ދިވެހިރާއްޖޭގެ، ލޯކަލްކައުންސިލުގެ ނިޒާމު (7)

ކިޔާފައިވާ ޢަދަދު: 3178
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
މަޑަވެލީ ޢަލީ ނަސީރު
(23 ސެޕްޓެމްބަރ 2012 (އާދީއްތަ) ގުޅޭ)

އިޞްލާޙެއް (1): ކުރީގެ ބަޔާނެއްގައި އަޅުގަނޑު ލިޔެފައިވާނީ އަތޮޅުކޮމިޓީގެ އިންތިޚާބު 1970 ވަނަ އަހަރު ބޭއްވިއިރު އަތޮޅުވެރިޔާ ގައްދޫ ޙުސައިން މަނިކު “ގައްދޫ މަގުދޮންފުތުގެ މައްސަލާގައި” އަތޮޅުވެރިކަމުން ވަކިކުރައްވާފައިވާ ކަމަށެވެ. އެހެން ނަމަވެސް އެއީ މަޢުލޫމާތުގެ ކުށެކެވެ. ރަނގަޅު ގޮތަކީ، ޙުސައިން މަނިކު އަތޮޅުވެރިކަމުގެ މަޤާމުން ވަކިވީ ހަވަރުތިނަދޫ އަތިރީގޭ މޫސާ ފަތުޙީ އިންތިޚާބުވުމާ ގުޅިގެންނެވެ. ހުސައިން މަނިކު ވެސް ކުރިމަތިލެއްވި އެވެ. ވުމާއެކު، ކިޔުންތެރީންގެ މި އިޞްލާޙު ދަންނަވައިލީ އެވެ. 
އިޞްލާޙެއް (2): ހަވަނަ ބަޔާނެއްގައި ނިމުނީ ލިޔެވިފައި އެވަނީވެސް އޮޅުމަކުންނެވެ. އަޅުގަނޑު ގަސްތުކޮށްފައި ވަނީ، ސިލްސިލާކޮށް ލިޔާށެވެ. އެކަމުގައި އަޅުގަނޑުގެ ބޭނުމަކީ، މާޒީ އިން ޢިބްރަތެއް ލިބިގަނެ އިޞްލާޙުވުމެވެ.

އެ ދުވަސްވަރު ހިނގާފައިވާ ނުރަނގަނޅު އެތައްކަމެއްގެތެރެއިން ބައެއްކަންކަން “ހަވަނަބައިގައި” އަޅުގަނޑު ލިޔެފައި ވާނެ އެވެ. އެހެންނަމަވެސް އަދި އޭގެ އިތުރަށްވެސް ބައެއް ވާހަކަތައް ލިޔެލަން އެބަ ޖެހެ އެވެ.

ދިވެހި އަދަބިއްޔާތު

ކިޔާފައިވާ ޢަދަދު: 9574
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ޙަބީބާ ޙުސައިން ޙަބީބު
ދިވެހިބަހަކީ ޢިލްމީ ނަޒަރަކުން ބަލާއިރު އޭގެ ޒާތުގައި އަމިއްލަ ގަވާއިދެއްގެ މައްޗަށް ބިނާވެފައިވާ މިނިވަން ބަހެކެވެ. އަދި މިއީ މުއްސަނދި، ޒަމާނީ އަދަބިއްޔާތެއް އެކުލެވިފައިވާ ބަހެއްވެސްމެއެވެ. މިބަހުގެ އަޞްލަކީ، ސާންސްކިރިތް ބަހޭ ދަންނަވާއިރު، އިންޑޯއާރިއަން ގްރޫޕްގެ ވަރަށްގިނަ ބަސްތައް ދިވެހިބަހަށް ނުފޫޒު ފޯރުވާފައިވާކަން ހަނދާން ނައްތާލާކަށް ނުވާނެ ކަމުގައިވެސް ދަންނަވަމެވެ.

ރުކުގެ ނަން ބުނި ކުއްޖަކަށް އެރުކެއްގެ ކުރުނބާ

ކިޔާފައިވާ ޢަދަދު: 5355
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ޢަބްދުއްރަޝީދު ޙުސައިން
 ރައްޓެހިންގެ  ޖަމާޢަތެއް   ކަޑައެއް   ފުރައިލި    ހަވީރެކޭ
        އެއްކަނެއްގައި   ފުންޏަކަށް   ކުރުނބާތަކެއް    ހުރި   ދުވަހެކޭ
 އެކި ކުލައިގައި އެކި ގޮތަށް އަދި  އެކިވަރަށް  ފެންނަން  ހުރީ
        އެކި   ތަފާތު   ރުކުން   ގެނައި  ކުރުނބާގެ  ބޮޑެތި  އިހާތަކޭ

ޙަޔާތުގެ ހިޔަނި (4)

ކިޔާފައިވާ ޢަދަދު: 4248
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

މިއީ، “މިއަދު” ނޫހަށް 1 އަހަރު ފުރުމުގެ މުނާސަބަތުގައި އެނޫހުގެ ފަރާތުން ހުޅުވައިލި ވާހަކަ ލިޔުމުގެ މުބާރާތުން 1 ވަނައަށް ހޮވުނު ވާހަކައެވެ. މި ރީތި ވާހަކަ “ލިޔުންތެރިން” ގެ ސައިޓުގައި ޝާއިޢުކުރުމަށް ހަދިޔާ ކޮށްދެއްވިކަމަށްޓަކައި، ލިޔުންތެރިޔާ، ޑޮކްޓަރ މުޙައްމަދު ރަޝީދަށް ޝުކުރު ދަންނަވަމެވެ.

ޑޮކްޓަރ މުޙައްމަދު ރަޝީދު
(22 ސެޕްޓެމްބަރ 2012 (ހޮނިހިރު) ގުޅޭ) 
ތެދުރޮނގެއްގެމަތީގައި ކުރު ފިޔަވަޅުތަކެއް އަޅަމުން އައިމަނާއެކު އެ ފޮޓޯއާ ކައިރިވިއެވެ. ތަނުގެ ހަލަބޮލިކަމުން ފައިވާނުގެ ފުންނާބުގެ އަޑު މީހެއްގެ ކަންފަތާހަމައަށް ނުފޯރިޔަސް، އެ ދެފުންނާބުން އިސްކަންދަރު ހޯލުގައި އެ ކުޅެނީ ރީތި މިޔުޒިކެއްކަން އައިމަނަށް ރަނގަޅަށް އެނގުނެވެ. ފުންނާބުއުސް ފައިވާނުގެ ހުރަސްވަދުތަކުގެ ދޭތެރެއިން ހުހަށްހުރި ބައިން، ފައިތލައިގެ ކުލަ ފާޅުކޮށްދެއެވެ. އައިމަން ދެންބުނާނޭ އެއްޗެއްގެ އިންތިޒާރުގައި ސަމާލުވެގެން ހުއްޓެވެ. ކޮނޑުމައްޗާ ހަމައަށް އަންނަ ވަރަށް ކުރުކޮށް ކޮށައިފައިވާ ފަން އިސްތަށިތައް މަޑުމަޑުން އަތުން ދުރުކުރަމުންނެވެ.

ނިދި ގަދަވިޔަސް މި ވަރު ތަންކޮޅެއް ބޮޑު ދޯ؟؟!!

ކިޔާފައިވާ ޢަދަދު: 3244
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
އައިޝަތު ނަޝްފާ، ވެހި، ހއ. އިހަވަންދޫ
އިބުރާހިމްފުޅަކީ އާންމުކޮށް ނިދި ގިނަ މީހެކެވެ. ލިޔަން ގަލަން ޖައްސައިލާ ގޮތަށް ވެސް ނިދިފައި އިނދެ އެވެ. އަދި ބައެއް ފަހަރު ނަމާދުގައި ސަޖިދައަށް ގޮސްފައި ވެސް ނިދައިފައި އޮވެ އެވެ. މިހެން އުޅުމުގެ ތެރޭގައި އެއް ދުވަހަކު ބާޒާރަށް ގޮސް މަސްގަނެގެން ގެއަށް އައި މަގުމަތީގައި އިބުރާހިމްފުޅު އައީ ނިދަމުންނެވެ. ވަގުތަކީ ރޭގަނޑުގެ ވަގުތުކަމުގައި ވުމުން ވެރިވެފައިވާ އަނދިރިކަމާއެކު ތަނެއް ދޮރެއް ވަތްކެއްނުވެ އެވެ.

ލިޔަނީ ކީއްވެގެން؟

ކިޔާފައިވާ ޢަދަދު: 3500
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
އިބްރާހީމު ރަޝީދު މޫސާ
ފަށްފަށްކޮށް ގިނަގިނައިން ކުރާސުވާލެކެވެ. ޙައިރާންކުރުވަނިވި ސުވާލެކެވެ. އިރުއިރުކޮޅުން ބޭރުވާ ސުވާލެކެވެ. ޖަވާބެއް ލިބޭތޯ ކުރާ ސުވާލެކެވެ. ހަމަހިމޭންކަން ކަޑުވައިލުމަށްޓަކައި ކުރާ ސުވާލެކެވެ. އަނދިރިކަން ފޫއަޅުވާލައި އަލިކަމެއް ފެނޭތޯ ކުރާ ސުވާލެކެވެ. ޤަބޫލުކުރެވޭ ފަދަ ޖަވާބެއް ނުލިބިގެން ދަމަދަމާފައި ކުރާ ސުވާލެކެވެ.އަސްތަވުން ހުއްޓުވާލެވޭތޯ ކުރާސުވާލެކެވެ.

ސޯދުބެގެ [ގުދުރަތަށް ތަޢުރީފު] ޅެމާއި ފާއިޒާ ގެ [އަލަށް ފޮޅުނު ނަލަ މާ] މި ދެ ޅެމުން ކުރެ މޮޅީ ކޮންޅެމެއް؟

ކިޔާފައިވާ ޢަދަދު: 6411
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
އަންވަރު އިބްރާހިމް

ފެށުމާއި ތަޢާރަފު

ޅެންވެރިކަމަކީ ވަރަށް މަތިވެރި ދަރަޖައެއް ދެވިފައިވާ ފަންނެކެވެ. މައުމޫނު ޢަބުދުލްޤައްޔޫމް (1982) ވިދާޅުވެފައިވަނީ ޅެންވެރިކަމަކީ ކޮންމެ ބަހެއްގެވެސް އަދަބީ އުފެއްދުންތަކުގެ ތެރެއިން ވަރަށް ޚާއްޞަ ފަންނެއް ކަމަށެވެ. ބަހުގެ ރީތިކަމާއި ބަލާޣާތްތެރިކަން އެންމެ ފުރިހަމައަށް ހާމަކޮށްދޭ ފަންނުކަމަށެވެ. މިކަމަށް ބާރުދެއްވަމުން އިބްރާހިމް ޝިހާބު (1994) ވިދާޅުވެފައިވަނީ ޅެންވެރިކަމަކީ އިންސާނުންގެ ވިސްނުމާއި ފިކުރުގެ ތަހުޒީބާ ގުޅިފައިވާ މަތިވެރި ފަންނުކަމަށެވެ.

އަދަބީ ފާޑުކިޔުން

ކިޔާފައިވާ ޢަދަދު: 6228
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
އަންވަރު އިބްރާހިމް

ފެށުން

ވަރަށް ތަފާތު ލިޔުންތައް އަޅުގަނޑުމެންނަށް ފެނެއެވެ. އޭގެ ތެރޭން ބައެއް އެލިޔުންތައް ދެވަނަ ފަހަރު ކިޔައިލާހިތް ވެއެވެ. އޭގެ އަސަރު ހިތުގެ އެންމެ ފުންމިނަށް ކުރެއެވެ. އޭގެ ޖަޒުބާތުގައި ޖެހެވޭގޮތް ވެއެވެ. މިހެން މެދުވެރިވަނީ އެލިޔުމެއްގައި ހުންނަ އަދަބެއްގެ ސަބަބުންކަމަށް ވިލިއަމްކޭ ވިމްސެޓް (1970) ހާމަކުރައްވައެވެ.

ލާމަސީލު ލިޔުންތެރިއެއްގެ ހިތްވަރު

ކިޔާފައިވާ ޢަދަދު: 9166
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
އަޙްމަދް ސަމީރު ޢަލީ
ފަރަންސޭސި ވިލާތުގެ ވެރިރަށް ޕެރިހުގެ މަޝްހޫރު ހޮސްޕިޓަލެއްގައި، އެންމެ ބޮޑަށް އަޅައިލުން ބޭނުންވާ މީހުންގެ ކޮޓަރީގައި ފަރުވާދެވެމުން އެދާ އެކަކީ  އުމުރުން 43 އަހަރުގެ ޖާން ޑޮމިނިކް ބޯބީ (Jean-Dominique Bauby) އެވެ. ދެތިން ދުވަސް ކުރިން، އެއް ތާކު ދެފައި ނުޖަހައި އަވަދި ނެތި އުޅުނު ލިޔުންތެރިއެކެވެ. މުޅި ދުނިޔެއަށް މަޝްހޫރު ފެޝަން  މަޖައްލާ އެލް (Elle) ގެ އެޑިޓަރެވެ! 

ބޮޑު މިކްސަރ

ކިޔާފައިވާ ޢަދަދު: 4156
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
މުޙައްމަދު ފިރާޤް، ފަހިވާ، ހއ.އިހަވަންދޫ
ހއ.އުތީމު ދަބަރުތަޅާގޭ ކަޅުހުއްތަކީ ސަކަ މިޒާޖެއްގެ މީހެކެވެ. އާންމު ޖޯލިފަތި ފަދަ ތަންތަނުގައި ރައްޔިތުންގެ މުނިފޫހި ފިލުވައިދޭ މިތުރެކެވެ. ރަށުގެ ބޮޑު މިސްކިތުގެ މުދިންބެ އެވެ. ކަޅުހުއްތުގެ ޢާއިލާއަކީ ރަށު ފެންވަރުގައި ފާހަގަކޮށްލެވޭ ފަދަ ޤަދަރުވެރި ޢާއިލާއެކެވެ. ވާނީ ވެސް އެހެންތާ އެވެ. ކަޅުހުއްތުގެ ދޮށީދަރި އެންދެރި ހުއްތަކީ ބޭރު ދަތުރުކުރާ މީހެކެވެ.