ދިވެހިރާއްޖެ

ކިޔާފައިވާ ޢަދަދު: 7430
ޙަސަން ޝާކިރު މުޙައްމަދު
ޞުލްޙައާ އެކުވެރިކަމަށް އެދިގެންއަބަދު އޮންނާނެޔޭ
            ޡުލްމުވެރިވާ ޚާއިނުންނާ އެއްބަހެއް ނުމެ   ވާނެޔޭ

ކޮންމެފަދަ ހަތިޔާރަކުން ނައްތާލުމަށް ބާޣީން އަޔަސް
            އެންމެ ކުޑަދަރިފުޅު ވިޔަސް ޖާނުން ފިދާ ކޮށްލާނެޔޭ

ނިމުމެއް ނެތް ކަރުނަ

ކިޔާފައިވާ ޢަދަދު: 3410
އަސްމާ އަބޫބަކުރު
ދަރީންނަކީ ކައިވެނީގެ ފޮނިމޭވާއޭ އެންމެން ވެސް ބުނެއެވެ. އެއީ އެންމެން ދަންނަ ޙަޤީޤަތް ވެސް މެއެވެ. އެތައް ރެޔެއްގެ ނިދި ނަގައިލައި ދަރީންނަށް ޓަކައި  ޤުރުބާންވަނީ ވެސް އެފޮނި މޭވާގެ ޙަޤީޤީ ފޮނިކަން ދުށުމުގެ ބޭނުމުގައެވެ. މިއީ މުޅިން ތެދު ކަމުގައިވާ ނަމަ ދުނިޔޭގައި ތިބޭނީ އުފަލާއި އަރާމުގައި އުޅޭ މީހުންނެވެ. މޮޅިވެރި ސާލުލައިގެން ދުނިޔެއަށް ދެއްކުންތެރިކަމުގެ ހިނިތުންވުން ދައްކުމުގައި އުޅޭ އަހަރެން ކަހަލަ މީހުންނެއް ނޫޅޭނެ އެވެ. އަދި ކުށްވެރީންނެއް ވެސް  ދުނިޔެއަކު ނުތިބޭނެ އެވެ. ކޯޅުންތަކާއި ހަނގުރާމަތަކެއް ވެސް ދުނިޔޭގައެއް ނުވާނެ އެވެ. އެހެން މީހުންގެ ޚިޔާލާ އަހަރެންގެ ޚިޔާލު ތަފާތުވަނީ  އެކަހަލަ އެތައް ސަބަބުތަކަކާ ހުރެއެވެ.

ހަމައެކަނި ވިދާޅުވެލެއްވުމަށް…(1)

ކިޔާފައިވާ ޢަދަދު: 6184

ދުނިޔޭގެ އެންމެ ކުޑަ މިނިސްޓްރީ އުވާލުމުގެ ބިލް


“ލިޔުންތެރީން” ގެ ވެބްސައިޓުގައި އަލަށް މި ފަށާ ސިލްސިލާ “ހަމައެކަނި ވިދާޅުވެލެއްވުމަށް….” އަކީ، މީގެ 25 އަހަރަށް ވުރެ ކުރީގެ ނޫސް މަޖައްލާތަކުން ނަކަލުކޮށްގެން ޝާއިޢުކުރާ، ޚަބަރާއި އިޢުލާނާއި އިޝްތިހާރާއި މަޢުލޫމާތުގެ ސިލްސިލާއެކެވެ.

މާޒީއަކީ މާޒީ

ކިޔާފައިވާ ޢަދަދު: 3212

ފަތުޙުﷲ އަހްމަދު ރަޝީދު

އަވި ބާރު ހޫނުގަދަ ދުވަހެކެވެ.މެންދުރުގެ އިރު  ރަސްކަން ކުރަމުންދިޔައީ އެއްވެސް ރަޙްމެއް ހަމްދަރުދީއެއް ނެތް ފަދައަކުންނެވެ. ނަފީސާ އިނީ ގޭގެ ބޮޑުކޮޓަރި ތެރޭގައި ފަންކާ ޖަހައިގެން ފިނިކޮށްލުމުގެ ނިޔަތުގަ އެވެ. ޓީވީ އެމްގެ ދޭއެއްގެ ޚަބަރުގެ ތެރެއަށް ފީނަމުންނެވެ. ޚަބަރުގެ ތެރެއިން އިވެމުން ދިޔައީ ކޮންމެވެސް ޒުވާނެއް ރަޙްމު ކުޑަގޮތަކަށް މަރައިލިވާހަކަ އެވެ. އެއާ ވިދިގެން އިވެމުން ދިޔައީ ކަމާބެހޭ އެކިއެކި ވެރިންނާއި އިސްވެރިން އެ ޢަމަލު ކުށްވެރިކޮށް ވާހަކަ ދައްކަމުން ދިޔަ ވާހަކަތަކެވެ.

އޭރުގެ ފަތްފުށްތަކުން….(22)

ކިޔާފައިވާ ޢަދަދު: 6464

“ބޯ އެބަހުރި” (1)

ކޮޕީ محمد رشيد


އަލްފާޟިލް ކޮޕީ މުޙައްމަދު ރަޝީދަކީ، ލިޔުންތެރިއެކެވެ. ޅެންވެރިއެކެވެ. ތަމްސީލު ކުޅުންތެރިއެކެވެ. އަދި ރީތިކޮށް ޢަރަބި ތާނަ ލިޔުއްވުމުގެ ހުނަރުވެރިއެކެވެ. އަދި ނޫސްވެރިއެއްވެސް މެއެވެ.

އޭނާގެ މިދެންނެވި ޚިދުމަތްތަކުގެ އަގު ވަޒަންކުރެއްވުމުގެ ގޮތުން، ރާއްޖޭގެ ނޫސްވެރިކަމަށް 50 އަހަރު ފުރުމުގެ މުނާސަބަތުގައި 1993 ވަނަ އަހަރު،ނޫސްވެރިކަން ދެމެހެއްޓުމުގެ ޚިދުމަތުގެ ރަންގަލަން ލިބިވަޑައިގެންފައިވެއެވެ. އަދި ތާނަ، ޢަރަބި ލިޔުމުގެ ރޮނގުން ހިތްވަރު ދިނުމުގެ އިނާމު 1988 ވަނަ އަހަރު، ތަމްސީލު ކުޅުމުގެ ރޮނގުން ހިތްވަރު ދިނުމުގެ އިނާމު، 1984 ވަނަ އަހަރު، ދިވެހި އަދަބިއްޔާތަށް ޚިދުމަތްކުރުމުގެ ދާއިރާއިން/ޅެންހެދުމުގެ ރޮނގުން ހިތްވަރު ދިނުމުގެ އިނާމު 2005 ވަނަ އަހަރު، ލިބިވަޑައިގެންފައިވެއެވެ.

ބިރިކިސިންޑާ ރައިވަރު (2)

ކިޔާފައިވާ ޢަދަދު: 3476
ޢަބްދުލް ޙަމީދު ޢަބްދުއްރަޙުމާން، ނާދީ، ނ. މާފަރު
(26 މާރޗް 2013 ( އަންގާރަ) ދުވަހު ޝާއިޢުކުރި ބަޔާ ގުޅޭ)
    (10)
ހުރިތަނަކު ފަރެއްގައި     (ހުރިތަނަކު ފަރެއްގައި)
ގުރިމު ކަންނޭނގޭ ތަދާ    (މުގުރި ކަންނޭނގޭ ތަދާ)
ޅުރިވެތި ބިރިކިސިންޑާ     (ޅުރިވެތި ބިރިކިސިންޑާ)
ބުރުނުވަރުތޯ ލަގޮނޑި ދާ     (ލަގޮނޑި ދާވަރުތޯ ބުރުނު)
ފުރިހަމަވި ކަންކަމަށް އިންނަ     (ފުރިހަމަވި ކަންކަމަށް އިންނަ)
ހުރިހުންގާނު ތަރައިންނަ    (ހުންގާނު ހުރި ތަރައިންނަ)

ކޯރސިކާގެ އަސްތަބީލާއަކުން – މިސުރުގެ ސިންގާ ސަނާ އަށް (4)

ކިޔާފައިވާ ޢަދަދު: 5217

سلطان ركن الدين بيبرس

ކަނީރު ޢަބްދުއްރަޙީމް (ކަނީރު)
(25 މާރޗް 2013 (ހޯމަ) ދުވަހު ޝާއިޢުކުރި ބަޔާ ގުޅޭ)
ބީބަރަސް ބުނަން ފެށިއެވެ.

“ޔަގީން ނުކުރެއްވޭ ކަމުގައި ވާނަމަ ބާކޫ ކުރެން އައްސަވާލައްވަން ވީނޫންތޯ؟ ނޫންނަމަ މިހާރު އެހިސާބަށް ދުރުވަންނަވަނިކޮށް ލަފާކުރެވޭ ގޮތުން މި ކަންތަކުގެ ވާހަކަ ކިޔައިދޭ ވަގުތާއި ދިމާވެދާނެހެން ހީވޭ.”

ގަދަފަދަ ޝުކުރެއް ތައްޔާރުކޮށްދެއްވުން.

ކިޔާފައިވާ ޢަދަދު: 7305
ޙަސަން ޝާކިރު މުޙައްމަދު
ކުޑައިރު ވެލިކޭ ވާހަކައަކީ، މީހުން ދައްކާހިތްވާ ވާހަކައެއް ނޫނެވެ. އެވާހަކަ ބޮޑުސިއްރެއްގެ ގޮތުގައި ފޮރުވިފައި އޮންނަނީއެވެ. ނުހިނގާ ކަމެއްގެ ގޮތުގައެވެ. މިޒަމާނުގައި މާލޭގައި ދިރިއުޅޭ ކުޑަކުދީންނަށް ވެލިކާކަށް ފުރުސަތެއް ނުލިބޭނެއެވެ. ދިރިއުޅުމުގެ ގޮތްތަކަށް އައިސްފައިވާ “ތަރައްޤީ” ގެ ސަބަބުންނެވެ.

ބިރިކިސިންޑާ ރައިވަރު

ކިޔާފައިވާ ޢަދަދު: 1962

ޢަބްދުލް ޙަމީދު ޢަބްދުއްރަޙުމާން، ނާދީ، ނ. މާފަރު

(26 މާރޗް 2013 ( އަންގާރަ) ދުވަހު ޝާއިޢުކުރި ބަޔާ ގުޅޭ)
    (10)
ހުރިތަނަކު ފަރެއްގައި     (ހުރިތަނަކު ފަރެއްގައި)
ގުރިމު ކަންނޭނގޭ ތަދާ    (މުގުރި ކަންނޭނގޭ ތަދާ)
ޅުރިވެތި ބިރިކިސިންޑާ     (ޅުރިވެތި ބިރިކިސިންޑާ)
ބުރުނުވަރުތޯ ލަގޮނޑި ދާ     (ލަގޮނޑި ދާވަރުތޯ ބުރުނު)
ފުރިހަމަވި ކަންކަމަށް އިންނަ     (ފުރިހަމަވި ކަންކަމަށް އިންނަ)
ހުރިހުންގާނު ތަރައިންނަ    (ހުންގާނު ހުރި ތަރައިންނަ)

ސަރާ (33)

ކިޔާފައިވާ ޢަދަދު: 5819
މޫސާ ސާޢިދު، މަރަދޫ
(24 މާރޗް 2013 (އާދީއްތަ) ދުވަހު ޝާއިޢުކުރި ބަޔާ ގުޅޭ)

“ނިމާލާ….ނިމާލްގެ ތި އޯގާތެރިކަމުގެ ބަދަލު އަހަރެންދޭނީ ކިހިނެއް. އަހަރެންފަދަ އެއްވެސް ގުޅުމެއްނެތް އަންހެނަކަށް ތިބަހައްޓާ އޯގާތެރިކަމުގެ ބޭނުމަކީ ކޮބާ؟” ނިމާލާއެކު އެކަނިވި ވަގުތު ސަރާ ވާހަކަ ދެއްކިއެވެ.

“ހެޔޮކަމެއް ކޮށްފި މީހަަށް އޭގެ ބަދަލު މާތްރަސްކަލާނގެ ދެއްވާނެ. އަހަންނަށް މިކުރެވެނީ ހެޔޮކަމެއް ކަމަށްވާނަމަ މާތްރަސްކަލާނގެ ބަދަލު ދެއްވާނެ.” ނިމާލް ބުންޏެވެ. ސަރާގެ ފަރާތުން އެއްވެސް ބަދަލެއް ބޭނުމެއް ނޫން ކަމަށް އަބަދުވެސް ނިމާލް ބުނެއެވެ.