ޙަޔާތުގެހިޔަނި (12)

ކިޔާފައިވާ ޢަދަދު: 4389
ޑޮކްޓަރ މުޙައްމަދު ރަޝީދު
(2 ޑިސެމްބަރ 2012 (އާދީއްތަ) ގުޅޭ)
ހައިވަކަރު ސިޑީގެ މެދާ ހަމައިން ބިތުގައި އެލުވިފައިވާ ބޮޑު ލޯގަނޑު ކުރިމައްޗަށް ގުދުވަމުން ދެތުންފަތުގެ ކުލަ ހެޔޮވަރުކޮށްލަނީއެވެ. އައިމަން އަވަސް އަވަހަށް އެނބުރި ކުރިން އިންގޮތަށް ފޮތުގެ ތެރެއަށް ގެއްލިގެން އިންކަމަށް ހެދުނެވެ.
“މެޑަމް ބޮވާރީ މާ ކަމުދަނީތޯއެވެ؟” އައިމަން އިނީ ރަނގަޅަށް ހޭލައި ސަމާލުވެގެން ކަމުން ނަބީލާގެ މިސުވާލުން އެއްވެސް ޙައިރާންކަމެއް ނުލިބެއެވެ. އެހެންނަމަވެސް ސިއްސައިގެންދިޔަގޮތް ދައްކަމުން ޖަވާބުދިނެވެ.

ސާދަވިލޭރެއެއްގެ މެންދަމުގެ ހުވަފެން

ކިޔާފައިވާ ޢަދަދު: 5555
ޢަބްދުއްރަޝީދު ޙުސައިން
ރީތި ނަލަނަލަ ހަނދެއްކުރި އަލީގައި
          ރީތި މޫދެއްގެ  ލޮނުގަނޑު މަތީގައި
                     ވީތި  ހުރިހާ  އުފާ  އެކުއެކީގައި
                                ވީމެ ދެކުދިން އެލަވް ބައްތެލީގައި

ރޭގެ ލުއިލުއި ވަޔާކަނޑުގެ ރާޅާ
          އޭގެއެތަކެއް ރެޔާ އެއްގޮތެއްގައި
                     މޭގެ ގުޅުމާ ވަފާތެރިވި ލޯތްބާ
                                ވެއްޖެޔޭ ރައްޓެހިންނަށް އެރޭގައި

ޙަޔާތުގެ ހިޔަނި (11)

ކިޔާފައިވާ ޢަދަދު: 4240

ޑޮކްޓަރ މުޙައްމަދު ރަޝީދު

(14 ނޮވެމްބަރ 2012 (ބުދަ) ގުޅޭ)

ވާހަކައާއި ނުއިވޭ ޙާލުގައިވެސް އުފައްދައި ދުނިޔެއަށް ހަދިޔާކޮށްފައިވާ ރީތި ސިމްފޮނީ ތަކުގެ ވާހަކައެވެ. އެއަށްފަހު ރަޝިޔާގެ މިޔުޒިކް އުފެއްދުންތެރިޔާ ޗައިކޮވިސްކީގެ ވާހަކައެވެ. އޮސްޓްރިޔާގެ މޮޒާރޓްގެ ވާހަކައެވެ.
އެންމެ ފަހުން ދެއްކީ މަޝްހޫރު އަދީބުންނާއި ޅެންވެރިންގެ ވާހަކަތަކެވެ. އަދަބުގެ ވާހަކަ އެންމެ ފަހަށް ބޭއްވުން އެއީ ނަބީލާ ގަސްތުގައި ކުރިކަމެކެވެ. އައިމަން ޝައުޤުވެރިވާ މައުޟޫޢުތައް ކުރިން ގެންނަންވެގެންނެވެ. ނަބީލާގެ އަމިއްލަ ވާހަކަ، ފަހަށް ބާއްވަން ވެގެންނެވެ. އިނގިރޭސި އަދަބުން ޑިގްރީ ނެގުމަށްފަހު މާސްޓަރސް ހެދުމަށް ޔުނިވަރސިޓީއަށް ނަން ހުށަހަޅައިފައި ޗުއްޓީގައި މާލެ އައިސް އުޅޭ ވާހަކަ ދެއްކީ އެއަށްވުރެ ވެސް ފަހުންނެވެ. ބައްޕަ އަރިހުގައި ނިއުޔޯރކުގައި ދިރިއުޅޭތާ ދުވަސްތަކެއްވީ ވާހަކައާއި އޭގެ ކުރިން ކޮލޮމްބޯގައްޔާއި ލަންޑަންގައި އުޅެފައިވާ ވާހަކަ ގެނައީ އަދި މާފަހުންނެވެ.

ޗައިނާގެ މި ދަރިވަރު މި އުޅެނީ ހާދަހާ ބޮޑު ޒިންމާއެއް ބޮލުގައި އަޅައިގެންނެވެ!

ކިޔާފައިވާ ޢަދަދު: 8908
އަޙްމަދް ސަމީރު ޢަލީ

ތިރީގައި މި ލިޔެލަނީ ޗައިނާގެ ދަރިވަރަކު އޭނާގެ އެކުވެރިންނަށް ލިޔެފައި ފޮޓޯއެއް ގޮތަށް ފޮނުވި “ ޓްވީޓް ” އެކެވެ. ޗައިނާގައި  ޓްވިޓަރގެ ބަދަލުގައި ބޭނުންކުރަނީ “ސީނޯ ވެއިބޯ” ކިޔާ ޚިދުމަތެކެވެ. މާ ދިގުކޮށް މެސެޖް ނުކުރެވޭތީ އޭނާ މި ލިޔުން އަތުން ލިޔެ، ފޮޓޯއެއްގޮތުގައި މަދު ރަހުމަތްތެރިން ކޮޅަކަށް ފޮނުވުމުން، އެކަކު އަނެކަކަށް ފޮނުވަމުން ގޮސް މުޅި ދުނިޔެއަށް މަޝްހޫރުވީއެވެ! އެ ދަރިވަރުގެ ލިޔުނީ ތiރީގައި އެ ވާ ކަހަލަ ގޮތަކަަށެވެ.

ފިލިޕާނާ

ކިޔާފައިވާ ޢަދަދު: 5933
ޢަބްދުﷲ ޞާދިޤު
މާތްރަސްކަލާނގެ ރުއްސުންލެއްވި ޢުޘްމާނުގެފާނުގެ ޚަލީފާކަމުގެ ދުވަސްވަރެވެ. މިޞްރުގެ ޤަވަރނަރަކަށް ހުންނެވީ އިބްނުއަބީ ޞަރްޙުއެވެ. ދެކުނު އެފްރިކާގެ މައްޗަށް ވެރިވެގެން ވެރިކަން ހިންގަނީ ގަރީގޯރީއެވެ. އޭނާގެ ފިލިޕާނާއޭ ކިޔުނު އަންހެން ކުއްޖަކު ހުއްޓެވެ. އެއީ ޖެހިލުން ކުޑަ ހިތްވަރުގަދަ އަންހެން ސާހިބެކެވެ. ހަނގުރާމައިގާ އެކިއެކި ޖަމާޢަތްތަކަށް ހިތްވަރުދީ ފޯރިދީ ހަދަމުން ގެންދިޔައެވެ. 

ސަރާ (12)

ކިޔާފައިވާ ޢަދަދު: 6623
މޫސާ ސާޢިދު، މަރަދޫ
(26 ނޮވެމްބަރ 2012 (ހޯމަ) ގުޅޭ)
ވުމާއެކު އޭނާ ގަސްދުކުރީ މަންމަގެ ފަރުވާ  ނިމުމަށްފަހު މާލެ ދެވުނުއިރަކުން މަލަކާއާ ބައްދަލުކޮށް ހުރިހާ ޙަޤީޤަތެއްވެސް ބޭޒާރުކޮށްލާށެވެ.
 
“މަންމާ…އަހަރެން މަލަކާއާ އިންނަން ނިންމީ މަންމައަށްޓަކައި. ކިތަންމެ ދުވަހެއް ވަންދެން މަލަކާއާއެކު އުޅެން ޖެހުނަސް އަހަންނަކަށް ހިތްހަމަޖެހުމެއް ނުލިބޭނެ.” ޢިމްރާން އޭނާގެ މަންމައާ ވާހަކަ ދެއްކީ ކައިވެނި ކުރަން ހަމަޖެހިފައިވާ ދުވަހުއެވެ.

އެހެން މީހުންނަށްޓަކައި ތިމާ ކޮނުނު އަނދަވަޅަށް ވެއްޓޭނީ ޚުދު ތިމާއެވެ.

ކިޔާފައިވާ ޢަދަދު: 4370

 

ތަރުޖަމާ: މުޙައްމަދު މޫސާފުޅު ގ.ވިލަމެންދު

ރަސްކަލެއްގެ ވަރަށް އަރިސް އެހައިމެ ވަފާތެރިޔަކު އުޅުނެވެ. މިކަމުގެ ސަބަބުން އޭނާވީ ވަރަށް މުހިންމު މީހަކަށެވެ. އޭނާ ރަސްގެފާނުގެ އަރިހަށް ހާޒިރުވާ ކޮންމެ ހިނދަކު އާންމުކޮށް މި މިސާލުބަސް ރަސްގެފާނަށް ދަންނަވައެވެ. 

“ތިމާގެ އިޙްސާންތެރިޔާއަށް އޭނާގެ އިޙްސާތެރިކަމަށްޓަކައި ހެޔޮކޮށް ހިތާށެވެ. ނުބައި  ކަންތައްކުރާ މީހާ ހަލާކުވެގެން ދިޔުމަށްޓަކައި އޭނާކުރާ ނުބައި ކަންތއްތައް ފުދެއެވެ.”

މޭކަޕް

ކިޔާފައިވާ ޢަދަދު: 3355
ސަޢީދު ޢަލިފުޅު، މިއުނިކު،  ބ. ދަރަވަންދޫ
ޤުދުރަތީ  މޭކަޕް ހުރޭ  ނުފިލާ  ޒުވާން ޢުމުރުގެ ތެރޭ،
                      ހުދު ތިމާ ކޮށްލާ އެ މޭކަޕް ހުންނަނީ ހިދުކޮޅު ތެރޭ
އާދެ! ބޯ ކަޅުކޮށް ދެތުންފަތުގައި ލިޕްސްޓިކު ހޭކިޔަސް،
                      އާދެޔޭ އަވަހަށް ބަދަލުފިލުމުން އެކުލަ  މީހުން ތެރޭ

ދިވެހިރާއްޖޭގެ މަދަރުސާތަކުގައި ގްރޭޑް 1 ން ފެށިގެން ކިޔަވައިދޭންވާނީ އިނގިރޭސި މީޑިއަމުންނެއް ނޫނެވެ.

ކިޔާފައިވާ ޢަދަދު: 4831
މޫސާ ޝަރީފް، ދުންފިނިގެ، ލ. މާވަށް

ފެށުން

ދިވެހިރާއްޖޭގެ މަދަރުސާތަކުގައި ގްރޭޑް 1ން ފެށިގެން ކިޔަވައިދޭންވާނީ ވަކި މިވެނި މީޑިއަމަކުންނޭ ބުނަން އެނގޭނީ، ދިވެހިރާއްޖޭގެ މަދަރުސާތަކުގައި ގުރޭޑް 1 ން ފެށިގެން ކިޔަވައިދިނުމުގެ މަޤުޞަދާއި ބޭނުމާ އެނގިގެންނެވެ. އަދި އެ މަދަރުސާތަކުގައި ކިޔަވައިދިނުމުގެ މަޤުޞަދާއި ބޭނުމާ، އެ ކިޔަވައިދޭ މީޑިއަމެއްގެ މެދުގައިވާ ގުޅުން ވެސް އެނގިގެން ކަމަށް ޤަބޫލުކުރެވެއެވެ. މަދަރުސާތަކުގައި، ކިޔަވައިދިނުމުގެ ބޭނުމަކީ މަދަރުސާތަކަށް ކިޔަވަންދާ ކުދިންނަށް ފެންވަރު ރަނގަޅު ތަޢުލީމެއް ފޯރުވައިދިނުމެވެ. ބަހަކީ މަޢުލޫމާތުގެ ދޮރޯށްޓެވެ.

ސަރާ (11)

ކިޔާފައިވާ ޢަދަދު: 5902
މޫސާ ސާޢިދު، މަރަދޫ
(22 ނޮވެމްބަރ 2012 (ބުރާސްފަތި) ގުޅޭ)
އެވަގުތު އެތަނަށް ޢިމްރާންގެ ބައްޕަ ރަފީޤު އައިސް ވަނެވެ.
“މާ ހަރުއަޑުން ކޮން ބަޙުޘެއް؟” ކޮޓަރިއަށް ވަންނަމުން ރަފީޤު އެއްސެވެ. ވަގުތުން ވެގެންއުޅޭ ގޮތް ފަހީމާ ރަފީޤަށް ކިޔާދީފިއެވެ. އެކަމާ ރަފީޤުވެސް ޢިމްރާން ދެކެ ރުޅިއައިސް ހަޅޭއްލެވިއެވެ.