާޛު އިބްރާހީމް މޫސާފުޅެވެ. އަދި މިޝަރީޢަތަކީ، މިހާރު ހަމަޖެހިފައިވާ އިސްތިއުނާފްގެ ޤާނޫނު ފާސްވީ ފަހުން އެންމެ ފުރަތަމަ ކުރެވޭ ޤަޟިއްޔާއެވެ.

ކުދިންނަށް ދެއްވަން ވާނީ ޞައްޙަ މަޢުލޫމާތެވެ.

ކިޔާފައިވާ ޢަދަދު: 6596
ޢަބްދުﷲ ޞާދިޤު

މި ބާވަތުގެ ބަޔާނެއް ކުރިންވެސް އަޅުގަނޑު ވާނީ ލިޔެފައެވެ. އެއީ ވެސް ކިޔަވާ ކުދިންގެ ފޮތުގައި ލިޔެ ޗާޕު ކުރެވިފައިވާ ރަނގަޅު ނޫން މައުލޫމާތެއްގެ ރަނގަޅު ގޮތް ސާފުކޮށް ދިނުމަށްޓަކައެވެ. އެ ފޮތުގައިވާ މި ދެންނެވި ޔުނިޓްގައި ވަނީ އަންބާއަކީ ވަކި ވަޒަނެއް ނެތް އެއްޗެއްކަމުގައެވެ. އެހެންކަމުން އެ މަޒުމޫނުގައި އަޅުގަނޑުވާނީ އަންބާއަކީ ވަކި ވަޒަނެއް އޮތް އެއްޗެއްކަމާއި އޭގެ ހަމަ ދައްކައިދީފައެވެ. އޭގެ އިތުރަށް ނަމޫނާ ބައެއް އަންބާ ވެސް ހިމަނައިފައެވެ.

ކޯރސިކާގެ އަސްތަބީލާއަކުން – މިސުރުގެ ސިންގާ ސަނާ އަށް (13)

ކިޔާފައިވާ ޢަދަދު: 5434

سلطان ركن الدين بيبرس

ކަނީރު ޢަބްދުއްރަޙީމް (ކަނީރު)
(3 މެއި 2013 (ހޯމަ) ދުވަހު ޝާއިޢުކުރި ބަޔާ ގުޅޭ)
އެ އަންހެންމީހާ ބީބަރަސް ގާތު މަޑުކޮށްލާށޭ ބުނެފައި އެތެރެއަށް ވަދެއްޖެ އެވެ. އަދި މަލިކާ އާލިޔާ އަރިހުގައި މި އަޖައިބެއްފަދަ މީހާގެ ވާހަކަ ދަންނަވައިފި އެވެ. މަލިކާ އާލިޔާ ވެސް ހައިރާންފުޅުވީއެވެ. އެހާމެ ކޯފާ އިސްކުރައްވާފައި ހަމަ މިހާރު ތިއަ ނުޖޫމީ ކަލޭގެ މިތަނަށް ގެންނާށޭ ވިދާޅުވިއެވެ. ނުޖޫމީ (ބީބަރަސް) މަލިކާ އަރިއަހަށް ދެވުމާއެކު ފަށްފަށުން ހެޔޮދުޢާ ކޮށް ކުރުނީސް ކުޅައެވެ.

އަދަބީ ގޮތުން ބަސްކުރިއެރުވުން

ކިޔާފައިވާ ޢަދަދު: 7964
ޢައްބާސް އިބްރާހީމް
ކޮންމެ ބަހެއްގައިވެސް އަދަބިއްޔާތުގެ ބައިތަކެއް ހުރެއެވެ. އަދި އެބައިތަކުގެ މުއްސަނދިކަމަކީ އެބަހެއްކުރިއަރާފައިވާ މިންވަރު ހާމަވެގެންދާނޭ ކަމެކެވެ. ހަމައެފަދައިން، ބަހެއްކުރިއެރުވުމަށްޓަކައި އެބަހެއްގެ އަހުލުވެރީން އަދަބީ ބައިތައް ދަސްކޮށް އަދި ދަސްކޮށްދީ ހެދުމަކީ ވަރަށްމުހިންމުކަމެކެވެ. އަދި އެރޮނގުން އިތުރު ހޯދުންތައް ހޯދައި ހެދުމަކީވެސް ބޭނުންތެރިކަމެކެވެ.

ސަރާ (43)

ކިޔާފައިވާ ޢަދަދު: 5808
 
މޫސާ ޞާޢިދު، ސ. މަރަދޫ
(2 ޖޫން 2013 (އާދީއްތަ) ދުވަހު ޝާއިޢުކުރި ބަޔާ ގުޅޭ)

ހީވާކަހަލައެވެ. ޝިފްޒާ ބޭނުންވަނީ ޢިމްރާންގެ މަގު އޮޅުވާލާށެވެ. އޭރުން އޭނަޔަށް ޢިމްރާންގެ ދިރިއުޅުމަށް އައުމަށް މަގުފަހިވެގެންދާނޭ ކަމަށް އޭނާ ދެކެނީ ކަމަށް ވެދާނެއެވެ.

ޝިފްޒާގެ މަންމަ ނަސީމާއާއި ބައްޕަ ޢުމަރު ގެއަށް އައީ އޭގެ ބައިގަޑިއެއްހާއިރު ފަހުންނެވެ. އެދެމަފިރިން އެކުއެކީގައި އައިސް ޝިފްޒާގެ ކޮޓަރި ދޮރުގެ ތަޅުގައި ހިފައި އަނބުރާލިއެވެ. އެއާއެކު ދޮރު އެތެރެއަށް ހުޅުވިއްޖެއެވެ. އެހިނދު ފެނުނު މަންޒަރާއެކު ގައިގެ ހުރިހާ ބާރެއްލާފައި ދޮރު ލައްޕާލުމަށްފަހު ޢުމަރާއި ނަސީމާ ދުރަށް ޖެހިލިއެވެ. އެވަގުތު އެމީހުންނަށް ފެނުނީ ލަދުވެތި މަންޒަރެކެވެ. މިފަދަ އިސްލާމީ މުޖްތަމަޢާ ޚިލާފު ކަންތައްތަކަކީ އަބަދުވެސް ޢުމަރާއި ނަސީމާ ވަރަށް ރުޅި އަންނަ ނަފްރަތުކުރާ ޢަމަލުތަކެކެވެ.
 

މަންމަ ވަކިވެ ދިއުމުގެ ކުރިން….

ކިޔާފައިވާ ޢަދަދު: 3115
ޒިޔާދާ މުޙައްމަދު، އާހިޔާ، ހދ.ކުޅުދުއްފުށި
ނިމުމެއްނުވާ ލޯތްބާ  އަޅައިލުން  މަންމަ  އަހަރެންނަށް  ދިނޭ
             ފިރުމުންތަކާ  އުފަލާ  އަރާމުން   އުނި  ނުވާވަރު  ކޮށްދިނޭ
ކިޔަވަން ސްކޫލަށް ފޮނުވަމުން  ހުރިހާ  ޚަރަދުތައް  ކޮށްދެމުން
             ކިޔަވަން އުނދަގުލެއް ނެތްގޮތަށް ތަނަވަސް  ކަމެއް  ހޯދައިދިނޭ

ކުދިވާހަކަ (1)

ކިޔާފައިވާ ޢަދަދު: 5972

އެތަނާއި މިތަނުން (1)

ވިސްނުން ތަފާތުވާ ގޮތް

ޢައްބާސް އިބްރާހީމް
ރަޙްމަތެރި ދެ އަންހެނަކު ބައްދަލުނުވާތާ ދުވަސްކޮޅެއް ވުމަށް ފަހު، އެއް ދުވަހަކު މަގުމަތީން ދިމާވެއްޖެ އެވެ.

“ކަލޭގެ ފިރިހެން ދަރިފުޅަށް ވީކިހިނެއް ހެއްޔެވެ؟” ވާހަކަދައްކަމުން އޭގެ ތެރެއިން އެކަކު އަހައިލިއެވެ.

އެންޓަނާއަށް ފެނުނު މަންޒަރުތައް

ކިޔާފައިވާ ޢަދަދު: 3363
ޒިޔާދާ މުޙައްމަދު، އާހިޔާ، ހދ.ކުޅުދުއްފުށި
މީދަލެއް ކުޑަކަމަކު ރުކަކަށް  އަރަނިކޮށް  އަހަރެން  ދުށިން
              މީހުނަށް ސިއްރުން  ފިލައި ދެފަނުގެ  މަތިން ދާތަން ދުށިން

ކުރިގަނޑަށް  އެރުމަށް ފަހުން ކުރުނބާ އިހާގައި ފިރުމަމުން
              ހުރިވަރެއް  ދަތުގައި އެސޮރު  ދައްކާލި ތަން މި ދެލޯ ދުށިން

އުތީމު ތުނޑީގައި

ކިޔާފައިވާ ޢަދަދު: 4250

އާދަމް ނަޞީރު އިބްރާހީމް (2013)

އުތީމު ތުނޑީގެ މެދުގައި ހުއްޓި ހުރެ ފަށަމޭ މަގޭ މި ބަޔާން
    އޮތީ ކަރުނައިގެ ހިތި ޞަފުޙާތަކޭ އަޑު ނެތް ތަނަށް މަ ކިޔާން
މިތާނގެ މި ރީތި ވެލިފުއްތަކުގެ ހުދުހުދު މަރުމަރީ ވިދުމުން،
     ޚިޠާބު ކުރޭ ދިވެހި މުޅި އުންމަތަށް، ހިތް އެ ފަދަ ސާފު ކުރާން