ހެއަރ ރިމޫވަރ އާއި ހެއަރ ޖެލް

ކިޔާފައިވާ ޢަދަދު: 8714
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
އައިޝަތު ރަޝީދާ، މާފޮޅޭގެ، ހއ.އިހަވަންދޫ
އަލީއަކީ ގުރޭޑު ދިހައެއްގައި ތަޢުލީމް ހާސިލުކުރަމުންދާ ކުއްޖެކެވެ. އޭނާ އަބަދު ވެސް ބޭނުންވަނީ ބޮލުގެ އިސްތަށިގަނޑު ވަރަށް ރީތިކޮށް  ބަހައްޓާށެވެ. ބޮލުގެ އިސްތަށިގަނޑު ދިގުހެން ހީނުވާގޮތަށް ބެހެއްޓުމަށެވެ. އަދި ހަމަ އެފަދައިން ތުނބުޅި މަތިމަސް ވެސް ބާލައި އޮމާންކޮށްފައި ބެހެއްޓުމަށެވެ. ނަމަވެސް އޭނާއަށް މިކަންތައް ކުރާނެގޮތެއް ނުވިސްނުނެވެ.

އުރުދޫބަހުން ފެއްޓެވި ލިޔުންތެރިކަން ދިވެހިއަދަބިއްޔާތުގެ އެންމެ ފުނަށް

ކިޔާފައިވާ ޢަދަދު: 10271
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

ބަސްދީގަތުން އަދި ރިޕޯޓް: ޢަބްދުﷲ ނަޢީމް އިބްރާހީމް
 ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު
                 ޙަސަން ޝާކިރު މުޙައްމަދު 
ލިޔުންތެރިކަމަކީ ވަކި ޢުމުރަކަށް ޚާއްޞަ ކަމެއް ނޫނެވެ.  ޅަފަތުއްސުރެ ޙަޔާތުގެ ބައްތި ނިވެންދެން ގަލަން ދޫކޮށްނުލާ ލިޔުންތެރީން ނަކީ މަދުބަޔެކެވެ. އެހެން ނަމަވެސް އެއީ އެމީހެއްގެ ޠަބީޢަތާއި ޝަޚުޞިއްޔަތުގައި ލިޔުންތެރިކަން އަށަގެންފައި ވާ މީހުންނެވެ. މި ފަދަ ލިޔުންތެރިން ދިވެހި ޖައްވުން ފެންނަ ކަމީ އަޅުގަނޑުމެން ފަޚުރުވެރިވާ ކަމެކެވެ. މި ފަދަ އެއް ލިޔުންތެރިޔަކީ މއ. މާންދޫވިލާ އަންނަބީލާ ޙަބީބާ ޙުސައިން ޙަބީބު ނ.ދ.ޝ.ޢ. އެވެ.

ވާނުވާ ނޭނގި ގެއްލެނީ…………

ކިޔާފައިވާ ޢަދަދު: 3736
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
މުޙައްމަދު ޔާސިރު، ހއ.އުލިގަން
ކުޑައިރުއްސުރެ، އަހަރެންގެ މާމަޔަކީ ބަރަބޮލަށް ވަރަށް ވަރުހުންނަ މީހެކެވެ. ބަރަބޮލުގެ ތަފާތު ބާވަތްތަކަށެވެ. ބަރަބޮލުގެ ރިހަޔަކީ މާމަޔަށް އެންމެކަމުދާ ރިހަ އެވެ. މަސްހުންޏެއް ކާން ބޭނުންކަމުގައި ވިޔަސް ބަރަބޮލުގެ މަސްހުންޏެއް ނޫން މަސްހުންޏަކަށް ހިތް ހަމަޔެއް ނުޖެހޭނެ އެވެ. ބަރަބޮލުގެ ފުށުގައި ތައްޔާރުކުރާ ހެދިކާގެ ބާވަތްތަކަކީ މާމަގެ މެދުގައި އެންމެ މަޤުބޫލު ކާނާގެ ބާވަތްތަކެވެ.  

ދިވެހި ބަސް ކުރިއަރުވަން ބޭނުންނަމަ ތަރުޖަމާ ކުރަން ފަށަންވީއެވެ.

ކިޔާފައިވާ ޢަދަދު: 13299
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
އަޙްމަދް ސަމީރު ޢަލީ
އައްޝައިޚް ޙުސެން ރަޝީދު އަޙްމަދު ދާދި ފަހުން ތަރުޖަމާ ކުރެއްވި ޙަދީޡް ފޮތެއް ޗާޕުވެގެން ފޮތްފިހާރަތަކުން މިހާރު ގަންނަން ލިބެން ހުރިވާހަކަ އަޅުގަނޑުމެން މި ބައްދަލުވާ  ވެބްސައިޓުގައި ޝާއިޢު ކުރެވުނެވެ.  ހަމަ އެދުވަހު، މި އިސްކިރީނުގެ މެދެއްހާ ހިސާބުން، ކަނާތް ފަރާތުގައި އެވާ ކުޑަކުޑަ ” ހޮޅުވަށި” ގޮޅީގައި ކިޔުންތެރިއަކު ލިޔުނެވެ. ” ދިވެހި ބަހަށް އެ ފޮތް ތަރުޖަމާ ކުރުމުގެ ބޭނުމަކީ ކޮބައިތޯއެވެ؟ ހަމަ އެ މަސައްކަތް އިންޓަނެޓުގައި އިނގިރޭސިބަހަށް ތަރުޖަމާކުރެވިފައި މިހާރުވެސް އެބަހުއްޓެވެ.” ހަމަ ސީދާ މި އިބާރާތުން ނޫންނަމަ، މި މާނަ ދޭހަވާ ގޮތަށެވެ.

ޑިސްކޯ ބުރުގާ

ކިޔާފައިވާ ޢަދަދު: 4167
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

ޒައިނާ ޢަބްދުލް ޚާލިޤު، އަލިނޫރު، ހއ.އިހަވަންދޫ
އައިޝާ އިނީ އޭނާއަށް އަލަށް ލިބުނު ދޮން ކުލައިގެ ޑިސްކޯއިން ފުރިގެންވާ ބުރުގާ އިސްތިރިކުރާށެވެ. އެއީ އޭނާގެ މަންމަ މާލެއިން ފޮނުވި ކަޅު ބުރުގާއެކެވެ. އިއްތިފާގުން އޭނާގެ އޮފީހުގެ އަހަރީ ދުވަހުގެ ޕާޓީއަށް ފެހި ހެދުމާ ވެސް އެބުރުގާ ވަރަށް ގުޅެ އެވެ. އިސްތިރިކޮށް ނިންމައިލުމަށްފަހު، ދެން އައިޝާ ދިޔައީ އަވަހަށް ފެންވަރާށެވެ. އޭނާއަކީ ފެންވެރުމަށް މަދުވެގެން 30 މިނެޓު ބޭނުންވާ މީހެކެވެ.

އާ ރިފިއްޔެއް ގެނޭށޭ ބުނޫމާ އާ ރިފިއްޔެއްގެ ބަދަލު އާރިފު ސޭޓު ކޯޓަށް

ކިޔާފައިވާ ޢަދަދު: 4207
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

 

ފާޠިމާ އަމްނާ ޢަޒީޒު (2011)

ނޯޓް: މިއީ ތަފާތު ބަހުރުވައިގެ މުއްސަނދިކަން ދައްކައިލުމުގެ ގޮތުން ހައްދުންމަތީ ބަހުރުވައިން އަޅުގަނޑު ލިޔުނު ސަމާސާ އަދަބުގެ ލިޔުމެކެވެ. ހައްދުންމަތީ ކޮންމެ ރަށެއްގައިވެސް ބަހުރުވައިގެ ކުދިކުދި ތަފާތު ހުންނާތީ އެ ނުކުތާއަށް ވިސްނެވުން ހުއްޓެވެ. މި ލިޔުން ބިނާވެފައި ވަނީ މާވަށު މީހުން ވާހަކަދައްކާ ބަހުރުވައިގެ މައްޗަށެވެ.


ލޯތްބާ ދުރަށް (2)

ކިޔާފައިވާ ޢަދަދު: 4560
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ޙަސަން ނަޖުމީ
(17 ސެޕްޓެމްބަރ 2012 (ހޯމަ) ގުޅޭ)
މަރިޔަން ފުޅުގެ ރައްޓެހި އަންހެނުންތަކެއް އައިސް ސުވީތާގެ ކާވެނީގެ ވާހަކަ ފަށައިފި އެވެ. އަދި ގެޔަށް އަތްބަލައި ފާލުބަލާ މީހަކު ވެސް ގެނަސްފިއެވެ. އެ މީހާ އެ އަންހެންވެރިންގެ އަތް ބަލައި ކަންހިނގި ގޮތާއި ހިނގާނެ ގޮތް ކިޔައިދެއެވެ. ބައެއް ވާހަކަތައް ދިމާވާ ވަރުން އެކަކު ކަންބޮޑުވިއެވެ. އެއީ އެމީހާ ކިޔައިދިން ގޮތަށް ކަންތައް ހިނގާފައި ވާތީއެވެ. އަނެކަކަށް ވީ މަޖަލަކަށެވެ. އޭނާ ބުނި އެކައްޗެއްވެސް ދިމާ ނުވީމައެވެ.

ލޯތްބާ ދުރަށް (1)

ކިޔާފައިވާ ޢަދަދު: 5013
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ޙަސަން ނަޖުމީ
ސުވީތާގެ ކާވެނީގެ ތާރީޚު ކަނޑައަޅަން ގޭ މީހުން ވިސްނަމުންދާތާ ކިތަންމެ ދުވަހެކެވެ.
“ދޮންކަނބުލޮ އެހެރީ ބޮޑުވެ ފުރާވަރަށް އަރައިފައި.” މަރިޔަންފުޅު ރައްޓެހިން ގާތު ބުނެއެވެ.” އެކަމަކު އޭނާ އަދިވެސް އެ އުޅެނީ ކުޑަކުއްޖެއްހެން. އަބަދު ގައިސްއާ އެހާ ގައިގޯޅިކޮށް ނޫޅޭށޭ ވެސް އަހަރެން މިހާރު ބުނެފިން.”

ސުލްޠާނު މަޙްމޫދުގެ ކުރިފުޅުމަތީގައި މުސްކުޅި އަންހެނެއްގެ ހިތްވަރު!

ކިޔާފައިވާ ޢަދަދު: 4607
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ތަރުޖަމާ: މުޙައްމަދު މޫސާ ފުޅު ގ.ވިލަމެންދު
ސުލްޠާނު މަޙްމޫދުގެ ޒަމާނުގައި ކަރުމާނުގެ ފަރުބަދަތަކުގެތެރޭގައި މަގުފޭރޭ މީހުންގެ ބޮޑެތި ޖަމާޢަތްތައް އުޅުނެވެ. ރުބާޠާއި އިޞްފަހާނަށް އަރައި މިބައިމީހުން މީސްތަކުންގެ ގެދޮރު ލޫޓުވައި އުޅުނެވެ. އެއް ފަހަރަކު ފޭރޭ މީހުން، ނިކަމެތި އަންހެނެއްގެ،  ގެ ލޫޓުވައިލައި އޭނާގެ މުދާކޮޅާއި ހިފައި ގެންގުޅޭ ތަކެއްޗަށް ދާންދެން ފޭރިގަތެވެ.

ކުޑަދޮރުން ބޭރު ފެންނަ އެނދު

ކިޔާފައިވާ ޢަދަދު: 10562
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ލިޔުއްވީ: ހެރީ ބުޝްމަން
ތަރުޖަމާ: އަޙްމަދް ސަމީރު ޢަލީ
ޖެފަރސަން މެމޯރިއަލް ހޮސްޕިޓަލުގެ ބާރަވަނަ ބުރީގައިހުރި ކޮޓަރިެއްގައި ވަރަށް ބަލި ދެމީހުން ދެ އެނދުގައި ތިއްބެވެ. މި ދެމީހުންނަށް ހަމަޖެހުނު ކޮޓަރިއަކީ އެއްވެސް ކަހަލަ ހިތްފަސޭހަ ކަމެއް ނެތް  ކިލަނބު ދަވާދެއްލާފައިވާ ކޮޓަރިއެކެވެ. ހީވަނީ ގަސްތުގައި މީހުން މާޔޫސް ކުރާ ކަހަލަގޮތަކަށް ފަރުމާކުރެވިފައިވާ ކޮޓަރިއެއް ހެންނެވެ! ގާތް ގަނޑަކަށް 10 ފޫޓު 12 ފޫޓުގެ  ކޮޓަރިއެކެވެ. މި ކޮޓަރި ވަނީ ޖެހިގެންހުރި  ހަމަ މިވަރުގެ އެހެން ކޮޓަރިއަކާ ގުޅިފައެވެ. އެއީ ދެކޮޓަރި ގުޅުވައިދޭ ފާޚާނާއަކުންނެވެ.