ދުނިޔޭގެ ޙަޤީޤަތުގެތެރެއިން…..

ކިޔާފައިވާ ޢަދަދު: 3185
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ނާހިދު ޢަލީ، ސަމާ،   އއ. މާޅޮސް
 
މާދަން  ތިމާއަށް    ވާނެގޮތް  ނޭނގޭނެޔޭ 
                  ވަގުތާ  ދުވަސް  ނިމިދާނެ ގޮތް  ނޭނގޭނެޔޭ
އަވަހަށް ފަށައި ނިންމަން އެދޭ ހުރިހައި ކަމެއް،
                  ވަގުތަށް  ނުނިމި ހުއްޓަސް ތިމާ ދާންވާނެޔޭ.

ޅެންވެރިއެއްގެ ހާސަރެއް

ކިޔާފައިވާ ޢަދަދު: 3421
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ތަރުޖަމާ: އަލްމަރްޙޫމު ޢަބްދުއްރަޙީމު ޢަބްދުލްމަޖީދު

“ނޯޓް: ތިރީގައި މިވަނީ، އަލްމަރްޙޫމު ޢަބްދުއްރަޙީމު ޢަބްދުލްމަޖީދު ތަރުޖަމާކުރައްވައިފައިވާ އަރަބި ޅެމެއްގެ ދިވެހި ތަރުޖަމާއެކެވެ. މިޅެމަކީ ޢިރާޤުގެ ޅެންވެރިޔެއްކަމަށްވާ މަޢުރޫފުއްރަސާފީގެ ޅެމެކެވެ. މިޅެން ހެދިފައިވަނީ ޢިރާޤު މުސްތަޢުމަރުންގެ އަތްދަށުވެފައިވާ ދުވަސްވަރެއްގައެވެ. މިޅެމުގައި އެދުވަސް ވަރު ޢިރާޤުގެ އާއްމު މީހުންގެ ކަންތައްތައް ހުރިގޮތުގެ މައްޗަށް ބައްލަވައިލައްވައި ހިތްޕުޅާނުވެ ފާޑުކިޔުއްވައިފައިވެއެވެ. މިޅެމުގެ އަސްލާއެކު ދިވެހިތަރުޖަމާ ހުށަހަޅައިލަމެވެ.”

ޖުހާ ވާހަކައިގެ ތެރެއިން: ރަސްގެފާނާއި ޖުހާ އަދި މޫނުބަލާ ލޯގަނޑު

ކިޔާފައިވާ ޢަދަދު: 4157
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

ޢަބްދުލްޣަފޫރު ޢަބްދުއްރަޙީމް   ގ. މަންޒިލް
ބަސްބަހުގެ އަދަބިއްޔާތުގެ ތެރޭގައި ސަމާސާ ގެ ވާހަކަތައް އެކުލެވޭ ‘ސަމާސައިގެ އަދަބު’ ގެ ބައި ހިމެނެއެވެ. މި ބާވަތުގެ ވާހަކަތަކުގެ ބަޠަލަކީ ބައެއް ފަހަރު ހެއްވާ މީހެކެވެ. އަނެއްބައި ފަހަރު ރަސްކަމުގެ ދަރުބާރުގެ މުހައްރިޖު (ކޯޓް ޖެސްޓަރ) އެވެ.  މިބަޠަލު އަބަދު ވެސް އޭނާ ކުރާ ކަންތަކުން ނޫނީ ބުނާ އެއްޗެހިން އޭނާގެ ޖުމްހޫރުން، އޭނާގެ ވާހަކަތައް އަޑުއަހާ މީހުން، (އޯޑިއަންސް) ހެއްވައިލައެވެ.

ޖުހާ ވާހަކައިގެ ތެރެއިން: ރަސްގެފާނާއި ޖުހާ އަދި މޫނުބަލާ ލޯގަނޑު

ކިޔާފައިވާ ޢަދަދު: 250
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ޢަބްދުލްޣަފޫރު ޢަބްދުއްރަޙީމް ގ. މަންޒިލް
ބަސްބަހުގެ އަދަބިއްޔާތުގެ ތެރޭގައި ސަމާސާ ގެ ވާހަކަތައް އެކުލެވޭ ‘ސަމާސައިގެ އަދަބު’ ގެ ބައި ހިމެނެއެވެ. މި ބާވަތުގެ ވާހަކަތަކުގެ ބަޠަލަކީ ބައެއް ފަހަރު ހެއްވާ މީހެކެވެ. އަނެއްބައި ފަހަރު ރަސްކަމުގެ ދަރުބާރުގެ މުހައްރިޖު (ކޯޓް ޖެސްޓަރ) އެވެ.  މިބަޠަލު އަބަދު ވެސް އޭނާ ކުރާ ކަންތަކުން ނޫނީ ބުނާ އެއްޗެހިން އޭނާގެ ޖުމްހޫރުން، އޭނާގެ ވާހަކަތައް އަޑުއަހާ މީހުން، (އޯޑިއަންސް) ހެއްވައިލައެވެ. ބައެއް ފަހަރު އޭނާ ތާކުންތާކު ނުޖެހޭ ސޭކުކަންތައް ކުރެއެވެ.

އަލްމަރުޙޫމް ޝަހީދު ޑރ.އަފްރާޝީމް ޢަލީގެ ހަނދާނުގައި…

ކިޔާފައިވާ ޢަދަދު: 3355
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ޢަބްދުއްރަޙީމް ޢަބްދުﷲ އަރާއިރު، ލ. ފޮނަދޫ
ގެއްލިގެން ދިޔައީ މިގައުމުން ހާދަ އަގުހުރި ދަރިއެކޭ
              ގެއްލުމުގެ އުނިކަން އަބަދު އިޙްސާސްވާ އެކުވެރިއެކޭ 
ޢިލްމުވެރި،ޤާބިލް،ހުނަރުވެރި ޢާލިމެއް އަދި ވާޢިޟެއް
              ޙިލްމުވެރިކަން  ދައްކުވައިދިން  ލާމަސީލު މިސާލެކޭ

ލަވަ ކިޔާ ކުއްޖާ

ކިޔާފައިވާ ޢަދަދު: 8573
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ޢަބްދުﷲ ނަޢީމު އިބްރާހީމް

ނޯޓު: މިއީ އަފްޣާނިސްތާނުގެ ލިޔުންތެރިއެއް ކަމަށްވާ ޢަބްދުލްވަކީލް ސުލަމާލް ޝިންވާރީ ލިޔުއްވައިފައިވާ ކުރު ވާހަކައެއްގެ ތަރުޖަމާ އެކެވެ. ސުލަމާލް ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ 1964 ވަނަ އަހަރުއެވެ. އޭނާ ތަޢުލީމު ހާސިލު ކުރެއްވީ އަފްޣާނިސްތާނުންނާއި، ކުރީގެ ސޯވިއެޓް ޔޫނިއަނުންނެވެ. އޭނާ ލިޔުންތެރިކަމުގެ މަސައްކަތް ފަށްޓަވައިގަތީ 1994 ވަނަ އަހަރު ޕާކިސްތާނުގެ ޕިޝާވަރުގައެވެ.

ދިވެހިބަހަކީ ވެސް އިޝާރަތެކޭ ބުނެވޭ ބަހުގެ މާނައަކީ ކޮބައިބާވައެވެ؟

ކިޔާފައިވާ ޢަދަދު: 4660
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ޑރ. ޢަބްދުލްޣަފޫރު ޢަބްދުއްރަހީމު ގ.މަންޒިލް
ދިވެހިބަހަކީވެސް އިޝާރަތެކެވެ. އާދެ! މިއީ ވަރަށް ކުރީއްސުރެން އަޑުއަހާ ވާހަކައެކެވެ. އަޅުގަނޑު އެންމެފުރަތަމަ މިވާހަކަ އަޑުއެހީ ނަވާރަސަތޭކަ ހަތްދިހައިގެކުރީގެ އަހަރުތަކުގެ ތެރޭގައެވެ. މަޖީދިއްޔާ އިސްކޫލުގައި ކިޔަވާން އުޅުނު ދުވަސްވަރުއެވެ. ދިވެހި ކިޔަވައިދޭ ކިލާސްތަކުގައި ޅެން ޝަރަހަކުރުމާ ގުޅުވައިގެންނެވެ. ޅެމެއްގެ މާނަ ދެނެގަތުމަކީ މާ ފަސޭހަ ކަމެއް ނޫންކަން ބުނެދިނުމުގެ ގޮތުން އޭރު ބުނެ އުޅޭ ވާހަކައެކެވެ.”ދިވެހިބަހަކީ ވެސް އިޝާރަތެކެވެ.

އަލްމަރްޙޫމް ޑޮކްޓަރ އަފްރާޝީމް ޢަލީ ގެ ހަނދާނުގައި

ކިޔާފައިވާ ޢަދަދު: 3259
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ޢަބްދުﷲ ޝަރީފް އިބްރާހީމް، ފެންފިޔާޒުގެ، ރ.މީދޫ
ވަދާޢީ އެންމެ ފަހުގެ ސަލާމްތަކުން ހިތްތައް މިރޮއްވައިލީ
          ވަދާޢުގެ ހިތި އަސަރުތަކުގައި ދެލޯ  ކަރުނުންނެ  ތެންމައިލީ
ނުހަނު ތިރި ހިތްޕުޅެއް ލިބިވީ އެއަލިގަދަ ދަންމަރެއް ޢިލްމީ
          ނުހަނު ބޭރަޙުމުވެރި ގޮތަކަށް ޝިކާރަވެރިން  އެ ނިއްވައިލީ

ޙަޔާތުގެ ހިޔަނި (5)

ކިޔާފައިވާ ޢަދަދު: 4324
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ޑޮކްޓަރ މުޙައްމަދު ރަޝީދު
(29 ސެޕްޓެމްބަރ 2012 (ހޮނިހިރު) ގެ ބަޔާ ގުޅޭ) 
ދެހިތެއް ލޯބިން ގުޅޭނީ – ގްރީކު މީހުން ޤަބޫލުކުރާގޮތުން – ކިއުޕިޑް ދޫކޮށްލާ ދުނިގޮސް އެދެހިތަށް ހެރުމުންކަމެއްވެސް ނޭނގެއެވެ. އެކަމަކުވެސް ހިތްކުރަހައެވެ. ތީރުޖަހައެވެ. ދުނިފޮނުވައެވެ. ޅަފަތުގެ ލޯބި ކިހައި މަޢުޞޫމު ހެއްޔެވެ؟ ކިހައި އޮމާން ހެއްޔެވެ؟ 
 
ސުވާލަކީ މިހެން އުފެދޭ  މިކަހަލަ ގުޅުމެއް ކިހާދުވަހަކު ދެމިހުރެދާނޭ ހެއްޔެވެ؟ މުޅިޢުމުރަށް ދެމިހުންނާނެއެވެ. އެކަމަކު އެއަށް ކާނާ ބޭނުންވެއެވެ. އަޅައިލުން ދޭންޖެހެއެވެ. އެއީ ބިމުން އަދިކިރިޔާ ބޯދިއްކޮށްލާ ޅަ ނިރަކަށް ވާތީއެވެ.

“ދެރައީ ލިސް ގަ ނަން ނެތީމަ”

ކިޔާފައިވާ ޢަދަދު: 3752
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
އާދަމް ޢަބްދުއްރަޙްމާން, ހއ. އުތީމު
ފަށަން މިޖެހުނީ ތަންކޮޅެއް ކުރީގެ ވާހަކައަކުންނެވެ. ހަނދާންނެތޭހާ ކުރިއެއްނޫނެވެ. ހަނދާން މި ހުރީ އެހެންވެތާއެވެ!
ދިވެހިރާއްޖޭގައި ފާހަގަކުރެވުނު 6 ވަނަ ގައުމީ ދުވަސް ފާހަގަ ކުރެވުނީ ތިލަދުންމަތީ އުތީމުގައެވެ. އެއީ 01 ރަބީޢުލް އައްވަލް 1370 ހ(11 ޑިސެމްބަރު 1950 މ) ވީ ހޯމަ ދުވަހެވެ. އެއީ މިހާރު އަޅުގަނޑުމެން މިތިބަ (މީލާދީ ސަނަތުން) 2012 ވަނަ އަހަރާ ހަމައިން ބަލާނަމަ މީގެ 62 އަހަރު ކުރިއެވެ. އެދުވަސްވަރު ރާއްޖެ ހިންގެވުމާ ޙަވާލުވެވަޑައިގެން  ހުންނެވީ ސުމުއްވުލްއަމީރު މުޙައްމަދު އަމީން ދޮށިމޭނާ ކިލެގެފާނެވެ. އޭރު އަދި މުޙައްމަދު އަމީން ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ ކަމަށް އިސްވެ ވަޑައެއް ނުގަންނަވައެވެ.  މުޙައްމަދު އަމީން ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމުގެ ޤާނޫނީ ހުވާ ކުރެއްވީ 01 ޖެނުއަރީ 1953 ގައެވެ.