ރަސްގެފާނުގެ ހިތްވަރުފުޅުގަދަކަން

ކިޔާފައިވާ ޢަދަދު: 5749
ޢަބްދުﷲ ޞާދިޤު

އިސްލާމުންގެ މުޖާހިދުންނާ ރޫމްގެ ރަސްގެފާނު ޤައިޞަރު އަރުމާނޫސްގެ ސިފައިންނާ ދެމެދު ހަނގުރާމަ ހިނގާތާ އެތައް ދުވަހެއް ވެއްޖެއެވެ. އިސްލާމުންގެ ލަޝްކަރުގެ ވެރިޔަކީ އަލްބުއަރްސަލާން ސަލްޖޫޤީއެވެ. ރޫމީންގެ ލަޝްކަރުގެ ވެރިޔަކީ ޚުދު ޤައިޞަރު އަރްމާނޫސްއެވެ.

“ދެކަނބަލުން”ނަކީ ދެމަފިރިކަނބަލުންހެއްޔެވެ؟

ކިޔާފައިވާ ޢަދަދު: 9301

ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު
“އަޅުގަނޑު މި ގުޅައިލީ ކުޑަ އެއްޗެއް ސާފުކޮށްލާން ވެގެންނެވެ.” އިއްޔެ (12 ޖެނުއަރީ 2013 ވީ ހޮނިހިރު ދުވަހު) އަޅުގަނޑާ ފޯނުން ގުޅައިލި ރައްޓެއްސަކު (ކުރީގެ ދަރިވަރަކު) ބުންޏެވެ. “ކޮން އެއްޗެއްހެއްޔެވެ؟ އަހާބަލާށެވެ! އެނގޭ އެއްޗެއްވިއްޔާ ބުނާނަމެވެ.” އަޅުގަނޑު ޖަވާބުދިނީމެވެ.

ސްކައުޓުންގެ ރޫޙް

ކިޔާފައިވާ ޢަދަދު: 2880
ފަތުޙުﷲ އަޙުމަދު، މޫރިތިގެ، ހއ. އިހަވަންދޫ
ޖޯޝާ އަޒުމާއެކީ          ހޯދާ ޢިލްމެއް މިއީ
ތަރުބިއްޔަތުތައް ވަނީ       ހުނަރާ ފަންނީ ރޮނގުން

ހުނަރާ ފަންނީ ރޮނގުން     ތަރުބިއްޔަތުތައް ވަނީ
ޖޯޝާ ފޯރީ މަމެން          ވެވިގެން ތިބެ ސުކައުޓްން

“އޮނަވިހީ”ގެ ބަދަލުގައި “ނަވާރަ” މި ލަފުޒު އުފެއްދީ ދިވެހި ކުޑަކުއްޖެކެވެ.

ކިޔާފައިވާ ޢަދަދު: 8756

ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު (2011)

ދިވެހީގެ ގުނުން ނުވަތަ ވިޔައަކުރުގެ ނަންތައް ދިވެހިބަހުން މި ހުންނަނީ އަވަށްޓެރި ޤައުމުތަކުގެ ބަސްތަކުގައި ވެސް ހުންނަކަހަލަ ގޮތަކަށެވެ. މި ގޮތަށް މި ދިމާވަނީ މި ހުރިހާ ބަސްތަކެއްގެ މައި ބަހަކީ އެއް ބަހެއް ކަމުގައިވާ ސާންސްކިރިތު ބަސް ކަމަށް ވާތީ ކަމަށް ދެންނެވިދާނެ އެވެ. މިސާލަކަށް: 1، 2، 3، … އޭކު، ދޯ، ތީން،…  (ހިންދީ)، އެކައި، ދެކައި، ތުނައި،… (ސިންގަޅަ)،  ސަތޫ، ދުއާ، ތިގާ….  (މެލޭޝިއާ)،  އެކްޓާ، ދުއިދިއާ، ތިންދިއާ…… (ބަނގްލާ)، ….. މިފަދަ ގޮތްގޮތަށެވެ.

އެދުރުންނީ… ބަޔެއް!

ކިޔާފައިވާ ޢަދަދު: 3074
ފަތުޙުﷲ އަޙްމަދު ، މޫރިތިގެ، ހއ. އިހަވަންދޫ
ޤަދަރާއި  ލޯތްބާ  ލިބޭ          ޝަރަފާއި  ފަޚްރާ ދެވޭ
ތިޔަފަދަ ނެތް ހެޔޮ ބަޔެއް         މުޅި  ދޭހުން  ކައުނުގާ

މުޅި  ދޭހުން  ކައުނުގާ          ތިޔަފަދަ ނެތް ހެޔޮބަޔެއް
ޤަދަރާއި  ލޯތްބާ  ދެވޭ          ޝަރަފާއި  ފަޚްރާ ލިބޭ

ސަރާ (21)

ކިޔާފައިވާ ޢަދަދު: 6344

މޫސާ ސާޢިދު، މަރަދޫ
(5 ޖެނުއަރީ 2012 (ހޮނިހިރު) ގުޅޭ)

އޭގެފަހުން ހިނދުކޮޅަކަށްވެސް ޢިމްރާންގެ ކުރިމަތީގައި މަޑުކުރުމެއްނެތި އޭނާ އެތަނުން ހިނގައިގެންފިއެވެ.

ދުވަސްތަކަކަށްފަހު ރާއްޖޭން ބޭރުގައި އުޅުމަށްފަހު އެޢާއިލާގެ ޑޮކްޓަރ ޝަހީދު މާލެއައީ ސަރާ އެގެއިން ނިކުމެގެންދިޔަ ދުވަހުއެވެ. އޭނާ މަލަކާއާ ބައްދަލުކުރީ ޖެހިގެން އައި ދުވަހުއެވެ.

ހަރު ބައްޕައެއްގެ ހަރު ދަރިފުޅު

ކިޔާފައިވާ ޢަދަދު: 5365
ޢަބްދުﷲ ޞާދިޤު

ޢުމަރުބުނު ޢަބްދުލްޢަޒީޒަކީ، މުޅި ދުވަސް ސަރުކާރުގެ މަސައްކަތް ކުރެއްވުމުގައި ހޭދަކުރައްވާ ބޭފުޅެކެވެ. އެއް ދުވަހަކު މެންދުރު ނަމާދަށް ފަހު، ޚަލީފާ ކުޑައިރުކޮޅަކު އަރާމުކޮށްލެއްވުމަށް ގަސްތުކުރެއްވި އެވެ. އެއީ، ވަރަށް ބޮޑަށް ވަރުބަލިފުޅުވެފައިވާ ދުވަހެކެވެ.

މިޔޭ މަ އެންމެ ލޯބިވާ ތަނަކީ

ކިޔާފައިވާ ޢަދަދު: 5370
ޢަބްދުއްރަޝީދު ޙުސައިން

            ލާލާލާލާ
         * * * * * *
 މަގޭ އުފަންބިމޭ މިރާއްޖެއަކީ
     އެޔޭ ދިވެއްސަކަށް މަވީ ކަމަކީ
         މިޔޭ މަ މަންމައޭ  ކިޔާ ބިމަކީ
             މިޔޭ މަ އެންމެ ލޯބިވާ  ތަނަކީ

ދިވެހި ޝަހީދުންނަށް ސަލާމް!

ކިޔާފައިވާ ޢަދަދު: 4880

ޢަބްދުއްރަޝީދު ޙުސައިން

        ސަލާމް ސަލާމް ސަލާމް ސަލާމް
* * * * * * * * * * *
 ސަލާންކުރޭ ދިވެހިންނޭ
        މިތިބީ  ފަޚްރުލްވަޠަނޭ
               މިމާތް ބިމަށް ފުރާނަދީ
                      ޝަހީދުވީ  ބަޠަލުންނޭ
 

ހާލު!

ކިޔާފައިވާ ޢަދަދު: 4844
އާދަމް ނަޞީރު އިބްރާހީމް (2013)
އަހަންމަދުބޭ   އަޖައިބުވަނީ  މުހަންމަދުބޭގެ   ސޭކު ކަމުން
        މުހަންމަދުބޭ ހެމުން ދުވަނީ  އަހަންމަދުބޭގެ  ‘ގޮފަޅުކަމުން’

ޚަދީޖާ  މާ ބިރުން  އޭނީ  ވަދީފާ  ހައްދު  ފަހަނަލުމުން
        ވަދީފާ  ޗުސް ކަނޑަން  އޭނީ  ޚަދީޖާ  ޔޫރަޕަށް ވިކުމުން