އިޢާދަ ނުކުރެވޭވަރުގެ ގެއްލުމެކޭތޯ އެވެ؟

ކިޔާފައިވާ ޢަދަދު: 8671
އަޙްމަދް ސަމީރު ޢަލީ

އަޅުގަނޑުމެންގެ ތެރޭގައި ތިއްބެވި ޤާނޫނީ ބޭބޭފުޅުންނާ ޙަވާލާދީ،  ފަހަކަށް އައިސް އަޅުގަނޑުމެނަށް އިވެން ފެށީ “އިއާދަ ނުކުރެވޭވަރުގެ ގެއްލުމެއްގެ” ވާހަކަ އެވެ.

ބަނޑުވައްއަކުރު އެއްގޮތް ކުރުން (9)

ކިޔާފައިވާ ޢަދަދު: 3759
މުޙަންމަދު ޝާހިދު ޙަލީމް
(13މާޗް 2013 (ބުދަ)އާ ގުޅޭ)

9.3- އިތުރު ބައެއް ގޮތްގޮތް

ބައިތުގެ ބަނޑުވައްއަކުރާއި ފިލިކޯޅި އެއްގޮތް ނުކޮށް، އެ ބައިތުގައި މިޔުޒިކު އުފެއްދުމަށް، ބަނޑުވައްއަކުރާއި ފިލިކޯޅީގެ އެއްބައި ނުވަތަ ބަނޑުވައްއަކުރާއި ފިލިކޯޅި ނޫން އެހެން ބައެއް އަކުރުއަކުރާއި، ފިލިފިލި އެއްގޮތްކުރާ ތަފާތު އެތައް ގޮތެއް ފެންނާން ހުރެއެވެ. ތިރީގައި މި ވަނީ އޭގެ ބައެއް މިސާލެވެ. މި ތާނގައި މިސާލުގެ ގޮތުގައި ގެނެސްފައި ވާ ބައެއް ބައިތުގައި ކާފިޔާއާ ގުޅޭ އެއްގޮތްކުރުންތައް ވެސް ހިމެނެއެވެ. ނަމަވެސް ކާފިޔާއާ ގުޅޭ އެއްގޮތްކުރުންތަކުގެ ވާހަކައެއް މި މަޒުމޫނުގައެއް ދައްކައިފައެއް ނުހުންނާނެއެވެ.

ބަނޑުވައްއަކުރު އެއްގޮތް ކުރުން (8)

ކިޔާފައިވާ ޢަދަދު: 3858
މުޙަންމަދު ޝާހިދު ޙަލީމް

(3 ފެބްރުއަރީ 2013 (އާދީއްތަ)އާ ގުޅޭ)


ނޯޓް: މި ސިލްސިލާ ގެނެސްނުދެވި މަހެއްހައި ދުވަސް މެދުކެނޑުނީތީ މި މަޒުމޫނު ވިދާޅުވާ ބޭފުޅުންގެ އަރިހުން މާފަށް އެދެމެވެ.


9- ބަނޑުވައްއަކުރާއި ފިލިކޯޅި އެއްގޮތް ނުކުރާ ބައިތުގައި މިޔުޒިކު އުފެއްދުން
 
މި މަޒުމޫނުގެ ތަޢާރަފުގައި ބަޔާންކުރެވިފައި ވާނޭ ފަދައިން، ޅެންވެރީން ބަނޑުވައްއަކުރާއި ފިލިކޯޅިއަށް ޓަކައި، ޅެމުގައި ބުނާން ބޭނުންވާ ވާހަކަ ޤުރްބާނެއް ނުކުރެއެވެ.  ހަމައެފަދައިން ބުނާން ބޭނުންވާ ވާހަކައަށް ޓަކައި، ބަނޑުވައްއަކުރާއި ފިލިކޯޅީގެ މިޔުޒިކުގެ މަތިން މުޅިން ހަނދާންނައްތައިލުމަކީ ވެސް ކުރާ ކަމެއް ނޫނެވެ. އެހެންކަމުން ބައިތެއްގެ ބަނޑުވައްއަކުރާއި ފިލިކޯޅި އެއްގޮތް ނުކުރާނަމަ އެ ބައިތުގައި މިޔުޒިކު އުފެއްދުމަށް، ބައެއް ފަހަރު ބަނޑުވައްއަކުރުގެ އަޑު، އަނެއްބައި ފަހަރު ބަނޑުވައްއަކުރާއި ފިލިކޯޅީގެ އެއްބައި، އަދި އަނެއްބައި ފަހަރު ބަނޑުވައްއަކުރާއި ފިލިކޯޅި ނޫން އެހެން ބައެއް އަކުރުއަކުރާއި، ފިލިފިލި އެއްގޮތްކުރެއެވެ. ތިރީގައި މި ބަޔާންކުރަނީ އޭގެ ތެރެއިން ބައެއް ގޮތްގޮތެވެ.

އަވަށްޓެރިޔާގެ މޭވާ ކައިލަކައިލައި މިހެން ތިބޭނީ ކިހާ ދުވަހަކުތޯއެވެ!

ކިޔާފައިވާ ޢަދަދު: 9579
އަޙްމަދް ސަމީރު ޢަލީ
އަޅުގަނޑުމެންގެ ލޮބުވެތި ދިވެހިބަސް މިހާރު ވެއްޓި ވެއްޔާމޮޑެވި، ފައިން އެރި ހީނަރުވެ ކަފާސްވެ ފިނދިފައި މިވާ މިންވަރާ މެދު ވިސްނައި، ކަންބޮޑުވަނީ ކިތައް މީހުންބާވައެވެ؟ ނުވަތަ އަޅުގަނޑުމެންގެ އަމިއްލަ މާދަރީ ބަހަށް ފާރަވެރިވެ ފަރުވާތެރި ނުވުމުގެ ސަބަބުން މި ބަސް މިހާރު މި އޮތް ނިކަމެތި ހާލަތާ  މެދު ފުންކޮށް ވިސްނައިލަނީ ކޮން ބަޔެއްބާއެވެ؟ 
 

ޙަޤީޤަތަކީ، މިއީ އެވެ.

ކިޔާފައިވާ ޢަދަދު: 7045
ޙަސަން ޝާކިރު މުޙައްމަދު
ޙަޤީޤަތް  ހާމަކުރުމީ  އެންމެނަށް  ކުރެވޭ ކަމެއް ނޫނޭ
          އަމީރުން ކުރިމަތީ ތެދު ބަސް ބުނުން އެއީ ވާކަމެއްނޫނޭ
ކިތަންމެރަނގަޅުކަމެއް މީހަކު ހިތުންރުހުމާއެކީ ކުރިޔަސް
          އެތައް ގޮތަކަށް  ޚިޔާލުނުދީ  ތިބޭނީ  މަދުބަޔެއް ނޫނޭ

ލޭ ބޯ ފަނި (11)

ކިޔާފައިވާ ޢަދަދު: 7889
ތަރުޖަމާ: ޢަބްދުﷲ ނަޢީމު އިބްރާހީމް
(28 ފެބްރުއަރީ 2013 (ބުރާސްފަތި) ދުވަހު ޝާއިޢުކުރި ބަޔާ ގުޅޭ)
“ފުރަތަމަ ބުނޭ! އިނާމަކަށް ލިބޭނީ ކޯޗެއް؟”
“އަހަރެން ވެއްޖެ ވަޢުދެއް ވިއްޔާ ފުއްދާނަން. ދެމަސް ދުވަހުގެ ތެރޭގައި އަހަރެންގެ އާ ކާރު ލިބޭނެ. މިހާރު އޮތް ހޮންޑާ ކާރު ދައްތައަށް ދޭނަން.”
“އަހަރެން ފީރޯޒާގެ ހިތުގައި އޮތް އެއްޗެއް ބޭރު ކޮށްލުވައިފިން- އޭނާ އެއިނީ ކަލެޔާ ހެދި މޮޔަ ވެފައި. މަތިމަތިން ނޫން ކަމަށް ހެދިގެން އުޅެނީ. އަހަރެން ހެދި މަންތަރަކުން ކަލެޔާ ބައްދަލު ކުރަންވެސް އެއްބަސް ކުރުވައިފިން-“

ދަރުމަވާނެ! ހޭއަރާބަލަ!

ކިޔާފައިވާ ޢަދަދު: 4739
      
     ކަނީރު ޢަބްދުއްރަޙީމް (ކަނީރު)

     ދަރުމަވާނޭ  ހޭއަރާށޭ!   ގައިމެ   މަރު  އަންނާނެޔޭ
                   ހޮރުތެރޭގައި ވަދެ އޮތަސް މިންޖެއްވުމެއް  ނޯންނާނެޔޭ

     ކަރުހިފައި ލޭއޮހޮރުވައިގެން ދުނިޔެރަންކޮށް އުޅުނަކަސް
                  ބަރުނުވާނަމަ ހެޔޮރަނގަޅުކޮޅު   ފިނިކަމެއް  ނުލިބޭނެޔޭ

ނައިފަރު، ތަންހަޅިގޭ الفاضل عبدالله على (رحمه الله)

ކިޔާފައިވާ ޢަދަދު: 6302
 
تعليمى دائرةއަށް ގިނަގުނަ خدمةތަކެއް ކޮށްދެއްވާފައިވާ

ޅ.ނައިފަރު، ތަންހަޅިގޭ الفاضل عبدالله على (رحمه الله)

އަވަހާރަވެއްޖެ

އަދަބީ މުރާސިލު
“ދާދިއަވަހަށް ނެތިފަނާވިޔަކަސް އަގެއްނެތް جسم ތައް
               ތާއަބަދު ދެމިހުންނަ ހެޔޮ ذكرى އަކަށް ނިމުމެއްނެތޭ”

ޅ. ނައިފަރު، ތަންހަޅިގޭ އަލްފާޟިލް ޢަބްދުﷲ ޢަލީއަކީ، ރާއްޖޭގެ ތަޢުލީމީ ދާއިރާގެ އުސްތަނބެކެވެ. މަޑުމައިތިރި ޚުލްޤުހެޔޮ ބޭފުޅެކެވެ. އަތޮޅުތަކުގެ ތަޢުލީމުގެ އެންމެ ފާހަގަކޮށްލެވޭ މުއައްސަސާކަމުގައި ނައިފަރު މަދްރަސަތުލް އިފްތިތާޙްގައި އެންމެ ގިނަދުވަހު ޚިދުމަތްކުރެއްވި ޚިދުމަތްތެރިޔާއެވެ. މި މުހިންމު ޝަޚްޞިއްޔަތު އިއްޔެ، 26 ރަބީޢުލްއާޚިރު 1434 (9 މާރިޗު 2013) ވީ ހުކުރު ދުވަހު ހެނދުނު 11 ޖެހިއިރު އޮޅުދޫކަރައިގެ ކޮޅުނބުގެ ލަންކާ ހޮސްޕިޓަލުގައި އަވަހާރަ ވެއްޖެއެވެ. إنالله وإناإليه راجعون.

ކޯރސިކާގެ އަސްތަބީލާއަކުން – މިސުރުގެ ސިންގާ ސަނާ އަށް

ކިޔާފައިވާ ޢަދަދު: 5633

سلطان ركن الدين بيبرس

ކަނީރު ޢަބްދުއްރަޙީމް (ކަނީރު)

މީލާދީން 1235 ވަނަ އަހަރު ތާތާރީންގެ ނަމުން މުޅި ދުނިޔެއަށް މަޝްހޫރުވެގެން ދިޔަ ހަނގުރާމައިގެ އަލިފާންގަނޑުގެ ތެރޭގައި ފިހެމުން ފަސޭހަވަމުން ގޮސް އެންމެ ފަހުން މިސުރުގެ ރަސްކަން އޭނާއަށް ލިބުނެވެ.

ލޯތްބާއި އުފާ، ކެހިދިނުމާއި ހިތާމަ، އަރާމާއި ތަނަވަސްކަން އަދި އަނިޔާ އާއި އަޅުވެތިކަން އިހުސާސްކުރި ކޯރސިކާގެ އަސްގޮވި ކުއްޖާގެ ތާރީޚް ވަރަށް އަޖައިބެއްފަދަ އެއްޗަކަށް ވެއެވެ. ދުނިޔޭގައި އިންސާނަކަށް ލިބިފައިވާ އެންމެ ހިތް ފަސޭހަ އެއް ޙިއްސު ކަމުގައިވާ ދެލޮލާ ވެސް އޭނާގެ ތަގުދީރު ކުޅެލިއެވެ. އެއާއެކުވެސް އޭނާ ހިތްވަރުކުރީއެވެ.

އެންމެފަހުން އޭނާއަށް ވާންވީ ގޮތް ވަންދެންނެވެ.

ހަމަ ތެދެކެވެ!

ކިޔާފައިވާ ޢަދަދު: 6446
ޙަސަން ޝާކިރު މުޙައްމަދު
ތެދުތެދަށް  ބުނެދޭނަމޭ  އިންސާފު   ޙައްޤު  މަޤާމުގައި
          ތެދުވެރިންނާއެކު  ހިނގަން   ނުސިހޭނަމޭ   އެއްތާކުގައި
ކުޑަކިތަންމެ ކަމެއްވިޔަސް  އިންސާފުނެތް ނަމަ ކަށަވަރުން
         “އުޑަފައިން އިންނާށަ ޖެހުނަސް”  ދެކޮޅުވާނަމެ ޢަޒުމުގައި