ހިސާބު ބެލުން

ކިޔާފައިވާ ޢަދަދު: 5217
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
މުޙަންމަދު ޝާހިދު ޙަލީމް
ކޮޓަރީގައި މީހަކު އެބައުޅޭ ހެން ނަބީލަށް ހީވިއެވެ. އެކަމަކު އެހެން މީހަކު ކޮޓަރިއަށް ވަންނާނީ ކިހިނެއް ހެއްޔެވެ؟ ނަބީލަކީ އަބަދު ވެސް ކޮޓަރި ތަޅުލައިގެން އުޅޭ މީހެކެވެ. ނަބީލު އެނދުގައި އޮތް ގޮތަށް އޮވެފައި ކުޑަކުޑަކޮށް އެސްފިޔަތައް ދުރުކޮށްލިއެވެ. ފަންގިފިލާގައި ލައިފައި ހުރި މަޑު ފެހިކުލަ ލޮލުގައި ފިރުމައިލިއެވެ. 

އެސްޕެރަންޓޯ، ބައިނަލް އަޤްވާމީ މަސްރަހުގައި ވާދަކުރާ ބަހެއް

ކިޔާފައިވާ ޢަދަދު: 9992
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
އަޙްމަދް ސަމީރު ޢަލީ
ހަލުވި ކަމާއެކު ބަވަނަވަމުން އަންނަ މި ދުނިޔޭގައި އެމީހަކު ބޭނުން ގައުމަކަށް ނުހަނު ފަސޭހަ ކަމާއެކު ދަތުރުކުވެއެވެ. އެއް ގައުމެއްގައި އުފައްދާ ތަކެތި  އެމީހަކު ބޭނުން ގައުމަކަށް މާބޮޑު ދަތިތަކެއް ނެތި ފޮނުވެއެވެ. އަޅުގަނޑުމެންގެ މިރާއްޖެއަކީ ނިސްބަތުން އެކަހެރި ގައުމެކެވެ. ނަމަވެސް އެކިއެކި މުނާސާބާތަށް ބޭނުންޖެހޭ ކުލަކުލައިގެ އަދި ތަފާތު ވައްތަރުގެ ތާޒާ މައު، ދެކުނު އެމެރިކާގެ އެކުއެޑޯރުން ވެސް އެބަ އެތެރެކުރެއެވެ!

އިސްރާ (3)

ކިޔާފައިވާ ޢަދަދު: 4723
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

 

ޙަސަން ނަޖުމީ

(23 އޮގަސްޓް 2012 (ބުރާސްފަތި) ގުޅޭ)

އެއީ ރީތި ހަވީރެކެވެ. ޒިޔާންއަށް އާދެވުނީ އަހަންނާ ސައުދު ސަންސެޓް ރެސްޓޯރެންޓްގައި ތިއްބައެވެ. އިރުއޮއްސެން ވަނީ ކައިރިވެފައެވެ. އަނެއް ފަރާތުން ތޭރަވިލޭރެއެއްގެ ހަނދު އަރަން ފަށާފައި ހުއްޓައެވެ. އަހަރެން އިނީ ސައުދުގެ ހެއްވާ ވާހަތަކަށް ހޭނށެވެ.  ކުރިމަތިން ފެންނަ ރީތި މަންޒަރަށް ނަޒަރު ހުސްކޮށްލައިގެންނެވެ. ޒިޔާން ފެނުމާއެކު އަހަރެން ތެޅިގެންފައި ތެދުވެއްޖެއީމެވެ. އަދި ޒިޔާންގެ ފަހަތުން ކުށްވެރިއެއް ފަދައިން އޮފީހަށް ހިނގައްޖެއީމެވެ.

ހިނި އަންނަވަގުތު ރުޅިއައުން!

ކިޔާފައިވާ ޢަދަދު: 10411
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

އަޙްމަދް ސަމީރު ޢަލީ
އަޅުގަނޑުމެން ދެކޭގޮތުގައި  އަޅުގަނޑުމެން އެންމެންނަކީ ހަމަ ބުއްދިން ވިސްނާ، މެދުމިނެއްގައި ތިބޭ ބަޔެކެވެ. މިހެން ހަމަ ބުއްދީގައި ބައެއް މީހުން މެދުމިނެއްގައި ތިބެނީ ކައިރިން ކުރަތްޕެއް ފެންނަންދެނެވެ. އެއްކަލަ ކުރަތްޕަށް ކުރެވުނީ ކޮން ކުށެއްކަން ރޭކައިވެސް ނުލަނީސް، ބައެއް މީހުން ކުޅިޖަހާ ކުޅިހަމަކޮށް މޭޒު މައްޗަށް އަރައި، ފަންކާގައި ބޯޖެހި  ބޮޑެތި ހާނީއްކަ ވެފައި އެބަހުއްޓެވެ.

ރަސްގެފާނުގެ އިންސާފު

ކިޔާފައިވާ ޢަދަދު: 4434
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ތަރުޖަމާ: މުޙައްމަދު މޫސާ ފުޅު ގ.ވިލަމެންދު
ސުލްޠާނު މުލްކު ޝާހު އެއްފަހަރަކު އިޞްފަހާނުގެ ޖަންގައްޔަށް ޝިކާރައަށް ވަޑައިގެން އުޅުއްވިއެވެ. އަދި އެދަތުރުގައި ކުޑަ ރަށެއްގައި ޤިޔާމް ކުރައްވައިގެން ހުންނެވިއެވެ.
ވަރަށް ނިކަމެތި އަންހެނަކު އެހިސާބުގަނޑުގައި ދިރިއުޅުނެވެ. އޭނާގެ ފިރިމީހާ މަރުވިއިރު ދެމަފިރިންގެ ތިން ކުދިން ތިއްބެވެ. މި އަންހެންމީހާގެ މިލްކުގައި ގެރިއެއް އޮތެވެ. ޔަތީމު ތިން ކުދިން ގެންގުޅެ ބޮޑުކުރަނީ، އެ ގެރިން ލިބޭ ކިރުންނެވެ.

ހަ މީދާ

ކިޔާފައިވާ ޢަދަދު: 5746
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
އާދަމް ނަޞީރު އިބްރާހީމް
ފިނިކުރާ ނިޒާމުގެ އެހީގައި ވަރަށް ފިނިކޮށްފައިވާ އޮފީހެކެވެ. ކޮމްޕިޔުޓަރުތައް ވަރަށް ގިނައެވެ. އަވަދި ނެތް އެތައް ބައެކެވެ. ކޮންމެ މީހަކު ވެސް އުޅެނީ ދުނިޔޭގައި އަލަށް ހިނގީ ކޮން ކަމެއްތޯ ބަލާށެވެ. ރާއްޖޭގެ މި އަދުގެ އެންމެ ފަހުގެ ހާދިސާތަކަކީ، ކާރިސާތަކަކީ ކޮބައިތޯ އޮޅުން ފިލުވާށެވެ. ބައެއް މީހުން ފޯނުންނެވެ.

އިސްރާ (2)

ކިޔާފައިވާ ޢަދަދު: 4909
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

 

ޙަސަން ނަޖްމީ

(22 އޮގަސްޓް 2012 (ބުދަ) ގުޅޭ)

ޒިޔާން ހީނލިއެވެ.

“ނޫން. ” ހަމަ ރަނގަޅު ވަޒީފާއެއް ދީފާނަން. “ކޮމްޕިއުޓަރ ބޭނުންކުރަން އެނގޭތަ؟”

އަހަރެމެންނަށް ދަސްވާނީ ކޮން ކޮމްޕިއުޓަރެއް ހެއްޔެވެ؟ ރަށުން ކިޔެވުނީ ގުރޭޑް 7 އާ ހަމަޔަށެވެ.

“ނޫން.” އަހަރެންގެ އުންމީދުކޮޅު ގެއްލުނެވެ. “އެކަމަކު ރަށު މަދުރަސާ ނިންމީ މިދިޔަ އަހަރު.”

އިސްރާ (1)

ކިޔާފައިވާ ޢަދަދު: 5104
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ޙަސަން ނަޖްމީ
ލޯންޗު ނެރުން ވަންނަތަން ފެނުމާއެކު އެ ރެއަކީ އަހަރެމެން ކުދިންގެ ރޭކަން އެނގުނެވެ. ލޯންޗް ފުރެންދެން އެތިބީ ޒުވާނުންނެވެ. އެމީހުން މިރޭ ހޭދަ ކުރާނީ މި ރަށުގައެވެ. އެމީހުން އަހަރެމެން ކުދިން ހޯދާނެއެވެ. އަހަރެމެންގެ ކިބައިން އުފާ ޙާސިލު ކުރާން އުޅޭނެއެވެ. ބަދަލުގައި އަހަރެމެންނަށް އަގުބޮޑު ހަދިޔާތައް ދޭން ބުނާނެ އެވެ. ފައިސާއާއި ހަދިޔާ ލިބޭނީ ކެރިގެން ނުކުންނަ ކުދީންނަށެވެ.

ޖީބު ދަބަސް

ކިޔާފައިވާ ޢަދަދު: 10679
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ތަރުޖަމާ: އަޙްމަދް ސަމީރު ޢަލީ
އެދުވަސް އަދިވެސް އަހަރެން ވަރަށް ރަނގަޅަށް ހަނދާން އެބަހުއްޓެވެ. އެއީ ވަރަށް ފިނި ދުވަހެކެވެ. ހިނގާފައި ދަނިކޮށް ކުއްލިއަކަށް ފައިދަށުން އަހަންނަށް ފެނުނީ މަގުމައްޗަށް ވެއްޓިފައި އޮތް ޖީބު ދަބަހެކެވެ. އެދަބަސް އަހަރެން ނަގައި ހުޅުވައިލީ އެ ދަބަހުގެ ވެރިފަރާތުގެ ނަމެއް، ފޯނު ނަންބަރެއް ނަމަވެސް ފެނޭތޯއެވެ.

ޤާޟީގެ ދަރިފުޅު

ކިޔާފައިވާ ޢަދަދު: 6747
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

ޢަބްދުﷲ ޞާދިޤު
 ވަރަށް ކުރީން ސްޕޭންގެ ޝަހަރެއް ކަމުގައިވާ ޤުރްޠުބާގައި ޤާޟީ އަކު އުޅުއްވިއެވެ. އޭނާގެ ނަމަކީ މުޙައްމަދު ބުނު ޢަލީއެވެ. އެއީ ވަރަށް ހެޔޮލަފާ، އިންސާފަށް ލޯބި ކުރައްވާ ޤާޟީއެކެވެ. މުޅި ރަށަށް އޭނާގެ ނަން މަޝްހޫރު ވެފައިވެއެވެ. އޭނާގެ މި ހެޔޮލަފާކަމުގެ ސަބަބުން، އެތާނގެ ރަސްގެފާނު އިނާމެއްގެ ގޮތުން އޭނާއަށް ވަރަށް ގިނަ ފައިސާ ދެއްވަން ގަސްތުކުރެއްވިއެވެ.