ކަޅު ބިއްލޫރި

ކިޔާފައިވާ ޢަދަދު: 3213
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
އަލީ އަލީފް، ޙާސިލް، ހއ. އިހަވަންދޫ
ފަތިހު ތެދުވާން އާދަވެފައި ނުވުމާއެކު މިއަދު ވެސް ފަތިހުގެ އަރާމު ނިދިކޮޅު ދޫކޮށްލުން ވީ ވެވޭވަރުގެ ކަމަކަށް ނޫނެވެ. ނަމަވެސް މަންމަގެ ހަޅޭލެވުންތަކަށް މިއަދު ވެސް ކެތްކުރެވޭވަރެއް ނުވި އެވެ. ދެ ލޯ ރަނގަޅަށް ނުހުޅުވި ހުރެ، އެނދުމަތިން ތެދުވެގެން ގޮސް ގިފިއްޔަށް ވަނީމެވެ. ދެން މި ޖެހުނީ ކަންތަކާ އެވެ. ފެން ދާންޏެއް ނަގައި އޭގައި އަތް ޖައްސައިލިއިރު ކަމަކުދާކަށް ނެތެވެ. ފިނިކަމުން ހީވަނީ ގަނޑުފެން ގަނޑެއްހެންނެވެ. ކޮންމެއަކަސް އިތުރު ގޮތެއް ނެތުމާއެކު ބޮލަށް ދާންޏެއް ކޮނޑަށް ދާންޏެއް އަޅައިލުމަށްފަހު ނުކުތީމެވެ. އޭރު ދަތްދޮޅި ހީވަނީ ފަހާފޮށީގެ ދަތްގަނޑު ހެންނެވެ. މިހާލުގައި ހުރެނަމަ ވެސް ކުޑަކޮށް މަތިމަތިން ރީތިވެލައިގެން ނުކުތީމެވެ.
 

ކަން އޮތް ގޮތް (2)

ކިޔާފައިވާ ޢަދަދު: 3026
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
 
އާދަމް ނަސީމް އަބޫބަކުރު، ލ. މާވަށް
 
(1) ކަން ހިނގާ މަގު އޮޅިއްޖެ، ކަންނެތްކަން  ޢާއްމު ވެއްޖެ
                 ދަންނަ ބަޔެއް އިތުރުވެއްޖެ  ކަންތައް  ވާ ފުނި ޖެހިއްޖެ

(2) މުސްކުޅިންގެ  ލޯ ދިލިއްޖެ ވިސްނުންވެސް ރަނގަޅުވެއްޖެ
                  ކުސް ނުތަޅައި ފަރުޖެހިއްޖެ  އުސްތަންމަތި ވެސް ލިބިއްޖެ

(3) ގޭސް އުނދުނަށް ރޭރުވެއްޖެ ފޭސްބުކް ގައި  ތާށި ވެއްޖެ
                  މޭސްތިރިން  އިތުރު ވެއްޖެ   ބޭސް ފަރުވާ  ހިލޭ ވެއްޖެ
 

ޢަދުލު އިންސާފުގެ މަތިވެރި މިސާލެއް

ކިޔާފައިވާ ޢަދަދު: 5465
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ޢަބްދުﷲ ޞާދިޤު
“ސާހިބާއެވެ. އަޅުގަނޑު އައިސް މިހިރީ އިންސާފަށް އެދިގެންނެވެ. ﷲއަށްޓަކައި އަޅުގަނޑާމެދު އިންސާފުކޮށް ދެއްވާށެވެ.” މީހަކު އާދޭހާއެކު ރޮމުން ރޮމުން ދެންނެވިއެވެ.
“ކަލޭގެ މަސްއަލަ ހުށަހަޅާށެވެ. އަދި ހިތްހަމަޖައްސާލައިގެން ހުންނާށެވެ. ކަލެއާ މެދު ފުރިހަމައަށް އިންސާފު ކުރެވޭނެއެވެ.” 

ތުނޑު ހަސަނަށް ކެހިދިން މީދާ

ކިޔާފައިވާ ޢަދަދު: 3906
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ފަތުޙުﷲ އަޙްމަދު ، މޫރިތިގެ، ހއ. އިހަވަންދޫ
 
އިހަވަންދޫ އުތުރު އަވަށު މުއްސަންޖަކު އިހު އުޅުނޭ   
ތުނޑު ހަސަނުން ނަންދެވިފާ       މަހުޖަނަކަށްވެޔެ ރަށުގާ
ގައްލަންދޫ ވަރުވާޔަށް            ދަނޑު ހައްދަން ގެންގުޅުނޭ  
މިޔަހެއްޔަށް ދަނޑުހައްދަން        ރަށުގެ އެކީ ރޯކުރިޔޭ

ޙަޔާތުގެ ހިޔަނި (9)

ކިޔާފައިވާ ޢަދަދު: 4110
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ޑޮކްޓަރ މުޙައްމަދު ރަޝީދު
(8 ނޮވެމްބަރ 2012 (ބުރާސްފަތި) ގުޅޭ) 
ގާތަށްގެނެސް އަދިވެސް ކައިރިކުރާ ހިތްވުމެވެ. އެމީހުންގެ ލޯބިވާ ދަރިން އަމިއްލަ ބަނޑުން އުފަންކުރާ ގޮތަށެވެ. ހުދާ، އައިމަން އެއްކޮށް މިލްކު ކުރާ ހިތްވެއެވެ. އޭނާގެ ބަނޑުން އުފަންކުރާ ހިތްވެއެވެ.
 
ނޭނގި އިނދެގެން ކުޅުމުގެ ތެރޭގައި މުޅި ކާޑު ރޮނގުން ފުރިއްޖެ އެވެ. އޭގެ މާނައަކީ ނުދާނޭ ވާހަކަ ހެއްޔެވެ؟ ނޫނީ ދާނަން ހެއްޔެވެ؟ ހުދާ އިތުރަކަށް ނުއަހައެވެ. ސުވާލެއް ނުކުރެއެވެ.
 

ސަރާ (6)

ކިޔާފައިވާ ޢަދަދު: 5492
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
މޫސާ ސާޢިދު، މަރަދޫ
(5 ނޮވެމްބަރ 2012 (ހޯމަ) ގުޅޭ)
ނިޔާޒްގެ ވާހަކައިން ސަރާއަށް ހިތްހަމަޖެހުން ލިބުނުއިރު އެވަރަށް ހިތް ނުތަނަވަސްވެސްވިއެވެ.
“މަލަކާ އަދިވެސް ޢިމްރާނާ ހެދި އުޅެނީތަ؟” ސަރާ ފުން ނޭވާއެއްލިއެވެ.
“އާނ…އޭނަ ވަރަށް މަސައްކަތް ކުރާނެ، އޭނަގެ މަޅީގަ ޢިމްރާން ޖައްސަން…ސަރާ މިގޭގަ އުޅެންޖެހޭނީ އެކަމަށް ވަރަށް ވިސްނައިގެން. އެހެން ނޫނީ ކިތަންމެ ބޮޑު ކެއްސެއްވެސް ލިބިދާނެ. އަހަރެން ނޭދެން، ސަރާއަށް ދެރައެއް ލިބޭކަށް….” ނިޔާޒް ސަރާއަށް ވިސްނައިދިނެވެ. އެވަގުތު ޢިމްރާންވެސް އައިސް ގެއަށް ވަދެއްޖެއެވެ.

ހުސް ކިރުޅިޔަ މަސް

ކިޔާފައިވާ ޢަދަދު: 3038
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
މަރިޔަމް ޝަހުނާ، ޕިންކްރޯސް، ހއ. އިހަވަންދޫ
ދުވަސްވަރަކީ އިހަވަންދޫއަށް ވަރަށް މަސް ތަދު ދުވަސްވަރެކެވެ. ހުޅަނގު މޫސުންކަމުން މަހަށްދެވޭކަށް ވެސް ނެތެވެ. ރަށުގައި މުޅިން ވެސް ގެންގުޅެނީ ރިޔާ ދޯންޏެވެ. އެހެންކަމުން ގޮނޑުދޮށުން މަސް ބާނަނީ އެވެ. ބައެއް ފަހަރަށް ފަރުމަސް ބާނަން ދެއެވެ. ހަސަންފުޅު ވެސް އަވަހަށް ހޭލައިގެން މަސް ބާނަން ދާން ނުކުތެވެ. އަތުގައި ކަންވާރު ރޯލެއް އޮތެވެ.
 

ޙަޔާތުގެ ހިޔަނި (8)

ކިޔާފައިވާ ޢަދަދު: 4178
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ޑޮކްޓަރ މުޙައްމަދު ރަޝީދު
(6 ނޮވެމްބަރ 2012 (އަންގާރަ) ގުޅޭ) 
އައިމަނާއި ހުދާގެ މި ކުޑަކުޑަ ޢާއިލާއާ ސިއްތިފުޅާ ގުޅުމުގެ ޙަޤީޤީ ސަބަބަކަށް ތުއްތު ކަތީބުގެ ޝާއްބަ އުމުރު ހިމެނިފައި ވިއެއްކަމަކު އެގުޅުން މިހާކައިރި ކުރީ ހުދާއެވެ. 
 
“ސިއްތިފުޅާ، ސައިބޯން އަންނާށެވެ!” އައިމަން އޯގާތެރިކަމާއެކު ގޮވައިލިއެވެ.
 
“ފުޅު އަހަރެމެން ކަހަލަ މީހުންގެ ގެއަކުން ސައެއްނުބޯނެއެވެ.” ޖަވާބުދިނީ ހުދާ އެވެ.
 

ފަގީރު ކޮއިގެ ބަރަބޯ

ކިޔާފައިވާ ޢަދަދު: 3146
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ފަތުޙުﷲ އަޙްމަދު ، މޫރިތިގެ، ހއ. އިހަވަންދޫ
ރީތިކަމުން ނަން ވިދާ         ރަސްރަންޏަކު ޝަހަރުގައި
ރީތިއުޅުން އުޅުމުގާ           މަސްތައް އަހަރުން ގުނާ
އެކުވެރިކަން ނިންމަތީ        ގެވެހި އުޅުން ބިންމަތީ
އެވެރިން ހިތް ކުދިކުރީ         ދެގޮތެއް ނެތް އުޅުމުގައި

އަމާން ބަނދަރަކަށް…!

ކިޔާފައިވާ ޢަދަދު: 2913
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ފަތުޙުﷲ އަޙްމަދު ، މޫރިތިގެ، ހއ. އިހަވަންދޫ
ޤަޢުމީ އަޚްވަންތަކަން    ޤަޢުމީ ރޫޙީ އުފާ
ޤަޢުމުން ނެތި ގެއްލެނީ   ކަޅިއެއް ފަހެ ހިންގަމާ
ޤަޢުމުގެ ހައިބަތު އެކީ     ކަޢުނުން މުޅި ފަނޑުވަނީ
މައުޤޫލެއް ނުވި ބަލިން     މިތުރުން ތިބެ ފޯވެގެން