ސަލާމަތެއް އެބައޮތްބާ؟

ކިޔާފައިވާ ޢަދަދު: 6580
ޙަސަން ޝާކިރު މުޙައްމަދު
އިސްލާމަކަށް ވެގެން ހުރެ ހިތުހުރި ގޮތަށް އުޅޭއިރު
                   “އިސްސަފު”ގެ ގޮތް ރަނގަޅުކޮށް ދީނަށް ނަޞްރު ނުދޭއިރު
ޢިލްމީރޮނގުން އެތައްމޮޅު ފާސްތައް ތިމާގެ އޮތަކަސް
                    ސިލްމާ  ސަލާމަތާ  ފަހެ  ލިބެވޭހެ  ޢަމަލު  ނެތް  އިރު

ބިރިކިސިންޑާ ރައިވަރު (4) ޢަބްދުލް ޙަމީދު ޢަބްދުއްރަޙުމާން، ނާދީ، ނ. މާފަރު (6 އޭޕްރިލް 2013 (ހޮނިހިރު) ގުޅޭ) (28) ވާވަރުތަ ހިތަށް ތަދު (ހިތަށް ތަދުވާވަރުތަ) ނާކޮޅު އެވެލި ހުންނަ ދުދު (ދުވެލި އެނާކޮޅު ހުންނަ ދު) ފާތެއްތަ ފަހެ ނުކޮށް ކުދު

ކިޔާފައިވާ ޢަދަދު: 375
ބިރިކިސިންޑާ ރައިވަރު (4)
ޢަބްދުލް ޙަމީދު ޢަބްދުއްރަޙުމާން، ނާދީ، ނ. މާފަރު
(6 އޭޕްރިލް 2013 (ހޮނިހިރު) ގުޅޭ)
 
        (28)
ވާވަރުތަ ހިތަށް ތަދު     (ހިތަށް ތަދުވާވަރުތަ)
ނާކޮޅު އެވެލި ހުންނަ ދުދު     (ދުވެލި އެނާކޮޅު ހުންނަ ދު)
ފާތެއްތަ ފަހެ ނުކޮށް ކުދު     (ކުޑަތަފާތެއް ފަހެ ނުކޮށް)

ރޯނު އެދުރު

ކިޔާފައިވާ ޢަދަދު: 8844
 މުޙައްމަދު މަނިކު މ. ނިޔަނދުރުގެ (މަމްދޫން)
1-    ބަހުން ފޮނިހާ “އަޗާ” ބުނަމުން  ތިމާ  އުޅުނަސް ނެތޭ އެނގިފައި
               “ކަނުންނާ  މަންމަނުން” ކިޔަމަންކުރަން  މެނުވީ  ހިލާ  ދަނެފައި

2-    ދުހުން ދެތިނެއް އަހަރު “ފޮތްބޮނޑި” ހިފައިގެން އުޅެލުމަށް ފަހުގައި
               ރުހުން  ލިބިގެން އެ  ދާނޭހެން ވަނީ  ބިޔަ  ތުނބުޅިއެއް  ލާފައި

ބަނޑުވައްއަކުރު އެއްގޮތް ކުރުން (11)

ކިޔާފައިވާ ޢަދަދު: 4269
މުޙަންމަދު ޝާހިދު ޙަލީމް

(26 މާޗް 2013 (އަންގާރަ)އާ ގުޅޭ)

10.3- ދެ ވަނަ ތައްގަނޑުޖޯޑުގެ ފެށުން ބައިތުގެ ބަނޑުވައްއަކުރާއި ފިލިކޯޅިން ބަޔަކާ އެއްގޮތްކުރުން

ބައިތުގެ ބަނޑުވައް އަކުރާއި ފިލިކޯޅި އެއްގޮތް ކުރުމުގެ އިތުރަށް، ބައެއް އަކުރާއި ފިލި އެއްގޮތް ކޮށްގެން ބައިތުގެ މިޔުޒިކު އިތުރުކުރާ ތިން ވަނަ ގޮތަކީ ބައިތުގެ ކޮންމެ ކާފިޔާއެއްގެ ދެ ވަނަ ތައްގަނޑުޖޯޑުގެ ފެށުން ބައިތުގެ ބަނޑުވައްއަކުރާއި ފިލިކޯޅިން ބަޔަކާ އެއް ގޮތް ކުރުމެވެ.

ޙަޔާތުގެ ދެކުލަ

ކިޔާފައިވާ ޢަދަދު: 3287
އަސްމާ އަބޫބަކުރު

ދިރިއުޅުން ވޭތުކުރުމުގައި ކޮންމެ މީހަކު ބޭނުންވާނީ އުފާވެރިކަމެވެ. އުފާވެރި ކަމާއެކު ދިރިއުޅުން އާރާސްތު ކުރުމަށް އަހަރެން ފައިނެގީމެވެ. އުފާވެރި ޙަޔާތަކަށް އެންމެ ބޭނުންވާނީ ފައިސާ ކަމުގައި ދެކިގެންނެވެ. ރައްޓެހި ރަޙުމަތްތެރީން ގާތުގައިވެސް އަހަރެން ބުނެފައިވާނީ މުއްސަނދި މީހަކާއި ނޫނީ އަހަރެން ނީންނާނަމެވެ. އޭރުން އަހަންނަށް އުފަލާއި އަރާމުގައި ޙަޔާތުގެ ދުވަސްތައް ހޭދަ ކުރެވޭނެތީއެވެ. 

ހަމައެކަނި ވިދާޅުވެލެއްވުމަށް….(2)

ކިޔާފައިވާ ޢަދަދު: 3267

އެންމެބޯތައްޓެއް އެއްހާސް ޑޮލަރއަށް ވިކިއްޖެ!

ސީރިޔާގެ ދެމަފިރިއެއްގެ ބާޒާރުކޮށްލުމެއް

މާލޭގެ ބާޒާރުގައި ޓުއަރިސްޓުންނަށް އެއްޗެތި ވިއްކާ ފިހާރައަކުން ބޯތައްޓެއް 1000 އެމެރިކަން ޑޮލަރއަށް ވިކިއްޖެ އެވެ. އެ ބޯތަށިގަތީ، ސީރިޔާގެ ދެމަފިރިއަކު ކަމުގައިވާ މިސްޓަރ محمود އާއި އޭނާގެ އަންހެނުން ساميةއެވެ. މި ބޯތަށި ވިއްކީ، ޗާނދަނީމަގު 18 نمبر ފިހާރައިގެ މަތި (އެންޓިކްސްޓައިލް) އިންނެވެ. އެނގިފައިވާ ގޮތުގައި މި ބޯތަށި ވިއްކީ الفاضل ބޮންޑަދޮންތުއްތު (على حسين މ.ޕޮންޕިޔާ) އެވެ. އޭނާ ބުނުއްވާ ގޮތުގައި މި ބޯތައްޓަކީ، ހއ. މަތީރަށުން ގެނައި ބޯތައްޓެއްކަމަށް الفاضل ބޮޑުބެ ދޮންތުއްތުގެ ފަރާތުން އޭނާއަށްވަނީ އެނގިލައްވާފައެވެ.

މާމަމެންގެ ރަޙުމަތްތެރީންނާއި ކޮއްކޮމެންގެ ފްރެންޑްސުން

ކިޔާފައިވާ ޢަދަދު: 9502
އަޙްމަދް ސަމީރު ޢަލީ

އަޅުގަނޑުގެ މާމަ ދުނިޔޭގައި ހުރި ނަމަ، މާމަގެ އުފަންދުވަހުގެ ކޭކުގައި ކޮންމެ ވެސް ގޮތަކުން މިއަހަރު 400 އެއްހައި އުއްބައްތި ހަރުކުރީމުހެވެ! މާމަ ނެތަސް އަޅުގަނޑުގެ މާމައާއެކު އުޅުނު ބައެއް ރަޙްމަތްތެރިން އަދި ވެސް އެބަ ފެނެއެވެ. ގިނަގިނައިން ބައްދަލު ވެއެވެ.

ގޮތްހުސްވެފައި!

ކިޔާފައިވާ ޢަދަދު: 6896
ޙަސަން ޝާކިރު މުޙައްމަދު

މިތުރާގެ ފަހަތުގައި  ދެން  ހުރެވޭކަށެއް  ނެތޭ
                ދަތުރާ  ބަނދަރު  މިހާރަކު ކަމުދާކަށެއް  ނެތޭ

ފިކުރާ ޚިޔާލު ހުސްކޮށް ޤުރްބާންވިޔަސް މަދެން
                އެ ކުރާ ތުރާތަކުން  އަދު  މިންޖެއްވުމެއް ނެތޭ

ކޯރސިކާގެ އަސްތަބީލާއަކުން – މިސުރުގެ ސިންގާ ސަނާ އަށް (5)

ކިޔާފައިވާ ޢަދަދު: 5915

سلطان ركن الدين بيبرس

ކަނީރު ޢަބްދުއްރަޙީމް (ކަނީރު)
(1 އޭޕްރިލް 2013 (ހޯމަ) ދުވަހު ޝާއިޢުކުރި ބަޔާ ގުޅާ)

މިހާތަނަށް ވާހަކަ ގެންދިޔަ އިރު މުސްކުޅި އުމަރުދާއީ ގެ ދެލޯ ކަރުނައިން ފުރިއްޖެ އެވެ.
“ސާހިބާގެ ދަރިއަކަށް ވުމަކީ ކުޑަ އުފަލެއް އާދައިގެ ފަޚުރެއް ނޫން.  އަޅުގަނޑުގެ ރޫޙާނީ ބައްޕާ. މި ވަގުތާއި ހަމައަށް އަޅުގަނޑަށް ދަރިފުޅާއޭ ގޮވައިލައްވާނެކަމަށް ހިތަށް ވެސް އަރައިފައެއް ނެތް. ” ބީބަރަސް ދެރަވެލައިފައި އުފަލާއެކު ބުންޏެވެ.

ސަރާ (34)

ކިޔާފައިވާ ޢަދަދު: 6753
މޫސާ ސާޢިދު، މަރަދޫ
(31 މާރޗް 2013 (އާދީއްތަ) ދުވަހު ޝާއިޢުކުރި ބަޔާ ގުޅޭ)
“އެބުނީ މަންމަގެ ވާހަކައެއް ނޫން. އެހެން ކޮންމެވެސް ނަޖްމާއެއްގެ ވާހަކަ އެބުނީ.” ނަޖްމާ މަސައްކަތް ކުރީ ސަރާއަށް އޮޅުވާލާށެވެ. ނަމަވެސް މަންމަގެ މޫނުމަތިން މަންމަ ހަދަނީ ތެދު ނޫންކަމާއި، ވަރަށް ބޮޑަށް ނުތަނަވަސްވެފައިވާކަން ހާމަވެއެވެ.