މޭކަޕް

ކިޔާފައިވާ ޢަދަދު: 3332
ސަޢީދު ޢަލިފުޅު، މިއުނިކު،  ބ. ދަރަވަންދޫ
ޤުދުރަތީ  މޭކަޕް ހުރޭ  ނުފިލާ  ޒުވާން ޢުމުރުގެ ތެރޭ،
                      ހުދު ތިމާ ކޮށްލާ އެ މޭކަޕް ހުންނަނީ ހިދުކޮޅު ތެރޭ
އާދެ! ބޯ ކަޅުކޮށް ދެތުންފަތުގައި ލިޕްސްޓިކު ހޭކިޔަސް،
                      އާދެޔޭ އަވަހަށް ބަދަލުފިލުމުން އެކުލަ  މީހުން ތެރޭ

ދިވެހިރާއްޖޭގެ މަދަރުސާތަކުގައި ގްރޭޑް 1 ން ފެށިގެން ކިޔަވައިދޭންވާނީ އިނގިރޭސި މީޑިއަމުންނެއް ނޫނެވެ.

ކިޔާފައިވާ ޢަދަދު: 4719
މޫސާ ޝަރީފް، ދުންފިނިގެ، ލ. މާވަށް

ފެށުން

ދިވެހިރާއްޖޭގެ މަދަރުސާތަކުގައި ގްރޭޑް 1ން ފެށިގެން ކިޔަވައިދޭންވާނީ ވަކި މިވެނި މީޑިއަމަކުންނޭ ބުނަން އެނގޭނީ، ދިވެހިރާއްޖޭގެ މަދަރުސާތަކުގައި ގުރޭޑް 1 ން ފެށިގެން ކިޔަވައިދިނުމުގެ މަޤުޞަދާއި ބޭނުމާ އެނގިގެންނެވެ. އަދި އެ މަދަރުސާތަކުގައި ކިޔަވައިދިނުމުގެ މަޤުޞަދާއި ބޭނުމާ، އެ ކިޔަވައިދޭ މީޑިއަމެއްގެ މެދުގައިވާ ގުޅުން ވެސް އެނގިގެން ކަމަށް ޤަބޫލުކުރެވެއެވެ. މަދަރުސާތަކުގައި، ކިޔަވައިދިނުމުގެ ބޭނުމަކީ މަދަރުސާތަކަށް ކިޔަވަންދާ ކުދިންނަށް ފެންވަރު ރަނގަޅު ތަޢުލީމެއް ފޯރުވައިދިނުމެވެ. ބަހަކީ މަޢުލޫމާތުގެ ދޮރޯށްޓެވެ.

ސަރާ (11)

ކިޔާފައިވާ ޢަދަދު: 5889
މޫސާ ސާޢިދު، މަރަދޫ
(22 ނޮވެމްބަރ 2012 (ބުރާސްފަތި) ގުޅޭ)
އެވަގުތު އެތަނަށް ޢިމްރާންގެ ބައްޕަ ރަފީޤު އައިސް ވަނެވެ.
“މާ ހަރުއަޑުން ކޮން ބަޙުޘެއް؟” ކޮޓަރިއަށް ވަންނަމުން ރަފީޤު އެއްސެވެ. ވަގުތުން ވެގެންއުޅޭ ގޮތް ފަހީމާ ރަފީޤަށް ކިޔާދީފިއެވެ. އެކަމާ ރަފީޤުވެސް ޢިމްރާން ދެކެ ރުޅިއައިސް ހަޅޭއްލެވިއެވެ. 

ދަންމަރު (10)

ކިޔާފައިވާ ޢަދަދު: 8110

ފުރާނައިގެ ކާނާ

މައުލާނާ ވަޙީދުއްދީން ޚާން
ތަރުޖަމާ: ޢަބްދުﷲ ނަޢީމު އިބްރާހީމް
ބިންމަތީގައި ހެދިފައި އޮތް ވެޔޮގަނޑެއްގެ ވާހަކަ އައްސަވާށެވެ. މި ވެޔޮގަނޑުގެ މޫ އޮތީ ފަސްގަނޑުގެ ދަށަށް ވަރަށް ފުނަށް ފައިބައިފަ އެވެ. ވެޔޮގަނޑު އޮތީ ގެއެއްގެ ގޯތި ތެރޭގަ އެވެ. ގެ މަރާމާތުކޮށް، ގޯތި ތެރެ ސާފު ކުރި ދުވަހު ގޭގެ ވެރިން ހެދި ގޮތަކީ މި ވެޔޮގަނޑު މުލުން ލުހެ، ނަގައި އެއްލައިލީ އެވެ. މުލާއެކު ނަގައި އެއްލައިލުމުގެ ބޭނުމަކީ އެ ވެޔޮގަނޑު އަލުން ފަޅައިގެން ނުހެދޭނޭ ގޮތް ހެދުމެވެ. މިހެން ހެދުމަށް ފަހު ގޯތި ތެރޭގައި ސިމެންތި ގައު އަތުރައި، ތަޅުން އަޅައި ނިންމައިފި އެވެ.
 

ދިވެހި ދިދަ

ކިޔާފައިވާ ޢަދަދު: 6508
ޢަބްދުއްރަޝީދު ޙުސައިން
 
ތިޔޭ ދިވެހި ދިދަ، މަގޭ ދިވެހި ދިދަ
          ތިޔޭ ތިފަދައެއް ނުވާ ދިވެހި ދިދަ
                 ތިޔޭ  މި މިނިވަންކަމާއި  ވަޙްދަތު
                             ކަލާނގެ މަދަދުން ބަޔާންކުރާ ދިދަ

ޅައިމަގު ކަތީބު ބަލައި ޅައިމަގަށް!

ކިޔާފައިވާ ޢަދަދު: 6417
ޙަސަން ޝާކިރު މުޙައްމަދު
ކޮންމެ މީހެއްގެވެސް ޙަޔާތުގެ އެންމެ އުފާވެރި ދުވަސްވަރަކީ، މަދަރުސީ ދައުރެވެ. އަޅުގަނޑުގެ މަދަރުސީދައުރަކީ، ވަރަށް ތަފާތު ތަޖުރިބާތަކެއްގެ ކުރެވުނު ދުވަސްވަރެކެވެ. އަޅުގަނޑުގެ ރަސްމީ ތަޢުލީމު ކުރިޔަށް ގެންދިޔުމުގެ ފުރުޞަތު ލިބުނީ މަޢުހަދުއްދިރާސާތިލްއިސްލާމިއްޔާގައެވެ. އެއީ 1980ގެ އަހަރުތަކުގެތެރޭގައެވެ.
 

ދިވެހިބަހަކީ “ޓޯން” ބަހެއްތަ؟

ކިޔާފައިވާ ޢަދަދު: 4170
މޫސާ ޝަރީފް، ދުންފިނިގެ، ލ. މާވަށް
“ޓޯން ލެންގްއޭޖަޒް” އަކީ އެބަހެއްގައި ބޭނުންކުރާ ކޮންމެ ލަފުޒެއްގެވެސް ތަބީޢީ ސިފައެއްގެ ގޮތުގައި ވަކި “ޕިޗް” ނުވަތަ އަޑުގެ ބަރުމިނެއް ބޭނުންކުރާ ބަސްތަކެވެ. މިފަދަ ބަސްތަކުގައި، ލަފުޒެއްގެ “ޕިޗް” އަށް އެއްވެސް ބަދަލެއް ގެނެސްފިނަމަ އެ ލަފުޒުގެ “ލަފުޒީ މާނަ” ބަދަލުވެގެން ދާނެއެވެ. އެހެންކަމުން، މިފަދަ ބަހެއްގައި ހިމެނޭ ދެލަފުޒެއް ނުވަތަ ލަފުޒުސެޓެއްގެ “ސެގްމެންޓަލް” ސިފަތައް އެއްގޮތް ނަމަވެސް، އެލަފުޒުތައް ތަފާތު “ޕިޗް”ތަކަށް ކިއުމުން “މިނިމަލް ޕެއަރ”އަކަށް ނުވަތަ “މިނިމަލް ސެޓް”އަކަށް ވެދާނެއެވެ. ތާވަލު 1ގައި ބަޔާންކޮށްފައި އެވަނީ “ތައި” ބަހުން / މިލަފުޒު ތަފާތު “ޓޯން” ތަކުން ކިޔުމުގެ ސަބަބުން އެލަފުޒުގެ ލަފުޒީމާނައަށް އައިސްފައިވާ ބަދަލެވެ. 

ސަރާ (10)

ކިޔާފައިވާ ޢަދަދު: 5749
މޫސާ ސާޢިދު، މަރަދޫ
(19 ނޮވެމްބަރ 2012 (ހޯމަ) ގުޅޭ)
އެވަގުތު އަނެއްކާވެސް ފަހީމާ ޓަކިޖަހައިލި އެވެ. އެއަށްފަހު ފަހީމާ ޢިމްރާނަށް ގޮވި އެވެ.
 
“ދަރިފުޅާ! މަންމަ ދޮރުމަތީގައި ކޮފީ ހިފައިގެން އައިހޭ… ހުޅުވަބަލަ!” މަންމަގެ އަޑު އިވުމުން ޢިމްރާން ވަރަށް ބޮޑަށް ހާސްވެ ކަންބޮޑުވެއްޖެ އެވެ.
 
“ހުޅުވާފައޭ ހުރީ.. މަންމާ ވަދޭ…” ގޮތް ހުސްވީމާ ޢިމްރާން ބުންޏެވެ. އިސާހިތު މަންމަ ކޮޓަރިއަށް ވަނެވެ. 
 

ޤައުމީ ދިދަ

ކިޔާފައިވާ ޢަދަދު: 6817
ޢަބްދުއްރަޝީދު ޙުސައިން
“ޤައުމީ ނިޝާނަށް ޙުރުމަތާއެކު ބޯލަނބައި ތިބެގެން
            އައުދާނަކަން  ލިބިގެންއެވާ   ދިދައަށް  ކުރީމެ ސަލާމް
ނަޞްރާ  ނަސީބާ  ކާމިޔާބުގެ  ރަމްޒަކަށް  ހިމެނޭ
            ފެއްސާ  ރަތާއި  ހުދާއެކީ  ފެނުމުން  ކުރީމެ  ސަލާމް”
އާދޭހެވެ! އަޅުގަނޑުމެންގެ ޤައުމީ ދިދައެވެ. އަޅުގަނޑުމެންގެ ޤައުމީ ދިދައަކީ އަޅުގަނޑުމެންގެ ޤައުމީ ނިޝާނެވެ. ފެއްސާއި ރަތާއި ހުދުން ސިފަކޮށްދޭ މިލޮބުވެތި ޤައުމުގެ ނަޞްރާއި ނަސީބާއި ކާމިޔާބުގެ ރަމްޒެވެ. ޤައުމުގެ އެންމެ މަތީ ވެރިޔާއާއި ޤައުމު ދިފާޢު ކުރާބާރުތަކުގެ އެންމެންނާއި އެންމެހައި ދިވެހިން އެޝަރަފުވެރި އައުދާނަކަން ލިބިގެންވާ ނިޝާނަށް ޙުރުމަތާއެކު ބޯލަނބައި ތިބެގެން ސަލާންކުރާ އަޅުގަނޑުމެންގެ ޤައުމީ ދިދައެވެ.
 

ދަންމަރު (9)

ކިޔާފައިވާ ޢަދަދު: 9136

މަގު ބަންދުވުން

މައުލާނާ ވަޙީދުއްދީން ޚާން
ތަރުޖަމާ: ޢަބްދުﷲ ނަޢީމު އިބްރާހީމް
މަގު ހެދުމުގެ މަސައްކަތް ކުރަމުންދާއިރު މަގު ބަންދު ބޯޑު ބަހައްޓައިގެން އެ މަގެއް ވަގުތީ ގޮތުން ބަންދު ކުރެއެވެ. މަގު ފެށޭ ތާނގައި ބޯޑެއް ބަހައްޓަނީ އެ މަގުން ދަތުރު ކުރާ މީހުންނަށް މަގު ބަންދު ކޮށްފައި އޮތްކަން އަންގާށެވެ. މި ގޮތަށް މަގެއް ވަގުތީ ގޮތުން ބަންދު ކުރުމަކީ މީހެއްގެ މަންޒިލަށް ވާސިލު ވާން އޮންނަ ހުރިހައި މަގެއް ދާއިމީ ގޮތަކަށް ބަންދުވުމެއް ނޫނެވެ. މަންޒިލަށް ވާސިލު ވެވޭނޭ އެހެން އެތައް މަގެއް އޮންނާނެއެވެ. ކުރަންޖެހޭ ހައިވެސް ކަމަކީ ހޯދައި ބެލުމެވެ.