ފޮތެއްގެ ތަޢާރުފު:

ކިޔާފައިވާ ޢަދަދު: 7210
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

ސިއްކަގޭ މުޙައްމަދު ނަސީމު ލިޔުއްވި:

 އަޅުގަނޑުގެ ހަނދާންތައް (1) 

ޙަސަން ޝާކިރު މުޙައްމަދު
ހަތެއް މާރިޗު ދެހާސް ބާރަވީ، ބުދަ ދުވަހުގެރޭ ނޮވެލްޓީގެ ވެރިޔާ އަލްފާޟިލް ޢަލީ ޙުސައިނާ ބައްދަލުކޮށްލަން މ. ވާރޭވިލާއަށް ދިޔުމުން، ވަރަށް ޝައުޤުވެރިކުރުވި ފޮތެއްގެ ބޭރުގަނޑެއް އަޅުގަނޑަށް ދައްކަވައިލެއްވިއެވެ. އަދި އެ ފޮތާބެހޭ މަޢުލޫމާތުކޮޅެއް ދެއްވިއެވެ. އެއީ، މިލިޔުމުގެ ސުރުޚީގައި އެވާ ފޮތުގެ ބޭރުގަނޑެވެ.

އީމާންކަމުގެ ބާރުގެ ރީތި ނަމޫނާއެއް

ކިޔާފައިވާ ޢަދަދު: 3920
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ތަރުޖަމާ: މުޙައްމަދު މޫސާފުޅު ގ.ވިލަމެންދު
ބަދުރު ހަނގުރާމައިގެ ވަގުތު ސަޢުދު (ރަޟިޔަﷲ ޢަންހު) އާއި އެކަލޭގެފާނުގެ ބައްޕަ ޚައިޘަމާ (ރަޟިޔަﷲ ޢަންހު) އާ ދެބަފައިކަލުންކުރެ ހަނގުރާމައަށް ވަޑައިގަންނަވާނީ ކޮންބޭކަލެއްތޯ ބެއްލެވުމަށް ގުލުއަތުލެއްވި އެވެ. 

ޙަޔާތުގެ ހިޔަނި (3)

ކިޔާފައިވާ ޢަދަދު: 8393
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ޑޮކްޓަރ މުޙައްމަދު ރަޝީދު

މިއީ، “މިއަދު” ނޫހަށް 1 އަހަރު ފުރުމުގެ މުނާސަބަތުގައި އެނޫހުގެ ފަރާތުން ހުޅުވައިލި ވާހަކަ ލިޔުމުގެ މުބާރާތުން 1 ވަނައަށް ހޮވުނު ވާހަކައެވެ. މި ރީތި ވާހަކަ “ލިޔުންތެރިން” ގެ ސައިޓުގައި ޝާއިޢުކުރުމަށް ހަދިޔާ ކޮށްދެއްވިކަމަށްޓަކައި، ލިޔުންތެރިޔާ، ޑޮކްޓަރ މުޙައްމަދު ރަޝީދަށް ޝުކުރު ދަންނަވަމެވެ.

(14 ސެޕްޓެމްބަރ 2012  (ހުކުރު) ގުޅޭ)
އަވިބާރުކަމުން މަންމަ އަތިރިމައްޗަށް ނުގެންދަން ނިންމި ނިންމުން އެއީ ހަވާލުދާރު އާދަނު، އައިމަނުގެ ޚިޔާލަކަށް، ކުރިކަމެވެ. އެހެންކަމުން އާދަންބެއާއެކު، އައިމަން ހިނގައިގަތީ މަންމައާ ސަލާންކޮށްފައެވެ. ހިތްހެޔޮކުރަން އެދިފައެވެ. އައިމަނުގެ ލަކުޑި ފޮށި އާދަނުގެ ކޮނޑުމަތީގައި ހުރީ ކޮންމެހެން އެއަށް މާގިނަ ތަކެތި އަޅައި ނުއުފުލޭ ވަރަށް ބަރުކޮށްފައި ހުރެގެނެއްނޫނެވެ.

މަތީންދާބޯޓު ދަތުރު

ކިޔާފައިވާ ޢަދަދު: 8887
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ޢަބްދުﷲ ނަޢީމު އިބްރާހީމް    
    
މަތިންދާ ބޯޓުގައި ދަތުރު ކުރުމަކީ ބައެއް މީހުން ވަރަށް ބިރު ގަންނަ ކަމެކެވެ. އެއީ މަތިންދާބޯޓު ވެއްޓިދާނެތީ ގަންނަ ބިރެއް ކަމަށް ބައެއް މީހުން ބުނެއެވެ. ކަނޑު ދަތުރު ނުވަތަ އެއްގަމު ދަތުރު ކުރުމަކީވެސް އެކްސިޑެންޓާ ކުރިމަތިލާން ޖެހޭ ކަމެކެވެ. ތާރީޚަށް ބަލާއިރު ގިނައީ އެއްގަމު އުޅަނދުފަހަރުގެ އެކްސިޑެންޓާއި ކަނޑު ދަތުރު ފަތުރުގެ އެކްސިޑެންޓެވެ. މިއީ ގިނަ މީހުން ދަންނަ ޙަޤީޤަތެކެވެ. އެކަމަކު ބޮޑަށް ބިރު ގަންނަނީ ވައިގެ ދަތުރު ފަތުރަށެވެ.

ބުއްދިވެރި މަންމަ

ކިޔާފައިވާ ޢަދަދު: 6198
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
 
ޢަބްދުﷲ ޞާދިޤު
މާތްވެގެންވާ މަދީނާގެ މުޖާހިދެކެވެ. ނަންފުޅަކީ ފަރޫޚެވެ. ކާފަރުންނާ ހަނގުރާމަ ކުރައްވަން ޚުރާސާނަށް ވަޑައިގަންނަވަނީއެވެ. ވަޑައިގަންނަވަމުން އަނބިކަނބަލުންނަށް އަސްރަފީކޮޅެއް ދެއްވަމުން ވިދާޅުވިއެވެ. މިއީ، ކަމަނާ ހެޔޮކަންތަކަށް ހޭދަކުރެއްވުމަށް، ނުވަތަ ރަނގަޅު ކަންތަކަށް ޚަރަދު ކުރެއްވުމަށް ތިމަންކަލޭގެފާނު ދެއްވާ އަސްރަފީއެވެ. 

ލޭ ބޯ ފަނި (6)

ކިޔާފައިވާ ޢަދަދު: 8390
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ތަރުޖަމާ: ޢަބްދުﷲ ނަޢީމު އިބްރާހީމް
(10 ސެޕްޓެމްބަރ 2012 (ހޯމަ) ގުޅޭ)
އަކްބަރުގެ އަނބިމީހާޔާއި ދަރިންނާ ބެހޭ ގޮތުން އެއްވެސް ވާހަކައެއް އޭނާ ގާތު ނުދައްކައި ސިއްރު ކޮށްގެން ތިބީ ކީއްވެގެންތޯ ސުވާލު ކުރާން އޭނާ ބޭނުން ވިއެވެ. އިނދެގެން އުޅޭ މީހެއް ކަމަށް ވަނީނަމަ ލަދުގަންނާން ޖެހޭ ކަމަކީ ކޮބައިތޯ އަހަން ވެސް ބޭނުން ވިއެވެ.

ހެއަރ ރިމޫވަރ އާއި ހެއަރ ޖެލް

ކިޔާފައިވާ ޢަދަދު: 8712
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
އައިޝަތު ރަޝީދާ، މާފޮޅޭގެ، ހއ.އިހަވަންދޫ
އަލީއަކީ ގުރޭޑު ދިހައެއްގައި ތަޢުލީމް ހާސިލުކުރަމުންދާ ކުއްޖެކެވެ. އޭނާ އަބަދު ވެސް ބޭނުންވަނީ ބޮލުގެ އިސްތަށިގަނޑު ވަރަށް ރީތިކޮށް  ބަހައްޓާށެވެ. ބޮލުގެ އިސްތަށިގަނޑު ދިގުހެން ހީނުވާގޮތަށް ބެހެއްޓުމަށެވެ. އަދި ހަމަ އެފަދައިން ތުނބުޅި މަތިމަސް ވެސް ބާލައި އޮމާންކޮށްފައި ބެހެއްޓުމަށެވެ. ނަމަވެސް އޭނާއަށް މިކަންތައް ކުރާނެގޮތެއް ނުވިސްނުނެވެ.

އުރުދޫބަހުން ފެއްޓެވި ލިޔުންތެރިކަން ދިވެހިއަދަބިއްޔާތުގެ އެންމެ ފުނަށް

ކިޔާފައިވާ ޢަދަދު: 10268
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

ބަސްދީގަތުން އަދި ރިޕޯޓް: ޢަބްދުﷲ ނަޢީމް އިބްރާހީމް
 ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު
                 ޙަސަން ޝާކިރު މުޙައްމަދު 
ލިޔުންތެރިކަމަކީ ވަކި ޢުމުރަކަށް ޚާއްޞަ ކަމެއް ނޫނެވެ.  ޅަފަތުއްސުރެ ޙަޔާތުގެ ބައްތި ނިވެންދެން ގަލަން ދޫކޮށްނުލާ ލިޔުންތެރީން ނަކީ މަދުބަޔެކެވެ. އެހެން ނަމަވެސް އެއީ އެމީހެއްގެ ޠަބީޢަތާއި ޝަޚުޞިއްޔަތުގައި ލިޔުންތެރިކަން އަށަގެންފައި ވާ މީހުންނެވެ. މި ފަދަ ލިޔުންތެރިން ދިވެހި ޖައްވުން ފެންނަ ކަމީ އަޅުގަނޑުމެން ފަޚުރުވެރިވާ ކަމެކެވެ. މި ފަދަ އެއް ލިޔުންތެރިޔަކީ މއ. މާންދޫވިލާ އަންނަބީލާ ޙަބީބާ ޙުސައިން ޙަބީބު ނ.ދ.ޝ.ޢ. އެވެ.

ވާނުވާ ނޭނގި ގެއްލެނީ…………

ކިޔާފައިވާ ޢަދަދު: 3730
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
މުޙައްމަދު ޔާސިރު، ހއ.އުލިގަން
ކުޑައިރުއްސުރެ، އަހަރެންގެ މާމަޔަކީ ބަރަބޮލަށް ވަރަށް ވަރުހުންނަ މީހެކެވެ. ބަރަބޮލުގެ ތަފާތު ބާވަތްތަކަށެވެ. ބަރަބޮލުގެ ރިހަޔަކީ މާމަޔަށް އެންމެކަމުދާ ރިހަ އެވެ. މަސްހުންޏެއް ކާން ބޭނުންކަމުގައި ވިޔަސް ބަރަބޮލުގެ މަސްހުންޏެއް ނޫން މަސްހުންޏަކަށް ހިތް ހަމަޔެއް ނުޖެހޭނެ އެވެ. ބަރަބޮލުގެ ފުށުގައި ތައްޔާރުކުރާ ހެދިކާގެ ބާވަތްތަކަކީ މާމަގެ މެދުގައި އެންމެ މަޤުބޫލު ކާނާގެ ބާވަތްތަކެވެ.  

ދިވެހި ބަސް ކުރިއަރުވަން ބޭނުންނަމަ ތަރުޖަމާ ކުރަން ފަށަންވީއެވެ.

ކިޔާފައިވާ ޢަދަދު: 13284
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
އަޙްމަދް ސަމީރު ޢަލީ
އައްޝައިޚް ޙުސެން ރަޝީދު އަޙްމަދު ދާދި ފަހުން ތަރުޖަމާ ކުރެއްވި ޙަދީޡް ފޮތެއް ޗާޕުވެގެން ފޮތްފިހާރަތަކުން މިހާރު ގަންނަން ލިބެން ހުރިވާހަކަ އަޅުގަނޑުމެން މި ބައްދަލުވާ  ވެބްސައިޓުގައި ޝާއިޢު ކުރެވުނެވެ.  ހަމަ އެދުވަހު، މި އިސްކިރީނުގެ މެދެއްހާ ހިސާބުން، ކަނާތް ފަރާތުގައި އެވާ ކުޑަކުޑަ ” ހޮޅުވަށި” ގޮޅީގައި ކިޔުންތެރިއަކު ލިޔުނެވެ. ” ދިވެހި ބަހަށް އެ ފޮތް ތަރުޖަމާ ކުރުމުގެ ބޭނުމަކީ ކޮބައިތޯއެވެ؟ ހަމަ އެ މަސައްކަތް އިންޓަނެޓުގައި އިނގިރޭސިބަހަށް ތަރުޖަމާކުރެވިފައި މިހާރުވެސް އެބަހުއްޓެވެ.” ހަމަ ސީދާ މި އިބާރާތުން ނޫންނަމަ، މި މާނަ ދޭހަވާ ގޮތަށެވެ.